ޚަބަރު / ޕީޕީއެމްގެ ކޯޅުން

ޕީޕީއެމްގެ އޮފީހުގައި ބަޔަކު ތަޅު އަޅުވައި ފޯނު ނަމްބަރުތައް ކަނޑާލައިފި

މައުމޫން ފެކްޝަންގެ ޖަލްސާ ބާއްވަން އުޅުނު ސަރަހައްދު ފުލުހުން މިރޭ ބަންދުކޮށްފައި..- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ޕީޕީއެމްގެ މައި އޮފީހަށް އެއްވެސް މީހަކަށް ނުވަދެވޭ ގޮތަށް ބަޔަކު މިރޭ ތަޅު އަޅުވައިފި އެވެ. އަދި އެ ޕާޓީގެ ނަމުގައި ނަގާފައިވާ ފޯނު ނަމްބަރުތަކުގެ ހިދުމަތް ވެސް ވަނީ ކަނޑާލައިފަ އެވެ.

ހ. ތެމާގައި ހުންނަ ޕީޕީއެމް އޮފީހުގައި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން ބާއްވަން އުޅުނު ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަހުގެ ޖަލްސާ އަށް ފުލުހުން ހުރަސް އަޅައި އެ ތަނުގައި ފޯރިމަރަމުން ދަނިކޮށް ތަޅު އެޅުވީ ސީދާ ކޮން ބައެއް ކަމެއް ނޭނގެ އެވެ.

އެކަމަކު، މަންޒަރު ދުށް ބައެއް މީހުން ބުނާ ގޮތުގައި ޕީޕީއެމްގެ ޒިންމާތައް އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރުން ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމި ނިންމުން ހިފައިގެން ގޮސް ތަޅު އެޅުވީ ރައީސް ޔާމީން ފެކްޝަނުގެ ތިން ބޭފުޅެކެވެ.

މައުމޫން ފެކްޝަނުގެ އޮފިޝަލަކު ވިދާޅުވީ އޮފީހުގައި ތަޅު އެޅުވީ ސުޕްރީމް ކޯޓުގެ ނިންމުން ފުލުހުންނަށް ދެއްކުމަށް ފަހު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"ތަޅު އަޅުވައި ފޯނު ލައިންތައް ވެސް ކަނޑާލައިފި،" އޮފިޝަލް ވިދާޅުވި އެވެ.

ޕީޕީއެމްގައި މައުމޫން އަދާކުރައްވާ ޒިންމާތައް ކޯޓުން ވަނީ ރައީސް ޔާމީނާ ހަވާލުކޮށްފަ އެވެ. މި ނިންމުން ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު ކަމަށް ވިދާޅުވެ ޕާޓީ ދޫކޮށްލައްވަން މައުމޫން ބޭނުންފުޅެއް ނުވެ އެވެ.

ޕީޕީއެމްގެ އަހަރީ ޖަލްސާ އަަށް ހުރަސް އެޅުމުން ޝީ ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތެއްގައި މައުމޫން ވަނީ ޕާޓީގެ އާއްމު މެމްބަރުންނަށް ޕާޓީ ތެރޭގައި އުފެދިފައިވާ މައްސަލަ ތަފްސީލްކޮށް ވިދާޅުވެ ދެއްވައިފަ އެވެ. އަދި ސަރުކާރު ހިންގާ ގޮތާ މެދު ފާޑުވިދާޅުވެ، ރައީސް ޔާމީނަށް ކުރައްވާ ތާއީދު ވެސް މައުމޫން މިރޭ ވަނީ އަނބުރާ ގެންދަވައިފަ އެވެ.

15 ކޮމެންޓް, 98 ރިއެކްޝަންސް

icon happy icon happy 66%
icon sad icon sad 2%
icon angry icon angry 32%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީޝާކިރު

28 October 2016

ޔާމީނު ކީއްވެތަ ތިހެން ތިހަދަނީ ޕާޓީއެއް ހަދާލާފަ ގަޓުދައްކާޅާފަ ހުޅުމާލެ ގުޅީފަޅު ތިލަފަޅު ހިއްކާލާފަ ރާއްޖޭގެ ހުރިހާ ރައްޔިތުންނައް ބިންހޯދުމައް ފުރުސަތު ދީބަލަ ވޯޓުލިބޭނެ ވާވަރައް

The name is already taken The name is available. Register?

