ސްކޫލް ގައިޑު / ސްކޫލް ގައިޑް 2016

ދިވެހި ބަހަށް މޮޅުކުރެވިދާނެ

ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންތަކެއް: އެންމެ ކުޑައިރުއްސުރެ ދިވެހި ބަހާ މެދު ލޯބި އުފެއްދިދާނެ

12 ޑިސެމްބަރ 2016 - 06:31

4 comments

"ދިވެހި" މާއްދާއަކީ ދިވެހި ދަރިވަރުން އެންމެ ފޫހިވާ އެއް މާއްދާ އެވެ. އަމިއްލަ ނަން ތާނަ އަކުރުން ކުށެއް ނުލައި ލިޔެލަން ނޭނގޭ ބައެއް ދަރިވަރުން ގްރޭޑް 10 ނިންމާފައި ސްކޫލުން ނުކުމެޔޭ ބުނުމުން ގަބޫލު ކުރަން ދަތިވެދާނެ އެވެ. ނަމަވެސް ދިވެހި ޓީޗަރުން އެކަމަށް ހެކިވެ އެވެ. އަދި އެކަން ރަނގަޅު ކުރުމަށް ކުރަންވީ ކަންތައް ވެސް ޓީޗަރުން ފާހަގަކުރެ އެވެ.

ވިސްނާލަން ޖެހޭ ތިން ކަމެއް

"އެއް ކަމަކީ އެ ކުދިން ދިވެހި އެއްޗެހި ގިނައިން ކިޔުން. ދިވެހި ބަހުން ލިޔެފައި ހުންނަ އެއްޗެހި ނުކިޔާތީ، ދިވެހި އެއްޗެހި ރަނގަޅަށް ކިޔަން ވެސް ބައެއް ކުދިންނަކަށް ނޭނގޭ. ދިވެހިން ލިޔަން ވެސް އެހާ ނުފަރިތަ، ކިޔަން ވެސް އެހާ ކޮށި،" ނައިފަރު މަދްރަސަތުލް އިފްތިތާހުގެ ސާނަވީ ދިވެހި ޓީޗަރެއް ކަމަށްވާ ހާމިދާ އަބްދުﷲ ވިދާޅުވި އެވެ.

"ދެ ވަނަ ކަމަކަށް، އެ ކުދިން އެހެން މާއްދާތަކުގެ އެއްޗެހި އިނގިރޭސި އަކުރުން ލިޔާ ގޮތަށް ދިވެހި ބަހުން ލިޔެފައި ހުންނަ އެއްޗެހި ތާނަ އަކުރުން ގިނަގިނަ އިން ލިޔަންވީ. އެކަން ކުރަންވާ ވަރާ ގާތަށް ވެސް އެ ކަމެއް ނުކުރޭ. އެހެން މާއްދާތަކުން އޭ ސްޓާ ހޯދާ ކުދިން ދިވެހިން މި ދަނީ ފެއިލްވަމުން."

"ތިން ވަނަ ކަމަކަށް ފާހަގަކުރެވޭ ކަމަކީ ދިވެއްސަކީ މުހިންމު މާއްދާއެއް ކަމަށް ނުދެކި އެ މާއްދާ އަށް ޝައުގުވެރި ނުވުން."

ދިވެހި ބަހުގެ ޓެސްޓުގައި މާ ގިނައިން ލިޔަން ޖެހޭ ގޮތަށް އޮތުމަކީ ވެސް ދަރިވަރުންނަށް އިމްތިހާން އުނދަގޫވެ، ނަތީޖާ ދަށްވާ ސަބަބަކަށް ވެދާނެ ކަމަށް ބައެއް ޓީޗަަރުން ގަބޫލުކުރެ އެވެ.

ދިވެހި ބަހަށް ދަރިވަރުން ދަށްވާ ވާހަކަ ދައްކާތާ ކިތަންމެ އަހަރެއް ވެއްޖެ އެވެ. ނަމަވެސް އެކަމުގެ ހަގީގީ ސަބަބަކީ ކޮބައިކަން ބަލަން މިހާތަނަށް އެކަށީގެންވާ ދިރާސާއެއް ކުރެވިފައެއް ނެތެވެ. އެހެންކަމުން، އެކަން ބަދަލު ކުރެވޭނީ، އެކަން މެދުވެރިވާ ސަބަބުތައް ދެނެގަނެގެން ކަމަށް ގިނަ ޓީޗަރުން ދެކެ އެވެ.

