ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު: އޭނާއަށް ކުރި ދައުވާތައް ބާތިލްކުރި މައްސަލާގެ އިސްތިއުނާފް މާދަމާ ފަށަން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
22 ޖުލައި 2020 - 15:34
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރި ދައުވާތައް ބޭރުކޮށްލުމުން އޭނާ މިނިވަންވި މައްސަލާގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން ނިންމައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ޚިޔާނާތާ ގުޅިގެން އަދީބަށް ކުރި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އޭނާ ވަނީ މިނިވަންވެފަ އެވެ. އެކަމަކު އޭނާ ފުރުން މަނާ ކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން މިހާރު ވަނީ ނެރެފަ އެވެ.
އެ މައްސަލަތައް ދައުލަތުން އިސްތިއުނާފް ކުރުމުން މާދަމާ ހެނދުނު އެ މައްސަލަތަކުގެ ޝަރީއަތް ފަށަން ވަނީ ހަމަޖައްސައިފަ އެވެ.
އެ މައްސަލާގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށާއިރު، އެ މައްސަލަ ދަށު ކޯޓުން ބެއްލެވި ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލައެއް ބަލަން ފަށައި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އޭނާ ސަސްޕެންޑްކޮށްފަ އެވެ. އެ މައްސަލަތައް ޖޭއެސްސީ އަށް ހުށަހެޅީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ.
އެކި މައްސަލަތަކުގައި އަދީބުގެ މައްޗަށް ކުރިން 33 އަހަރުގެ ޖަލު ހުކުމެއް ހައި ކޯޓުން އިއްވި އެވެ. އެކަމަކު އެ ހުކުމްތައް މަތީ ކޯޓުތަކުން ފަހުން ވަނީ ބާތިލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބުރުލް ސަލީމް
22 July 2020
އަދީބުގެ މައްޗަކަށް ގާނޫނެއް ނުހިނގާނެ. އެއީ "އެބައު ދަ ލޯ" ބޭފުޅެއް.
އިސްމާލުކަލޭފާނު
22 July 2020
މީ ސީދާ ކުޅޭ ޗަރުކޭސްގަނޑެއް.