ޑރ. މުހައްމަދު އިބްރާހިމާއި އަލީ ރަޝީދު ފަނޑިޔާރު ކަމުގެ ހުވާ ކުރައްވަނީ -- ފޮޓޯ/ރައީސް އޮފީސް
08 ސެޕްޓެމްބަރ 2020 - 15:50
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. މުހައްމަދު އިބްރާހިިމާއި އަލީ ރަޝީދު ހުސައިން މިއަދު އައްޔަން ކުރައްވައިފި އެވެ.
އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައި އޮތް ދެ މަގާމަށް ޑރ. މުހައްމަދު އިބްރާހިމާއި ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިދިޔަ އާދިއްތަ ދުވަހު ވަނީ ރުހުން ދީފަ އެވެ. އޭގެ ކުރިން އެ ބޭފުޅުންގެ ނަންފުޅާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފައަކަށް އެދުމުން އެ ކޮމިޝަނުން އޮތީ އެ މަގާމަށް ގާބިލް ކަމަށް ނިންމައިފަ އެވެ.
ޑރ. މުހައްމަދު އިބްރާހިމާއި އަލީ ރަޝީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ ރައީސް އޮފީހުުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ދެ ބޭފުޅުންނަށް މަގާމުގެ ހުވާ ލައި ދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.
ޑރ. މުހައްމަދު އިބްރާހިމަކީ 16 އަހަރު ވަންދެން ގާނޫނީ ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަލީ ރަޝީދު، ޖިނާއީ ކޯޓުގެ ގާޒީ ކަމާއި ސިވިލް ކޯޓުގެ އިސް ގާޒީ ކަމާއި ޑްރަގް ކޯޓުގެ ގާޒީ ކަން ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ޖަލު ހުކުމް އިއްވި ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އެވެ.
އެ ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރުމާ އެކު އެ ކޯޓުގެ ބެންޗް އެއްކޮށް ހަމަވީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖަޒީރާމަނިކު
09 September 2020
ޔާމީނުގެ އިސްތިއުނާފު މައްސަލަ ބަލާ ނިމުނީމާ މިފަހަރުވެސް ހުކުމްކުރަން އަލީ ރަޝީދު. ދެން ތިޔަ މައްސަލާގެ ހުކުމް އަންނާނެގޮތް ވަރަށް ސާފު. ދަށުކޯޓްގައި ތިމާ ކުރިހުކުމް ރަނަގަޅުތޯ ބަލަން ހަމަތިމާ. ދެންއިންސާފުވެރިވާނެ ވަރު ހީކޮށްލާ. ދަށުކޯޓްގެހުކުމް ގޯސްކަމަށް ސްޕްރީމްކޯޓުން ނިންމައިފިނަމަ ސްޕްރީމް ކޯޓްގެ ފަނޑިޔާރުން ގެ އަގުވެއްޓުނީ. ހުކުމްކުރިމީހާ ސްޕްރީމްކޯޓްގެ ފަނޑިޔާރު ކަމުގައި ހުރީތީ އެއީގޯސް ހުކުމެއް ކަމަށް ކަނޑައެޅޭކަށްވެސްނެތް. ސުލޫކީ މައްސ
އުދުހޭ
08 September 2020
އަލީ ރަަޝީދު ލުމަކީ އެމްޑީޕީގެ ތަސައްވުރު ހަނޑިވެ ހަރާބުވާނެ ކަމެއް. އަދުލުއިންސާފު ހަރުދަނާ ކުރަން ވައުދުވެގެން އައިސް ޔާމީނަށް ހުކުމް އިއްވި ފަނޑިޔާރު ސުޕްރީމްކޯޓަށް ލުމަކީ އިތުބާރުގެއްލޭފަދަ އަމަލެއް.
އަބްދުﷲ
08 September 2020
ދިވެހިރާއްޖޭގެ އެންމެމަތީ ކޯޓަށް ކުފޫހަމަވޭބާއޭ ހަމަ ހިތަށްއަރަނީ.
އަލީރާޖާ
08 September 2020
މަރްހަބާ ދެބޭފުޅުންނަށް. މިހާރު އޮތް ސުޕްރީމް ކޯޓަކީ ވަރަށް ގާބިލު ތައުލީމީ އަދި ތަޖުރިބާ ހުރި ރަގަޅު ކޯޓެއް.
ގައުހަކި
08 September 2020
އަލީ ރަޝީދަށް ޕްރޮމޯޝަން ދެއްވީ، ދޮގެއްތޯ؟ ހަމަ ޔާމީނުވެސް ކުޅަކަންތައް ކަލޭމެންވެސް ތިޔާކުރަނީ.