މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މައުމޫން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ: ސަރުކާރަށް ކުރެއްވި ތާއީދު އެމަނިކުފާނު ވަނީ އަނބުރާ ގެންދަވާފައި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
29 އޮކްޓޯބަރ 2016 - 12:54
ރައީސުލް ޖުމްހޫރިއްޔާއަށް ލިބިފައިވަޑައިގެންފައިވާ ބާރުގެ ބޭނުން ހަމައެކަނި ކުރެވޭނީ ގާނޫނު އަސާސީ އާއި ގާނޫނުގެ ތެރޭން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މިއަދު ވިދާޅުވެއްޖެ އެވެ.
ގާނޫނު އަސާސީގެ 106 ވަނަ މާއްދާގައި ވެސް އޮންނަ މި ވާހަކަ މައުމޫން މިއަދު ޓްވީޓް ކުރެއްވި އިރު ޕީޕީއެމްގެ އޮފީސް، ރައީސް ޔާމީނަށް ތާއިދު ކުރާ ފެކްޝަނުގެ ބާރުގެ ދަށަށް ރޭ ވަނީ ގެންގޮސްފަ އެވެ. އަދި އޮފީސް އިމާރާތް ކައިރީ ފުލުހުން ބެރިކޭޑް ޖަހައި ބަންދުކޮށްފައި ހުރި އިރު، ބޮޑެތި ލޮރީތަކެއްގައި ގޮސް ޕާޓީގެ މުދާތައް ނެރެ، އިމާރާތް ވަނީ ހުސްކޮށްފަ އެވެ.
މައުމޫނާއި ކޮއްކޯފުޅު ރައީސް ޔާމީނާ ދެމެދު އޮންނަ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، ސަރުކާރަށް ކުރެއްވި ތާއީދު މައުމޫން ވަނީ ގެންދަވާފަ އެވެ.
ގާނޫނު އަސާސީގައި އޮންނަ މިި މާއްދާގައި ބުނާގޮތުން ދައުލަތް ހިންގުމުގެ އެންމެހާ އުސޫލުތައް ގާނޫނު އަސާސީން ކަނޑައަޅާއިރު، މި ގާނޫނު އަސާސީ ދަމަހައްޓައި، ދިފާއު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމު ކަމެކެވެ. އަދި ދައުލަތުގެ އެއްބައިވަންތަކަން ދަމަަހައްޓަން މަަސައްކަތް ކުރާއިރު، ވެރިކަން ކުރަން ވާނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ބުނެފައި ވެ އެވެ.
ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ޝީ ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތެއްގައި މައުމޫން ވިދާޅުވީ އެންމެ ފުރަތަމަ ގައުމު އިސްކޮށްގެން ވެރިކަމަށް އައި ސަރުކާރުން ކަންކަން ކުރަމުން މިހާރު ދަނީ ގާނޫނުތަކާއި ގަވާއިދުތަކާއި ޑިމޮކްރެސީގެ އުސޫލުތަކާ ހިލާފަށް ކަމަށެވެ. ތިން ބާރު ވަކިވެފައި އޮތް ނިޒާމުގައި ތިން ބާރު މަސްހުނިކޮށް، ހުރިހާ ބާރުތަކެއްގައި ވެސް ގަދަވެފައި ވަނީ އެއް ބޭފުޅެއްގެ އަޑު ކަމަށް އެ މަނިކުފާނު ވިދާޅުވެފައި ވެ އެވެ.
މައުމޫން ވިދާޅުވީ މުޅި ގައުމު ބޯލަންބަން ޖެހިފައިވަނީ އެއް ބޭފުޅަކު އަންގަވާ ގޮތަށް ކަމައި ކޮރަޕްޝަން އިންތިހާ އަށް އޮތްއިރު، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ރައްޔިތުންނަށް ގެއްލުންވާ ފަދަ އެތައް ކަމެއް ހިންގާފައިވާ ކަމަށެވެ.
ޕީޕީއެމް ހިންގުމުގެ ހުރިހާ ބާރެއް އެ ޕާޓީގެ މުސްތަޝާރު، ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާ ގޮތަށް ސިވިލް ކޯޓާއި ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން މައުމޫންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް ސުޕްރީމްކޯޓުގެ ފަނޑިޔާރުން ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ.
