10 އޯގަސްޓް 2020 - 12:00
ކޮވިޑް-19ގެ ބަލިމަޑުކަމުގެ މި ހާލަތުގެ ނާޖާއިޒު ފައިދާ ސިޔާސީ ގޮތުން ނަގައި، ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ ނާގާބިލްކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދައްކަން އެމަނިކުފާނުގެ ކޯލިޝަން ސަރުކާރުގެ ތެރެއިން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ކުރައްވައިފި އެވެ.
ބަލިމަޑުކަން ކޮންޓްރޯލް ކުރަން ހެލްތުން އަޅާފައިވާ ފިޔަވަޅުތަކާއި ކުރިއަށް ރާވާފައި ހުރި ކަންކަމާ ގުޅޭ ގޮތުން މަޖިލީހުން ހިޔާލު ހޯދަން ހުޅުވާލާފައި ވަނިކޮށް ސަންގު ޓީވީގައި ޝިޔާމް ވިދާޅުވީ އަމީންގެ ގޯސްތައް ދެއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެއީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވާ ވަޒީރަކު ހެލްތަށް ހަމަޖެއްސެވުމަށް ކަމުގެ ތުހުމަތު ކުރެއްވި އެވެ.
އަމީން ވަޒީރު ކަމަށް ހަމަޖެއްސެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ.
"ސިއްހީ ވުޒާރާގައި މިހާރު އެ ހުންނެވި ބޭފުޅަކީ އެހެން ހުރިހާ ވަޒީރުން ހިމެނޭ ގޮތަށް ޕާފޯމަންސް ރިޕޯޓެއް ދޭ ކަމަށް ވަންޏާ އެހެން ހުރިހާ ވަޒީރުންނަށް ދޭނީ ޔޫ. އެކަމަކު ހެލްތު މިނިސްޓަރަށް އަޅުގަނޑު ދޭނަން ޑީ. އެއީ އަޅުގަނޑުމެންނަށް މި ފެންނަނީ ހުރިހާ ވުޒާރާތަކެއް ފެއިލް. ކިރިޔާ ވެސް ރަނގަޅަށް މަސައްކަތް ކުރާ ތަން މި ފެންނަނީ ހެލްތު މިނިސްޓްރީ،" ޝިޔާމް ވިދާޅުވި އެވެ.
މިނިސްޓަރު އަމީން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އޭނާގެ ގޯސްތައް ދައްކަން ސަރުކާރުގެ ތެރެއިން މަސައްކަތް ކުރާ ކަމުގެ ތުހުމަތު ޝިޔާމް ކުރެއްވި. --ފޮޓޯ/މިހާރު
ޕްރޮކިއުމެންޓުގެ ގިނަ މަސައްކަތް ހެލްތު މިނިސްޓްރީގައި މި ދުވަސްވަރު ކުރިއަށްދާތީ، ޝިޔާމް ވިދާޅުވި ގޮތުގައި، ހުރިހާ ވަޒީރުން ވެސް އޭގެތެރެއަށް ވަންނަން ބޭނުންވެ އެވެ. ދެން ކުރެއްވީ މި ކަންކަމުގެ ތެރޭގައި، ބީލަމަށް ނުލައި ވަކި ކުންފުނިތަކަކަށް ސާމާނު ގަތުމަށް ހަވާލުކޮށް ކޮރަޕްޝަން ހިންގަމުންދާ ކަމުގެ ތުހުމަތެވެ.
ޝިޔާމް ވިދާޅުވީ އާއްމުންގެ ތެރޭގައި ބަލި ފެތުރި ޕޮޒިޓިވްވާ އަދަދު އަދިވެސް މަތިވަމުންދާ އިރު، ސަރުކާރުން މިކަން ކޮންޓްރޯލްކުރުމުގައި އަމަލުކުރަމުންދާ ގޮތާ މެދު ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. ކޮވިޑުގެ ހާލަތު ގޯސްވިޔަ ނުދޭން ގައުމުތަކުގެ ލީޑަރުން އިސް ނަންގަވައި ވިޔަފާރިތައް ސަލާމްތަކުރުމާ އެކު ރަނގަޅު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާއިރު ރާއްޖެ އިން ފެންނަނީ އެ މަންޒަރެއް ނޫން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ކުޑަ ގައުމުގައި އެކަށިގެންވާ ރަނގަޅު ފިޔަވަޅުތަކެއް ނޭޅި އެތައް ބައެއްގެ ވަޒީފާ ގެއްލި ގިނަ ބަޔަކު ބަނޑަށް ޖެހިދާނެ ކަމުގެ ބިރު އެބައޮތެވެ.
