ދުނިޔެ / އެމެރިކާގެ އިންތިޚާބު 2020

ވެރިކަން ބަދަލުވުމުގެ މަރުހަލާއަށް ހުރަސް، ދެން ވާނީ ކިހިނެެއް؟!

ރައީސް ޓްރަމްޕާއި ބައިޑަން: ވެރިކަން ބަދަލުވުުމުގެ މަރުހަލާއަށް އެއްބާރުލުން ދޭން ދަނީ ދެކޮޅު ހަދަމުން -- ފޮޓޯ/އޭއެފްޕީ

ވޮޝިންޓަން (ނޮވެމްބަރު 12) - މިދިޔަ ހަފުތާގައި ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެެޓިކް ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން އަށް ލިބުނު ކާމިޔާބާ އެކު، އެ ގައުމުގެ ރައީސަކަށް ދެވަނަ ދައުރެއް ކާމިޔާބު ނުކުރެއްވި ވެރިކަން ދޫކޮށްލައްވަން މި ޖެހިވަޑައިގަތީ 28 އަހަރު ފަހުންނެވެ. އެކަމަކު ރައީސަކު ބަލި ގަބޫލުކުރަން ދެކޮޅު ހައްދަވައި، ވެރިކަން ބަދަލުވުމުގެ މަރުހަލާއަށް އެއްބާރުލުން ނުދިނުމަކީ އެމެރިކާ ދުވަހަކު ވެސް ތަޖްރިބާ ކުރި ކަމެއް ނޫނެވެ.

އިންތިޚާބު ކާމިޔާބުވާ ކެންޑިޑޭޓަށް މަރުހަބާ ކިޔައި، ވެރިކަން ބަދަލުވުމުގެ މަރުހަލާއަށް އެއްބާރުލުން ދިނުމަކީ އެމެރިކާގައި ދަމަހައްޓަމުން އައި ސަގާފަތެކެވެ. އެކަމަކު ރިޕަބްލިކަން ކެންޑިޑޭޓް އަދި ރައީސް ޑޮނަލްޑް ޓްރަމްޕް ބަލި ގަބޫލުކުރަން ދެކޮޅު ހައްދަވާތީ ވެރިކަން ބަދަލުވުމުގެ މަރުހަލާ އެއްކޮށްހެން އޮތީ ހުއްޓިފަ އެވެ. އިންތިޚާބު ކާމިޔާބުކުރާ ކެންޑިޑޭޓަށް ސަރުކާރުގެ އިދާރާތަކުން މައުލޫމާތުތައް ދޭން ފެށެނީ ޖެނެރަލް ސާވިސް އެޑްމިނިސްޓްރޭޝަން (ޖީސީއޭ) އިން އެކަން ރަސްމީކޮށް ކަނޑައެޅުމުންނެވެ.

އެމެރިކާގެ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނު އޮންނަ ގޮތުން އިންތިޚާބުވާ ކެންޑިޑޭޓް ހުވާ ކުރެއްވުމުގެ ކުރިން އޮފީހަކާއި އެތަން ހިންގުމުގެ ޚަރަދު ހަމަޖައްސައި ދިނުމުގެ އިތުރުން އެމެރިކާގެ ސިއްރު އަދި ގައުމީ ސަލާމަތާ ގުޅޭ ޖާސޫސީ ބައެއް މައުލޫމާތުތަކާއި އިިގްތިސާދީ އަދި މާލީ ކަންކަމާ ގުޅޭ މުހިންމު މައުލޫމާތުތައް ފޯރުކޮށްދޭން ޖެހޭނެ އެވެ. އެހެން ނަމަވެސް ރައީސް ކަމަށް ބައިޑަން އިންތިޚާބުވި ކަން އިއުލާން ކުރަން ޖީސީއޭ އިން ދެކޮޅު ހަދާފައިވާތީ އެ މަރުހަލާ ނުފަށަ އެވެ. އެކަމަކު ސީކްރެޓް ސާވިސް އިން ދަނީ ބައިޑަންއަށް ސެކިއުރިޓީ ފޯރުކޮށް ދެމުންނެވެ.