ޕީޕީއެމްގެ އޮފީހުން ތަކެތި ހުސްކުރަމުން ދިޔައިރު އެ ޕާޓީގެ ދެ ފެކްޝަންގެ ސަޕޯޓަރުންގެ ދެމެދު ރޭ ކޮންމެވެސް ވަރަކަށް ހަމަނުޖެހުންތަކެއް ވެސް ހިނގި އެވެ. އަދި މައުމޫން ފެކްޝަންގެ ސަޕޯޓަރުންނާ ފުލުހުންނާ މެދު ހޫނު ޒުވާބުތަކެއް ވެސް ހިނގި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގގ
30 October 2016
މިދާ ގޮތަށް ދަންޏާ މިތަން ދުވަސް ކޮޅަކުން އަންދުލުސް އަށް ވެގެންދާނެ، މުސްލިމުންގެ ބާރުގެއްލި އިސްލާމް ދީނުގެ ބާރުވެސް ގެއްލެމުން މިދަނީ، އިސްލާމީ މަރުކަޒުހަދައިގެން އިސްލާމިކް ފެޔާ ބޭއްވުމަކީ އެކަމުގެ ނިޝާން!
އަދުލު
30 October 2016
މިހާރު ކޯޓަކުން މިވެނި އެވެނި މީހަކު މިވެނި އެވެނި މީހަކާއި ދެވައި ފީމޭ ބުނެފިއްޔާ އެކަން ވާނެ ހެއްޔެވެ. މި ވެނި އެވެނި މީހެއްގެ އިއްފަތް ފޭރިގަތުމަށް ބުނެ އަމުރު ކުރެވިދާނެ ހެއްޔެވެ. އެހެން ނުކުރެވޭނެ ކަމައް ވަންޏާ ބައެއްގެ މުދަލެއް އޭގެ މިލްކުވެރިކަން ރަނގަޅަށް ފެންނަން އޮއްވާ އެހެން މީހަކު ފޭރިގަންނަން އަމުރު ކުރެވެންވީ ކީއްވެ ހެއްޔެވެ. ނުވަތަ އަހަރެން ކުރިން މިބުނި ކަހަލަ އަމުރުތައް ވެސް ކޯޓުތަކަށް ކުރެވުން އެއީ ހަމަ ފަހުބަސް ބުނާ ފަރާތުގެ ގޮތުން ހަމަ ކުރެވިދާ ކަމެއްތޯއެވެ. އެހެން ނަމަ ހިތާމައިގެ ކޮޅެއް ނެތެވެ. މި ގައުމުގައި އަދުލުގެ ކަންފުޅެއް ވެސް ނެތެވެ.
ލޮލް
30 October 2016
ފަހުގެ ތާރީހެއްގަ އަދި ނުދެކެން މިވަރައް ރުޅިއައިއްސަ އިންދާއެއް...
އަލްޖިބްރާ
30 October 2016
ފާއިތުވި ތިރީހަކަށް ނުވަތަ ތިރީސް ފަސްއަހަރެއްހާދުވަހުގެ ތެރޭގައި މިޤައުމުގައި ވެރިކަންކުރި އެއްވެސް ވެރިއަކު ބާރުގެ ބޭނުން ކުރީ ޤާނޫނުގެ ތެރެއިންތަ ؟
މެންޓަލިސްޓް
29 October 2016
ގާނޫންތިޔައީ ދެމޭ ރަބަރުގަނޑެއްހެން ރާއްޖޭގައި ބޭނުންކުރާ އެއްޗެއް ، އެކި މީހުން އެކިގޮތަށް މާނަކުރުމާޢި އެބަަޔަކު ބޭނުންވާގޮތަކަށް ބަދަލުކޮށް ހުކުމް ތަށް ނެރެމުންދާ އެއްޗެއް ،،، ގާނޫންގެ އަސްލު ހަމަ އޮންނާނީ މިސްކިތު ވަޅަށް ބަކަރި ވެއްޓުމަށް ،،، އެކަން ހިނގާގޮތަކީ މާލޭގައި ކުރީގައި ބަކަރި ގެންގުޅުނުއިރު އަމިއްލަ މީހުން ގެންގުޅޭ ބަކަރި މިސްކިތުވަޅަށް ވެއްޓުނީމައި އަމިއްލަ ބަކަރިތަށް ޖެހޭނީ ބަންދުކޮއްގެން ކޮށީގައި ގެންގުޅެން ، ދެން ސަރުކާރުން ގެންގުޅޭ ބަކަރިއެއް މިސްކުތު ވަޅަށް ވެއްޓުނީމައި މިސްކިތު ވަޅު ބަނދުކުރާނީ ،، މީރާއްޖޭގައި ގާނޫން އަބަދުވެސް ހިނގަމުން އަންނަގޮތް ،،، ވަރަށް ސަލާމް
Fee es em
29 October 2016
ޕާރޓީގެ ރައީސްވެސް ޕާރޓީގެ އަސާސީގަވާއިދާއެއްގޮތައް ބާރުތައް ބޭނުންކުރަންވާނީ.. އެތައްމެމްބަރުންނެއްގެ ހައްގުތައްބަންދުކޮށް އެއްވެސް ގުނަވަނެއް މަސައްކަތް ނުކުރެވޭގޮތްހަދާޕާރޓީ ހިސޯރު ކުރެވޭނެތޯ.
