މީގެ ކުރިން ބޭއްވި އިންތިހާބެއްގައި ވޯޓު ގުނަނީ: ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލާފައި -- ފޮޓޯ: އިލެކްޝަންސް
26 އޮކްޓޯބަރ 2016 - 10:04
އަންނަ އަހަރުގެ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނިގޮތުގައި ކައުންސިލަރުކަމަށް ކުރިމަތިލާ މީހުންނާއި އިންތިހާބުގެ އޮބްޒާވަރުންނާއި ކެންޑިޑޭޓުންގެ މަންދޫބު ކަމަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް މިއަދުން ފެށިގެން އަންނަ މަހުގެ 15 އާ ހަމައަށް ފޯމު ހުށަހެޅޭނެ އެވެ. އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމާ ބެހޭ ގޮތުން މިއަދު ބާއްވާ ނިއުސް ކޮންފަރެންސެއްގައި އިތުރު މައުލޫމާތު ހާމަކުރާނެ އެވެ.
އެހެން ފަހަރުތަކާ ހިލާފަށް މި ފަހަރު، އޮންލައިންކޮށް ވެސް ފޯމުތައް ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސާނެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި މިފަހަރު އިންތިހާބުކުރާނީ 653 ކައުންސިލަރުންނެވެ.
އިލެކްޝަނުން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 179 ރަށު ކައުންސިލަކަށް 563 ރަށު ކައުންސިލަރުންނާއި 18 އަތޮޅު ކައުންސިލަކަށް 67 އަތޮޅު ކައުންސިލަރުން އަދި ތިން ސިޓީ ކައުންސިލަކަށް 23 ސިޓީ ކައުންސިލަރުން އިންތިހާބުކުރާނެ ކަމަށެވެ.
އެ ކޮމިޝަނުން ބުނިގޮތުގައި ސިޓީތަކުގައި އިންތިހާބުކުރާނީ ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް ކައުންސިލް މެންބަރެވެ. އެ ގޮތުން މާލޭގައި 13 މެންބަރުން، އައްޑޫގައި ހަތް މެންބަރުން އަދި ސިޓީއެއްގެ ގޮތުގައި އަލަށް ހަމަޖެއްސި ފުވައްމުލަކުން ތިން މެމްބަރުން އިންތިހާބުކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
26 October 2016
މަވެސް ބޭނުން ކުރިމަތިލާން.އޭލެވެލް ކިތަށް ފާސްތޯ އޮންނަންޖެހެނީ.
އަހްމަދު
26 October 2016
އެހެންވީމާ ނަތީޖާ އަވަސްކުރުމަށް ފޯރމް ލިބުނީމާ ޕީޕީ އެމް ކެންޑިޑޭޓް ޗެކްކުރުމުށްފަހު ޔާމީފެކްސަނުގެ މެމަބަރުން ސެލެކްޓްކޮށް ނިންމޭގޮތް ވޯޓްގުނާ ނިޒާމުން ހައްދަވާދެއްވާ. ޑިމޮކްރަސީއަކީ އެއީ .