ޚަބަރު / ވިލާ އެއާ

ގެއްލިގެން އެ ދިޔައީ، މުހިންމު ކެޕްޓަނެއް، ރަނގަޅު ރަހުމަތްތެރިއެއް

ސަނޫން ފްލައިޓް ދުއްވުމުގައި: ކުއްލި ގޮތަކަށް ރޭ މަރުވި ސަނޫނަކީ ވަރަށް އަހުލާގު ރަނގަޅު ކެޕްޓަނެއް ކަމަށް ފްލައިމީ އިން ބުނޭ-- ފޮޓޯ: ފަލައިމީ

ވިލާ އެއާގެ ފްލައިމީގައި މަސައްކަތް ކުރާ ދިވެހި ޒުވާން ޕައިލެޓު ސަނޫން ނަސީރު 35، ރޭ ކުއްލި ގޮތަކަށް މަރުވެފައިވާއިރު، އެއީ ވަރަށް އަހުލާގު ރަނގަޅު މުވައްޒަފެއް ކަމަށާއި އޭނާގެ އެއްވެސް ބައްޔެއް ހުންނަކަން ކުރިން އެނގިފައި ނެތް ކަމަށް އެ އެއާލައިނުން މިއަދު ބުނެފި އެވެ.

ސ. ހިތަދޫ ކޯޒްވޭވިލާ، ސަނޫން މަރުވެގެން ވެއްޓިފައި އޮއްވައި ފެނުނީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ ގެ ކައިރިން ރޭ ދަންވަރު 3:30 ވާން އުޅެނިކޮށެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ސަނޫން ވަނީ މަރުވެފައި ކަމަށް ފުލުހުން ބުނެ އެވެ. އޭނާ މަރުވާން ދިމާވި ސީދާ ސަބަބު މިހާތަނަށް އެއްވެސް ރަސްމީ ފަރާތަކުން ވެސް އަދި އާއިލާއަކުން ވެސް ހާމައެއް ނުކުރެ އެވެ.

Dhivehi zuvaan Pilot aku kulli gothakah maruvejje

Dhivehi zuvaan Pilot aku kulli gothakah maruvejje

The most trusted news source in the Maldives

Mihaaru

ޒުވާން ޕައިލެޓް ކުއްލި ގޮތަކަށް މަރުވުން

އެމެރިކާ އިން ޕައިލެޓުކަން ކިޔެވުމަށް ފަހު، ސަނޫން ފުރަތަމަ މަސައްކަތް ކުރީ ޓީއެމްއޭގެ ސީ ޕްލޭން ދުއްވުމަށެވެ. މީގެ ތިން އަހަރު ކުރިން ފްލައިމީއާ ގުޅި، ދެ އަހަރު ކުރިން އޭނާ ވަނީ ތައިލެޑުން ތަމްރީނު ހަދައި ކެޕްޓަނަކަށް ބަދަލުވެފަ އެވެ. ސަނޫން އަކީ ފްލައިމީން ގެންގުޅޭ އޭޓީއާރު މަރުކާގެ 68 މީހުންގެ ޖާގައިގެ ފްއިޓް ދުއްވާ ކެޕްޓަނެކެވެ.

ފްލައިމީގެ ފްލައިޓް އޮޕަރޭޝަން މެނޭޖަރު އަދި ކެޕްޓަން އަހުމަދު ޝާމިން ވިދާޅުވީ، ސަނޫން އަކީ ވަރަށް އަހުލާގު ރަނގަޅު، ވަރަށް ހުނަރުވެރި ކެޕްޓަނެއް ކަމަށެވެ.

"އައުޓްސްޓޭންޑިން ޕާފޯމަންސް ދެއްކި ކެޕްޓަނެއް އެއީ މިދިޔަ އަހަރު ތަކުގައި. އަޅުގަނޑުމެންގެ ޓީމުގެ ވަރަށް މުހިންމު ކެޕްޓަނެއް އެއީ. ވަރަށް އަހުލާގު ރަނގަޅުވެފައި މަސައްކަތަށް ރަނގަޅު،" ޝާމިން ވިދާޅުވި އެވެ.

