ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ނަޝީދު ބަލަހައްޓަވަނީ. އެމަނިކުފާނު ވިދާޅުވީ ފުލުހުންގެ ބިލުގައި ބަދަލުހިފުމެއް ނެތް ކަަމަށް.
02 ޑިސެމްބަރ 2020 - 15:51
ފުލުހުންގެ ބިލަކީީ އެއްވެސް ފުލުހަކަށް އަމާޒުކޮށް ބަދަލުހިފުމާއި ދެކޮޅު ހެދުން ކަހަލަ ކަމެއް ކުރަން ހުށަހަޅާފައިވާ ބިލެއް ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރައްދު ދެއްވައިފި އެވެ.
މިއަދުގެ ޖަލްސާ ފެށި ވަގުތު ޝަރީފާއި ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު (ދޮންބިލެއް) އަހުމަދު ހަލީމާ ދެމެދު ހިނގި ޒުވާބަކަށް ފަހުު ޝަރީފުގެ ނަން އިއްވައި ތަަޅުމުން ބޭރުކޮށްލި އެވެ. އެއާ އެކު ޓްވިޓާގައި ޝަރީފު ތުހުމަތުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްދު ނަޝީދު، މިއަދުގެ ޖަލްސާއިން އޭނާ ބޭރުކޮށްލެއްވީ ފުލުހުންގެ ބިލަށް ހުށަހަޅާފައިވާ އިސްލާހަކަށް ތާއީދުނުކުރައްވާނެ ކަމަށް ވިދާޅުވުމުން ކަމަށެވެ. އެ އިސްލާހަކީ ފުލުހުންގެ މުއައްސަސާ ސިޔާސީކޮށް، ފުލުހުންގެ ތެރެއިން ބަޔަކު ވަޒީފާއިން ވަކިކުރަން ހުށަހަޅާފައިވާ އިސްލާހެއް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
"އަޅުގަނޑުގެ ނަން އިއްވައި މަޖިލީހުން ބޭރުކުރި ކަމުގައި ވިޔަސް، ބަދަލުހިފުމުގެ ގޮތުން ފުލުހުންގެ މުއައްސަސާ ޕޮލިޓިސައިޒްކޮށް، ކޮމިޝަންޑް އޮފިސާސް، ގާނޫނަށް ގެންނަ ބަދަލަކުން ވަކިކޮށް ބޭނުންވާ ބަޔަކަށް އަލުން ވަޒީފާދިނުމަށް ގެންނަން ހުށަހަޅާ އިސްލާހަށް އަޅުގަނޑު ތާއީދުނުކުރާނަން،" ޓްވީޓްގައި ޝަރީފް ވިދާޅުވި އެވެ.
Alhugandu ge nan ivvaa Majlis in beyru kuri kamah viyas badhalu hifumuge gothun fuluhunge musssassaa politicise koh commissioned officers qanoon genna badhalakun vaki koh beynun vaa bayaku alun vazeefaa dhinumah gennan husha alhaa islaahah alhugandu thaaidhu nukuraanan
— Ibrahim Shareef (@AdduShareef) December 2, 2020
މިއަދުގެ ޖަލްސާގެ ވޯޓުގެ ވަގުތުގައި ނަޝީދު ވިދާޅުވީ މިހާރު ބިލު އޮތް ގޮތް ފުލުހުން ކިޔަން އެދިވަަޑައިގަންނަވާ ކަމަށާއި އެ ބިލަކީ ފުލުހުންގެ މުއްސަސާއަށް މިއިން ޒަމާނަކު ވެސް ނާންނަ ވަރުގެ ކުރިއެރުން އަންނާނެ ބިލެއް ކަމަށެވެ. ބިލު ގާނޫނަކަށް ވުމުން ފުލުހުންނަށް ލިބޭނެ ފައިދާތައް ކަމަށް އެ މަނިކުފާނު ދެކެވަޑައިގަންނަވާ ކަންތައްތަކެއް ވެސް އެއާ އެކު ވިދާޅުވި އެވެ. އޭގެ ތެރޭގައި މަގާމުގެ ކުރިއެރުން ލިބޭނެ ގޮތްތަކާއި ލިބޭނެ އިނާޔަތްތައް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"އެއްވެސް ހާލެެއްގައި މީކީއެއް އެއްވެސް ފުލުސް އޮފިސަރަކަށް ވެސް، ފުލުހުންގެ އާދައިގެ ބޭފުޅަކަށް ވެސް ހާއްސަކޮށް އަމާޒުވެ، ދެކޮޅު ހެދުން، ބަދަލު ހިފުން ޖަދަލުކުރުން، މީގެން އެއްވެސް ނިޔަތެއްގައި އެކުލަވައިލެވިފައިވާ ބިލެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ބިލު ދިރާސާކޮށް ގެނައި ބަދަލުތަކަށްޓަކައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މެމްބަރުންނަށާއި މުގައްރިރަށް އެ މަނިކުފާނު ޝުކުރުއަދާކުރެއްވި އެވެ. ބިލު އެކުލަވައިލުމާއި ދިރާސާކުރުމުގައި ބައިވެރިވި އެކި މުއައްސަސާތަކުގެ ބޭފުޅުންނަށް ވެސް އެ މަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ. ބިލު ފާސްކުރުން ވާނީ ރާއްޖޭގެ ގާނޫނީ ތާރީހުގައި މަޖިލީހުން ފޯރުކޮށްދެވޭެ އެންމެ ބޮޑު ހިދުމަތް ކަމަށް ނަޝީދު ސިފަކުރެއްވި އެވެ.
