ޚަބަރު

76 ޖަލްސާގެ ރެކޯޑާ އެކު 68 ޕަސެންޓް މަސައްކަތް ނިންމައި މަޖިލިސް ޗުއްޓީ އަށް

ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ވަޑައިގަންނަވާ ބޭފުޅުންނަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މަރުހަބާ ވިދާޅުވަނީ. އޭގެ ފަހުން މެދުކެނޑުމެއް ނެތި 76 ޖަލްސާ ބޭއްވުމަށް ފަހު މަޖިލިސް ޗުއްޓީއަށް ދިޔައީ މިއަދު-- ފޮޓޯ: ނިޝާން އަލީ /މިހާރު

މިހާރު އަމަލުކުރާ ގާނޫނު އަސާސީ އަށް އަމަލުކުރަންފެށި ފަހުން މަޖިލިސް ރިސެސްއަށް ނުގޮސް އެންމެ ގިނަ ޖަލްސާ ބޭއްވުމުގެ ރެކޯޑާ އެކު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ނިންމާލައި މިއަދު ރިސެސް އަށް ހިނގައްޖެ އެވެ.

މަޖިލީހުގެ ފުރަަތަމަ ދައުރު ނިންމާފައި ޗުއްޓީއަށް ނުގޮސް، ޖަލްސާތައް ކުރިއަށް ގެންދިޔައީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން އެހެން ގައުމުތަކުންނާއި ރާއްޖޭން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވި މައްސަލަތަަކާ ގުޅިގެން މަޖިލިސް ތެރެއިން ކުރަން ހުރި މަސައްކަތްތައް އަވަސްކުރުމަށެވެ. އެހެންވެ، މެދުކަނޑައިނުލައި ދެވަނަ ދައުރު ކުރިއަށް ގެންދިޔަ އިރު ދެވަނަ ދައުރު ނިންމުން ވެސް ދެފަހަރެއްގެ މަތިން ފަސްކުރި އެެވެ. އެގޮތުން މިއަދު ބޭއްވި މި ދައުރުގެ އެންމެ ފަހު ޖަލްސާ އަކީ ޗުއްޓީއެއް ނުނަގައި ބޭއްވި 76 ވަނަ ޖަލްސާ އެވެ.

މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މި އަހަރުގެ ދެދައުރު ނިންމައިލި އިރު ކުރިން ހުށަހަޅާފައިވާ މައްސަލަތަަކުގެ 68 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އެ މަސައްކަތްތަކުގެ ތަފްސީލު ވެސް އޭނާ ދެއްވި އެވެ.

އީވާ ވިދާޅުވި ގޮތުގައި މަޖިލީހުން މި އަހަރުގެ ދެވަނަ ދައުރުގައި 21 ގާނޫނެއް ނިންމި އެވެ. އޭގެ އިތުރުން ނުވަ ގަރާރަކާއި ސަރުކާރުން ހުށަހެޅި 18 މައްސަލައަކާއި މަޖިލީހުގެ ރިޔާސަތުން ހުށަހެޅި 11 މައްސަލައެއް ވެސް ނިންމި ކަމަށާއި 16 ކުއްލި މައްސަލައެއް ނިންމި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މެމްބަރުން ހުށަހެޅި ތިން މައްސަލައަކާއި އެހެނިހެން 29 މައްސަލައެއް ވެސް މި އަހަރުގެ ދެ ދައުރުގެ ތެރޭގައި މަޖިލީހުން ނިންމި އެވެ. މި މުއްދަތުގައި މިނިސްޓަރުންނާ 30 ފަހަރެއްގެ މަތިން މަޖިލީހުގެ ތަޅުމުގައި ސުވާލުވެސް ކުރި އެވެ.

"އަޅުގަނޑުމެންނަށް ކުރިއްސުރެ ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 68 މަސައްކަތް އިއްޒަތްތެރި މެމްބަރުން މިދައުރުގެ ތެރޭގަައި ނިންމަވައިދެއްވައިފި،" އީވާ ވިދާޅުވި އެވެ.