ސަނޫން (ވާތުން ހަތަރު ވަނަ އަށް) އޭނާއާއެކު މަސައްކަތް ކުރާ ޕައިލެޓުންނާއެކު: ކުއްލި ގޮތަކަށް ރޭ މަރުވި ސަނޫނަކީ ވަރަށް އަހުލާގު ރަނގަޅު ކެޕްޓަނެއް ކަމަށް ފްލައިމީން ބުނޭ-- ފޮޓޯ: ފަލައިމީ

އޭނާ ވިދާޅުވި ގޮތުގައި، ޕައިލެޓުންގެ ސިއްހީ ކަންކަން ކޮންމެ އަހަރަކު އެއްފަހަރު ބަލަން ޖެހޭތީ ގަވައިދުން ޓެސްޓުތައް ހަދަ އެވެ. އެކަމަކު، ސަނޫނުގެ އެއްވެސް ސިއްހީ މައްސަލައެއް ހުންނަކަން މިހާތަނަށް ފާހަގަ ކުރެވިފައި ނުވާ ކަމަށް ޝާމިން ވިދާޅުވި އެވެ.

"ވަރަށް ފިޓްކޮށް ހުންނާނީ. ވަރަށް ޔަންގްކޮށް، ފިޓްކޮށް. މީގެ ދެ ރެއެއް ކުރިން ވެސް ޕައިލެޓުންތަކަކާއެކު ކޮފީ އަށް ގޮސް އުޅުނު. ބަލި ވާހަކައެއް ނުބުނޭ. ވާހަކައަކުން ވެސް އެކަހަލަ ކަމެއް އުޅޭ ހެނެއް ހިއެއް ވެސް ނުވޭ،" ޝާމިން ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން ފްލައިމީގެ ދަތުރުތައް ވެސް މަދުކޮށްފައި ވުމުން ސަނޫން ދަތުރުތަކަށް ނުނިކުންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށް ވެސް ޝާމިން ވިދާޅުވި އެވެ. ނަމަވެސް އެ ކުންފުނިން ދޭތެރެއަކުން ބާއްވާ ތަމްރީނުތަކުގައި އޭނާ ބައިވެރިވާ ކަމަށް ވިދާޅުވި އެވެ.

ސަނޫނާ އެކު، އެމެރިކާގައި ތަމްރީނު ހެދި އެހެން ޕައިލެޓަކު ބުނީ، އެއީ ވަރަށް މަޑުމައިތިރި، އަހުލާގު ރަނގަޅު ޒުވާނެއް ކަމަށެވެ.

ސަނޫން

"ސަނޫންގެ ފަރާތުން ފާހަގަކުރެވުނު އެންމެ ބޮޑު ކަމަކީ ރައްޓެހިންނަށް ރަނގަޅުކަން. އެކުވެރިންނަށް ވަރަށް ހެޔޮއެދޭ މީހެއް ސަނޫން އަކީ،" އޭނާ ބުންޏެވެ.

ސަނޫނަށް ކޮވިޑް-19 ޖެހިފައިވޭތޯ ބެލުމަށް ހެދި ޓެސްޓްގެ ނަތީޖާއިން ދެއްކީ އޭނާއަށް އެ ބަލި ނުޖެހޭ ކަމަށެވެ.

ޒުވާން ޕައިލެޓް ސަނޫން ހުޅުމާލޭގައި ދިރިއުޅެނީ އޭނާގެ އާއިލާއާއެކު އެވެ. އޭނާގެ އަންބަކާއި އުމުރުން ހަތް އަހަރުގެ ފިރިހެން ކުއްޖަކު ދުނިޔޭގައި އެބަތިއްބެވެ.

ސަނޫންގެ އިތުރުން އޭނާގެ އެއްބަނޑު އެއްބަފާ އެހެން މީހަކު ވެސް ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރެ އެވެ. އޭނާ ވެސް އުޅެނީ ފްލައިމީގަ އެވެ.

ސަނޫންގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދުގެ މަޣުރިބު ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގަ އެވެ.

10 ކޮމެންޓް, 219 ރިއެކްޝަންސް

icon happy icon happy 1%
icon sad icon sad 99%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރީތި މޫސަ

02 August 2020

މަރުހޫމްގެ ފުރާނަޔަށް ސުވަރުގޭގެ ދާއިމީނިއުމަތްލަށްވާ އާއިލާޔަށް ކެއްތެރިކަންދެއްވާ ﷲގެ ހެޔޮރަޙްމަތުގަ ލަހައްޓަވާށި އާމީން

The name is already taken The name is available. Register?

