ފަނޑިޔާރު އިބްރާހިމް އަލީ.-- ފޮޓޯ: މިހާރު
12 އޮކްޓޯބަރ 2020 - 11:24
މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ފޮނުވަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައި ވަނިކޮށް، ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ގާޒީކަމުން އޭނާ ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ފޮނުވަން ޖޭއެސްސީން މިދިޔަ ހަފުތާގައި ނިންމީ އެ ކޮމިޝަނުން ބެލި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައިގައި އިބްރާހިމް އަލީ ވަނީ ސަސްޕެންޑު ވެސް ކޮށްފަ އެވެ.
އޭނާ "މިހާރު" އަށް މިއަދު ވިދާޅުވީ މަގާމުން އިސްތިއުފާދެއްވީ، ހައްގު ހޯދަން ދާނެ ތަނެއް ނެތުމުން ކަމަށެވެ. ޖުޑީޝަރީ އިސްލާހުކޮށް، އިންސާފު ގާއިމު ކޮށްދިނުމަށް އައިސް ތިބި ބަޔަކަަށް ވިޔަސް އެ ހައްގު ރައްކާތެރިއެއް ނުކޮށްދެވޭ ކަމަށް ވިދާޅުވި އެވެ.
ދެ މަހަށް ސަސްޕެންޑުކުރީ ވެސް ލޯކަލް ކައުންސިލްތަކުގެ ގާނޫނާ ހަވާލާދީ ކަމަށާއި އެކަމަކު އެކަންކަމާ ޖަދަލުކުރުމަށް ބޭނުންނުވާ ކަމަށް އިބްރާހިމް އަލީ ވިދާޅުވި އެވެ.
ޖޭއެސްސީން މިިދިޔަ ހަފުތާގައި ބުނީ ގާޒީ އިބްރާހިމް ފަނޑިޔާރު ކަމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ ލިބޭ 10 މީހަކު ބަންދުން ދޫކޮށްލި ގޮތް ގޯސް ކަމަށް ހައި ކޯޓުން ނިންމައި، އަދި ކްރިމިނަލް ކޯޓުގެ ނިންމުން މުރާޖައާ ކުރަން ހައި ކޯޓު އަމުރު ކުރުމުން އެކަމާ މެދު ގޮތެއް ނިންމުން އޭނާ ލަސް ކުރައްވާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.
ދޫކޮށްލި މީހުންގެ ތެރެއިން އެކަކުގެ މައްސަލައިގައި ފަސް ދުވަސް ތެރޭގައި އެ ނިންމުން މުރާޖައާ ކުރަން ހައި ކޯޓުން އެންގުމުން ގާޒީ އިބްރާހިމް އަލީ އެކަމާ މެދު ގޮތެއް ނުނިންމައި، ލަސް ކޮށްފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެ އެވެ. އެކަމާ މެދު ގޮތެއް ނިންމުން ލަސްވާތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ތަކުރާރުކޮށް ސިޓީ ފޮނުވުމުން ވެސް ގަސްދުގައި އެކަން ލަސް ކޮށްފައިވާ ކަމަށާއި އެކަމާ މެދު އެންމެ ފަހުން ގޮތެއް ނިންމީ ހައި ކޯޓުން ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށް ވެސް ޖޭއެސްސީން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައިރޯ
12 October 2020
ޕި ޕީސް
ހިންވަރުއިބޫ
12 October 2020
އިސްލާމީ ޝަރީއާ ދަންނަ އެންމެން ބޭރުކުރަންވީ. މާކުރީގެ ކަޓު ނިޒާމެއް ގެނެސްގެން ޚަރާބު ވެއްޖެ. އިންގްލިޝް ކޮމަންލޯ މާ ސަޅިވާނެ. ޮޮޮޮޮޮޮޮޮk
ހަކީމް
12 October 2020
މުޅިންވެސް މިހެން ... އެމީހުންނަކަށް އެއްވެސް އަދަބެއް ނުލިބޭ ...
ޟިތްރަތުލް މުންތަހާ
12 October 2020
ހައްގު ނުލިބިގެން ނޯ !!!! ވަރަށް ތާހިރުވާހަކަ އެއްނު !!!!
މުހަންމަދު
12 October 2020
މާދަން މީނާ ވެސް ކޯޓް ތަކަށް ވަކާލާތު ކުރަންދާނީ ބޮޑެތި ފީ ނަގައިގެން. އިންސާފުން ބޭރުން ކަންތައް ކުރުމުން މަގާމުން ވަކި ކުރުމުން އަނެއްދުވަހު ކޯޓުގައި ވަކާލާތު ކުރަމުން އެދަނީ. މިކަން ހުއްޓުވުމަށް ގޮވާލަން. މި މީހުން އިންސާފުން ބޭރުން ކަންތައް ނިންމާ ރައްޔިތުންނަށާއި ދައުލަތަށް ބޮޑެތި ގެއްލުން ދީފައި މި ބީދައިން ސަލާމަތްވެވިގެންނުވާނެ. ކޯޓް ތަކުގައި ވަކާލާތު ކުރެވިގެންނުވާނެ. ކޮރަޕްޝަން އިންތިހާއަށް ތި ޖުޑިޝަރީގައި ވަނީ ވަކި ހިއްޕާލާފައި.
ރަސްގެފާނު11333
12 October 2020
ކަލޭ ބޭނުންވީމާ އެހެން މީހުންގެ ހައްޤަކަށް ނޭރޭނެ