30 ނޮވެމްބަރ 2020 - 11:50
ހުކުރު ދުވަހުރޭ މާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މަރުވެފައިވާތީ އެކްސިޑެންޓުގެ މައްސަލަ މަރުގެ މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ އައިޝަތު ނަޒްރާ، 24، މަރުވި އެކްސިޑެންޓު ހިނގީ ހުކުރު ދުވަހުގެ ރޭގަނޑު 10:00 ހާއިރު އަމީނީމަގުން ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލަށް ބާރު ސްޕީޑުގައި ނުކުތް ސައިކަލެއް ކޮންޓްރޯލް ނުވެ، ދުވާ ޓްރެކްމައްޗަށް އެރުމުން ކަމަށެވެ.
ފުލުހުން ބުނީ ސައިކަލް ދުއްވަން އިނީ 24 އަހަރުގެ ފިރިހެނަކު ކަމަށާއި އެއީ ވެހިކަލް ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށެވެ.
ސައިކަލު ދުއްވަން އިން ނަޒްރާގެ ލޯބިވެރިިޔާ އާޒިފް އަބްދުލް ހަކީމް ވަނީ ބާރަށް ސައިކަލް ދުއްވި ކަމަށް ބުނާ ވާހަކަ އަށް އިންކާރުކޮށްފަ އެވެ. އޭނާ "މިހާރު" އަށް ބުނީ އެކްސިޑެންޓުވީ މަގުމަތިން ބަޔަކު ނަޒްރާ އާ ފޮށުމުން ފަހަތައް އެނބުރި ބަލައިލި ވަގުތު ޕޭވްމަންޓުގައި ޖެހި ކަހާލައިގެން ކަމަށެވެ.
މި އެކްސިޑެންޓުގައި އާޒިފްގެ ވެސް ފަޔާއި އަތަށް އެކި ވަރުގެ ޒަހަމްވެ މޭ ކަށިގަނޑުގައި ރެނދުލާފައިވާ ކަމަށް އާޒިފްގެ އާއިލާ އިން "މިހާރު" އަށް ބުންޏެވެ.
އާޒިފް ބުނި ގޮތުގައި އެކްސިޑެންޓަށް ފަހު ނަޒްރާ ވެއްޓިފައި އޮތް އިރު ނޭފަތުންނާއި ކަންފަތުން ލޭ އައިސްފައިވެ އެވެ. އަދި އޭނާގެ އާއިލާއިން ޑޮކްޓަރުންނާ ހަވާލާދީ ބުނި ގޮތުގައި ނަޒްރާގެ ބޮލަށް ލިބުނު އަނިޔާގައި ސިކުނޑި އަށް ވަނީ ލޭ އެޅިފަ އެވެ. އަދި އޭނާ ސަލާމަތްވާނެ ކަމުގެ މާ ބޮޑު އުންމީދެއް ޑޮކްޓަރުން ވެސް ނުދޭ ކަމަށް ބުންޏެވެ.
އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނަޒްރާ މަރުވީ އިއްޔެ ފަތިހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮމެޮނެ
02 December 2020
މަރުކޮމިސަން މެމްބަރުންނަށް ބަރާބަރުމުސާރަ ހިންގަންޖެހޭ..
