އަައްޑޫގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކޮށް ކުރާ ކަމަށް ފުލުހުން ތުހުމަތުކުރާ އަބުޗާ: އޭނާ ވަނީ ހައްޔަރުކޮށްފައި.
03 އޮކްޓޯބަރ 2020 - 19:14
އައްޑޫގެ ވަރުގަދަ ޑްރަގް ޑީލަރެއް ކަމަށް ފުލުހުން ތުހުމަތުކުރާ މީހަކާ އެކު ކުރީގެ މަޝްހޫރު ފުޓުބޯޅަ ތަރި ޝަމްވީލް ގާސިމް (ބޮންޑާ) މިއަދު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި ހައްޔަރުކުރީ، މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކޮށް ހިންގާ ކަމުގެ ތުހުމަތުގައި މީގެ ކުރިން ވެސް ފުލުހުން ހައްޔަރުކުރި އިބްރާހިމް ރަޝީދު (އަބުޗާ)އާ އެކު އިތުރު ބަޔަކެވެ. ބޮންޑާ ވެސް އޭގެތެރޭގައި ހިމެނޭއިރު، މި އޮޕަރޭޝަނާ ގުޅޭ މާބޮޑު ތަފްސީލެއް އަދި ފުލުހުން ނުދެ އެވެ.
ފުލުސް އޮފީހުން ކުރިން އާއްމުކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުން އަބުޗާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިން އަށް ފަހަރަކު ހައްޔަރުކޮށްފައިވާ މީހެކެވެ. މަސްތުވާތަކެތީގެ އިތުރުން ޖަމާއަތް ހަދައިގެން ރޭޕްކުރުމުގެ މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވެ އެވެ. އަދި މާރާމާރީ ހިންގުމުގެ ދެ މައްސަލައަކާއި ނުރުހުމުގައި ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު މައްސަލައަކާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދެ މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވެ އެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި މިދިޔަ އަހަރުގެ މެދު ތެރޭގައި އޭނާ ހައްޔަރުކުރުމުން ވެސް ކޯޓާ ހިސާބުން ދޫވީ އެވެ. ކޮނޑުގައި އަޅުވައިގެން ތިބި ދަބަސްތަކަކުން މަސްތުވާތަކެތި ފެނުނު މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިންކާރު ކުރަމުން ބުނެފައި ވަނީ، އެ ފަހަރު ދައުވާ އުފުލި މަސްތުވާތަކެތީގެ މައްސަލައާ ގުޅުން ހުރި މީހެއް ނޫން ކަމަށެވެ. އެ މައްސަލައިގައި ހިމެނޭ މީހަކު އެހީތެރިކަމަށް އެދުމުން ލޯންޗުގައި ގެންގޮސްދިނީ ކަމަށް ބުންޏެވެ.
އަބުޗާގެ ނެޓްވޯކުން އެ ފަހަރު ވެސް މަސައްކަތްކޮށްފައި ވަނީ، އެ މަސްތުވާތަކެއްޗަކީ އެތަނުން އެކެއްގެ އެއްޗެއް ކަމަށް ބުނެ އެ މީހާ އޭގެ ޒިންމާ ނަގައި ދެން ތިބި އެންމެން ސަލާމަތްކުރާށެވެ. މުއްދަތު މަޖިލީހުގައި އެކަކު އެތަކެއްޗާ ހަވާލުވެ އެހެން އެންމެން އިންކާރުކުރީ އެވެ.
އައްޑޫ އޮޕަރޭޝަނާ ގުޅޭ ގޮތުން ޕޮލިޝް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫގައި ހިންގި ބޮޑު އޮޕަރޭޝަނުގައި މެރިން ޕޮލިސް ވެސް ބައިވެރިވެފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި މަސްތުވާތަކެތި ހޯދީ ކަނޑުމަތިންނެވެ.
ޝަމްވީލް: އޭނާ ވެސް ވަނީ އަބުޗާގެ ގްރޫޕާ އެކު ހައްޔަރުކޮށްފައި.
