ރަންބީރު އާއި އާމިރު އަދި ކަރަން ޖޯހަރް
01 ނޮވެމްބަރ 2016 - 06:10
ކަރަން ޖޯހަރްގެ "އޭ ދިލް ހެ މުޝްކިލް" ހުކުރު ދުވަހު ރިލީޒްކުރުމާ އެކު ގިނަ ބައެއްގެ ހިތް ވަނީ އަތުލާފަ އެވެ. މަޝްހޫރު އަދި ހުނަރުވެރި އެކްޓަރު އާމިރު ޚާން ވެސް މި ފިލްމު ބެލުމަށް ފަހު ފިލްމަށް ތައުރީފު ނުކޮށެއް ނުހުރެވުނެވެ.
އޭނާކޮށްފައިވާ ދެ ޓުވީޓެއްގައި ބުނެފައި ވަނީ "އޭ ދިލް ހެ މުޝްކިލް" ބަލައިފި ކަމަށާއި ފިލްމު ވަރަށް ކަމުގޮސްފި ކަމަށެވެ. އަދި ފިލްމުގެ ޑައިރެކްޓަރު ކަރަން ޖޯހަރަށް ވެސް އާމިރު ތައުރީފުކޮށްފައި ވެ އެވެ.
އާމިރުގެ ދެ ވަނަ ޓުވީޓްގައި ފިލްމުގެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އަނުޝްކާ ޝަރުމާ އަދި އައިޝްވަރިޔާ ރާއީ އަށް ތައުރީފުކޮށްފައި ވެއެވެ. އާމިރު ބުނެފައިވާ ގޮތުގައި އެންމެ މޮޅު އެކްޓަރަކީ ރަންބީރެވެ. އަދި މި ފިލްމު ކޮންމެހެން ވެސް ބަލާލަން ޖެހޭނެކަމަށް އާމިރު ބުނެފައިވެ އެވެ.
...Ranbir, Aishwarya and Anushka have just killed it. Ranbir is the best actor! Period! A must see!
— Aamir Khan (@aamir_khan) October 29, 2016
އާމިރުގެ ޓުވީޓް
ޖަރަން ޖޯހަރްގެ "ސްޓޫޑަންޓް އޮފް ދަ އިޔާ"ގެ ތިން ތަރިން ކަމަށްވާ އާލިއާ ބަޓް އާއި ސިދާރްތު މަލްހޯތުރާ އަދި ވަރުން ދަވަން ވެސް މި ފިލްމަށް ވަރަށް ތައުރީފުކޮށް ޓުވީޓްތައް ކޮށްފައި ވެ އެވެ. އާމިރު ނޫނަސް ފިލްމު ބެލި އެންމެން ކަހަލަ ގޮތަކަށް ރަންބީރުގެ އާދަޔާޚިލާފު މޮޅު ޕާފޯމަންސަށް ތައުރީފުކުރި އެވެ.
"އޭ ދިލް ހެ މުޝްކިލް" ރިލީޒްކުރިތާ ތިން ދުވަސް ފާއިތުވެފައި ވާއިރު ދެ ދުވަހުގެ ތެރޭގައި 26 ކްރޯޑު (260 މިލިއަން ރުޕީސް) ލިބިފައި ވެ އެވެ. އަދި ބޭރު ގައުމުތަކުގައި މި ފިލްމުގެ ވިޔަފާރި އުޅެނީ މިއަހަރު މިހާތަނަށް ނުކުތް އެންމެ ކާމިޔާބު ފިލްމު ކަމަށްވާ ސަލްމާން ޚާންގެ "ސުލްތާން" އަށް ވުރެ ވެސް ކުރީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޫލް
01 November 2016
ރަންބީރު އަކީ މަގޭވެސް ، ބެސްޓް.