ދާންދޫގައި ރޭ ހިންގި މާރާމާރީގައި އަނިޔާވީ މީހާ.-- ފޮޓޯ: އެމްވީކްރައިސިސް
02 އޮކްޓޯބަރ 2020 - 08:46
ގއ. ދާންދޫގައި ރޭ ހިންގި މާރާމާރީއެއްގައި އެކެއްގެ ހާލު ސީރިއަސްވެ، އިތުރު ފަރުވާ އަށް އެ އަތޮޅު ވިލިނގިލިއްޔަށް ގެންގޮސްފި އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ކެފޭއެއްގެ ތެރޭގައި މާރާމާރީ ހިންގީ ދެ ގުރޫޕުގެ މެދުގައި ކަމަށެވެ. އެއް ގުރޫޕުގައި ތިބީ އުމުރުން 25 އަހަރުގެ ދެ މީހަކާއި 27 އަހަރުގެ މީހެކެވެ. އަނެއް ގުރޫޕުގައި ހަރަކާތްތެރިވީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނާއި ގާތްގަނޑަކަށް 19 އަހަރުގެ ފިރިހެނެކެވެ. ސީރިއަސް އަނިޔާ ލިބުނީ އޭނާއަށެވެ.
ރޭ 10:30-11:00 އާ ދެމެދު ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ބޮލަށް ހަމަލާދިނުމުން ފުރަތަމަ ފަރުވާ ދިނީ ދާންދޫ ސިއްހީ މަރުކަޒުގަ އެވެ. ނަމަވެސް ލޭ މަނާނުވުމުން ދަންވަރު 12:15 ހާއިރު، ޑޮކްޓަރާއެކު ވިލިނގިއްޔަށް އެ މީހާ ގެންދިޔައީ އެވެ.
"ހަޑި އެއްޗެހި ކީމާ، އެ ކުދިންނަށް ގުޅާފައި ކެފޭއެއް ގެންދިޔަ ކަމަށް ވަނީ. އެ ތަނަށް ގެންގޮސްފައި އެތެރޭގައި ހަމަނުޖެހުން ހިންގީ،" ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދާންދޫގައި މާރާމާރީއެއް ހިންގައިގެން ރޭ 11:25 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާ ވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވޭ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާވީ
02 October 2020
ޑިމޮކްރަސީ އައުމުގެ ކުރިން، މީހަކު ދެކެ ރުޅި އަތުވެއްޖެ ނަމަ "މަ ނޫޅެން އޭނައާ ވާހަކަ ދައްކަން". މިހާރު "އޭނަ އާ އޭނަގެ އާއިލާ މުދާތައް ހޭއަރުވާލާނަން"..ކިޑްނީ ބަލި، ހިތުގެ ބަލި، ލިބޭ ދަރިން ކިބައިގަ ބަލި..
ފަބޭ
02 October 2020
މަރުވިޔަސް ހެޔޮކަމަށް ދެކިގެން ގޭންގު ހަދައިގެން މާރާމާރީ ހިންގާ ވައްކަންކޮށް ޑްރަގު ވިއްކާ ކަންކަން މަތީގައި ބިއްޖެހިގެން އުޅެފަ ތިމާމެން ވަރުގެ ގައްޑާ ބަޔަކު ނެތިގެން މާރާމާރީ ހިންގާ މަރުގެ ތުންފަތް މައްޗަށް ދިޔައީމަ ދެންވީި ދައުލަތުގެ މުއައްސަސާތަކުގެ އެހީގައި އެއްތަނުން އަނެއްތަނަށް އުފުލާ ދުއްތުރާތަކެއްގެ ތެރެއަށް އެހެން މީހުން ވައްޓާލަން. މާދެން ގަދަ ބަޔެކޯމީ... ކޮބާ ތިޔަ ގެންގުޅޭ ގޭންގު އެކުވެރިން މިއަދު.. ބަލަ މާ ގައްޑާވާނެ 5 އިރު ނަމާދުކޮށް ގުރުއާން ކިޔަވާ ވަޒީފާއަކަށްކޮސް މީހަކާ އިނދެލައިގެން ދަރީގެ އިނގިލީގައި ހިފާލައިގެން އަތިރިމަތީ ހިނގާލިއްޔާ. އެހެން އުޅެވެބް އޮއްވާ ކިހިނެއްތަ މި މީހުން މި އުޅެނީ.....
1828
02 October 2020
މިއީ މައިންބަފައިން އެމީހުންގެ ދަރިންނަށްވެފައިވާ އިހުމާލު.
ލޯމާފާން
02 October 2020
ގިނަ ޒުވާނުން ވަނީ މަސްތުވާތަކެތީގަ ހަލާކުވެފަ. ތިއީ ފަޅުކޮއްލަން ޖެހޭ ރަށެއް.
1828
02 October 2020
ރަށް ގޯހެއް ނުވާނެ. ބަޔަކު ކަމެއް ކުރިއެކޭ ކިޔާފައި 'ރަށަށް' އަދަބެއް ދިވިގެން ނުވާނެ.
ގެދާނޯމޮސް
02 October 2020
ތީ ޑްރަގްގެ ހާތްޔެކެވެ. ދެން ކާކު ވަކިހައްޔަރު ކުރާނީ ހުރިހާމިހުންވެސް ތިބީ އެބަޔަކާއި ގުޅިފައެވެ.
އަބްދުލް ރަހީމު
02 October 2020
ކިހިނެއް މިރަށުގެ ކަމެއްކުރާނީ، ހުރިހާާ ޒުވާާނުން ނަކީ ޕާޓޭން. މިދިޔަ ހަފްތާގަ ބީޗް ހައުސް ފަޅާލާ 1 ލައްކަ ރުފިޔާގެ ސިގިރެޓް ވަގަށްނެގީ. މިހާރު ވަގު ސިގިރޭޓުން ލިބުނު ލާރި ބަހަން ނޭގިގެން އެއުޅެނީ.
ވިޔް
02 October 2020
މިރަށުކައުންސިލަރު ވާގިދިނީ މާރާމާރީހިންގުމަށް