ރަސްމީކޮށް ފުޓުބޯޅަ ކުޅުމާ ދުރުވި ފަހުން ބޮންޑާ ބޮޑަށް ހަރަކާތްތެރިވަމުން އަންނަނީ މަސްވެރިކަމުގެ ދާއިރާގަ އެވެ. އޭގެ ތެރެއިން ވެސް، ސްޕޯޓްސް ފިޝިން އަކީ އޭނާގެ ހާއްސަ ދާއިރާ އެކެވެ. އެކަމަކު، ބޮންޑާ އަކީ އަދިވެސް ޒުވާން ފުޓުބޯޅަ ކުޅުންތެރިން އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ.
އޭނާ ވަނީ ކުރިއަށް ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫގެ ގޮނޑިއަކަށް ވާދަކުރާނެ ކަމަށް އިއުލާންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީމާހު
05 October 2020
ޕްލިޓިކްސް ވަދެ އަދަބު ނުލިބި ދޫވާނީ
އިބިރިހިންބެއްޔާ
04 October 2020
އަނެއްކާ މިކަމުގައި ބޮންޑާ ބެދުމާއި ބޮންޑާކުރިމަތިލި ސިޓީކައުންސިލުގެ ގޮޑިޔާއި އެއްވެސް ގުޅުމެއް ނެތްބާ. ވާދަކުރަންހުރީ އެމްޑީޕީގެ ބޮޑެއް. ފަހަރެއްގައިވެސް ބޮންޑާ މިފަދަކަމެއް ނުކުރާނެކަމަށް ނުވަތަ ކުރާނެކަމަށް ބުނި އެއްޗެއްނޫން. އަށެއްކަފަހަރު ހައްޔަރުވެފައިވާ ކުށްކުރުމުގައި ނަންވުމުގެ ފުންނާބުއުސް ބޭފުޅަކުވެސް ނުވަވަނަ ފަހަރު ހަމަކުރަން ދޫވެފައި ހުރުމާއެކު މިހެން ބުނެލެވުނީ. ސޮރީ.
ހުސްނާމުހުސިން
04 October 2020
ވަކިހިސާބަކުން ދޫކޮށްލާތީ މައްސަލައަކީ. މިކަމުގަވެސް ބުނާނެ ބޯޓުގެމީހުން އެދުމުން ތިމައްނަ މުދާ އުފުލަން އެހީތެރިވެދިނީޔޭ. ތިމައްނަޔަކަށް ނެއެނގެޔޭ އެއީ ކޯޗެއްކަމެއް. ދެންކޯޓުން އެވީ އެވާކަހަކަ ގަބޫލުކޮށް އޭނާ ދޫކޮށްލަން. ވަރުގަދަ ވަބާއެއް
ކައްކާ
04 October 2020
"އައްޑޫގެ ބޮޑު ޑްރަގް ޑީލަރަކާ އެކު"، މާލޭގެ ގަބީލާތަކުގެ މީހުން ހައްޔަރުކުރާއިރުވެސް "މާލޭ ޑުރަގު ޑީލަރު"، "މާލޭ ހާއިނު"، "މާލޭ މަނީލޯންޑާކުރާ ބޮޑުުމީހަކު" މިހެން ލިޔާނަމަ.
ބީޖީ
04 October 2020
ބޮންޑާ އަށް އެނގިހުރެ ޑްރަގު އެތެރެކުރަން އެހީއެއް ނުވާނެ. އެއީ ހަމަ ގައުމީ ބަތަލެއް. މުޖުތަމައުގެ ކަންކަން ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތްކުރާ، ޒުވާނުންނަށް ނަމޫނާ ދައްކާ ފަރާތެއް.
