ރާއްޖެއަށް ޑްރަގް އެތެރެކުރުމުގައި ހަރަކާތްތެރިވި ޑިންގީ.-- ފޮޓޯ: ބޯލްނިއުސް
04 އޮކްޓޯބަރ 2020 - 07:30
ކަނޑުމަގުން އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އިއްޔެ އައްޑޫން އަތުލައިގަތީ ޑްރަގްސްގެ ވިޔަފާރިކުރާ އިންޓަނޭޝަނަލް ގޭންގަކަށް ނިސްބަތްވާ ބައެއް ކަމަށް ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސް (އޭއެންއެފް) އާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެފި އެވެ.
އެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި މީހުން އަތުލައިގަތީ އެރެބިއަން ސީގައި ރާއްޖޭގެ ސަރަހައްދު ތެރެއިންނެވެ. މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ޑްރަގްސް އަތުލައިގަތް ކަމަށް ވަނީ ބުނެފަ އެވެ. ޕާކިސްތާނު ފައިސާއިން ބަލާ ނަމަ މިއީ އެތައް ބިލިއަން ރުޕީސްގެ ތަކެތި ކަމަށް ވެސް އެ ނޫސްތަކުން ބުންޏެވެ.
ދިވެހި ފުލުހުން މި އޮޕަރޭޝަންގައި އައްޑޫން އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތުގައި އައްޑޫގެ ވަރުގަދަ ޑްރަގް ޑީލަރެއް ކަމަށް ފުލުހުން ކުރިން ވެސް ތުހުމަތުކޮށް އެތައް ފަހަރަކު އެކި ކުށްތަކުގައި ހައްޔަރުކޮށްފައިވާ އިބްރާހިމް ރަޝީދު (އަބުޗާ)އާ އެކު އިތުރު ބަޔަކު ވަނީ ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ކުރީގެ މަޝްހޫރު ފުޓުބޯޅަ ތަރި ޝަމްވީލް ގާސިމް (ބޮންޑާ) ހިމެނެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މަސްތުވާތަކެތި އުފުލި ޑިންޑީއެއް ހުއްޓުވަން އުޅުމުން އޭގައި ތިބި މީހުން ވަނީ މަސްތުވާތަކެތި ހުރި ގޯނިތައް ކަނޑަށް އުކާލައިފަ އެވެ. ނަމަވެސް ފުލުހުން އެ ތަކެތި ވަނީ ނަގައިފަ އެވެ. ޕާކިސްތާނުގެ ނޫސްތަކުން މީގެ ބައެއް ފޮޓޯ އާއި ވީޑިއޯ ވެސް ހާމަކޮށްފައިވެ އެވެ. އެއް ފޮތޯ އިން ފެންނަ ގޮތުގައި ޑްރަގްސް ހުރި ޑިންޑީ ތެރޭ ބިޑި އަޅުވައި މީހަކު ހައްޔަރުކޮށްފައި އިނދެ އެވެ. އަދި ވީޑިއޯ އިން، ގޯނިތައް ކަނޑަށް އުކަނިކޮށް ވެސް ފެނެ އެވެ.
މަސްތުވާތަކެތި އުފުލި ޑިންގީ އަތުލަން ދާން ފެށުމުން، މަސްތުވާތަކެތި ހުރި ބައެއް ގޯނިތައް މޫދަށް އުކާލާފައި
މި އޮޕަރޭޝަނާ ބެހޭ ތަފްސީލެއް ދިވެހި ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. ޕޮލިޝް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި، އައްޑޫގައި ޑްރަގްސްގެ ބޮޑު އޮޕަރޭޝަނެއް ހިންގައި އޭގައި މެރިން ޕޮލިސް ވެސް ބައިވެރިވެފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.
ޕާކިސްތާނު ނޫސްތަކުން ބުނެފައިވާ ގޮތުގައި މި އަތުލައިގަތް މީހުންނަކީ އެކި ގައުމުތަކަށް މިގޮތަށް ޑްރަގްސް ގެންދާ ބައެކެވެ. ޑްރަގް ޓްރެފިކިންގެ މި ބޮޑު ނެޓްވޯކް އަތުލައިގަތުމަށް އިންޓެލިޖެންސް ހިއްސާކުރީ ޕާކިސްތާނުން ކަމަށާއި ސަރަހައްދީ ގައުމުތައް ގުޅިގެން ހިންގި އޮޕަރޭޝަން ކާމިޔާބު ކަމަށް ވެސް އެ ނޫސްތަކުން ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޓިޒަން އޮފް މާލެ
06 October 2020
މިތަކެތި އަތުލައިގަތުމުގައި މަސައްކަތްކުރި ފަރާތްތަކަށް އައްސަރިބަހާ ސާބަސް!
ބޮލި މުލައް
04 October 2020
ބަލަ ކޮބާ އިންޑިޔާގެ ރާޑަރ ސިސްޓަމް. ޤައުމަށް ކުރިމަތިކުރުވާ ދީނާޚިލާފު ކަމެއްވިއްޔަ އެޔަކަށް ނާރާ
ކޮރަލް
04 October 2020
މިމީހުން ސަލާމަތް ކުރަން އެހީވާ ގާޒީންނާއި ވަކީލުން ވެސް ހައްޔަރު ކުރަން ވީ އެވެ. އަދި ވަކާލާތު ކޮށްދޭ ވަކީލުންގެ ނަން ވެސް ހާމަ ކުރަން ވީ އެވެ.
