ޑްރަގް އޮޕަރޭޝަންގައި ހައްޔަރުކުރި ތިން މީހަކު: އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރު ކޮށްފައި -- ފޮޓޯ/ޕޮލިސް
10 އޮކްޓޯބަރ 2020 - 19:00
އައްޑޫ ސިޓީން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަންގައި ހައްޔަރުކުރި އިތުރު ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފި އެވެ.
ގާތްގަނޑަކަށް 100 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަންގައި މިދިޔަ ހަފުތާގައި ހައްޔަރުކުރި ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ. އަދި އިތުރު އަށް މީހަކު ކުރިން ވަނީ ދޫކޮށްލައިފަ އެވެ.
ފުލުހުން ބުނީ ޝަރީއަތް ނިމެންދެން ބަންދުކުރަން ފަހުން އަމުރުކުރީ ސ. ހިތަދޫ ފިނިފަރުު ހަސަން އާމިރާއި އެރަށު ބްލޫބާޑް، ހޫދު ލަތީފާއި އެރަށު މަންދޫބުގޭ ހުސައިން ސިމާހުގެ މައްޗަށެވެ. އޭގެ ތެރެއިން ހޫދު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރީ މިދިޔަ ބުދަ ދުވަހު އޭނާ ހައްޔަރުކޮށް އެދުވަހު ހިތަދޫ ކޯޓަށް ގެންދިއުމުން ކަމަށް ފުލުހުން ބުންޏެވެ. އަދި ދެން ތިބި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރީ އިއްޔެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އެ އޮޕަރޭޝަންގައި 16 މީހަކު ހައްޔަރު ކުރިއިރު، އޭގެ ތެރެއިން ފަސް މީހަކު ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ. ދެން ތިބި މީހުންގެ އިތުރު އަށް މީހަކު ދޫކޮޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) ވެސް ހިމެނެ އެވެ. އޭނާ ފަސް ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު އިއްޔެ ވަނީ ދޫކޮށްލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބީޖީ
11 October 2020
ބޮންޑާގެ ނަން ޖަހައިގެން އެއް ފޮޅުވަތް ވިޔަސް ލިޔަންޖެހޭ ދޯ.
ފިލިގާ
11 October 2020
ގޭންގުތަކުގަ އުޅުމުގެ ޝަރުތެއްތަ އެއީ ފެންނުވަރާ އުޅުން؟
ޙައްވާގެ ތެލެފޯނާ
11 October 2020
ރައްޔިތުން ހަނދާން ނެތޭހާ ދުވަސް ކޮށްލާފަ ދޫކޮށްލާ.
އިބްރާހިމް123
10 October 2020
އެބަ ރަންގަޅުވޭ... ކުރިންވެސް މިހެން ހަދާނަމަ މިމީހުން ޖެހިލުން ވާނެ.. މިހާރު ކުޑަކޮން ނަމަވެސް އިހުސާސް ކުރެވޭ އިންސާފް ގާއިމް ކުރެވޭ ކަމާމެދު.. އަދިވެސް އެތައް މަސައްކަތެއް ކޮއްގެން އިންސާފާ ހަމަޔަށް ވާސިލްވެވޭނީ...
1828
10 October 2020
އަދި އޮތީ ޝަރުއީ މަރުހަލާ. އެއީ ވާކަމެއް. ބަލަން ތިބެމާ ޝަރުއީ މަރުހަލާ. މަސްތުވާތަކެތީގެ މައްސަލަތަކީ ވަރަށް ފާޑަކަށް ދާކަމެއް. އެއީ ވަރަށް ލާރި. ލާރިން ވަރަށް ގިނަ ކަންކަން ކުރޭކަން ވަނީ މީގެކުރިން ފެނިގެން ގޮސްފައި.
ޖަމަލު
10 October 2020
މި މީހުން އަތުން މި އޮޕަރޭޝަން ހިންގަން ދިޔަ ހރަދު ހޯދާ. މުދާތައް ވިއްކައިގެން ވިއަސް. މަގޭ ޓެކކްސް ފައިސާ މިފަދަ މީހުން ބަލަން ޖަލެއްގަ ކާންދީ ބޯންދީ ބައިތިއްބާކަ ނޭދެން. ހަމަ ފަސާދައިގެ އަހުލުވެރިންނަށް އޮތް ހުކުމް ތަންފީޒު ކުރޭ