އިބިރިހިންބެއްޔާ
04 October 2020
އޭ ކީއްވެބާ؟
އަޤްލީމާ
04 October 2020
ބޮންޑާއަކީ މިފަދަ ކަމެއްގައި އުޅެނިކޮށް ކުރިންވެސް ހައްޔަރުކުރި ފަރާތެއް.. އެ ފަރާތުން މިފަދަ މަޙައްލެއްގައި ދެފަހަރު ހުރުމަކީ ޢަޤްލީގޮތުން ވިސްނާއިރު ނާދިރުކަމެއް.. ނަމަވެސް ކަންބޮޑުވާންޖެހެނީ މިފަދަ ތުހުމަތު ކުރެވޭ ފަރާތެއްގެ ދިފާޢުގައި ބޮޑެތި ނޫސްތަކުންނާ އެތައްބަޔަކު ނުކުންނާތީ.. ޙަޤީގަގުގައި މިއީ ދެކުނު އެމެރިކާގެ ބޮޑެތި ޑްރަގުލޯޑުން ހައްޔަރުކުރީމާ ފެންނަ މަންޒަރު މިޤައުމުގައި ތަކުރާރުވުން .. މިކަމަކީ ހިތާމަހުރި ކަމެއް ..
ސަހަރޯ...
04 October 2020
ކޮންމެ މީހަކުވެސް ބޭނުންވަނީ މުއްސަނދިކަން. ފައިސާ. ތަނަވަސްކަން، އެކަން ޙާޞިލުކުރުމަށް ޙަރާމެއް ޙަލާލެއް ބެލުމެއްނެތް. މިރޭވެސް މަހާނައިގެ ވެލިފުނީގެ ދަށުގައި ތިމާ ދާއިމަށް އޮންނަން ޖެހިދާނެކަމަށް ހިތަކަށްވެސް ނާރާ. އަދި ﷲ ގެ ދަރުބާރުގައި ތިމާ ޖަވާބުދާރީވާންޖެހޭނެކަންވެސް ހަނދާނެއް ނުހުރޭ.
ދޮންްމަނިކުުގެ ޢަލީ ދީދީ
04 October 2020
ތަހުޤީޤު ކުރާށެވެ.ލޯޔަރުން މީގެތެެރޭގައި ތިބިވަރެވެ.ފަނޑިޔާރުން ތިބި ވަރެވެ.ފުލުހުންނާއި ސިފައިންގެ އަތެއްވޭތޯއެވެ.އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނެތޯއެވެ.ސަރުކާރުގެެ މަތިންްފެށިގެން ތިރިއަށް މިކަމުގައި ބައިވެރިވި މީހުން ހޯދާށެވެ.139 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ރަށެއްގައި ހުރި ކުޑަކުޑަ މީހަކަށް ވާނެކަމެއް ނޫނެވެ.މީގެ ކުރިން މި ނެޓުވޯކުގައި ތިބި މީހުން ހިތަދޫންވަނީ ގޭގެވެސް ގަނެފައެވެ.ޤާނޫނީ ބާގަނޑުތަކާއި ކޯތުތަކުން ދޫނުކުރާށެވެ.
ާއަޖައިބު
04 October 2020
މިހާބޮޑެތި ކުށްތަކަށް އަރައިގަނެފަ ތިބޭމީހުން ތިޔަ ޑުކޮށްލަނީ ކޯޓާ ހިސާބުން ކުށަށް އިޢުތިރާފް ނުވެގެނޭ ކިޔާފަ، އެކަމަކު ކުށެއް ނުކުރާ އެތައްބަޔަކު ކަލޭމެއް ތަހުގީގެއް ނުހިންގާ ހިފަހައްތައިގެއް އެތައްދުވަހަކު ތަޅުވާ! ، ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ
ށައިޚްލް ޢަރަބް
04 October 2020
ބޮންޑާ އަރަބިންނާ އޮންނަ ގުޅުމުގެ އަސްލު މި އެނގުނީ އަދި ކިރިޔާ. މީނަޔަށް މަސްލޯންޗަކާ މޮޅަތި ދަތުރުތަކާ ލިބޭ ސަބަބު ހަމަ އަފިރިންނަށް ސާފުވެއްޖެ މިހާރު
ބީޖީ
04 October 2020
ބޮންޑާ އަށް އަރަބިން ވިޔަސް އެހެން ބަޔެއްވިޔަސް މަސައްކަތްދެނީ އޭނާގެ މަސްވެރިކަމުގެ ހުނަރާހެދި. ބޮންޑާގެ ނަން ހަޑިކުރަންނޫޅޭ. ބޮންޑާއަށް އެނގިހުރެ ޑްރަގްސްގެ އެއްވެސް ކަމެއްގެ އެހީއެއް ނުވާނެ.