ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި: އެމަނިކުފާނުގެ ކަންބޮޑުވުންތައް އަދުރޭ އިއްޔަ ވަނީ ހިއްސާކުރައްވާފައި. --ފޮޓޯ/މިހާރު
23 ސެޕްޓެމްބަރ 2020 - 13:31
މާފުށީ ޖަލުގައި އޮންނެވުމަށް ވުރެ މި ސަރުކާރުން މި ގައުމަށް ދޭ އަނިޔާ އިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހިތްޕުޅަށް ލިބިވަޑައިގަންނަވާ ތަދު ބޮޑު ކަމަށް ވިދާޅުވެ، އެ މަނިކުފާނުގެ ކަންބޮޑުވުންތައް އިދިކޮޅު ކޯލިޝަން ހިންގަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރައްޔިތުންނަށް އިއްޔެ ވިދާޅުވެދެއްވައިފި އެވެ.
ޕީޕީއެމަށް ބަޔަކު ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވީ، ޔާމީން ކަންބޮޑުވެވަޑައިގަންނަވަނީ ރާއްޖޭގެ މިނިވަންކަން ގެއްލިގެން ހިނގައިދާނެތީ ކަމަށެވެ. ބާތިލް ދީންތަކަކަށް ޖާގަ ލިބި، ދީނީ ބައިބައިވުންތަކެއް އުފެދިދާނެތީ ވެސް އެ މަނިކުފާނު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.
"އެ މަނިކުފާނުގެ ކަންބޮޑުވުމަކީ އަޅުގަނޑުމެންގެ ތެރޭގައި ނަސްލީ ތަޅާފޮޅުންތައް އުފެދޭ ޒަމާނެއް ދިވެހިރާއްޖެ އަށް ކުރިމަތިވެގެން އަތުވެދާނެތީ. މި ސަބަބުތަކަށްޓަކައި އެ މަނިކުފާނުގެ ލަފާފުޅާއި އިރުޝާދާ އެކު އަޅުގަނޑުމެން މިއަދު މަސައްކަތް ކުރަމުން މިދަނީ ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި،" އޭނާ ވިދާޅުވި އެވެ.
ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވީ ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން މިއަދު ކުރަމުން އަންނަނީ ރާއްޖޭގެ ވެރިކަން ހޯދަން ބޭނުންވެގެން ކުރާ މަސައްކަތްތަކެއް ނޫން ކަމަށެވެ. ފުރަތަމަ ކުރަން ޖެހިފައި އޮތް ކަމަކީ ގައުމު ސަލާމަތް ކުރުން ކަމަށް ވިދާޅުވި އެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަ ދައްކަވަނީ. --- ފޮޓޯ: މިހާރު
އަދުރޭ ތުހުމަތު ކުރެއްވި ގޮތުގައި ބަޔަކު ރާވައިގެން ގަސްދުގައި މި ގައުމު އަޅުވެތިކަމާ ދިމާލަށް މިސްރާބު ކުރުވުމުގެ މަސައްކަތްތަކެއް އެބަކުރެ އެވެ. އެ މަސައްކަތްތަކުން ރާއްޖޭގެ މިނިވަންކަމަށް އަސަރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ މިނިވަންކަން ނަގައިލުމުގެ ތުހުމަތު އިދިކޮޅުން ގުޅުވަނީ އިންޑިއާ އެވެ. މި ސަރުކާރއިންޑިއާ އެކު އޮތް ގާތް ގުޅުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދާ ކަމެއް ކަމަށް ބުނެ އިދިކޮޅުން ދަނީ ފާޑުކިޔަމުންނެވެ.
