މަޖިލީހުގެ ރައީސް ނަޝީދު: ޔޫރަޕްގެ ސޭފް ޓްރެވަލް ލިސްޓުގައި ރާއްޖެ ނެތުމުން ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވި -- ފޮޓޯ/ މަޖިލިސް
12 އޯގަސްޓް 2020 - 12:04
ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލިޔަސް، ޓޫރިސްޓުންނަށް ކޮވިޑް-19 އިން ރައްކާތެރި ގައުމެއް ގޮތުގައި ޔޫރަޕުން ރާއްޖެ ކަނޑައަޅާފައި ނެތުމުން އެކަމާ ކަންބޮޑުވެ ވަޑައިިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދު ކޮށްފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް ފަހުން މިދިޔަ މަހު ބޯޑަރުތައް ހުޅުވާލުމުން ޓޫރިސްޓުން އަންނަން ވަނީ ފަށައިފަ އެވެ. އެކަމަކު ޔޫރަޕްގެ ގައުމުތަކުން ދަތުރު ކުރުމުގައި ލުއި ދިން ގައުމުތަކުގެ ތެރޭގައި ރާއްޖެ ނުހިމެނެ އެވެ.
މަޖިލީހުގެ މިއަދު ޖަލްސާގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ މެމްބަރުން ކުރެއްވި ސުވާލުތަކަށް ފަހު ނަޝީދު ވިދާޅުވީ ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު، ކޮވިޑް-19 އާ ގުޅިގެން ޔޫރަޕް ގައުމުތަކުގެ ސޭފް ޓްރެވަލް ލިސްޓުތަކުގައި ރާއްޖެ އަދިވެސް ނުހިިމެނޭ ކަމަށެވެ. އެއީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށާއި އެކަމާ މެދު ހައިރާންވެ ވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެކަން އެހެންވެފައި އޮންނަނީ އަޅުގަނޑުމެން ކޮން ކަމެއް، ކޮން ގޮތަކަށް ގޯސްކޮށް ކޮށްގެންތޯ؟. މިސާލަކަށް، ހިމެނިިފައި ހުރި އެހެން ގައުމެއް ބައްލަވާފައި ދިވެހިރާއްޖެ ނުހިމެނި މި އޮތީ ކޮން ސަބަބަކާ ހުރެ ތޯ؟." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ސޭފް ޓްރެވަލް ލިސްޓުގައި ރާއްޖެ ނެތުމުން ޔޫރަޕްގެ ޓޫރިސްޓުން ރާއްޖެ އައުމަށް ފަހު އެނބުރި ދިއުމުން އެ މީހުން ކަރަންޓީގައި މަޑުކުރަން ޖެހޭ ކަމަށެވެ. އެއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި އެކަމާ މެދު ވިސްނައި ވަޑައިގަތުމަށް އަމީންގެ ކިބައިން ނަޝީދު އެދިވަޑައިގަތެވެ.
"ޔޫރަޕްގެ ގައުމުތަކުން ކިތަންމެ ގައުމަކަށް ދަތުރުކުރާ މީހުން އެ ގައުމުގައި ކަރަންޓީން ވާކަށް ނުޖެހޭ. އެހެން ނަމަވެސް ރާއްޖެ އައިސްފައި އަނބުރާ ޔޫރަޕަށް ދިޔައިމަ ކަރަންޓީން ވާން އެބަޖެހޭ." ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލިޔަސް، މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އައީ 1،700 ފަތުރުވެރިންނެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިން އެނބުރި ދިއުމަށް ކޮވިޑް-19 އަށް ޓެސްޓް ކުރަން ޖެހޭއިރު، އެކަމަށް އަވަސް އިންތިޒާމެއް ނެތްކަމުގެ ކަންބޮޑުވުން ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ދަނީ ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނުވާ
13 August 2020
މީގެ ކުރިން މުޅިދުނިޔޭގެ ކަންކޮޅުތަކަށް ގޮސް ރާއްޖެ މީސޭފްތަނެއް ނޫނޭ...ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވިއިރު އެއްޗެކޭ ހިތަކަނާރައެއްނު....މިއަދު ދެން ކޮންވާހަކައެއް ތިދައްކަނީ
ކަޑަބައި
12 August 2020
ބޯހަލާކު.......މަށަށް މިބުނެވުނީ ކީކޭބާ!!!!!!!!