ޓައިޕްސްެޮފްމާޑާރ
01 December 2020
ސެކަންޑިގްރީ މާޑަރ އަކަށް ނުވާނެ ދޯ މެރުމުގެ ގަސްތު (އިންޓެންޝަން) ނެތީމަ... އިންވޮލަންޓަރީ މޭންސްލޯޓަރ/ ނެގްލިޖެންސް މޭންސްލޯޓަރއަށް ވާނީ... އެއީ އިހުމާލު ވުމުން ވި މަރަކަށް ވާތީ
ޭފިސާރި
01 December 2020
ބާރަ ދުވުން ގޯސްކަމަކަ ނުވަނީ ބަޔަކު މީހުނަ ވޯޓު ގެލިދާނެތީ
ނޭގޭ
01 December 2020
ލައިސަންސް ނެތްމީހެއްގެ ސައިކަލްފަހަތަށް އެމަންޖެ އަރާނީ ވެސް އެނގި ހުރެ އެއްނު، އެއްފަހަރަކު ނޫން ދުއްވަން ގޮސްފަ ހުންނާނީކީ ވެސް ، އެހެންކަމުން އަންހެންކުއްޖާވެސް ކުރީ ކުށެއް. ރައްޓެހިވެގެން މާލޭތެރޭ ސައިކަލް ދުއްވަން ނިކުމެ އުޅޭ ކުދިންގެ ތެރޭ 50 ޕަސަންޓް އުޅޭނީ ލައިސަންސް ނެތްމީހުން ، މީ މިހާރު އެއްވެސްކަމަކަށްނުވޭ. ލައިސަންސް ގޭގަ ބާއްވާފަ އޭ ހަދާންނެތުނިއްޔޭ ބުނީމަވެސް ދޫކޮއްލާފަ އެބަހުރި. މިހާވެސް ކުޑަ ކަމެއްމީ މިހާރު.
1828
01 December 2020
އޭގެންވެސް އިނގެނީ ފުލުހުންގެ އޯގަތެެރިކަން.
ފަހުބަސް
30 November 2020
ތިމަންނަ ދިޔައީ ޤަވާއިދުންނޭ, ވަރަށް މަޑުންނޭ, ތަޤުދީރޭ ކިޔޭނީ ތިމަންނާ އަތުގަ ލައިސަންސު އޮވެގެން. ލައިސަންސް ނެތްނަމަ ހުރިހާ ޒިންމާއެއް ނަގަންޖެހޭނެ. މީނާއަށް ވާގޮތާއިމެދު ފާރަވެރިވުމަށް އެންމެނަށް ގޮވާލަން.
1828
01 December 2020
ޖީއެން ސައިކަލެއް ހުރެފައި އެ ފިރިހެނަކު އަތް ދިގު ގޮޅި ޖެހި ގަމީސްލާފައި، ކަރުގައިފަށް އަޅާފައި އަތުގައި ކެވެލި، ކަންފަތާއި ނޭފަތުގައި މުދިލާފައި، އަތުގެ 10 އިނގިލީގައި އަނގޮއްޓި އަޅާފައި އަންހެނެއްހެން އިސްތަށިގަނޑު ދިގުކޮށްފައި / ހުޅި ޖަހާފައި ހުރިއްޔަ މިހާރު މިއުޅޭ އަންހެނުންނަކަށް މުހިންމެއް ނޫން އެމީހަކު ހުރީ ލައިސަންސް ނަގައިނެން ތޯ ނުވަތަ ނޫން ތޯ ބަލާކަށް.
އޮނަރަބްލް އަފީފު ދީދީ
30 November 2020
ދުއްވީ މަޑުންތޯ ބާރަށްތޯ ބަލާކަށް ނުޖެހޭ. ސައިކަލް ދުއްވާންއިން ފިރިހެންމީހާގެ މައްޗަށް ޤާނޫނާއި ޤަވާއިދާއި ޙިލާފަށް އޭނާ ކުރި ކަމެއްގެ ސަބަބުން މީހަކު މަރުވެފައިވާދީ "އިންސާނަކު މެރި ކަމުގެ ދައުވާ" އުފުލާންޖެހޭނެ. # އެއަންހެން ކުއްޖާގެ އާއިލާއަށް ޤުސާސް ނުހިފާ ދޫކޮށްލެވިދާނެ. އެހެން ނަމަވެސް ދައުލަތުގެ ފަރާތުން ކުރާންޖެހޭ ދައުވާކޮށް އޭނާއަށް ދައުލަތުން ދޭންޖެހޭ އަދަބު ފުރިހަމައަށް ދޭންޖެހޭނެ. އަދި އެކަން ރައީސަށް މާފުވެސް ނުކުރެވޭނެ.