އަދުރޭ ވިދާޅުވީ އިންޑިއާގެ އަވަށަކަަށް ރާއްޖެ މިހާރު ބަދަލުވެ، ހަމަހަމަ ކަމާއި އިންސާފު ގެއްލިފައިވާ ކަމަށެވެ. މިހެން ވިދާޅުވެ އޭނާ ފާޑުކިއުން އަމާޒުކުރެއްވީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެ އިން ބޭރުން ވަޑައިގެން 14 ދުވަހުގެ ކަރަންޓީނުގައި ހުންނެވި ނަމަވެސް ރަސްމީ ބައެއް އިވެންޓްތަކުގައި ބައިވެރިވެވަޑައިގަތުމާއި ފޮރިން މިނިސްޓްރީގެ ރަސްމިއްޔާތެއްގައި ހިންދީ ބަހުން ވާހަކަ ދެއްކެވުމާ އެވެ. ބޭރުން އަންނަ އެންމެން 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކުރަން ޖެހޭ އުސޫލެއް އާއްމުކޮށް ސަރުކާރުގެ ބޮޑުންނަށް ވަކި ގޮތަކަށް އަމަލުކުރުމުގެ އިޚްތިޔާރު ދެމުންދާ ކަމަށް އަދުރޭ ވިދާޅުވި އެވެ.
އެކަމަކު އެޗްޕީއޭ އިން ބުނެފައި ވަނީ އެގޮތަށް ހުއްދަ ދެނީ ހަމައެކަނި ސަރުކާރުގެ އިސް ފަރާތްތަކަށް ނޫން ކަމަށާއި އާއްމުންނަށް ވެސް ޚާއްސަ ހާލަތުގެ އެ ހުއްދަ ދޫކުރާ ކަމަށެވެ.
އަދުރޭ ވިދާޅުވި ގޮތުގައި އިންޑިއާ އިން ރާއްޖެ އަށް އެހީ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ހިންދީ ބަހުން ވާހަކަ ދައްކަވަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އެކަމަކު ގައުމުގެ ހާލަތަކީ އެއީ ކަމަށް ވިދާޅުވި އެވެ.
އެ ހާލަތުން އަރައިގަތުމަށް ސަރުކާރާ ދެކޮޅަށް ނުކުތުމަކީ "ބަޣާވާތަކަށް" ނުވާނެ ކަމަށާއި އެކަން ވާނީ ގައުމީ ޖިހާދަކަށް ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒީރޯ
24 September 2020
ޔާ މީނުގެ ދުވަހު ރައްޔިތުން ކުރި ހިތާ މަ އަދިވެސް ފިލާނުދެއެވެ. އާބާދީގެ ގިނަ މީހުން އަދިވެސް ތިބީ އެހިތާ މައިގަ.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
24 September 2020
އަސްތާ އަދުރޭ މިހާރު ހިތުގެ ޑޮކްޓަރަކަށް ބަދަލް ވީތޯ ؟ ޕަހެލޭ ތޮ މައި (މެތެމެޓިޝަން ) ތާ ؟ ހިތުގެ ޑަކްޓަރަކަށް ބަނާޔާ ކޯންހޭ ؟
މުހައްމަދު އިދްރީސް
24 September 2020
ވަރަށް ދެރަވާނެ ކާއެއްޗެއްވެސް ފަރީނުކުޅުއްވޭނެ، ވެރިކަން ދެއްވީމަ މުސާރައިން ބައެއްނަންގަވަން ފެއްޓެވީ ދެ އަހަރެއް ފަހުން ވިދާޅުވީ ލިބޭމުސާރަ އިން ނުފުދޭތީދަރިފުޅުގެ އެޕާރޓުމަންޓަށް ވެސްދައްކަން ފައިސާ ނެތިގެން އެއްކޮށް މުސާރަ ނަންގަވަންފެއްޓެވި ވާހަކަ ތިންވަރަކަށް އަހަރު ފަހުން ވެރިކަމުން ފޭބި އިރު ބޭންކުތަކުގައި އަމިއްލަ އަަށް ރައްކާކޮށް ފައި 100 މިލިއަން ރުފިޔާ 25 ބުރީގެ އިމާރާތެއް އަޅަމުން ދަނީ. ކިހާހިތާމައެއް ކުރައްވާނެ....
ގައުމިއްޔަތު
24 September 2020
ކަރަޕްސަންގަޖެހި ދައުލަތައް ހިޔާނާތްތެރިވިމީހުނައް ގައުމާއިމެދު ބަސްކިއުމުގެ ހައްގެއް ނޯންނާނެ.