މުހިއްމު ބައެއް މަސައްކަތްތައް

- ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހުތަކެއް ގެނައުން

- ފެނާއި ނަރުދަމާގެ ބިލު ފާސްކުރުން

- ގާނޫނީ ފަންނުގެ ބިލް ފާސްކުރުން

- އެއްގަމު ދަތުރުފަތުރުގެ ބިލަށް އިސްލާހު ގެނައުން

- ވިޔަފާރީގެ ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލު ފާސްކުރުން

- ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހުތައް ގެނައުން

- އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނު 2020 ފާސްކުރުން

މީގެ އިތުރުން މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަން ކުރުމާއި ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރަން ރުހުން ދިނުމުގެ ގިނަ މައްސަލަތަކެއް ވެސް މަޖިލީހުން މިދައުރުގައި ނިންމި އެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށާއި ސިވިލް ސާވިސް ކޮމިޝަނަށް މެމްބަރުން އައްޔަން ކުރުމާއި ޗިލްޑްރަންސް އޮމްބޮސްޑް ޕާސަން އައްޔަން ކުރުމަކީ އެގޮތުން ނިންމި މުހިއްމު ބައެއް ކަންތައްތަކެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލަށް ބޭފުޅުން އައްޔަންކުރީ ވެސް މަޖިލީހުގެ މިދައުރުގަ އެވެ.

އީވާ ވިދާޅުވީ މަޖިލީހުގައި އެވަރަށް މަސައްކަތް ކުރެވުނީ އެތަނުގެ އިދާރީ މުވައްޒަފުންގެ ވެސް ހީވާގިކަމުން ކަމަށެވެ. އެކަމަށްޓަކައި އެ މުވައްޒަފުންނަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

"މިމަޖްލިސް އަކީ ކޮވިޑް-19 ގެ ހާލަތު ދުނިޔެއަށް ދިމާވީމާ، މަޖްލިސްތައް ބަންދުކުރަން ޖެހުނީމާ، އެކަކު އަނެކަކު އެއްވެ އުޅެވޭ ހާލަތު ނެތުނީމާ ދުނިޔޭގައި ފުރަތަމަ އޮންލައިންކޮށް ބޭއްވި ރައްޔިތުންގެ މަޖްލިސް،" އީވާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ޕާލަމެންޓްތަކުގެ ޖަމިއްޔާ "އިންޓަޕާލަމެންޓްރީ ޔޫނިއަނުން އެކަން ފާހަގަކޮށް އެހެން ގައުމުތަކަށް ނަމޫނާއެއްގެ ގޮތުގައި ރާއްޖެ ދެއްކި ކަމަށެވެ. މަޖިލިސް 19 ތަފާތުވާނެ ކަމަށާއި ކުރީގެ ދައުރުތަކަށް ވުރެ އިފެއްދުންތެރިވާނެ ކަމަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީން އައީ ކެމްޕޭންް ދުވަސްވަރުން ފެށިގެން ބުނަމުންނެވެ.

17 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 3%
icon angry icon angry 59%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބް

07 September 2020

އެމްޑީޕީގެ 65 މެމްބަރުންގެ ބޮޑު އަޣްލަބިއްޔަތަކާއިއެކު 68 ޕަސެންޓް މަޖިލީހުގެ މަސައްކަތް ނިންމަވާލެއްވީއެވެ. ރައްޔިތުންގެ ލޮލަށް ތަރައްޤީއަށްޓަކައި ކޮށްފައިވާ ކަމެއް ފެންނަން ނެތްއިރު 70ބިލިއަނުން ރާއްޖެ ދަރުވާލައި ރައްޔިތުން އަތާއި އަނގައާއި ދިމާނުވެ ވާޙާލު ބޮޑު މުސާރަ ނަންގަވައިގެން މެމްބަރުން ޗުއްޓީއަށް ވަޑައިގަންނަވަނީ ރައްޔިތުންނަށް ޖޯކް ޖެއްސެވުމަށްތޯއެވެ؟

The name is already taken The name is available. Register?