މިހާރުން މިހާރަށް ކުރެވިދާނެ ބައެއް ކަންކަން

- ފިލާވަޅުގައި ކުދިން ބައިވެރިކުރާ މިންވަރު މިހާރަށް ވުރެ އިތުރުކުރުމުން (މިސާލަކަށް ނަން އިތުރާއި ކަން އިތުރުގެ ފިލާވަޅެއް ބޯޑުގައި ލިޔުމުގެ ބަދަލުގައި ނޫހެއް ނޫނީ މަޖައްލާއެއްގެ ލިޔުމަކުން ދެއްކުން)

- ދިވެހި ބަހުގެ ގަވާއިދު ދަސްކޮށްދޭން ދަަރިވަރުން ގްރޫޕްތަކަށް ބަހާލައިގެން މަސައްކަތްކުރުވުން (މިސާލަކަށް އެއް ގްރޫޕަކުން ނަން އިތުރުތައް ވަކިކުރާނީ. އަނެއް ގްރޫޕަކަށް ހަވާލުކުރާނީ ކަން އިތުރު ވަކިކުރަން.)

- ދިވެހި ފޮތްތައް ކިޔުއްވަން އާދަކުރުވުން. (ބައެއް އުމުރުފުރާ އަށް ބޭނުންވާ ވަރަށް ދިވެހި ބަހުން ފޮތްތައް ނެތަސް، ލިބެން ހުރި ފޮތްތަކެއް ބޭނުންކުރެވިދާނެ.)

ފޮތް ނެތްތަން ފޫބައްދާނެ އެހެން ގޮތެއް

ބައެއް ޓީޗަރުން ބުނާ ގޮތުގައި ބައެއް އުމުރުފުރާތަކުގެ ކުދިން ޝައުގުވެރިވާ ކަހަލަ ދިވެހި ފޮތްތަކެއް ނުހުރެ އެވެ. އެކަމަކު އެ އުނިކަން ފޫބެއްދޭނެ އެހެން ވަސީލަތްތައް ބޭނުންކުރެވެން އެބަ އޮތެވެ. މިސާލަކަށް ކޮންމެ އުމުރު ފުރައެއްގެ ކުއްޖަކު ވެސް ކިޔާހިތްވާ ކަހަލަ އެތައް ބައިވަރު ލިއުންތަކެއް ރާއްޖޭގެ މީޑިއާތަކުން ތައްޔާރުކުރެ އެވެ. އެހެންކަމުން އެފަދަ ލިއުންތައް ކްލާސް ތެރޭގައި ކިޔޭނެ ގޮތް ހަމަޖެއްސިދާނެ އެވެ.

ރާއްޖޭގެ އިސް ލިއުންތެރިޔަކު ބުނީ ދިވެހި ބަހުން ލިއެފައި ހުންނަ ފެންވަރު ރަނގަޅު ރިޕޯޓްތަކާއި ފީޗާ މަޒުމޫންތައް އޮންލައިން ނޫސްތަކުން ލިބެން އެބަ ހުއްޓެވެ.

"މިސާލަކަށް ހިނގާ ޒާހިލްގެ ރިޕޯޓް ނަގަމާ. އެއީ ގޮތް ނޭނގޭ ބައްޔެއް ތަހައްމަލް ކުރަމުން އަންނަ ކުއްޖެއް. އެ ކުއްޖަޔާ ބެހޭ ގޮތުން އެބަ ހުރި ރަނގަޅު ރިޕޯޓްތައް ލިއެފައި. ކްލާހަށް އެ އެއްޗެހި ގެންގޮސް، ދަރިވަރުން ލައްވާ ކިއުއްވިދާނެ،" އެ ލިޔުންތެރިޔާ ބުންޏެވެ.

ކްލާސް ތެރޭގައި ދިވެހި ބަހަށް ކުދިންގެ ލޯބި ޖައްސަން ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ ކިޔަވައިދިނުމުގައި ޓީޗަރުން ގެންގުޅޭ އުސޫލުތަކަށް ބަދަލެއް ގެނައުމެވެ. އެއީ، ލިޔުންތެރިޔާ ފާހަގަކުރި ގޮތަށް، މީޑިއާތަކުން ފެންނަ ރަނގަޅު އުފެއްދުންތައް ކުދިންނާ ހަމަޔަށް ގެނެސްދޭ، އެ އެއްޗެހި ކިޔަން ޝައުގުވެރިކަން އުފެއްދުމެވެ.