ކޮއްޔާ
04 October 2020
އެމީހުން ދޫކޮށްލަން އެހީވާން ވަކީލުން ހޯދަދޭން ދައުލަތަށްވެސް ފަހަރެއްގަ ޖެހިދާނެ. އެހާވެސް ކުށްވެރިންގެ ހައްގުތައް ހިމާޔަތްކުރުން މަތީގައި އޮންނަނީ. ބައެއް ޕާޓީ ވަރަށް ފައްކާވާނެ ކުއްވެރިންނަށް ލިބެންވާ ހައްގުތައް ލިބިދިނުމުގެ ކަންކަމުގަ. ވަކީލުންވެސް ދީލަތިކޮށް ހޯދަދޭނެ ޕާޓީކުދިންވެޖިއްޔާ.
އަލްޕާ
04 October 2020
ކްރެޑިބަލް އިންޓަލިޖެންސް ޕާކިސްތާނުން ދެނީ ޤައުމުގަ ތިބެ. އިންޑިޔާ މިތާ ބޮޑެތި ރާޑާރާ ހާހުން ސިފައިންނާއި،ހެލިކޮތަޅާ އަދި ސެޓަލައިޓަ ހަރުކޮށްގެން އަމާ ބުނީ ތީ ފަރަށް ދަނީ.
ޢަބްދުލް ކަރީމް ޢަލީ
04 October 2020
ރާއްޖެއަށް އެންމެބޮޑަށްް ޑްރަގްސް އެތެރެވާ އެއްދިމާލަކީ އުތުރުކަރައެވެ.ބަލާށެވެ.ތަހުގީގު ހިންގާށެވެ.އެމީހުން ބޭނުންވަނީ ރާއްޖޭގެ ޖީލުތައް ހަލާކުކޮށް ރާއްޖެ އަޅުވެތިކަން މަތީބާއްވައި އަދި ފަހުން ހަލާކުވި މީހުން ނައްތާލާށެވެ.
ރަންނަބަނޑޭރި
04 October 2020
ދެން ކޮމިޝަނަރ ކޮން ފޮންޏެއްތޯ މިކަނޑަނީ، ދިވެހި ފުލުހުން އެކަނިމައި އެކަންޏޭ ވިދާޅުވެ؟؟ ދިވެހި ފުލުހުންނަށް ތައުރީފު ހައްގު، އެކަމަކު ދޮގުހަދާ އޮޅުވާލައިގެން ނެތްވަރު ދައްކަން އުޅުމަކީ އެމީހުންގެ މަސައްކަތަށް ކުރެވޭ މަލާމާތެއް.
އިންދިޔާ
04 October 2020
އިންޑިޔާ އައުޓް، ޕާކިސްތާނު އިން، ރާޑަރެއް ބޯޓެއް ހެލިކޮޕްޓަރެއް މިތާ ނުދުއްވާ މީހުންގެ އެހީގަ މި ގޭންގް އަތުލައިގަތީ، މީގެން އެނގެނީ އިންޑިޔާ މިތަނަށް އަތްގަދަ ކުރަން އުޅޭކަން، ހުރިހާ އާލަތެއް މިތާ ބަހައްޓައިގެން ވީކަމެއްނެތް، އަނހަ ނެތޭ
އިދާ
04 October 2020
އިދިކޮޅުން ފްލައިޓް ގެނައީމަ ކަންބޮޑުވާ ސަބަބު މިހާރު ދިވެހިންނަށް ސާފުވާނެ. ބޮޑުންގެ ވިޔަފާރިއަށް ހުރަސްއެޅޭތީ
ޖިދާ
04 October 2020
ފާޑެއްގެ ކާގޯ ފެރީއެއް އެ ފެއްޓީ ދެން ކޮން އެހެން ކަހަލަ ފަސޭހަތަކެއް ހޯދަންތޯވެސް ބަލާލާތި ތިހެން އުޅޭއިރު.
ޢަލީބެ
04 October 2020
އިދިކޮޅުންތަ ފްލައިޓް ގެނައީ؟؟؟ އެހެންނޫނަސް ތި ގެނައި ފްލައިޓަކުން ކުރަނީ ކޮންކަމެއް؟؟؟ އިންޓަލް މަޢުލޫމާތެއް ނުހޯދޭ. ޑްރަގް ހިފައިގެން ކަނޑުގެ ސަރަހައްދަށް ވަންނަ ބަޔަކު ނުހޯދޭ.
އުދުހޭ
04 October 2020
އިންޑިޔާ މީހުން ރާޑަރު ބަހައްޓައިގެން ބަލަނީ ގިފިލިތަ؟
ޖައިސާމް
04 October 2020
މިކަން ހިނގާކަން އިނގުނީ އިންޑިޔާއިން ބަހައްޓާފައި ހުރި ރާޑަރު ތަކުން ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް.
ވައިސާމް
04 October 2020
އިންޑިއާ މީހުންގެ ފުއްޕާހަމެއް ބޭނުންކުރިއަސް އެވާހަކަ ނުކިޔަ ނުތިބޭނެ އިންޑިއާއިންނާ މިގައުމުން.
ޢާދަނުބެ
04 October 2020
ތިމީހުން ދުވަސް ކޮޅަކުން ޖެހޭނީ ދޫކޮށްލަން އަދި ތިކަން ވީކަމަކަށްވެސް ނުވާނެ މި ގައުމަށް އިހްލާސްތެރި ބަޔަކުނެތް