މީޑިއާ ބްރީފިންއެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ނޫސްވެރިއެއްގެ ސުވާލު އަޑުއައްސަވަނީ---
06 އޯގަސްޓް 2020 - 13:31
ކުރިއަށް އޮތް 6-8 މަސްދުވަހު ރާއްޖެ އަށް އިގްތިސާދީ ވަރަށް ބޮޑަށް ދަތި ކަމެއް އަންނާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ފައްޔާޒު ރޭ ވިދާޅުވީ ކޮވިޑް-19އަކީ ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު މުޅި ދުނިޔެ އަށް އިގްތިސާދީގޮތުން ދިމާވި އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. އަދި ރާއްޖޭގެ މުޅި އިގްތިސާދު ޓޫރިޒަމަށް ބަރޯސާ ވެފައިވާއިރު ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން ރާއްޖޭގެ އިގްތިސާދު ވެސް އޮތީ ހުއްޓިފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ އެތައް ކުންފުންޏެއް ބަނގުރޫޓުވެ އެތައް ބައެއްގެ ވަޒީފާ ގެއްލުމާ ގުޅިގެން ވެސް، ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން އަންނަ މީހުންގެ އަދަދު ދަށްވެފައިވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މޭޖާ މާކެޓުތަކުގައި މިހާރު ވެސް ވަރަށް ގަދަޔަށް ދަނީ ބަލި ފެތުރެމުން. އެހެންވީމާ ވެކްސިނެއް ލިބެންދެން ދަތިކޮށް އޮތީ. ކުރިއަށް އޮތް ހަ މަސް އަށް މަސް ވަރަށް ދަތިވާނެ ކަމަށް ބެލެވެނީ." ފައްޔާޒު ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރުގެ ސަބަބުން އުފެއްދުންތެރިކަން ވެސް ވަރަށް ބޮޑަށް ދަށަށް ދާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ. މިދިޔަ އަހަރު ލަފާ ކުރިގޮތުގައި މި އަހަރު ރާއްޖޭގެ ޖީޑީޕީ 7.5 ޕަސެންޓަށް އިތުރުވާނެ އެވެ. ނަމަވެސް ފައްޔާޒު ވިދާޅުވި ގޮތުގައި ޖީޑީޕީ މައިނަސް 11 ޕަސެންޓަށް ދަށްވާނެ ކަމަށް މިހާރު ވަނީ ލަފާކޮށްފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދު މިދިޔަ އަހަރު އޮތް ހިސާބަށް ދެވޭނީ 2022 ގަ އެވެ.
ރާއްޖޭގެ އިގްތިސާދު ޓޫރިޒަމަށް ބަރޯސާވެފައި އޮތުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެހެން ދާއިރާތައް މި ވަގުތު ކުރިއެރުވުމަށް ސަރުކާރަށް ގޮވާލަމުންނެވެ. މިކަމާ ބެހޭ ގޮތުން ފައްޔާޒު ވިދާޅުވީ ކުއްލިއަކަށް އެހެން ދާއިރާތައް ކުރިއަރުވަން މަސައްކަތް ކުރިނަމަވެސް އެއީ ވާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ސަރުކާރުން އެ ދާއިރާތައް ވެސް ކުރިއަރުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަސްވެރިކަމަށް ބަލާއިރު ދުނިޔޭގެ އިގްތިސާދު ދަށްވާ ވަރަކަށް މަހުގެ އަގަށް ވެސް އަންނާނެ ބަދަލުތައް. ބޭރުގެ ގިނަ ރެސްޓޯރެންޓުތައް ބަންދު ކުރުމުން މަހުގެ އަގު ވެސް ދަށްވާނެ. އާއްމުކޮށް ރާއްޖޭން އެކްސްޕޯޓު ކުރާ ހުރިހާ އެއްޗަކަށް ވެސް މިގޮތަށް އަސަރު ކުރާނެ." ފައްޔާޒު ވިދާޅުވި އެވެ.
"ކުއްލިއަކަށް އެހެން ދާއިރާތައް ތަރައްގީ ކުރަން އުޅުނަކަސް ނުވާނެ. ނަމަވެސް ކޮވިޑުގެ ސަބަބުން އިތުރު ދާއިރާތައް ކުރިއެރުމަށް އެބަ ލިބޭ ބޫސްޓެއް."
