ތިނަދޫ ރާސްތާ ދޯނީގައި ރޯވި އަލިފާންގަނޑު.-- ފޮޓޯ: އެމްއެންޑީއެފް
01 ޑިސެމްބަރ 2020 - 12:38
ގދ. ތިނަދޫ ފަޅުތެރޭގައި އަޅާފައި އޮތް "ރާސްތާ" ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި އެންމެ ބޮޑަށް ފިހުނު މީހާ މިއަދު މަރުވެއްޖެ އެވެ. މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި ހާދިސާގައި އެންމެ ބޮޑަށް ޒަހަމްވީ ހަށިގަނޑުން 50 ޕަސެންޓް ފިހުނު މީހާ އެވެ. އޭނާ އަށް ވެސް އެންމެ ފުރަތަމަ ފަރުވާ ދިނީ އެ ރަށުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުންނެވެ. ނަމަވެސް ހާލު ސީރިއަސްވާން ފެށުމުން މިދިޔަ ބުރާސްފަތި ދުވަހު އައިޖީއެމްއެޗަށް ފޮނުވާލީ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތިނަދޫ ހޮސްޕިޓަލުން 41 އަހަރުގެ އަހަރުގެ އެ މީހާ ގެންދިޔައިރު ވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. މަރުވީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ހެނދުނު 8:35 ހާއިރު ކަމަށް ވިދާޅުވި އެވެ.
ދޯނީގައި ދެން ތިބި ތިން މީހުންގެ ހަށިގަނޑުން ވެސް އެކި ވަރަށް ފިހުނެވެ. އެކަމަކު އެއްވެސް މީހެއްގެ ހާލު ސީރިއަސް އެއް ނޫން ކަމަށް ތިނަދޫ ހޮސްޕިޓަލުން ކުރިން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ދޯނީގައި ރޯވީ ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރުމުން ކަމަށެވެ. އޭރު ދޯނި އޮތީ މަހަށް ފުރަން ތައްޔާރުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮގުބަ
01 December 2020
މީ ކޮންތާކު ގަމާރެއް
ސަލީމު އިދުރީސް
01 December 2020
ރާއްޖޭގަ ގޭހުގެ ހިދުމަތް ދެނީ އެއްވެސް ފެންވަރެއްނެތި! ލީކުވާ ފުޅިތައް ވަރައްގިނަ! ބައެއްފަހަރު ފުޅިއާ ރެގުލޭޓަރު ރޯނުގަޑަކުން ބަދޭގެން މައްސަލަ ހައްލުކުރާތި ދެކުނީން! ބާޒާރުން ލިބެންހުންނަ ގިނަ އުދުން ތަކަކީ ސަލާމަތީ ރައްކާތެރި ކަމެއްނެއް އުދުންތަކެއް! އެތެރޭގަ ބޭނުންކުރާ އުނދުން ގޭސް އަންނަ ގޮތައް އެބުރިފަ ހުއްޓަސް އަލިފާން ނެއްނަމަ އުނދުން 10 ސިކުންތާ 20 ސިކުންތުގެ ވަގުކޮޅެއް ތެރޭ އަމިއްޔައް ގޭސް ބަންދުވާން ޖެހޭނެ!
އަލިބޭގެ
01 December 2020
ފިހުން“ ބޭނުން ކުރަނީ ކާއެއްޗަށް ނިސްބަތް ކޮށް. މީހަކު އެނދީ. ގައިން ބައެއް އެނދީ. އޭ ބުނެފި ނަމަ މާރަގަޅުވާނެ ކަމަށް ހީވޭ. މަސްް ފިހެވިފައި. މީހަކު ފިހެވިފައި. މަށަކަށް ކަމަކު ނުދޭ.
އިނބަ
02 December 2020
ފިހެވިގެން ދޯ ހަމަ އަނދާނީވެސް. ގޯހެއްނޫން ހަމަ ބަރާބަރު އިންގޮތް. އަލިބެ އެބަ ޖެހޭ ދިވެހި ބަހުގެ ހަމަތައް ދަސްކުރަން???
ވަކިމިހެއް
08 December 2020
ކާއެއްޗެހިވެސް އަނދާ...