އަލީ
29 October 2016
ރައީސްއައް ބާރުގެ ބޭނުން ހަމައެކަނި ގާނޫނުގެ ތެރެއިން ކުރެވެނީ ޑިމޮކްރެޓިކް ވެރިކަން އޮންނަ ގައުމުތަކުގަ. ޑިކްޓޭޓަރުން ތިބޭގައުމުތަކުގަ ރައީސް އެވަގުތަކު ބޭނުންވާ ކޮންމެކަމެއްވެސް ކުރެވޭނެ.
ޑޫޑް
29 October 2016
ތި އައީ ތި ދެމީހުން ރާވައިގެން ދިވެހިން ގުބޯ ހައްދަނީއެވެ. ދެމީ ހުން ކުޅޭ ޑްރާމާއެކެވެ. ދެމީހުންނަށް އިނގެގެން ގައުމު ތި އޮތީ މިއިންޒަމާނަކު ނުދަވާވަރަށް ދަވާލާފައެވެ. އެކަން ނޭނގޭ ދިވެސް އެއްނެތެވެ. ޔާމީންއޭ ބަޔަކު ބުނެފިއްޔާމު، ހިޔާނަތްތެރި، ކަރަޕްޝަން ފަދަ ބަސްތައް ފަހަތަށް އާދެއެވެ. ގިނަމީހުން ރުޅި އާދެއެވެ. އެހެންވީމައި ލަފާކުރެވޭނީ މި ދެމީހުން ދުރާލާ ރާވައިގެން ދެމީހުން ޖެހުނު ކަމަށް ހަނދައި ވަރުގަދަ ފިލްމެއް މި ކުޅެނީއެވެ. މައުމޫން މި ފިލްމުގައި މި ކުޅެނީ ކޮރަޕްސަން އިން ބަރީވެފަވާ މީހެއްގެ ރޯލެވެ. މައުމޫން އައި މައުމޫންގެ ދަރިންނަކީ ފަސްއަރިބައި ސާފު ހުދު ފޮތިކޮޅެވެ. އިލެކްސަން އިން ޔާމީންޓީމްގެ އޭ ގޭމް ތަކުން ކާމިޔާބު ނުވިނަމަ ދެން މައުމޫން ކޮޅުން ކާމިޔާބު ކުރާގޮތަށްށެވެ. މައުމޫން އެއް އޭނަ ކޮއްކޮއަކަށް ހުކުމެއް ނުކުރާނެވެ. އެކަމަކު މިޑްރާމާގައި ރިއަލިޓީ ކަން ދައްކަން މައުމޫން އަށް މި ކަން ކޮއްފާނެއެވެ. މައުމޫން މި ޕްލޭން އިންނަމަ އެމްޑީޕީ ނޫން އެހެން ހުރިހައި އެންމެން ހުންނާނީ މައުމޫން ކޮޅަށްށެވެ. ދިވެހިން ދިވެހިންގެ ގަމާރު ކަންމަތީ ގުބޯ ހެދިފައެވެ. މައުމޫންމެން ޓީމް ފެއިލް ވެއްޖިނަމަ ދެމީހުންގެ އޭގޭމް އިން ޔާމީން މޯޅުވާނެއެވެ. ޢެއީ ބޮޑެތި އައިލާ ލާރިއަށް ވޯޓް ވިއްކާ ގަނެ، ވަޒީފާއަށް ވޯޓްވިއްކާ. މުދަލަށް ވޯޓް ވިއްކާ، ފްލެޓްއަށް ވޯޓް ވިއްކާ މީހުންގެ އިތުރުން ވަގު ވޯޓާއި ކޯޓުން އޭގެމް އިން މޮޅުވާގޮތަށްށެވެ. މޮޅުވީމައި މައުމޫން އައިލާ ހުންނަނީ މަޑުންނެވެ. ހުމެއް ވެސް ނުކުރާއެވެ. މިކަން މިރޭވީ ޔާމީން އަށް ނަފްރަތު ކުރާ މީހުން ގިނަވުމުގެ ސަބަބުންނެވެ.
