ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. އެމަނިކުފާނު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ހިލޭ އެޅެން އޮތް ތަނެއްކަމަށް. ފޮޓޯ: ރައްޔިތުންގެ މަޖްލިސް
30 ނޮވެމްބަރ 2020 - 11:27
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ބޮޑުކޮށް ތަރައްގީކުރަން ނަގާފައިވާ ލޯނުތަކަށް އަންނަ އަހަރު ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހޭ ކަަމަށާއި އެ ވަރަށް ލޯނު ނެގި އިރު އެއީ ހަަގީގަތުގައި ހިލޭ އެޅެން އޮތް ތަނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުން ނެގި ކޮމިޓީން އެކުލަވައިލި ރިޕޯޓަށް މިއަދުގެ ޖަލްސާގައި ބަހުސްކުރި އިރު، އާދައިގެ މަތިން އެ ބަހުސްގައި ނުދީސާކޮށް ބައިވެރިވެވަޑައިގެން ނަޝީދު ވިދާޅުވީ، ވެގެން އުޅޭ ގޮތް މެމްބަރުންނަށް ސާފުކޮށްދެއްވަން އެދިވަޑައިގަންނަވާ ކަަމަށެވެ. އެ އަށް ފަހު، ކަރުދާހަށް ބައްލަވައިގެން އިންނަވާ އެމަނިކުފާނު ވިދާޅުވެދެއްވީ ބޭރުގެ ބޭންކުތަކަށް ރާއްޖެ އިން އަންނަ އަހަރު ފައިސާ ދައްކަން ޖެހޭ ލޯނުތަކުގެ ލިސްޓެކެވެ. އެކަމަކު އެ ލިސްޓުގައި މުޅިން ކަހަލަ ގޮތަކަށް އޮތީ ޗައިނާގެ ބޭންކްތަކަށް ދައްކަން ޖެހޭ އަދަދުތަކެވެ.
ނަޝީދު ވިދާޅުވި ލިސްޓުގައިވާ އަދަދަށް ފައިސާ ދައްކާ ނަމަ ލޯނުތަކަށް އަންނަ އަހަރު ރާއްޖެ އިން 199.25 މިލިއަން ޑޮލަރު (3.6 ބިލިޔަން ރުފިޔާ) ދައްކަން ޖެހޭނެ އެވެ.
"އިއްޒަތްތެރި މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ އެއީ ހިލޭ އެޅެން އޮތް ތަނެއްކަން، ވެލާނާ އެ ކިޔާ އިންޓަނޭޝަނަލް އެއާޕޯޓު. ފަންސަވީސް އަހަރު ދުވަހުގެ މުއްދަތަށް ބަޔަކު މީހުން އަޅާފައި ހިންގާފައި، އަޅާފައި އަޅުގަނޑުމެންނަށް ދީފައި މިހާރު ދާހާ ދުވަސް މިވީ،" ނަޝީދު ވިދާޅުވި އެވެ.
ޖީއެމްއާރަށް އެއާޕޯޓް ކުއްޔަށް ދީގެން އުޅުނު އިރު އެއާޕޯޓުގެ އާ ޓާމިނަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް ނަޝިދާއެކު ޖީއެމްއާރާއި މެލޭޝިއާ އެއާޕޯޓްސް ކޮމްޕެނީގެ އޮފިޝަލުން ބައިވެރިވެވަޑައިގަންނަވަނީ. ނަޝީދު މިއަދު ވިދާޅުވީ ވީއައިއޭ އަކީ ހިލޭ އެޅެން އޮތް ތަނެއް ކަމަށް.
އެގޮތަށް އެ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އެ އެއާޕޯޓް ޖީއެމްއާރަށް ހިންގަން ދިން ދިނުމަށެވެ. އެކަމަކު ވެރިކަމުން އިސްތިއުފާ ދެއްވުމުން ދެން ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ރައީސް މުހައްމަދު ވަހީދު ވަނީ ޖީއެމްއާރުގެ އެގްރިމެންޓް އުވާލައި، އެއާޕޯޓާ އަލުން ސަރުކާރުން ހަވާލުވެފަ އެވެ.
ޖީއެމްއާރަށް 35 އަހަރަށް އެއާޕޯޓު ކުއްޔަށް ދިން އެއްބަސްވުން ބާތިލްކުރުމުން ބަދަލުގެ ގޮތުގައި 270 މިލިއަން ޑޮލަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދެއްކި އެވެ. އެކަމަކު އެ ފައިސާ ދައްކާފައި ވެސް، މިދިއަ އަހަރު އެމްއޭސީއެލްގެ ފައިދާ 100 މިލިއަން ޑޮލަރަށް ވުރެ މަތި ކަމަށްވެ އެވެ.
