ދިވެހި މަހުން ތަައްޔާރުކުރި ބައެއް ތަކެތި: މަހުގެ ބާވަތްތައް ލަންކާއިން މަނާކުރިކަން އަންގާފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނޭ -- ފޮޓޯ/މިހާރު
19 ނޮވެމްބަރ 2020 - 20:08
މަހުގެ އުފެއްދުންތައް ސްރީ ލަންކާ އަށް އެތެރެކުރުން ވަގުތީ ގޮތުން މަނާކޮށްފައި އޮތަސް، ރާއްޖޭގެ މަހުގެ އުފެއްދުންތައް އެތެރެކުރުން މަނާކޮށްފައި ނެތް ކަމަށް އެ ގައުމުން ކަށަވަރުކޮށްދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މަހާއި މަހުގެ އުފެއްދުންތައް ލަންކާއަށް އެތެރެކުރުން މަނާކޮށްފައި ނުވާކަން އެެ ގައުމުގެ އިދާރާތަކުން ކަށަވަރުކޮށްްދީފައިވާ ކަމަށެވެ. ރާއްޖެ އާއި ލަންކާއާ ދެމެދު އޮން ހާއްސަ ގުޅުމާއި ރަހުމަތްތެރިކަމުގެ އަގު ވަޒަންކުރައްވާ ކަމަށް ވެސް ޓްވީޓްގައި ޝާހިދު ވިދާޅުވި އެވެ.
Welcome the decision by # Sri Lankan authorities confirming there is no ban on the import of Maldive fish & fish products to Sri Lanka- a crucial source of income and livelihood for Maldivians. 🇲🇻 appreciates the special bond of cooperation and friendship with 🇱🇰 @MFA_SriLanka
— Abdulla Shahid (@abdulla_shahid) November 19, 2020
ލަންކާއަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް އެތެރެނުކުރެވޭ ކަަމަށް މީޑިއާގައި އަޑު ފެތުރުމުން ފޮރިން މިނިސްޓްރީން ކުރިން ބުނީ އެގޮތަށް ހަމަޖެއްސިކަން ލަންކާ އިން ރަސްމީކޮށް އަންގާފައި ނެތް ކަަމަށެވެ. އޭރު އެގޮތަށް އަޑު ފެތުރުނީ ކޮވިޑް-19 އާ ހެދި ލަންކާގެ އިގުތިސާދު ހީނަރުވެ، އެގައުމުގެ މަސްވެރިންނަށްް ގެއްލުންވާން ފެށުމުން އެޅި ފިޔަވަޅަކާ ގުޅިގެެންނެވެ. އެގައުމުން އޭރު ނިންމީ މަހާއި މަހުގެ އުފެއްދުންތައް އިމްޕޯޓްކުރުން މެދުކަނޑައިލުމަށެވެ. އެ ނިންމުމުގައި ރާއްޖެ ނުހިމެނޭކަން އޭރު އޮތީ ކަށަވަރު ނުކުރެވި އެވެ.
ރާއްޖޭގެ މަހާއި މަހުގެ އުފެއްދުންތައް އެ ގައުމަށް އެތެރެކުރުމުގެ ކަންތައް އޮތް ގޮތެއް ފޮރިން މިނިސްޓްރީން ބަލަން ފެށީ އެ ވާހަކަތައް ފެތުރުމުންނެވެ،
ރާއްޖޭން ލަންކާއަށް އާއްމުގޮތެއްގައި އެކްސްޕޯޓްކުރަނީ ހިކިމަހާއި ލޮނުމަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެލެނިވެރިން
21 November 2020
ހުދު ވެލާ އެތެރެ ކުރަންވީ ސުޕުން ލައްވާ އޭރުން އެމް ބީ އޭ ގަ މިހާރު ތިބި މީހުން މަހުޖަނުން ނައް ވާނީ
ބޮޑު އިންޖީނިއަރ އާދިލް
20 November 2020
މިގައު މުގެ އަ މިއްލަ އުފެއްދުން މިގައު މުގެ ރައްޔިތުން ނަށް އަތް ފޯރާފަށުގައި ލިބޭނެ ގޮތް ނެތި ގެން އުޅޭ އިރު ، އެހެން ގައު މު ތަކަށް ގަނެވޭނީ ކިހިނެޢް. ލަންކާ މަސް ވެރިން ބާނާ މަސް މި ގައު މަށް އެތެރެ ކޮށް ވިއްކިއްޔާ މިގައު މުގެ ރައްޔިތުން ނަށް ވެސް މާ ފައިދާ ވާނެއެވެ
މުހައްމާ
20 November 2020
ލަންކާ ސަރުކާރުން އިއުލާނުކުރީ އެގައުމަށް މަހުގެ ބާވަތްތައް އެތެރެކުރުން ވަގުތީގޮތުން ހުއްޓާލިކަމަށް. ދިވެހިރާއްޖޭގެ މަސް އެތެރެކުރުން މަނާކުރިވާހަކައެއް އެލިއުމަކުނެތް.
އަލީރާޖާ
19 November 2020
މަނާވީކީ ނޫން. ޑިއުޓީ އިންތިހާއަށް ބޮޑުކޮށްލީ. އަގު އެހާ ބޮޑުވީމާ ދެން ކިހިނެއްތޯ ލަންކާގައި ދިވެހި މަސް ވިއްކާނީ؟