ޚަބަރު / ރިސޯޓްތައް

ރިސޯޓް މުވައްޒަފުންނަށް ރަށަށް ނިދަން ދެވޭ ގޮތަށް އިސްލާހު ހުށަހަޅައިފި

ރިސޯޓެއް، ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މީހުންގެ ޑިއުޓީ ނިމުމުން ރިސޯޓް ދޫކޮށް ދެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް ވަނީ ހުށަހަޅާފައި.

ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޑިއުޓީ ނިމުމުން ރިސޯޓްް ދޫކޮށް ދެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރަން ތައްޔާރުވެފައިވާ، ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ރިސޯޓް ދޫކޮށް ދިއުމަށް ރިސޯޓްގެ އުޅަނދުފަހަރު ނޫން އުޅަނދުތައް ވެސް ބޭނުންކުރުމުގެ ހުއްދަ ލިބޭނެ އެވެ. އެގޮތުން އެމީހުން ދަތުރުކުރަން ބޭނުންވާ އުޅަނދު ރިސޯޓަށް ވަނުން މެނޭޖްމަންޓަށް މަނައެއް ވެސް ނުކުރެވޭނެ އެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ގޮތަކީ ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ދުވަހުގެ މަސައްކަތް ނިމުނަސް ރިސޯޓުން ހުއްދަ ނުދޭހާ ހިނދަކު އަދި ފުރައިގެން ދެވޭނެ އިންތިޒާމް ރިސޯޓުން ހަމަ ޖައްސައިނުދޭ ނަމަ ރިސޯޓުގައި މުވައްޒަަފުން މަޑުކުރަން ޖެހުމެވެ.

މަޖިލީހުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ހިސާން ވިދާޅުވީ ރިސޯޓް މުވައްޒަފުންނަށް "ނައިޓަށް ދެވެން ޖެހޭނެ" ކަމަށާއި އެއީ އެމްޑީޕީގެ ވައުދެއް ކަމަށާއި އެ ވައުދު މިއަދު ފުއްދާނެ ކަމަށެވެ. މަސައްކަތު ގަޑި ނިމުމުން މަސައްކަތްކުރާ ތަން ދޫކޮށްދިއުމުގެ ހައްގު ލިބޭ ގޮތަށް އިސްލާހު ހުށަހެޅުއްވީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދަންނަވާ ވާހަކަ އަކީ ވަޒީފާ އަދާކުރާ މީހާ އޭނާ ވަޒީފާ އަދާކުރާކުރަން ކަނޑައަޅާފައި އޮންނަ ގަޑި ނިމުނީމާ ،އޭނާ ވަޒީފާ އަދާކުރާތަނުގައި މަޑުކުރާކަށް ވަޒީފާ ދޭ މީހާއަކަށް މަޖުބޫރެއް ނުކުރެވޭނޭ،" ހިސާން ވިދާޅުވި އެވެ.

މިއަދު އެ އިސްލާހު ފާސްކުރުމުން ރިސޯޓް މުވައްޒަފުންނަށް އެމީހުންގެ ރަށްރަށަށް ނިދަން ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން އެ މީހުންގެ ރަށްރަށަށް އަނބިދަރިންގެ ގާތަށް ނިދަން ދެވޭ ގޮތް ހަދައި ދިނުމަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭންގައި އެމްޑީޕީން ވި ވައުދެކެވެ. އެމްޑީޕީން ވައުދުވެފައި ވަނީ ރިސޯޓްތަކަށް މުވައްޒަފުން ނަގާއިރު އެތަންތަނާ ކައިރީގައި ހުންނަ ރަށްތަކުގެ މީހުންނަށް އިސްކަންދޭ އުސޫލެއް ވެސް ގާއިމްކުރުމަށެވެ.

42 ކޮމެންޓް, 63 ރިއެކްޝަންސް

icon happy icon happy 68%
icon sad icon sad 0%
icon angry icon angry 32%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބިރިހިންބެއްޔާ

01 September 2020

ހިތަށްއަރާ ... ހުންނެވީނޫން ބާވައޭ. ބޭނުންއިރަކު އޮޑިދޯނިފަހަރު ރިޒޯޓަށް ވަދެވޭގޮތް ހަދަން ހުށަހެޅީ އެފަދަ ވިޔަފާރިޔަށް މަގުފަހިކުރުމަށޭ.