"އަޅުގަނޑުމެންނަށް އެބަ ފެނޭ ވަރަށް ބޮޑެތި ފެއިލިއާސްތައް. ވަކިން ޚާއްސަކޮށް ސިއްހީ ވުޒާރާގެ ފޭލްވެފައިވާތަން. ދެން ސިއްހީ ވުޒާރާ ފޭލް މިވަނީ ކީއްވެގެންތޯ؟ އަދި ސިއްހީ ވުޒާރާގެ ފެއިލިއާ މިވަރަށް ސަރުކާރުގެ ތެރެއިން ބަޔަކު ދައްކަން މި އުޅެނީ ކީއްވެގެންތޯ. އެއީ ވެސް މިއަދު އުފެދޭ ސުވާލެއް،" ސަންގު ޓީވީގައި ޝިޔާމް ވިދާޅުވި އެވެ.
"ކޮރަޕްޝަން މީގެތެރޭގައި އިންތިހާ އަށް އެބައޮތް. ހެލްތު މިނިސްޓްރީގައި އޮތް ވާހަކައެއް ނޫން މި ދަންނަވަނީ. މި ޕެންޑެމިކްގެ އެޑްވާންޓޭޖް އެބަ ނަގާ، ރޯމާދުވާލު އެބަ ވައްކަން ކުރޭ. ތި ވިދާޅުވިހެން ބައެއް އިކުއިޕްމެންޓްސް ބައެއް ކަހަލަ މެޝިނަރީޒް، މިސާލަކަށް ވެންޓިލޭޓާސް، ފަދަ ސާމާނު ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން އެބަ ކުރިއަށް ގެންދާތަން މި ފެންނަނީ."
ވަކި ކުންފުނިތަކެއް ހޮވައި ސާމާނު ގަންނަން ހަވާލުކުރާ އިރު އެ ތަކެތި ރާއްޖެ ގެންނަ ކަމާ މެދު ޝިޔާމް ސުވާލު އުފެއްދެވި އެވެ. އެ ތުހުމަތަށް ބާރު ދެއްވަމުން ވިދާޅުވީ އަތޮޅުތަކުގައި ރައްޔިތުން ބޭނުންކުރާނެ މާސްކްތައް ވެސް ބޭނުންވާ ވަރަށް އަދިވެސް ނުލިބޭ ކަމަށެވެ. ކޮވިޑުގެ ބަލިމަޑުކަމުގައި ހަ މަސް ވިއިރު އަތޮޅުތަކަށް ސިއްހީ ސާމާނާއި މާސްކް ފަދަ ތަކެތި ހަދިޔާކުރަނީ ވިޔަފާރިވެރިއެއް ނުވަތަ ހެޔޮއެދޭ މީހަކު ކަމަށް ވިދާޅުވި އެވެ.
"ގައުމުތަކުގެ އެހީ، ހިލޭ އެހީ ވަަރަށް ގިނައިން ލިބިއްޖެ. ލާރިވެސް އެވަރަށް ލިބޭ. މާސްކް އަޅަން މަޖުބޫރުކޮށްފައިވާ އިރު ކީއްހޭ ވާނީ، ރައްޔިތުންނަށް ހިލޭ މާސްކް ބެހިއްޔާ، އެވަރު ވެސް ކޮށްނުލެވޭ ވާހަކަ މި ދަންނަވަނީ،" ޝިޔާމް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޑީ
10 August 2020
ތިބޭފުޅާގެ ގްރޭޑް ބަލައިގަންނަ ބަޔަކުވެސް އުޅެފާނެ، ސައިޒް އޮޅިގެން އުޅޭ އަންނި ތި ބަލައިގަންނާނެ،
ރާވެރިބޭގެ ދަރިއެއް
10 August 2020
އަމީން އަކީ ބޮޑާ ކިބުރުވެރި މީހެއް،،، ކޮންމެ ސަރުކާރެއްގަ މީނަޔާއި މަލީހު މިނިސްޓަރުކަންކުރޭ، މީގަދަ ދެމީހުން... ބޮޑާ ކަން އެނގޭދޯ، އޮފީސް ބަލާބަލަ....