އަލަށް ވަޑައިގަންނަވާ އެމެރިިކާގެ ރައީސަށް މައުލޫމާތުތައް ނުދީ ލަސް ކުރުމުން ގައުމީ ސަލާމަތަށް ނުރައްކާވުމުގެ ބިރު ބައެއް ފަހަރު އޮވެ އެވެ. އެގޮތުން ވޯލްޑް ޓްރޭޑް ސެންޓަރަށް 2001 ވަނަ އަހަރު ދިން ޓެރަރިސްޓްގެ ހަމަލާއާ ގުޅިގެން އެކުލަވާލި ކޮމިޝަންގެ ރިޕޯޓުގައިވާ ގޮތުން 2000 ވަނަ އަހަރުގެ ފަހުކޮޅު ބޭއްވި އިންތިޚާބަށް ފަހު ޖޯޖް ޑަބްލިއު ބުޝްއަށް ގައުމީ ސަލާމަތާ ގުޅޭ ބައެއް މައުލޫމާތުތައް ދިނުން ލަސްވުމަކީ އެ ހަމަލާ ހުއްޓުވަން ދުރާލާ ފިޔަވަޅު ނޭޅުނު އެއް ސަބަބެވެ. އެފަހަރު އިންތިޚާބުގައި ވޯޓު ގުނުމުގައި މައްސަލަ ޖެހި، ސުޕްރީމް ކޯޓުން މައްސަލަ ނިންމަން ޖެހުމުން ވެރިކަން ބަދަލުވުމުގެ މަރުހަލާ ލަސްވެގެން ދިޔަ އެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާއަށް ޓްރަމްޕްގެ ސަރުކާރުން އެއްބާރުލުން ނުދިނަސް، އަންނަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އޭނާގެ ދައުރު ހަމަވެ، 46 ވަނަ ރައީސެއްގެ ގޮތުން ބައިޑަން މަގާމުގެ ހުވާ ކުރައްވާނެ އެވެ. އަދި އެ ދުވަހު ވައިޓް ހައުސް އިން ނުކުމެވަޑައިގަންނަވަން ޓްރަމްޕާއި އޭނާގެ އާއިލާއަށް ޖެހިވަޑައިގަންނަވާނެ އެވެ. ޓްރަމްޕްގެ އަރިސް ބޭފުޅުންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ދައުރު ނިމެންވާއިރަށް ވައިޓް ހައުސް އިން ޓްރަމްޕް އަމިއްލަފުޅަށް ނިކުމެވަޑައިގަންނަވާނެ އެވެ.

އާ ރައީސް ހުވާ ކުރައްވާ ދުވަހު ވައިިޓް ހައުސްގައި ދެ ބޭފުޅުން ބައްދަލު ކުރެއްވުމާއި ކެޕިޓަލް ހިލްގައި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުން ބައިވެރިވުމަކީ އެމެރިކާގައި އާދަކާދައެއްގެ ގޮތުން ކުރާ ކަމެކެވެ. އެކަމަކު އެ ރަސްމިއްޔާތުގައި ބައިވެރިވަޑައިނުގަންނަވާނެ ފުރަތަމަ ރައީސަކަށް ޓްރަމްޕް ވުމަކީ މިހާރު އޮތްގޮތުން ގާތް ކަމެކެވެ.

އެމެރިކާގައި އެންމެ އޮމާންކޮށް ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށް ދިޔައީ ބުޝްގެ ވެރިކަމާއި ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމާ ދެމެދު އެވެ. އޮބާމާ ހުވާ ކުރެއްވުމުގެ ކުރިން އޭނާގެ ސެކިއުރިޓީ އެތައް ގުނައަކަށް ވަރުގަދަ ކުރުމުގެ އިތުރުން އޮބާމާއަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސައި ދިނުމާއި ސިއްރު މައުލޫމާތުތަކާއި ސަރުކާރުގެ އިދާރާތަކުގެ އެތައް މައުލޫމާތުތަކެއް އޮބާމާއަށް ދީފައިވެ އެވެ. އަދި 2016 ގައި ޓްރަމްޕް އިންތިޚާބުވެ ވަޑައިގަތުމުން އޮބާމާ ވެސް އެގޮތަށް އަމަލު ކުރެއްވި އެވެ.

10 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 9%
icon angry icon angry 61%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާދަމުގެދަރި

13 November 2020

އަވަހަށް ތަޅާފޮޅައިގަނޭ. ތަޅައިގަތީމާ ގަދަވާ މީހާ އެނގޭނީ. ތީ ވަރަށް ހަތިޔާރު ގިނަ ތަނެއް. ދުވާލަކު އެތައް ބަޔަކު ބަޑިޖަހައި މަރާ ތަނެއް. މިވާހަކަ ނުދައްކައި ދުނިޔޭގެ އެހެން މީހުންގެ ވާހަކަ ތައްމިނަށް އަނގަހުޅުވާފައި ދައްކާ ބައެއް.