ދޮންއަމާ
24 September 2020
ކޯޓުން ކުރިހުކުމާ އެތްގޮތަށް ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދެތްކި އޮންނާތީ ދެރަވެ ކުރުވެ ލޮލުން ފެންބާލާ އުޅޭ މަންޒަރެތްނުފެނޭ އެއީހަމަ ގައުމުދެކެވާލޯބިންތޯ
ޖަލީލު
24 September 2020
ބޭރުން ބާތިލު ދީން ތަކެއް އައިސް ބައިބައިވުން އުފެދިދާނެތީ ކަން ބޮޑުވަނީއޭ؟ މި ހީވަނީ ދީނީ ބައިބައިވުން ނެތް ތަނެއްހެން. ކަލޭމެން ސިޔާސީ މީހުން ޤައުމު ބައިބައި ކުރިވަރަށް އެހެން ބަޔަކަށް އެކަމެއް ނުވާނެ.
ސިރުފާ
24 September 2020
އަދިވެސް ކެއުނުލެއްމަދީތަ ހިއްޕުޅަށް ތަދުވަނީ.
އަހުސަންއަމަލާ
24 September 2020
ޔާމިނު ވެރިކަމުގައިވެސް ވައްކަންކުރި އަދި އިބޫ ވެރިކަމުގައިވެސް ވައްކަންކުރަނީ... ސުވާލަކީ ކޮންވެރިމެއްގަހޭ ރައްޔިތުންނަށް މަންފާކޮށް ރައްޔިތުންނަށް ތަރައްޤީއެއް ލިބުނީ؟ ޖަވާބު ސާފު ދެއްތޯ؟
ނުވަގުތު
24 September 2020
ތި ސުވާލުގެ ބޭނުމަކީ ޔާމީންގެ ފަރާތުން ބޮޑަށް މަންފާވިއޭ ބުނުން ކަމަށްވާނަމަ، ކޮމެންޓު ކުރިފަރާތުގެ ވިސްނުން ހުރި ގޮތާދޭތެރޭ ހިތާމަކުރަން. ތިވިސްނުން ގެންގުޅޭހާ ހިނދަކު އަހަރެމެންނަށް ނޭނގިތިބެ ނަމަވެސް އެއްބާރުލުން ދެވެނީ ކޮރަޕްޝަނަށް. އަހަރުމެން ފަރުދުންގެ ފެންވަރުގަ ކޮރަޕްޝަނާއި ދެކޮޅުވެން ނޫނީ ކަންކަން ރަނގަޅެއް ނުކުރެވޭނެ. ރަނގަޅަށް ކަމެއް ކޮށްދިނުމަކުން ގޯސްކޮށް ކުރިކަންކަން ނުކުރާކަމަކަށް ނުވާނެ. އެކަންކަމަށް އަދަބު ލިބެންޖެހޭ.
ހުސް ދޮގު
24 September 2020
ރައީސް މައުމޫނު ގެ ވެރިކަމުގައި ވެސް ކުރީ ވަައްކަން ތޯ؟ އެ މަނިކުފާނައް ވެގެން ކޮން ކަމެއް ތޯ ރައްޔިތުންނައް ކޮން ނުދެއްވަނީ؟
ލުތުފީ
24 September 2020
ރަގަޅުވާހަކައެއް. ދެ ވެރިކަމުގަވެސް ވައްކަންކޮށްފި. ނަމަވެސް ސީދާ ވައްކަންކުރަން މަގުފަހިކުރުވައި، ވައްކަމުގެ ތެރޭންލިބުނު ފައިސާ އަމިއްލަ ގެޔަށް ފޮށިފޮށިގަނޑުގަ ވައިން ވާހަކަ ޔާމީންވަނީ ބުނެފަ. ދެން ގޮތެއް ޚިޔާރުކުރާނީ އެމީހަކު އަމިއްލަޔަށް.
ިިހިލްމީ
24 September 2020
ޖަލުގައި އޮންނެވުމައްވުރެ ގައުމައް ބޭރުޤައުމުތަކުން އެހީގެ ގޮތުގައި ލިބޭ ފައިސާގެ އަޑު އިވުނީމަ ޔާމީނުގެހިތްޕުޅު މާ ބޮޑައް ދަތިވޭ
އަލީ12
24 September 2020
ޝުޝް.. ހަކުރުކިލޯއެއް ކިހާވަރަކަށް؟؟
އަންކ
23 September 2020
ރަނގަޅުވާހަކަޔެއް މިވެރިން ގައުމު ގެ ދުވަސް ދުއްވާލައިފި.