ޝާހް މާހިރު
10 August 2020
އެހެންތަ؟ އެކަމަކު އޭނައާ ދިމާވި ކޮންމެ މީހަކުވެސް ބުނަނީ އެއީ ވަރަށް ހިތްތިރި އެންމެންނާ ގުޅިގެން މަސައްކަތް ކުރަން އެނގޭ މީހެއް ކަމަށް. މިކަން ފެނޭ ނޫންތޯ ކޮންމެ އޮޑިއެއްގައިވެސް އޭނާއަަށް ދަތުރު އެބަ ކުރެވޭ ނޫންތޯ؟ ދެން މަލީހުގެ ގޮތެއް ނޭނގެ، އެއީ ބޮޑާކަމަށް މަޝްހޫރު ޖަމީލުއަށް ބޮޑުބޭބޭ ކިޔާ ސޮރެއް. އެ ޖީންސް ލިބިފައިވާނަމަ އެހެން ދޯ އެކަން އޮންނާނީ.
އަދުރޭގެ ހިސާބު ފޮތް
10 August 2020
ބައްލަވާ، އަދުރޭ ނޫންތޯ ބުނީ އަދަދުތައް އިތުރު ކުރަނީ ބިރު ދައްކަން ވެގެންނޭ، މުޒާހަރާ ހުއްޓާލައިގެން ނުވާނެއޭ. މީގެ ބޭނުމަކީ އަމީނުގެ ގާބިލުކަން ޓެސްޓު ކުރުންތޯ؟ ހެހެހެ. ކިތަންމެ ގާބިލަސް އަދި ކިތަންމެ މޮޅު ސިސްޓަމެއް އޮތަސް ސިސްޓަމަށް ނުކަތައި ގަތީމަ ވާނީ އެމެރިކާއަށް ވީ ގޮތަށް.
ހިސާބުޖަހަމާ
10 August 2020
އެމެރިކާއަށްވީ ގޮތްވާން މިގައުމުގެ ރައީސަކަށް ހުރީ ޓްރަމްޕްކަހަލަ މީހަކީތަ ނޫނީ އަދުރޭމެން އޮބިއަޅުވަން ކެރޭވަރުގެ ވެރިއެއް ނެތޭތަ ތިބުނަނީ؟ ވޯޓްލައިގެން ގެނެސްގެން ތިއުޅެނީ އެވަރުގެ ނުކެރޭ މީހެކޭތަ ތިބުނަނީ؟ އަދުރޭ ގަވައިދުތައް ފަޅާނަމަ އެކަމަށް ފިޔަވަޅު އަޅަން ނުކުރެވޭ ވެރިއެއް ގެނެސްގެން ކީއް ތިކުރަނީ؟
ަސޭކިސްތާނު
10 August 2020
ގަވައިދު ނުފަޅާ މަޑުން ހުރެބަލަ. ބަލި ކޮންޓްރޯލު ނުވެގެން އުޅޭއިރުވެސް މި ބަލަނީ ގަވާއިދު ފެޅީމަ އެކަން ކޮންޓްރޯލު ކުރެވެނީ ކިހާ ވަރަކަށްތޯ. އަޖައިބެއް.
ޖަންގަލީރޭޑިއޯ
10 August 2020
އަމީނަކީ ސީދާ ޕީޕީއެމްގެ ބޮޓެއް. ފައިސަލް ބޮލަށް ޗިޕެއް ޖަހައިގެން އެމްޑީޕީ ވާނުވާގަ ބަހައްޓައިގެން އަމީނާ މަލީހަށް މިނިސްޓަރުކަންދިނީ.
ޗާބީ
10 August 2020
ނޫނޭ، އެހެން ނުބުނޭ. އަމީނުވެސް އުޅުނީ ގަދަ އަތްވާ ވާރޭގައި ކެމްޕޭނު ކުރަން. ފައިސަލްއެކޭ އެއްގޮތަށް އެ ބޭފުޅާވެސް މި ސަރުކާރު ގެންނަން މަސައްކަތް ކުރި.
ގަޓް ބްރޯ
10 August 2020
ހެލްތް މިނިސްޓަރ ގާބިލް ނަމަ ނުފޫޒުގަދަ ވިޔަފާރިވެރިންނަށް ނުސިހި ރާއްޖޭގަ މިއުޅޭ ހުރިހާ ބަންގާޅީން ދެތިން މަހަށް ނަމަވެސް ރާއްޖޭގެ ރަށެއްގަ އެކަހެރިކުރީސް. އެހެން ކަންކުރިނަމަ ނިއުޒީލޭންޑް އަށްވުރެ ކުރިން ކޮވިޑް ކޭސް އެއް ނުފެނި 100 ދުވަސް ހަމަކުރެވުނީސް. އެކަމަކު ވިޔަފާރިވެރިން ފުއްޕަންފެށީމަ ދޫދިންދިނީނުން ކޮވިޑް ކޮންޓްރޯލްކުރަން ކުރިހާ މަސައްކަތް މިހާރު މިއޮތީ ފެނަށްގޮސްފަ. ހުރިހާ ޚަރަދެއް ބޭކާރުވެފަ.