އަހްމދު

28 October 2016

ާތަޅު އެޅުވިމީހުންއިގޭނީ އެޅުވި ބަޔަކަށް މިއީވާބއެއް. މިކަމުންވެސް ރައްޔިތުން އިބްރަތެއްލި ހޭއަރަންވެއްޖެ. މިފަހަރުގެ ކައުންސިލް އިންތިޚާބުގައި އެކަންރައްޔިތުން ތިޔަ ޕިންކޭމަނަށް އަންގާލަދީބަލަ. ހެޔޮނުވާނެ.

The name is already taken The name is available. Register?

ނަމެއްނެތި

28 October 2016

ޜައީސް މައުމޫންވެސް ކޯޓް އަމުރަށް ތަބަޢަ ނުވުމުބް ވާގޮތްގޮތް މީ.

The name is already taken The name is available. Register?

ާަަާއަބްދުﷲނާފިޒު

28 October 2016

ޕޕމ އޮފީސް ޔާނުއާ ހަވާލުކުރަން ހުކުމް ކުރީ ކޮންތާކު ހުރި ކޯޓަކުންބާ!

The name is already taken The name is available. Register?

ލޯބިވާ ކޮށްކޮ

28 October 2016

ފަހުތަޅަ ލުންގަޑުބާ؟؟ މައްސަލައަކީ ފިލުމަތަކާއި ހިލާފަށް ތަޅާލުންގަޑު ނުނިމެނީސް ޕޮލިސްއަންނާތީ.

The name is already taken The name is available. Register?

ފަޅުވެރިން

28 October 2016

ތެޅުމެއް ނެތޭ ކޮއިފުޅާ! 85 އަހަރުގެ މުސްކުޅިއަކާއި، 57 އަހަރުގެ ޒުވާނަކާ ތަޅާނީ ކިހިނަކުން؟

The name is already taken The name is available. Register?

ރަންރީނދޫ ޓްވިޓަރޭ

28 October 2016

57 އަހަރު ވީމާ ޒުވާނެކޭ ނުކިޔޭނެ... ކެކެކެ

The name is already taken The name is available. Register?

ދޮންދީނި

28 October 2016

މި ވެރިކަމުގެ ފަހު ޗެޕްޓަރ އަށް އިންތިޒާރު ކުރަމެވެ..

The name is already taken The name is available. Register?

ަަެއަާމިނާބީ

28 October 2016

އަދި ކިރިޔާ އެއްނުން ފިލްމް ގެ ފަހު ތަޅާލުން މި ފެށުނީ؟

The name is already taken The name is available. Register?

މަވާ ސަލާމް

28 October 2016

ވަޑައިގަންނަވާ ކޮންމެ ރަށަކުން ރައްޔިތުންނާ ބައްދަލު ކޮއްފަ " ތިޔަރައްޔިތުން ތިމަން މަނިކްފާނު އަދި އެއްދައުރަށް ހޮއްވަވާ ދެއއވާފިއްޔާ " ބަލަގަ އަޅުގަނޑުމެން ނޫޅެމޭ މަނިކްފާނު ހޮއްވަވާކަށް، ކޯޓުން މަނިކްފާނާ ހަވާލުކުރަންޖެހޭނީ ވެރިކަން، އަޅުގަނޑުމެން މަނިކްފާނަށް ވޯޓެއްނުލާނަން ޝަހާދެއް

The name is already taken The name is available. Register?

ފާނަކޮށި

28 October 2016

ނެވަރ އެންޑިންގ ސްޓޮރީއެއް......

The name is already taken The name is available. Register?

ޝުގާ

28 October 2016

ޝީ ބިލްޑިންގު ކުށްވެރިވީ ތިޔަ، ލޮލް!!! ޙެހެހެހެ!!

The name is already taken The name is available. Register?

އަހަންމާ

28 October 2016

ޕާޓީގެމެމްބަރުންހޮވި ޕާޓީގެރައީސް ހޯދަން މެމްބަރުންމާލެ އައުމައްގޮވާލަން މެމްބަރުން ހޮވިރައީސް ވަކިކުރުމަކީ ކޯޓައްކުރެވޭނެކަމެއްނޫން އަވަހައްމާލެއަންނައްގޮވާލަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454