ޙިނި

02 August 2020

މަރުވި ސަބަބު ނޫން ހުރިހާކަމެއް އެންގޭ. ދުނިޔެ ތަރައްގީވެ ތަހުޒީބު ބިޔަސް ރާއްޖެއައް ކުރިޔައް ވެސް އޮތީވެސް މިގޮތް

The name is already taken The name is available. Register?

އަހުމަދު ލެކުޓޯޖަން

01 August 2020

ހިތުގެ މައްސަލަޔެއް ހުންނަކަމައްވަނީ

The name is already taken The name is available. Register?

02 August 2020

ޔަގީންތަ؟

The name is already taken The name is available. Register?

ކަރުކެހި

01 August 2020

ކިތަންމެ ރަގަޅަކަސް ކިތަންމެ ގޯހަކަސް މަރުގާތްވުމުން ލަހެއްފަހެއް ނުމެވެއެވެ ލޮބުވެތި އަހުންއިބުރަތް ހާސިލުކުރަންދަސްކުރޭ މީކީނޫން ތަނަކީ

The name is already taken The name is available. Register?

ހުތާ

01 August 2020

މަރުހޫމްގެ ފުރާނައަށް ސުވަރުގެ މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން

The name is already taken The name is available. Register?

ސަލީމް

01 August 2020

ވަގުތު އޭގެ އަޖަލުގައި ނިއްމަންޖޭހަކަމެއް ނިއްމާނެއެވެ ވަގުތު ތިބާއާއި އެކިމަޒިލްތަކުގައި އެކި ވަގުތުތަކުގައި ކުރާ ސުވާލަކީ ތިބާގެ ވަގުތަ ތިބާތައްޔާރުހެއްޔެއެވެ މިވަގުތު ގައި ތިބާގެ އެކުވެރިޔާ ވަނީ ދެމިއޮތުމުގެ އާލަމަތް ދަތުރުކޮށްފައެވެ މިވަގުތު ގައި ތިބާގެ އެކުވެރިޔާ ތިބާޔަށް ކޮށްދެވޭނީ ހެޔޮދުއާއެވެ އަދި އެކުވެރިޔާގެ ފަރާތުން ފެނުނު ރީތި ޢަހުލާގާައި އޯގާތެރިކަމާއި އަޅާލުން އަންނަވި ޖީލުތަކާހަމަޔަ ވާސިލުކޮށްދިނުމެވެ. އޭވަގުތެވެ މާފުކުރާށެވެ.

The name is already taken The name is available. Register?

ްައަލީ

02 August 2020

ހެޔޮ ނިޔަތެއްގައި ނަމަވެސް ތިބުނެވެނީ ގޯސް އެއްޗެއް. އަސްތަޣްފިރުﷲ

The name is already taken The name is available. Register?

ހަސަބު

01 August 2020

އެހެންވެއްޖެއްޔާ ތިއީ ޠަބީޢީ މަރެއްތާ. ﷲ ގެ އަޅުން. ދުނިޔެއަށް ފޮނުއްވީ ﷲ ގެންދެވީ ވެސް ހެއްދެވިފަރާތުން. އެހެނެއްކަމަކު މިފަދަ ރަނގަޅު ޒުވާނަކު މި އުމުރުގައި ދުނިޔެ ދޫކޮށް ދިއުމުން ކޮންމެ މީހަކުވެސް ދެރަވާނެ. ވަރަށް ދެރަވޭ. މިމަރުގައިވެސް ހިކުމަތެއްވާނެ.

The name is already taken The name is available. Register?

ހުށާ

01 August 2020

ސަނޫނަށް ސުވަރުގެ މިންވަރު ކުރެއްވުން އެދި ﷲއަށް ދުއާ ކުރަން. ހިތާމައަކީ ގޮތް ނޭނގޭ މަރެެއްވިޔަސް އަދި ކަމުގެ ހަގީގަތް އެނގި ހާމަ ނުވަނީސް ކޮވިޑޭ ކިޔައިގެން ފިތުނަ ހަދަން ތިބޭ ބައިގަނޑަށް ކޮންމެ ކަމެއް ސިޔާސީ ކުރެވޭތީ. މި ރާއްޖޭ މީހުން ވެއްޖެ ދަސްކުރަން ސިޔާސީ ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454