ޚަބަރު / ރައީސް އަބްދުﷲ ޔާމީން

ޔާމީނަށް ވަކީލުންނާ ބައްދަލުކުރަން ހުރަހެއް ނާޅަން: ކަރެކްޝަންސް

ރައީސް ޔާމީން ޖަލަށް ވަޑައިގަންނަވަން ލޯންޗަށް އަރައި، ވަޑައިގަންނަވަނީ: އެމަނިކުފާނަށް ވަކީލުންނާ ބައްދަލު ކުރަން ހުރަސް އަޅާފައި ނުވާނެ ކަމަށް ކަރެކްޝަންސް އިން ބުނޭ -- ފޮޓޯ/މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންނަށް އެމަނިކުފާނާ ބައްދަލުކުރަން ހުރަސް އަޅާފައި ނުވާނެ ކަމަށާއި އޮންނަ އުސޫލުގެ ތެރެއިން އެ ފުރުސަތު ދޭނެ ކަން އަންގާފައިވާނެ ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީނާ ޖަލުގައި ބައްދަލު ނުކުރެވޭ ކަމަށް އެމަނިކުފާނު ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ބަޔާނެއް ނެރެފަ އެވެ. މި މަހުގެ 14 ވަނަ ދުވަހު ވަކީލުން ޖަލަށް ވަޑައިގަތުމުން އެ ފުރުސަތު ދޭން ކަރެކްޝަންސް އިން އިންކާރު ކުރި ކަމަށް އެ ބަޔާނުގައިވެ އެވެ.

އެކަމާ ގުޅިގެން ކަރެކްޝަންސް އިން ނެރުނު ބަޔާނެއްގައި ވަނީ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ވަކީލުންގެ ބައްދަލުވުމަށް އެދުމުން އެ ފުރުސަތު ހަމަޖައްސައިދޭނެ ކަމަށް ޔާމީންގެ ވަކީލުންނަށް އަންގާފައިވާނެ ކަމަށެވެ. އަދި ވަކީލުން އެމަނިކުފާނާ ބައްދަލު ކުރަން އެދި ހުށަހެޅި ފޯމާ ގުޅިގެން އަމަލު ކުރަންޖެހޭ ގޮތް ވަކީލުންނަށް ސާފުކޮށް ދީފައިވާނެ ކަމަށް ވެސް އެ ބަޔާނުގައި ކަރަކްޝަންސް އިން ބުންޏެވެ.

"ނަމަވެސް މާލޭ ޖަލުން ދީފައިވާ އިރުޝާދަށް އަމަލު ނުކޮށް، ހަގީގަތް އޮޅޭ ފަދަ ގޮތަށް މައުލޫމާތު ފެތުރުމަކީ އެކަމާ މެދު މި ސާވިސް އިން ކަންބޮޑުވާ ކަމެކެވެ،" އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނީ ގައިދީންނާ ވަކީލުން ބައްދަލު ކުރުމަށް އެދޭ ފޯމް ކޮންމެ ވަގުތެއްގައި ވެސް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.

ޔާމީންގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި މިހާރު ކުރިއަށް ގެންދާއިރު، އެ މައްސަލާގެ އެންމެ ފަހުގެ އަޑުއެހުން ނިންމާލީ ވަކީލުންނާ އެކު ޔާމީނަށް ބައްދަލު ކުރެއްވުމުގެ ފުރުސަތު ދެއްވުމަށް ފަހު އިތުރު އަޑުއެހުމެއް ބާއްވާ ގޮތަށެވެ.

އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދެ ދައުވާއެއް ވެސް ދައުލަތުން ކްރިމިނަލް ކޯޓުގައި މިހާރު ކުރެ އެވެ. އެކަމަކު އެ މައްސަލަތަކުގެ ޝަރީއަތް އަދި ނުފަށަ އެވެ.

10 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 14%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1828

29 July 2020

ވަކީއްލުން ބައްދަލުކުރަން ހުރަސް ނާޅައި، ބައްދަލު ކުރިޔަ ނުދެނީ ކަންނޭނގެ

The name is already taken The name is available. Register?

ކޮތަރު

29 July 2020

ޔާމީނާ ބައްދަލްވާންދާ ކޮންމެމީހަކު 14 ދުވަހު ކަރަންޓީންވާންޖެހޭ

The name is already taken The name is available. Register?

އެމްޑީޕީމީހާ

29 July 2020

މަނިކުފާން ތާއީދު ދަނީ އިތުރުވަމުން އެމްޑީޕީގެ ޑިގުވެއްޓެނީ. ޤައުމީޔަތު ފުނޑާލާ ޕާޓީޔަކު ތިބޭނީ މޮޔަމީހުން

The name is already taken The name is available. Register?

ވަތަން އިސްކުރަންޖެހޭ

29 July 2020

ސިޔާސީ ދައުވާ

The name is already taken The name is available. Register?

ފަސްމާމޫލު

29 July 2020

މާނީ ލޯންޑް އަކީ ސިޔާސީ ކަމެއްތަ؟ ކަލޯމެނަށް އެހެން ހީވެދާނެ އެވެ.

The name is already taken The name is available. Register?

އެމެރިކާ

29 July 2020

ކުރީގެ ރައިސް ކޮއްދިން ކަންކަން ދިވެހިން ހަދާން ނުނެތޭނެ.

The name is already taken The name is available. Register?

މަންޑޭލާ

29 July 2020

އިންޑީޔާ ސިފައިން ބާލަން މަސައްކަތްކުރި ރައިސް ޖަލައްލައިގެން އެމްޑީޕީޔައް ލިބޭނީ ކޮންމޮޅެއްބާ.. އަޅުވެތިކަން ފިޔަވާ.

The name is already taken The name is available. Register?

ޝޮކްތެރަޕީ

29 July 2020

ރާއްޖޭގެ ތަރައްގީޔައް މިނިވަންކަމައް ދިވެހިން ފަހުރުވެރިވާވަރައް މަސައްކަތް ކޮއްދިނީ ވެލާނާ ނާސިރާ ރައިސް ޔާމިން. މީ ހަގީގަތަކީ އެމްޑީޕީ މީހުންވެސް އެ ދައްކަނީ މިވާހަކަ.

The name is already taken The name is available. Register?

ދެ ފްލެޓް ގެ ވެރިޔާ

29 July 2020

އަދުރޭ އާއި ވަރަށް އަވަހަށް ޔާމީނު އާއި ބައްދަލު ކުރެވޭ ގޮތް ވެދާނެ ހެން ހީވެއެވެ.

The name is already taken The name is available. Register?

އަފްޣާނިސްތާނުގެހާމިދުކަރުޒާއީ

29 July 2020

ޔާމީނުގާތުގާ އަބަދު މީހަކު ހުންނަންޖެހޭތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454