The name is already taken The name is available. Register?

ދޫލަ

01 September 2020

ފާސްކުރިއަސް ތިކަން މިހާރު ކޮށްގެން ބަލި ފެތުރޭނީ. ނައިޓަށް ދިއުމަކީ މިވަގުތު ރަށްތަކަށް ކޮވިޑް ފެތުރޭނެ އެންމެ ފަސޭހަ ގޮތް. ނައިޓަށް ދެވެންޖެހޭނެ ކަމަށް ތިޔަ ނިންމީ ނައިޓަށް ދެވެން ނެތްއިރެއްގައި.

The name is already taken The name is available. Register?

ރަންނަ

01 September 2020

ކޮންމެހެން މިހާރު ނުޖެހޭ ދާކަށް. އެފުރުސަތު ސިއްޚީ ހާލަތުން ތަންދިނީމަ ހުރަހެއްނޯންނާނެ. އެދުވަހަކުން ނުޖެހޭނެ ބަވާކަށް އެއްވެސް މީހަކަށް ރަށަށް ނުދެވިގެން.

The name is already taken The name is available. Register?

ޓްރިޕަލް

01 September 2020

ހދ އަތޮޅުގައިވެސް ނެތް ރިސޯޓެއް ކިހިނެއް ރަށާއި ކައިރި ރިސޯޓަކުން ޖޮބް ހޯދަނީ

The name is already taken The name is available. Register?

ނިއުޓުރަލް

01 September 2020

ތިތާ ކައިރީ އޮންނާނެ ދޮނަކުޅި

The name is already taken The name is available. Register?

ޑޮންޑޮން

01 September 2020

ރަށްރަށަށް ބަގުރާ ގެންދަނެ ފަސޭހަ ގޮތެއް ތިޔަ ހޯދާ ދެނީ. ތިކަމުގެ ހިތި ފެންނާނެ އަދި. މިހަރުވެސް ކަލޢމެން ތިޔަ ގެނައި ޑިމަކްރަސީ އަކުން ދިވެހިން ސަލާމަތް ނުވެގެން މިއުޅެނީ. ކުއްވެރިން ގެ ހައްގުތަކާއި އިންސާނީ ހައްގުތައް ގިނަ ކަމުން އެމީހުންނަށް އަދަބެއް ނުދެވި އަނިޔާލިބޭ ފަރަތް ތަކުގެ ހައްގެއް މިގައުމުގައި ނެތް

The name is already taken The name is available. Register?

ކާޓޫނު

01 September 2020

އެމީހުން ދަތުރުކުރަން ބޭނުންވާ އުޅަނދު ރިސޯޓަށް ވަނުން މެނޭޖްމަންޓަށް މަނައެއް ވެސް ނުކުރެވޭނެ އެވެ. ސެކިއުރިޓި ޗެކް ކުރެވިގެން ދެވެންވާނީ. ދަމުން ބޯން ހުރި ސަރުބަތު ފުޅިތައް ރަށު ކުދިންނަށް ގެންދިޔައީމަ ގޯސްވާނެ

The name is already taken The name is available. Register?

ރަންނަ

01 September 2020

ރަށަށް ވަނުން މަނާނުކުރެވޭނެ މާނައަކީ ސެކިއުރިޓީޗެކް ނުކުރެވޭ ވާހަކައެއްނޫން. ކޮންމެ ކަމެއް ހަމަ އޮންނަ އެންމެ ނުބައިކޮށް ވިސްނާ ހަސަދައުފެއްދުން ގިނަމީހުންގެ ކަމަކީ

The name is already taken The name is available. Register?

މޫސަ ގޯތި އާދަނު

01 September 2020

ކުރުނބާ ބަނޑޮސް ފޯސީޒަން ރިސޯޓު ސްތާފުންނަށް މިހާރުވެސް ލިބިދޭ ފުރުސަތެއް ނަމަވެސް ގިނަ ރިސޯޓުތަކުން ރަށުގައި އަނބިދަރިން ގާތު ނިދާފައި ހެނދު 6 ގެ ފެރީން ރިސޯޓަށް އަންނާކަށް ފުރުސަތެއް ނުދޭ . މި އިސްލާހުގެ ސަބަބުން މައްސަލަ ހައްލުވީ !