ދައުލަތުގެ ދަރަނި ބޮޑުވެފައި ވާތީ ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ސަރުކާރުން ނަގާފައިވާ ލޯނުތަކަށް ފައިސާ ދެއްކުން ލަސްކުރެވޭނެ ގޮތެއް ހޯދަން ސަރުކާރަށް ތަކުރާރުކޮށް ގޮވާ ވެސް ލައްވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޑަބައި
02 December 2020
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ހިލޭ އެޅެން އޮތް ތަނެއްކަމަށް ދައުލަތުގެ އިތުބާރުކުރެވޭ މަގާމެއްގާ ހުންނެވި ބޭފުޅަކު ވިދާޅުވިނަމަ އެކަމުގެ ތެދު ދޮގު ރައްޔިތެއްގެ ހައިސިއްޔަތުން އެގެން ބޭނުމެވެ. ހިލޭ ކުރެވެންއޮތް ކަމަކަށް ލޯނުނެގި ފަރާތްތަކުގެ އިހްލާސްތެރިކަމާމެދުވެސް މިހާރު ސުވާލު އުފެދިއްޖެއެވެ. މިކަންކަން ރައްޔިތުންނަށް ސާފުކޮށް އެގެންޖެހޭނެ ހެއްޔެވެ؟
އިންސާފް ކޮބާ?
01 December 2020
ކަލޭމެންނަށް ހިލޭ ކަމެއް ކޮަށްދެވިދާނެތަ. އިންސާފް ހޯދަދޭން އައި މިީހުންނޯލަ.. ނުފޫޒް ފޯރުވައިގެން މައުސޫމް މިީހާގެ ހައްގުތަކަށް އަރައިގަނެވޭތޯ ތިބަލަނީ.
މޮޔަބެ
01 December 2020
މަޖިލީހުގެ ރައީސްކަން އަޅުގަނޑު ކޮށްދީފާނަން ހިލޭ. އޭރުން ދައުލަތަށް މަހަކު ލައްކައެއްހައި ރުފިޔާ ސޭވްކުރެވޭނެ.
ޖަލީލު
01 December 2020
ބޮޑު ޚަރަދުކޮށްގެން ބެންކޮކަށް ދިޔުމުގެ ބޭނުމެއްނެތް.
ހާމަ333
01 December 2020
ނަޝީދު ނިކަން ހިލޭ އެކަހަލަ ތަނެއް އަޅާފަ ދައްކަބަލަ...ފަނާކުރުވަނިވި ފަސްއަހަރު މިދަނީ ގުނަމުން ދިވެހީން....އެމްޑީޕީ އަކީ ބޮޑު ފެއިލިއަރއެެއް
އަބްދުﷲ އަބްދުﷲ
30 November 2020
މީ މިހާރު ގައުމަށްހުރި ނުރައްކަލެއް. ކަންކަން ރަނގަޅަށް ނޭންގޭ މީހުން މޮޔަހައްދައިގެން ވޯޓްހޯދަނީ. ގޭގޭ ބަދިގޭން ކައިގެން ހޮޅުއަށީގައި ރާޒުވާކުޅެ ބިޑިބޮއިގެން ރައްޔިތުން ހެއްދި ޒަމާން މާޒީވެއްޖެ. ރައްޔިތުންނަށް ހެޔޮކަން ދައްކައިގެން އުޅޭ ފައްކާ ދެފުއްކެހެރިއެއްތީ.
ޗަކޮ
30 November 2020
ޙިލޭ އެއާޕޯޓް ފަދަ ތަންތަން އަޅާދޭ ބަޔަކު ތިބި ނަމަ މި ސަރުކާރުގަ ތި އަލާ ބުރިޖު އަޅަން ލޯނު ނަގަނީ ކީއްކުރަން. ޙަމަ ހިލޭ އަޅުވަން ވީނޫންތޯ. ތި ބުނާ ހިލޭ އަޅާ ގޮތަކީ އެނދު ތަންދޮށާ ފައްޓަރުބަޔާ ދަރިންގެ ބުއްފުޅިވެސް އެބަޔަކަށް ދޭން އެއްބަސްވާ ގޮތް އަދި ސޮވެރިންވެސް ދޭންޖެހޭ ގޮތަށް. ރާއްޖޭގެ ގިނަ ރައްޔިތުން މިތިބީ އަސާސީ ކަންކަންވެސް ނުފުއްދި ތިބި ހާލުގަ.
މޫސަ123
30 November 2020
ހިލޭ އެޅެން އޮއްވާ އިންޑިޔާއަށް ވިއްކާލީ ކީއްވެތޯ؟ އަޅުގަޑު ހިތައްއަރަނީ ރޯމާދުވާލު މިއީ ރޭގަޑެކޭ އެހެރީ ހަނދޭ ބުނިނަމަވެސް ގަބޫލުކުރާ ބަޔަކު މިގައުމުގަ އަދިވެސް އެބައުޅެޔޭ.
ލޯމާފާން
30 November 2020
ހިލޭ އެޅުނީމަ ނިމުނީދޯ، އެތަނުން ލިބޭ ހުރިހާ ފައިދާއެއް އިންޑިއާއަށް ދިޔައަސް؟
ސައްތާރު ބ ބ
30 November 2020
ހިލޭބޭނުމެއްނޫން