އަދުރޭގެ ހިސާބު ފޮތް
10 August 2020
ބައްލަވާ، ކީއްވެތޯ އަބަދުވެސް ފަސްޓް ވޯލްޑް ގައުމުތަކާ އަޅާ ކިޔަނީ؟ މި ބަލީގެ ފަރުވާގެ 80% އަކީ ފަރުދީ ޒިންމާ ކަމަށްވާއިރު، ފަރުދުންގެ އުޅުން ތާޑް ވޯލްޑް ގައުމުތަކާ އެއް ހަމައެއްގައި ހުރި އިރު ކިހިނަކުންތޯ ނިއުޒީލޭންޑްއާ އަޅާ ކިޔަނީވެސް؟ ދެން ބައްލަވާ ދެ ގައުމުގެ އިކޮނޮމީވެސް. އަޅާ ކިޔާއިރުވެސް ތި ކިޔަނީ އާފަލާ މޭބިސް ކަދުރާ.
ފަހުދު
10 August 2020
ނަޝީދުގެ ބޭނުމަކީ ރިޔާސީވެރިކަން ފެއިލްކޮއްލާ މިތާންގައި ބަރުލަމާނީ ވެރިކަމެއް ގާއިމުކޮއް ހުރިހާބާރެއް މުށުތެރެއައް ލުމެވެ.
ބަހުދު
10 August 2020
ދެން އެކަން ކުރާތަން ބަލަން އިބޫ މަޑުން ހުންނަނީ ކީއްވެ؟
އިސްތިއުފާ
10 August 2020
ހެލްތް މިނިސްޓަރު އަމީން ހަމަ ގޯސް ގާބިލް ކަމެއް ނެތް އޭނާ އިސްތިއުފާ ދޭންވީއޭ ހެލްތް މިނިސްޓަރު އަމީން އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
ކޮވިދޯ
10 August 2020
ދެން ދިޔަރެސް ނޫހުން އެ ހަދާ ފިތުނަޔޯ؟ މޮޅު ވާހަކަ ނުދައްކާ މަޑުން ހުރޭ ޝިޔާމް. ތިޔައީ ގުޅިގެން ހިންގާ ޖަރީމާ.
ބިސްބެ
10 August 2020
ކޮބާ މުޒާހިރާ ޖައްސަންވީނު...މުޒާހިރާ
ހާސަރޭޭ
10 August 2020
އެކަން ކުރަނީ ނަޝީދު ފެކްޝަނާ އަދުރޭ ފެކްޝަން ގުޅިގެން. ދެން މިހާރު ރައްޔިތުންގެ ރުޅި ގަނޑު ފަޅައިގެން ދިޔައިމަ ޝިޔާމު ނިކުމެ އަމިއްލަ މީހާ ތި ސަލާމަތް ކުރަނީ. ތި މީހުންގެ ނެތް ކޮވިޑްއޭ ކިޔައިގެން ފިތުނަ ހެދުން ނޫން ކަމެއް.
ބާސަރޭ
10 August 2020
ކޮވިޑްގައި އަދަދުތައް މައްޗަށް އަރަމުންދާއިރުވެސް ކަމާބެހޭ މީހުން ދިފާއުކުރުންނޫން ކަމެއް ކަލޭމެންވެސް ނުކުރޭ.
އޭބާސަރޭ
10 August 2020
ބަލަ ކޮވިޑު ގެ އަދަދު މައްޗަށްދާވާހަކަ މިއަދު ދައްކަނީ، އިއްޔެއެއްނުން އަންނި އަދާ އޮވެ ބުނީ އެއީ އާދައިގެ ރޯގާއެކޭ. އެހެން ކިޔާ ސިއްހީ ނުރައްކަލުގެ އެމަޖެންސީ އަށް ގޮންޖަހާ އެހުއްޓާލަން މަސައްކަތް ކުރި މީހުންނަކަށް މިއަދު ނުބުނެވޭނެ އެކަމުގަ މަސައްކަތް ކުރި މީހުން ނާގާބިލެކޭ. އެއީ ސީދާ އެމީހުން އުޅުނީ އެކަން ވިޔަނުދޭން