މުހައްމަދުކޮއިފުޅު
12 August 2020
މަހަމަ އަޖައިބުވެ އަންތަރީސްވޭ. ކޮވިޑު ފިވަޔަޅުތަކާހެދި މައިމޫނާއަށް ހެއްދެވި ނުހެއްދެވިއަށް މީނާގޮވާ އެކަމަނާއަށް ގޮންޖަހައި އުޅުނު ވައްތަރު އަހަރެމެން އަދި ހަނދާންނުނެތޭ. މައެހެންވެ ބުނަނީ ކަލޭތީ ދިވެހިންނަށް ޖެހިފައޮތް ބޮޑު ނުހުރުއްޕާނެއް، ބޮޑު މުސީބާތެކޭ. ރާއްޖެ މިވެއްޓޭ އަޑިގަނޑުގެ ޒިންމާ ނަގަންޖެހޭނީ ހަމަ ކަލޭ.
ދޮން ދީނި
12 August 2020
ޝަހިދާއި ޑރ. މައުސޫމް އިތުބާރު އެބައޮތްތޯ؟
އުސްމާނުބެ
12 August 2020
މިސޮރު ބާލަންވީނު ......
ހުސެނ
12 August 2020
ޝާހިދު ގެ އިސްތިއުފާ ވައްދާ މަޖިލީހަށް... އަމީން ގެ މައްސަލައެއްނޫން ތީކީ...
ޑޮކްޓާރ. ބަނާނާ
12 August 2020
ދަރިޔާ ސޭފް ޓްރެވަލް ލިސްޓުގައި ރާއްޖެ ނެތުމުން ކަންބޮޑުވޭ ބުނުމުގެ ބަދަލުގައި ކިޔަވައިގެން ތިބި ތަޖުރިބާ ހުރި މިހުން ހޯދައިގެން މުއައްސަސާ ހިންގަން ހަވަލުކުރުން ބުއްދިވެރި. ކުދިވިޔަފާރި ފުޑެނީ ! ޑޮލަރު ، އިންފްލޭޝަން އަތްނުފޯރާ ހިސާބަށް ތިޔާ ދުއްވާލަނީ، މަނިކުފާނު ތަންތަން ހިންގަން ތިޔާ ހަވާލު ކުރަނީ ހައްތާވެސް "ހުސްދޯރި " ތައް! ޑރ ބަނާނާ. ސީޑްނީ
އައްޔުބް
12 August 2020
މިއީ ހަމަ ސީދާ ކެނެރީގެ ނަޝީދުގެ ސަބަބުން މެދުވެރިވި ހާލަތެއް، ބޮޑު އަނގައެއް އޮންނަ ރޯނު އެދުރެއް ޖަހާ ބެރަށް ހުރިހާ މީހުން ނަށާތީ ވާ ގޮތް، ނިކަން ނަޝީދުގެ ނޯ ކޮންފިޑެންސަށް އަހާބަލަ، ޔަޤީނުންވެސް ފަޔާޒަށްވުރެ ނަޝީދު ނޯ ކޮންފިޑެންސަށް ފޮނުވުން މާ ބޮޑަށްވެސް އައުލާކަންބޮޑު
ހާމަ333
12 August 2020
ދެން ތިމައްސަލަވެސް މަޖިލީހުން ބަލަންވީނު....ޓްރަންޕް މިފަހަރު ގެންނާނެ ކޮމިޓީއަށް....މެޓާ މަޖިލިސް...ދެން މީނަ ބޭނުންހާ ގޮތަށްތަ ދުނިޔެ ހިނގަންޖެހެނީ....ސައިޒު އޮޅިގެން އުޅޭމީހެއް
ހަސަބު
12 August 2020
ކަން ބޮޑުވަނީ ކޮންކަމަކާ އެންމެން މިއުޅެނީ ޑޮކްޓަރުންގެ ބަހަށްވުރެ ބޮޑަށް ރޯނުއެދުރުގެ ބަސްއަހައިގެން. ޑޮކްޓަރުންގެ ބަސް އެހިބަޔަކު ތިބިނަމަ މިއަދު މަންޒަރު ފެންނާނީ ރީތިކޮށް.