The name is already taken The name is available. Register?

ބޯހަލާކޭ

12 November 2020

އީސީ ޝަރީފޫ.......ޕަކާސް ޕަސް

The name is already taken The name is available. Register?

ޢަލިމަނިކުފާނު

12 November 2020

މީވެސް ދިމޮކްރަސީއޭ ކިޔައިގެން ތަންމިނަށް އަނގަ ހުޅުވައިގެން ވާހަކަ ދައްކާ ބައެކޯލަ. އެހެން ޤައުމުތަކަށް ޑިމޮކްރަސީ ދަސްކޮށްދޭންވެސް އުޅޭ ބައެކޯލަ. އެމީހުންގެ ދިމޮކްރަސީ އާ އެއްގޮތަށް ދިމޮކްރަސީ ދޮންވެ ފައްކާވީމާ ހުންނާނީ ރާކަނިމަސް ކެވިފަ

The name is already taken The name is available. Register?

ހާސަރު

12 November 2020

ދުނިޔޭގެ ހުރިހާ ގައުމެއްގައި ހިގާހާ ކަމަކާ ބެހޭ އެމެރިކާގެ ފެންވަރު މިއެގުނީ މިފަހަރު. ޑިމޮކްރަސީ އޭ ކިޔާ އެންމެނަށް އެވާހަކަ ދަސްކޮށްދީފަ މިހާރު ތިންވަނަ ދުނިޔޭގެ ގައުމެކޭ އެމެރިކާ އެކޭ ތަފާތެއް ނުފެނުނު.

The name is already taken The name is available. Register?

ނަޖުމުއްދީން

12 November 2020

ޓުރަންޕުދޭބަލަ މަހަށް.

The name is already taken The name is available. Register?

ތަވްފީގް

12 November 2020

ރިޕަބްލިކް ޕާޓީއަކީ މިރާއްޖޭގެ ނަމަ ޕީ.ޕީ.އެމް ޓްރަމްޕް އަކީ ހަނަޔާމީން އިންތިޚާބުގެ ވޯޓްގެ ނަތީޖާ ގަބޫލު ކުރަން އިންކާރު ކުރަނީ.

The name is already taken The name is available. Register?

އެކަމު

13 November 2020

ވެރިކަން ބަދަލުވުމުގެ މަރުހަލާއަށް ޔާމީންގެ ބަލިވި ސަރުކާރުން އެންމެ ފުރަތަމައިނުންވެސް އެއްވެސް ހުރަހެއް ނާޅާ. އެހެން މީހަކާ އެއްގޮތް ކުރާއިރު ރަގަޅަށް ކަންކަން ބަލާބަލަ.

The name is already taken The name is available. Register?

ސަސި

12 November 2020

ތިމާ ވަރުގެ ބާރުގަދަ މީހަކު ނެތްކަމަށް ދައުވާ ކުރާ އިންސާނާގެ ހާލަތު ބަލާބަލަ

The name is already taken The name is available. Register?

ޔާންޕު2020

12 November 2020

މާފުށީގަ ހުރި މީހަކު މިކިން ދަސްކޮށްދިނީމަވާނެ ގޮތް މިފެންނަނީ. ދެން އަޑުއިވޭނީ އެމެރިކާ ސުޕުރީމު ކޯޓުގެ ފުރާޅުން ޓިނު ނެގި ހަބަރު ތޯއްޗެ.

The name is already taken The name is available. Register?

5555

12 November 2020

އެމްޑީޕީ މީގުން ޑިމޮކްރަސީގެ މުސާލު ނަގައިގެން އޭގެ ބައްޕަކަމަށް ދައުވާކުރާ އެމެރިކާގެ ހާލަތޭކިޔާބަލަ. ރައްޔިތުންގެ މަޖިލީހުގައި ތިޕާޓީން ބަހުސްކުރާއިރު އަބަދު މިސާލުޖަހަމުންދިޔައީ އެމެރިކާގެ ފުރިހަމަ ޑިމޮކްރަސީއޭކިޔާފަ. އެމީހުންގެ ހަރުދަނާކަމޭ، އޭނެއެއްޗެކޭ މީނެއެއްޗެކޭ. ދެންމިހާރު ކަންކަން ގޯސްވީމަ ޔާމީނޭ ޕީޕީއެމޭ އިބުރާހިމޭ ކިޔާނެކަމެއްނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454