އާދަމް ޝަރީފް

07 September 2020

68 ޕަސެންޓް މިއީ ހަމަރަގަޅު މިންގަޑެއްބާ. މިހާވަރު ހާސިލު ކުރެވުނީމަ އީވާ އެހާބޮޑަށް ހިތްހަމަޖެހުނީ މިއީ ރަގަޅު ޕަސެންޓަކަށްވާތީ . އެކަމަކު އެންމެ މަދުވެގެންވެސް 85 ޕަސެންޓްވަރު ނިންމެންވާނެ ކަމަށް އަހަރެން ގަބޫލުކުރަނީ. 68 ތީ ވަރަށް ދަށް އަދަދެއް.

The name is already taken The name is available. Register?

ކޮވިޑް

07 September 2020

ކުރިން ނުވެ މިހާރު ތިވަރުވީ

The name is already taken The name is available. Register?

އިބް

07 September 2020

ކޮށްކޯ 50 ޕަސެންޓުން ފާސްވާނެ. ކޮންމެހެން ފޮތުގައިހުރި ހުރިހާ ތަކެއްޗެއް ދަސްނުކުރިޔަސް ކްލާސް ބަދަލުވޭ.

The name is already taken The name is available. Register?

ރިކާޒް

07 September 2020

ކޮވިޑްއާއި ގުޅިގެން ރައްޔިތުންތިބީ ގޮތްހުސްވެފަ...ކަރަންޓް ފެންބިލް ނުދެއްކޭ މީހުން ގިނަ..ކުލި ނުދެއްކި އެތައްބަޔަކު..ފިހާރަ ކެފޭ ކުލިނުދެއްކި ތަންބަންދު ކުރިމީހުންގިނަ..ރައްޔިތުންނަށް ލުޔެއްލިބޭނެ އެއްވެސް ކަމެއްނެތް ކޮށްފައެއް...ރައްޔޮތުންނަށް ލިޔެއް ލިބޭނެ ގޮތަކަށް މަޖިލީހަށް ވެއްދި ކޮންމެ އެއްޗެއް ބޭރުކޮށްލީ...

The name is already taken The name is available. Register?

އަލިކަމަނަ

07 September 2020

އެންމެ ހިންގުންތެރި ޕްރިޑަކްޓިވް މަޖިލިސް. ބައެއް މީހުނަށް ގަބޫލުކުރަން ދަތިވިޔަސް މީ ހަގީގަތް

The name is already taken The name is available. Register?

ރ‫ަންނަ

07 September 2020

ގ‫ަބޫލުވެސް ކުރޭ. އެކަމަކު ހަސަދަވެރިކަން ބޮޑުކަމިން ކިޔޭނުކިޔޭ ނޭގެނީ.

The name is already taken The name is available. Register?

3030

07 September 2020

68 ޕަސެންޓް އެއީ ބޮޑު މުސާރައާއިއެކު ޗުއްޓީއަށްދާން ހައްގު މިންވަރުތޯ. އަހަރެމެން ސަރުކާރުގެ މުވައްޒަފުން ދަރިފުޅު ބަލިވެގެން އާއިލީޒިންމާގެ ޗުއްޓީއަކަށް އެދުނަސް ބުނާނެ ހަވާލުކޮށްފހުރި ހުރިހާ މަސައްކަތެއް ނިންމާފައޭ ދެވޭނީ.

The name is already taken The name is available. Register?