އަހްމަދު
29 October 2016
މިއީ އޮޅުންބޮޅުންގަޑެއް އިންތިހާބުތައް ކައިރިވީމާ ކާޑު އަގުބޮޑުކުރި ކަމާްި ބައިތުލްމާލު ޚިޔާނާތްވި ވާހަކއާއި ކަރަންޓް ފީ ބޮޑުވި ކަމާްއި މިކަހަލަ ކަންތަކުން ރައްޔިތުންގެ ވިސްނުން ބަދަލުކުރުން. މިޤީވެސް ފާޑެއްގެ ގޭމެއް. ވެރިކަމާއި ކާމިނީގެ މަރުދެނީ.
އަސްލަމް
29 October 2016
މި އުޅޭ އެން.ޑީ.ޕީ މީހުން ހުރިހާ އެއްޗެއްވެސް ގޮވީ. އެކަމު މިހާރު އެވަރެއް ނެތް. ހަމަ ތޯހިރު. އެހެންވެ މަ އަބަދުވެސް ބުނަނީ އެން.ޑީ.ޕީ އަކީ އެއްވެސް އަމާޒެއް އަދި ސިޔާސަތެއްވެސް އޮތް ބައެއް ނޫނޭ. އެހެން ނޫނަސް މި ކަމުންވެސް އެން.ޑީ.ޕީ އަކަށް އެއްވެސް ފައިދާއެއް ނުކުރާނެ.
އަބްދުﷲނާފިޒް
29 October 2016
އެން.ޑީ.ޕީއަކީ ކޮން އެއްޗެއްތަ.
އެން.ޑީ.ޕީ
30 October 2016
މާޒީގައި ޚިޔާލު ތަފާތު ވެފައި ނުވަތަ ދެ އަމާޒަކަށް މަސައްކަތް ކޮށްފައި އޮތުމަކީ އެ މީހަކު ނުހައްގުން މަރާލާކަށް އަނިޔާ ކުރާތަން ބަލަން ނުވަތަ އެއާ ދެކޮޅަށް އެއްޗެއް ނުބުނެ ތިބުމަށް ހުއްޖަތެއް ކަމުގައި ދެކޭނަމަ ތި މީހުންނަކީ ތަހުޒީބު މުޖުތަމައަކަށް ނިސްބަތް ކުރެވޭނެ ވަރަށް ވުރެ ދަށު ދަރަޖައިގެ ބައެކެވެ. އެއީ ޖަންގަލީގައި ވެސް ނޯންނަ އުސޫލެކެވެ. އެއަށް ވުރެވެސް ދަށު ދަރަޖައެކެވެ. މީހަކު ދެކެ އަންނަ ރުޅި ނުވަތަ މީހަކާއި އޮތް ވާދަ ވެރިކަމަކުން އެމީހެއްގެ ހައްގުތައް ނިގުޅައި ގަތުމަކީ ނުވަތަ ނިގުޅައިގަނެވޭ ހިދު އެއަށް އެއްޗެއް ނުބުނެ ކަމެއް ނޮކޮށް ތިބުމަކީ އިންސާނީ ތަބިއްޔަތާއި ދީނުގެ ހަމަތަކާވެސް ޚިލާފު ކަމެއްކަން އިނގޭނީ ސިކުނޑިން ވިސްނާ ބަޔަކަށެވެ. ތަހުޒީބު ދަންނަ ހަމަތަކަކީ މިއެވެ.