ޓޫރިޒަމް އިންޑަސްޓްރީއަކީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް މުހިންމު ދާއިރާއެކެވެ. އެހެންކަމުން އިގްތިސާދު ކުރިއަރުވާނަމަ ޓޫރިސްޓު ފެސިލިޓިތައް ކުރިއެރުވުމަށް ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި ޓޫރިޒަމް ދާއިރާ ދަަށަށް ހިނގައްޖެ ނަމަ އެތައް ބައެއްގެ ވަޒީފާ ގެއްލި އިގްތިސާދު އިތުރަށް ދަށަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ވަނީ ރިސޯތުތަކަށް މިވަގުތު އެހީތެރިވުމުގެ ގޮތުން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން، ކުލި ފަސްކޮށްދިނުމާއި މިވަގުތު ބޭނުންވާ ލޯނު ފޯރުކޮށްދިނުމާއި ކުރިން ނަގާފައި ހުރި ލޯނުތައް ދެއްކުން ފަސްކޮށްދިނުމުގެ އިތުރުން އާންމުންގެ ފެންބިލާއި ކަރަންޓު ބިލު ދެއްކުން ފަސްކޮށްދިނުން ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ރަސްގެފާން
07 August 2020
ކޮވިޑްގެ 1ބިލިޔަން ރުފިޔާގެ ހިޔާނާއް ބަލަން ޖެހޭނެ. ސަރުކާރަކައް ހާމަ ކުރާކައް ނުކެރުނު ދެވަނަފަހަރަކަ ދިޔަ ހަރަދެއް. ލިބުނު ފައިދާއެއް ދައްކަބަލަ؟
ހިސެން
07 August 2020
ކޮވިޑު ބޯމަތިވުމުގެ މާކުރިން ހަޒާނާ އެއްކޮއް ދޮވެނިންމާލައިފި،. ކޮވިޑާވިއްދައިގެން ލާރިކޮޅެއް އެކިގޮތްގޮތުން އަތުޖެހޭގޮތްވީކަމުން މިސަރުކާރުގެ އޮރިޔާން ނިވާވެކިރިޔާވެސް މިތިބީ. ދެން ފަހައްދައްކާގޮތައްވެސް ސަހަލު ގޮތަކައް އެއްޗެއް ދޭނެ މީހަކު ހިޔެއްނުވެވާނެ ހެނެއް ދެން ހަމަދާނީ ދުވަހަކައް ވުރެދުވަހެއް ބާރައް އޮޑިފެތެމުން.
އައްޑޫ ކުއްޖާ
06 August 2020
އަދި ކުޑަ ތަންކޮޅެ ސިގްރެޓިން ނަގާ ޑިއުޓީ ބޮޑު ކޮށްލާ. އޭރުން ކަލޭމެންނަށް ދަތިނުވެ ސަރުކާރު ހިންގިދާނެ.
ކޮތަރު
07 August 2020
ސިގިރޭޓުންނަގާ ޑިއުޓީ އަދިވެސް ކުޑަ، ފޮށްޓެއް 200ރ ވަރަށް ހަދާލަންޖެހޭ. ސިގިރޭޓްބޯކަށް ތަނެއްތަނެއްނޯވެ، މަނާ ތަންތާވެސްބޮނީ. މަގުމަތީ މީހުންގެ މޫނަށް ދުންބުރުވަނީ..
ތަސް
06 August 2020
ކޮވިޑު ކޮންޓްރޯލު ކުރަން ފުރަތަމ އުޅުނު ނަމަ މިހެނެއް ނުވާނެ. ޢިގްތިސާދޭ ކިޔައި އިންޕޯޓު ވިޔަފާރިއާއި ސައި ހޮޓައި ހިންގަންވެގެން މާލެ ތެރެ ހަލަބޮލި ކޮށްލިހެން ކޮވިޑު އޮބިނޯތުމުން ޔޫރަޕުގެ ގައުމުތަކުން ގެސްޓުން ކަރަންޓީނު ކުރާނެ މިތަނަށް އައީމަ. ބުރާންތި ވިސްނުމުން ވިސްނަނީ ޕްލޭން އެއްނެތި. ކޮވިޑް ފްރީތަނެއް ގޮތުގައި މިދަނޑިވަޅުގައި ގިނަ ފައިދާ ނެގުނީސް އެހެންނަމަ
ހަސަންބެއާ
07 August 2020
ކަލޭ ވީނުން މުޅި ދުނިޔެ ވެސް ކޮވިޑް ފޮރީތަނަކަށް ހަދައިދޭން!!