ނުކިޔަވާ
01 December 2020
މަރުވި އަންހެން ކުއްޖާ ދުއްވަން އިން ސައިކަލުގައި ޖެހުނީ ތިބުނާ ބާރަށް ދުއްވި މީހާ މި ޚަބަރުން އެއްވެސް އެއްޗެއް ސާފެއްނުވި
މާއި
01 December 2020
މާފު ކޮއްފިޔާ އެކަމަކުން އޭމީހަކަށް މާފް ލިބުނީ. ދެން ޖެހޭނީ މާތްﷲ ހަޒްރަތުން އެކަމަށް ތައުބާ ވާން. އެއީ އެންމެ ރަހްމާންވަންތަ ރަހީމްވަންތަ ރަސްކަލާންގެ. ހަމަ އެކަނި އަޅުކަންކުރަން ހައްގުވެގެންވާ ރަސްކަލާންގެ ރައްބުލް އާލަމީން
ހަސަނު
30 November 2020
މަރުގެ ތަހުގީގު ރަނގަޅު.. އެކަމަކު މައްސަލަ އަކީ މަރުވީމާ ތަހުގީގު ކުރަން މަޑޫ ކުރެވޭތީ.. މަގުގައި ނުރައްކާތެރިކޮށް ދުއްވާ ކޮންމެ ކޮންމެ ފަހަރަކު މީހަކު މަރު ނުވިއަސް އޭގެން ކޮންމެ ފަހަރަކީވެސް މީހަކު މަރުވެދާނެ ފަހަރެއް... ބާރު އިސްޕީޑުގައި ނުރައްކާތެރިކޮށް ވެހިކަލް ދުއްވާ މީހުން ހުއްޓުވާ ބޮޑެތި އަދަބު ދޭންޖެހޭ.. އަދަބު ދީގެން އެހެންމީހުންގެ ފުރާނަ ސަލާމަތް ކުރެވޭނީ...
އިބްރާހީމްސ
30 November 2020
އިހުމާލުގެ މަރެއް. ސައިކަލު ދުއްވިމީހާގެ އިހުމާލު.
ހަސަނު
01 December 2020
މީގެއްގެ ފުރާނައަށް ގެއްލުން ވެދާނެ ވަރުގެ ނުރަައްކާތެރިކަމެއް ކަން އެނގިހުރެ، އެކަމަށް ފުރުވާލެއްނެތި އެފަދަކަމެއް ކުރުމަކީ އިހުމާލަކަށް ވުރެ ބޮޑު ނުބައެއް...
ބަސް
30 November 2020
ރަނގަޅު ނިންމުމެއް. އަހަރުމެންވެސް ސައިކަލު ދުއްވަން. އަދި ރާއްޖޭގަ ގިނަވާނީ ސައިކަލު ދުއްވާމީހުން. 10 އެއްގަ ދުއްވަގެންވެސް މީހަކު މަރުވާން ވެއްޖެއްޔާ މަރުވެދާނެ. އެކަމަކު އެހާ ބޮޑު އަނިޔާ ނުވާނެ. ނޫސްތަކުން ބުނާގޮތުން ލިބުނު އަނިޔާ 20 ނުވަތަ 30 ގަ ދުއްވައިގެން ނުލިބޭނެ. އެވަރު އަނީޔާއެއް ލިބޭނީ 50 އަށްވުރެ މަތީގަ ދުވެލި ހުރެގެން.
އީދުބެ
30 November 2020
މިހާރު އެނގިއްޖެ ސައިކަލު ބާރަށް ދުއްވުމަށް ހައްލެއް ނުލިބެން މިއުޅޭ ސަބަބު. މި ޒުވާނުންނަށް ބާރު ކަމަށް ގަބޫލު ކުރެވޭ މިންގަޑު ތަފާތީހެން ހީވަނީ. ވެދާނެ 60 ވެސް އެއީ ބާރު ނޫންކަމަށް. އެކަމަކު ދެން މިކަން ރަނގަޅަށް ބަލަންޖެހޭ. އޭނަގެ ވާހަކަވެސް އަޑުއަހާ ތަހުގީގު ކުރަންވާނީ. ހިތާމަވެރި.