ކިޔާނެ ފޮތްތައް މަދުވެދާނެ އެވެ. އެކަމަކު އެ ހުސްކަން ފޫބައްދާނެ އެހެން ގޮތްތައް ހޯދެން އެބަ އޮތެވެ. އެއީ ދިވެހި ޓީޗަރުންނަށް ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ.

4 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 67%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހައްމަދު

12 December 2016

ދިވެހިބަހުން ލިޔަންކިޔަން ނޭނގި ދިވެހިބަހަށް ފޫހިވެގެން މިއުޅެނީ ވަރަށް ގިނަ ސަބަބުތަކާހެދިއެވެ. ބައެއް ސަބަބު ތިޔަ ހުރީ ލިޔުއްވާފައެވެ. ފާހަގަކުރެވޭ އެންމެބޮޑު އެއް މައްސަލައަކީ ދިވެހިބަހާއި އިނގިރޭސިބަސް އަޅައިކިޔައި، އަޅައިބަލައި ދެބަހުގެ ތަފާތު ދަރިވަރުންނަށް ކިޔައިނުދިނީމާ ލިޔެފައި ހުންނަ ލިޔުންތައް ދިވެހިބަހުގެ ހަމަތަކަށްވެސް އިނގިރޭސިބަހުގެ ހަމަތަކަށްވެސް ނުފެތި ހުންނަ ކަމެވެ. މީގެ މިސާލަކީ، ސްކޫލްސް މިބަސް ދިވެހިބަހަށް ތަރުޖަމާކުރާއިރު މިއޮންނަ ގޮތެވެ. ދިވެހިބަހުން ލިޔާއިރު ސްކޫލްސްތައް ލިޔާތީއެވެ. އަނެއް މިސާލަކީ ދިވެހިބަހުގައި އޮންނަ އާއި މިއަކުރު ލިޔަންވީ ތަންތަނާއި ހަމަތައް ނޭނގޭތީ ލިޔެ އުޅެނީ ކެއުން އަދި ބުއިން އަދި ދުފުން މިހެންނެވެ. ލިޔަންޖެހޭ ގޮތަކީ ކެއިންބުއިމާއި ދުފުން މިހެން ކަމެއް އޮންނަނީ ނޭނގިފައެވެ.

The name is already taken The name is available. Register?

ސަމާސާ

12 December 2016

ހުރިހާވެސް މައްސަލައަކީ ދިވެހިބަހުގެ މުދައްރިސުންގެ ފެންވަރު ދަށްވުން. ބަސް އުނގެނި ދަސްކުރަން ބޭނުންވާ ކުއްޖަކަށް އަދި ބަސް ދަސްކޮށްދޭ މުދައްރިސަކަށް ބޭނުންވާނެ ގިނަފޮތްތަކެއް އެބަހުރި. މައްސަލައަކީ އެތަކެތި ބޭނުން ކުރާނެގޮތް ނުވަތަ ބޭނުން ހިފާނެގޮތް ނޭގުން. ދިވެހިބަހުގެ އެންމެ އަސާސީ އެއްހަމައަކީ ސުކުން ޖެހުމުގެ ހަމަ ކަމަށްވާއިރު މުދައްރިސުންގެ ތެރޭގައިވެސް ގިނައީ އެހަމަ ނޭނގޭ މީހުން.

The name is already taken The name is available. Register?

އއ

12 December 2016

ޒަމާނީ އާލާތްތަކުގައި ދިވެހިބަސް ތާނަ އަކުރު ބޭނުންކޮށްގެން ޓައިޕްކުރެވޭނެ ގޮތް އިތުރަށް ފަސޭހަ ކުރަންވީ!! އަދި ދިވަހި ބަހުން ހުންނަ އެޕްތައް ގިނަކުރަންވީ!! ކުދިން އަތުގައި އޮންނަނީ ފޮތެއްނޫން. ފޯނު، ޓެބް ނޫނީ މިޒާތުގެ އެހެންކޮންމެވެސް އެއްޗެއް. ދިވެހިބަސް މިތަކެއްޗާ ރައްޓެހިވެގެން ކުދިންނާ ރައްޓެހިވެވޭނީ!

The name is already taken The name is available. Register?

ފާތުން

12 December 2016

ދިވެހި ޓީޗަރުން ހަމަ ކަޑައީ ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454