The name is already taken The name is available. Register?

1828

01 September 2020

ކުރުނބާ ބަނޑޮސް ފޯސީޒަން ރިސޯޓު ގައި މުޅިންވެސް މަސައްކަތް ކުރަނީ މާލޭ ސްޓާފުން ތޯ؟

The name is already taken The name is available. Register?

ކަންނާޑި

01 September 2020

ރަށާ ކައިރި 15 މިނެޓުން ލޯންޗުގައި ދެވޭހިސާބު ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ގިނަ މުއައްޒަފުން ގެ ބޮޑު ސަކުވާއެއްގެ ހައްލު..... ސުކުރިއްޔާ އެމްޑީޕީ .

The name is already taken The name is available. Register?

1828

01 September 2020

މިއުޅޭނީ 20 - 25 މިނެޓް އިން ސްޕީޑް ލާންޗްގައި ދެވޭ ރަށްރަށްރަށަށް، ޑީސަލް އިންޖީނުގައި ދުއްވާ 'ޑަކަޑަކަ' ގަނޑެއްގައިވެސް މުއުޅެނީ ގެންގޮސް ނުދީގެން.

The name is already taken The name is available. Register?

ޓޮޓީ

31 August 2020

ޜިސޯޓް ތަކަކީ ބިދޭސީ މުއައްޒިފުންގެ ތަންތަން. އެ މީގުން ކޮން މެ ދުވަހަކު ރަށަށް ނިދަން ފޮނުވަންޏާ ފޮނުވަންވީ. ދިވެހިން ރިސޯޓް ތަކުން ބާކީ ވެއްޖެ. މި ވެރިކަން ފެށުނު ފަގުން އެކަންތައް މާބޮޑަށްވެސް އޮތީ އެހެން.

The name is already taken The name is available. Register?

ދިއްދޫމީހާ

31 August 2020

ތީހަމަ ހޮޅި ވައުދު، އަހަރެން ދިރިއުޅެނީ އައްޑޫގަ، ވަޒީފަގަ އުޅެނީ އަލިފު އަތޮޅުގާ، ދެން ވިސްނާ ޑިއުޓީ ނިންމާފަ ޖެޓެ އޮތަސް ނައިޓަ ދާނެ ގޮތެއް....

The name is already taken The name is available. Register?

1828

01 September 2020

ޑިއުޓީ ނިމޭ ގަޑިއަށް އޮންނާނެ ސީޕްލޭން. ދެން ކޮންކަމަކާ ހާސްވާކަށް؟

The name is already taken The name is available. Register?

ގުދޯ ގުދޯ

01 September 2020

މިކަހަލަ ރަނޑު ވައުދު މިމީހުން މިވަނީ

The name is already taken The name is available. Register?

އުސްމަން

31 August 2020

ތީނުވާނެ ކަމެއް މިސާލަކައް ރޫމްބޯއީ ވެއިޓަރު ކިހިނެއްތޯ ގެސްޓުން ކައިނިމުނީމަ ދަރިނިދުމުގެ ކުރިން ރަށައްދާނީ ގިނަރޫމްބޯއިން 6 ޖަހާއިރުގޮސް ސާވިސް ރެފިޔުޒްކޮއް ތަނުގެ ހިދުމަތް ގެސްޓުންނައްނުދީ ރޯނުބައިކޮން އެސައިމަންޓް ފުރާލާފަ ދަނީ ކައިރި ރައްރަށައް ތިފަދަ އިސްލާހު ތަކުން ކުންފުނީގެ ހިދުމަތް ދައްވެ މެނޭޖުމަންޓުގެ ބޭނުން ކެނޑޭ ތީ އެއްގޮތަކައްވެސް ވާނެ ކަމެއްނޫން އެފަދަ ފަރުވާ ކުޑަމީހުން ވޯނިންލެޓާދީ ބޭރު ކުރަންޖެހޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454