މޭނާ ހައްސާނު: ޑީއާރުޕީގެ ސްޕޯކްސްޕާސަން ކަމަށް އޭނާ ވަނީ އައްޔަން ކޮށްފައި -- ފޮޓޯ/މިހާރު
04 އޯގަސްޓް 2020 - 21:56
ޑީއާރުޕީގެ ސްޕޯކްސްޕާސަނަކަށް ލަވަކިޔުންތެރިޔާ މޭނާ ހައްސާން މިރޭ ހަމަޖައްސައިފި އެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު، ދިވެހި ވަންތަ ލަވަކިޔާ މޭނާ ހައްސާން ޑީއާރުޕީގެ ތަރުޖަމާނަކަށް ހަމަޖެއްސީ އޭނާ މިރޭ ޑީއާރުޕީއަށް ސޮއި ކުރެއްވުމުންނެވެ.
އެ ރަސްމިއްޔާތުގައި އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވެސް ބައިވެރިވެވަޑައިގަތެވެ.
އަޅުގަނޑުގެ ބްރަދަރ މޭނާ ހައްސާން ސިޔާސީ މަސައްކަތަށް ނުކުތުމަކީ ލިބުނު ހިތްވަރެއް! އަޅުގަނޑަކީ ހައްސާންގެ އެންމެ ބޮޑު އެއް ސަޕޯޓަރ، ރާއްޖޭގެ ނަންބަރު 1 ލެޖެންޑް! ވަގުތު ނެތޭ ވަގުތު ނެތޭ! މަސައްކަތަށް އެންމެން ނުކުމޭ! ޑީއާރްޕީއަށް މަރުހަބާ! pic.twitter.com/luv9XDgsTi
— Abdulla jabir (@chairmanjabir) August 4, 2020
ޖާބިރުގެ ޓުވީޓް
ޖާބިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މޭނާ ހައްސާނު ސިޔާސީ މަސައްކަތަށް ނުކުމެވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
"އަޅުގަނޑަކީ ހައްސާންގެ އެންމެ ބޮޑު އެއް ސަޕޯޓަރު. ރާއްޖޭގެ ނަންބަރު 1 ލެޖެންޑް،" ޖާބިރުގެ ޓުވީޓުގައި ވެ އެވެ.
ހައްސާން ވިދާޅުވީ ޑީއާރުޕީ އަކީ ރައްޔިތުން ދެކެ ލޯބިވާ ޕާޓީއެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައްނަކަލޭފާނު
05 August 2020
ވަރައްތަފާތުވާނެ . ޓްއަރިޒަމް މިނިސްޓަރު ކަމައް ލައްވާ . ބޮދުންގެސިޓީ
dhannakaleyfaanu
05 August 2020
މިފަދަ މީހުން މިގައުމުގެ ގާނޫނު ހަދާ މަޖިލިހުގައި ތިބުމުން މިގައުމުދާ މިސްރާބު ވިސްނޭ ކޮންދިވެއްސަކަށް ވެސް ފާހަގަ ކުރެވޭނެ!. ހިތާމައިގެ ކޮޅެއްނެތް! ދައްނަކަލޭފާނު / ބޮނދުންގެ ސިޓީ
އަލީ އަލީ
05 August 2020
ޖާބެ ތަފާުތުވާނެ! ރާއްޖެ އަލުން ރަންކުރަން ޖާބިރު ހޮވަމާ!
ޙިނި
05 August 2020
މަޖުލިސް ޑުރާމާ، މަޖުލިހައްލާންވީ ކިޔަވައިގެން ތިބި އަދި ތަޖުރިބާ ލިބިފަތިބިމީހުން
ނަޖުމުއްދީން
05 August 2020
ޖާބިރޫ ޖާބިރަށޭ މަމިގޮވަނީ ކުކުޅު ވަލުގަ ފިލާބޮނދާވާތީ.........
ފޮނިޓައްޕު ހަސަނު
05 August 2020
ރީކޯ އިބްރާހިމް މަނިކު ދުނިޔޭގައި ހުރިނަމަ ތިޕާޓީއަށް ވައްދަން ވަރަށް އެކަށޭނަ ބޭފުޅެއް. އަދި އެކަކު އެބަހުރި އެއްކަލަ ފުވައްމުލަކު އަހައްމަދު (އެޓޮލްސް މިނިސްޓްރީގައި އުޅުނު).
ލިޔާނު ސޭޓު
05 August 2020
ބޭބެވެސް ދަނޑުވެރިކަން ކުރަން ނ. އަތޮޅުން ރަށެއް ނަގައިގެން ފާޑެއްގެ ގަހެއް ހައްދަނިކޮށް ފުލުހަށް ގެންދިޔައީ. ދެން އަނެއް ބޭބެ ސަންސެޓް ބަލަން ފަޅުރަށެއްގައި ދަންވަރު އަރާ އުޅެނިކޮށް ފުލުހުން ނެގީ. ސަޅިއެއްނު! ދިވެހިން ރަދުންގެ ޕާޓީ
އަބްތޯލެއް
05 August 2020
ދިވެހި އަބްތާލުންގެ ޕާޓީ
މައިސަން
05 August 2020
ހެހެ ޖަގުދީޕު ޕާރޓި
ބަކުރު އެންޑް ޒައިނަބް
05 August 2020
ލިލީ ސްޓޯރ ގެ ކްރިމް ކުރޭކަރ ބިސްކޯދު ހަމަ ސަޅިވާނެ.
އާދަންބެ
05 August 2020
ސަހަރޯ