ތަސް
07 August 2020
މުޅި ދުނިޔެއިން ކޮވިޑު ނެއްތުމާއ 5 ކިލޯ މީޓަރު ހަމަނުވާ ސަރަހައްދަކަށް ކޮވިޑު ނުގެނެސް ހިފެހެއްޓުމާއި އައުމަށް ފަހު އަވަސް ފިޔަވަޅު އަޅައި ކޮންޓްރޯލު ކުެރުމާއި މީ މުޅީން ދެކަމެއް. ކޮވިޑް މިތާ ކޮންޓްރޯލު ނުވަންްޏާ މިތަނަށް އަންނަ ގެސްޓުން ކަރަންޓީނު ކުރާނެ ޔޫކޭ ޖާމަނީ އިޓަލީއން. ސައި ހޮޓާ ހިންގައިގެން ބޭރުފއިސާ ހޯދޭތަ
އެމްޑީޕީމީހާ
06 August 2020
ރައިސް ޔާމިންގެ ވިސްނުން ވަރައް ތިޔާގި މުޅި ރާއްޖެ ތަރައްގީ ކޮއްލި ރައިސް ޖަލައް ތިލީ. މިކަމިގެ ހިތި އެމްޑީޕީ ދެކޭނެ
ގާކޮށި ހުސޭނުނު
06 August 2020
އެންމެ ލެޕްޓޮޕެއް ބޭނުން އެންމެ ރިސޯޓަކަށްލިބޭ ފައިސާއިން ގައުމު ހިންގޭނެ އެމްޑީޕީއަށް ކޮސްނުގޮވާ
ޝޮކްތެރަޕީ
06 August 2020
ރޔާމިން ވެރިކަމުގަ އިންޑިޔާއިން ދަތި ކުރުމުގެ ފިޔަވަޅުއެޅި އެހެން ޤައުމުތަކުންވެސް ފިއްތުންތަ ކުރިމަތި ކުރުވި. ޖީއެމްއާރަ 300 މިލިޔަން ޑޮލަރު ދީފަ ރައްޖެ ހިންގާލި ވެރިޔާ ނުވަތަ 900 ޑޮލަރު ވެރިކަން ނިމްމާލިއިރު ދައުލަތުގެ ރިޒާވްގަ ބަހައްޓަ ދިން ވެރިޔާ ޖަލައްލިޔަސް ދިވެހިން އެވާހަކަތައް ދައްކާނެ. ރައިސް ޔާމިން ގެނައި ތަރައްގީ އަންނަ ކޮމްމެ ރައިސްސަކު ކުރާނަމަ ރާއްޖެ ވަރައްތަރައްގީ ވާނެ.
ނާ ހަމަތެދެއް
07 August 2020
ޔާމީނުގެ ވެރިކަމުގައި އޭގެކުރިން 100 ހައިޑޮލަރަށް ފީފާއެއް ހުރި ތެލުގެ އަގު 40 ޑޮލަރަށް ދަށަށް ދިޔަ. ރައްޖެއަކީ 60 % ތެލަށް ޚަރަދުކުރާ ގައުމެއް. އެވާނެ އެންމެ ބޮޑު ދައްޗަށް. އެހެންވެ އޮތްހައި ފަޅެއްވެސް ވިއްކާލި! އެވަރުންވެސް ކަރަންޓް ޔުނިޓެެއް އެއްޗަކުންވެސް ރައްޔިތަކަށް ދުލެއް ނުދޭ! ތަރައްގީކުރީ މާލޭގެ އެންމެ ތަނަވަސް ހިސާބުން ބޮޑު ބިމެއް ގަނެލައިގެން އަމިއްލަ އުސް ގެއެއް! އެވަރުންވެސް ތިޔާގިވެގެން ދިތައީ އަމިއްލަ އެކައުންޓްގައި ދިޔަ ފައިސާ!
ޝޮކްތެރަޕީ
06 August 2020
ޗައިނާ އެއޮތީ މި ރާއްޖެ ތަރައްގީ ކޮއްދެން ތައްޔާރަ. އިންޑިޔާގެ އެހީތެރިކަމާއެކީ ލާރި ބަހައިގެން ވެރިކަން ދިފާއު ކުރެވިދާނެ އެކަމަކު ރައްޔިތުންނަ ލިބޭނީ ދެރަ ޤައުމު ތަަރައްގީނުވާނެ އިންޑިޔާ ކައިރިކޮއްގެން. ލިބޭނީ އިޔާދަނުކުރެވޭ ވަރުގެ އަޅުވެތިކަމެއް.
ސޮރީ
06 August 2020
ބޮޑުވަޒީރު ހުއްޓަކާ އިންޑިޔައާ ދުރެއް ނުވެވޭނެ. ވ ދެރަ
ގޭދޮށުމީހާ
06 August 2020
ބަދަލުގެ ނަމުގައި ގެޔަށް ވެއްދި ލާރިގަނޑު ނުވައްދައި ހުރިނަމަ ރައްޔިތުން މިހާލުގައި ނުޖެހޭނެ.
ކަނބިލި
06 August 2020
މީނާ ކޮންތާކުންބާ އިގުތިސާދާއި ވިޔަފާރީގެ ތަޖުރިބާ ހޯދީ. ކޮވިޑު 19 އައި އިރުވެސް މި ސަރުކާރުން ގެންގުޅު ސިޔާސަތުތަކުގެ ސަބަބުން އިގުތިސާދު އޮތީ އަޑިއަޅާ ލާފައި. ހިނގަމުން ދިޔަ ޕްރޮޖެކްޓްތައް އެއްވެސް ވިސްނުމެއްނެތި ހުއްޓާ ލުމާއި ކޮރަޕްޝަން އިންތިހާއަށް ބޮޑުވުމާއި ސަރުކާރު ހިންގުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވުން ފަދަ ކަންކަން އޮތީ އަތް ނުފޯރާ ހިސާބުގައި. ޖަޒުބާތުގައި ޖެހިގެން ސިޔާސީ ޑުރާމާތައް ކުޅުމުގައި ފައިސާއާއި ވަގުތު ބޭކާރުކުރުމުގެ ނަތީޖާ