ރ‫ަންނަ

07 September 2020

‫ސަރުކާރު މުއައްޒަފުންގެ ގޮތް އަހަރުމެނަށް ކިޔައިދޭން އުޅޭނެކަމެއް ނެތް. ތިކަމާ އެއްބަސްވާނެ މީހަކު ނެތް. ކޮފީބްރޭކް ނިމޭއިރު ގެއަށް ދާގަޑިޖެހިފަ ހުންނާނީ

The name is already taken The name is available. Register?

އިބް

07 September 2020

ކޮއްކޯ މަޖިލިސް މެމްބަރަކަށްވުމަށް ބޭނުންވާ ޝަރުތަކީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް އޮތުން. ސަރުކާރުގެ މުވައްޒަފަކަށް ވެވޭނީ ވަރުވަރުން ސެޓްފިކެޓް އޮވެގެން ނޫންތޯ. އެއީއޭ ޑިމޮކްރަސީއަކީ. ތަފާތުކުރުން. ކިޔަވައިގެން ތިއްބެވި ބޭފުޅުންގެ މައްޗަށް ނުކިޔަވާ ޖާހިލުން ބަސްބުނުން.

The name is already taken The name is available. Register?

ޕުލޮސް

06 September 2020

އޭ ދޭ ވަރު ކަމެއް ތިވީ. އެހެންޏަ އަހަރުން ޓެސްޓުން ކިރިޔާ ފާސްވަނި 65 ލިބިގެން. މަޖިލިސް 68 .. ދެން އަތް ޖަހާ

The name is already taken The name is available. Register?

ގަޓް ބްރޯ

06 September 2020

އެހެންވީމަ މިފަހަރު ރަނގަޅުވާނެ މުސާރަފުޅުގެ %68 ނަންގަވަންވެސް. ވަރަށް ދަތިކޮށް ރާއްޖޭގެ އިގްތިސާދީ ހާލަތު އަދި ކުރިޔަށް ފެންނަން އޮތީވެސް.

The name is already taken The name is available. Register?

އިބް

07 September 2020

ތާއީދު. މުސާރަ ޙަލާލުވާނީ ކުރާ މަސައްކަތެއްގެ މައްޗަށް. ބައެއް ބިލްތަށް ނިންމަން މަޖިލީހުގެ ޖަލްސާތަށް ދަންވަރުވެސް ބޭއްވިތަން ފެނުނު. އެކަމާއި ދެކޮޅުހެދި މެމްބަރުންނަށް ބޮޑެތި އަނިޔާދިންތަންވެސް ފެނުނު.

The name is already taken The name is available. Register?

ރަށްއިތުމީހާ

06 September 2020

މަސައްކަތްތެރިންގެ ހައްގުގަ ކެންދޫ ދާއިރާގެ މެމްބަރު އަލީހުސައިން ހުށައެޅި އެއްވެސް އިސްލާހެއް ފާހެއްނުވި، މިވަރަކައް ސުޕާރ މެޖޯރެޓީ ހޯދައިގެން އައިސް މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކޮއްދޭނީ، އެއްވެސް މަސައްކަތްތެރިއަކު އުއްމީދު ނުކުރޭ އެމްޑީޕީ މެޖޯރިޓީ އޮތް ސަރުކާރަކުން މިހެން ކަންކަން ކޮއްފާނެ ކަމަކައް.

The name is already taken The name is available. Register?

ކާއްޑަ

07 September 2020

އަލީ ހުސޭނަކީ ވަކި ތާކުންތާކުންޖެހޭމީހެއްނޫން.

The name is already taken The name is available. Register?

އިސްމާލުކަލޭފާނު

06 September 2020

މި ކުރިމަސައްކަތުން ރައްޔިތުންނަށް ރާހަތެއް ކުރިބާ؟ ނޫނީ މިކުރިމަސައްކަތަކީ ފޫނެތްފަޔަކަށް ފެންއެޅުންބާ؟

The name is already taken The name is available. Register?

އަމީރުން

07 September 2020

ގާނޫނުތައް ނުކިޔަން ދޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454