ފުލުހުންގެ ބިލު މިއަދުގެ ވަގުތެއްގައި މެމްބަރުންނަށް ފޮނުވޭނެކަމަށް އުއްމީދުކުރައްްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.ދިވެހި ފުލުުހުންގެ ހިދުމަތުގެ ބިލަށް ފުލުހުންނާއި ހޯމް މިނިސްޓްރީގެ މަޝްވަރާ މަޖިލީހުން ފުޅާ ދާއިރާއެއްގައި ހޯދި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިކުނޑި
02 December 2020
ކޮންމެ ނިޔަތެއްގައި އިސްލާހު ގެނަޔަސް 2003 ން 2008 އަށް ފުލުހުންނާއި ސިފައިންގެ ވަޒީފާގައި ތިބި މީހުން ނަޝީދަކަށް ހިތް ސާފުވާނެ ކަމަކަށް ނުބެލެވޭ! މައުމޫނުގެ ވެރިކަން ބަދަލު ކުރަން އެ ކުރި ފުރައްސާރަ އެ މީހުން ހިތަކުން ފިލައިގެނެއް ނުދާނެ! މަ ދެކުނިން ކުޑަ ދަރިޔެއް ގޮވައިގެން ޔުނީފޯމުގައި ދިޔަ މީހަކަށް ކުރި ފުރައްސާރަ! ވަކަރުގޭ ކުދީންހެން އެމްޑީޕީ އެކްޓިވިސްޓުން އެނބުރުނީ! ނަޝީދު ތިހާ ޒާތީވާއިރު އެމީހުން ކިހާވަރެއްވާނެ؟!
ލުކުސާނު ބާއީ
02 December 2020
ފާސްކުރާނެގޮތަކަށް ފާސްކުރޭ. އޮންނާނީ ސުޕަމެޖޯރިޓީ ދީފާ.
މަސްވެރިޔާ
02 December 2020
އުހު. ވިދާޅުވާގޮތް އޮންނާނީ ކަމާ އިދިކޮޅަށް. މުޖައްރިބު.
ފަހުދު
02 December 2020
މިއީ ފުލުހުން ސިޓީ ކައުންސިލްގެ ދަށައް ގެންނަން އުޅުނު ހަމަނުޖެހޭ ބައެއް
ފަހުދު
02 December 2020
އެއްގޮތަކައްވެސް
ޝޮކްތެރަޕީ
02 December 2020
އަސްލު ނަޝީދުގެ ބޭނުމަކީ ރާއްޖޭގެ ހަމަޖެހުމާ އަމާންކަން ނަގާލުން.
ގަދަހުސޭން
02 December 2020
އަނެއްކާވެސް މޮޔަގޮވަނީ.
އޮނަރަބްލް އަފީފު ދީދީ
02 December 2020
ފުލުހުންގެ އޮނިގަނޑަށް ބަދަލު ގެނެސް އެންމެ އިސްނަގާމަކީ ޑައިރެކްޓަރ ޖެނެރަލް އޮފް ޕޮލިސް ކަމުގައި ކަޑައަޅުއްވާ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން(މާލެއާއިއެކު)ދާލަށް ސެންޓްރަލް، އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާރން ޑިވިޝަން ހަދާ ކޮންމެ ޑިވިޝަނެއްގެ ވެރިއަކަށް ސަރަޙައްދީ އެޑިޝަނަލް ޑައިރެކްޓަރ އޮފް ޕޮލިސްގެ މަޤާމް ކަޑައަޅުއްވާ ފުލުހުންގެ ހިދުމަތްވެސް ޑިސެންޓްރަލައިޒް ކުރައްވާ. އޭރުން ބަޤާވާތް ކުރުމުގެ ރޫޙުވެސް ކުޑަވާނެ.
ގަރޫޑާ
02 December 2020
ރައީސްގެ އެޑްވައިޒަރަކައް ދާންވީނު، އައްޑޫވީމަތަ އައްޑޫ އޮޔާލާފަ އައިސް މާލޭގަ ތިހުންނަނީ.
ކުރީގެ ފުލުސްމީހާ
02 December 2020
ތިހެން ހަދައިގެން މެނުވީ ރަށްރަށުގައި ފުލުހުންގެ ދައުރު ފުޅާ ނުކުރެވޭނެ. ވައްކަމާއި ޑްރަޤާއި ފެތުރެނީ ރަށްރަށުގައި ބަލަހައްޓާނެ ފުލުހުން ނެތުމާއި އަދި ފުލުހުންގެ ކަންކަން މޮނިޓަރ ކުރަން އިސްވެރިން ނެތުމުން. ތިގޮތަށް ތިކަން ކުރާން މަވެސް ތާއީދު.
ހުސަން ސާލިޙް
02 December 2020
ބަރާބަރު ގޮތެއް. މިހާރު އޮންނަގޮތުން ޕޮލިހުންގެ ވޮރަންޓް އޮފިސަރ ފެންވަރުގެ ކުއްޖަކުވެސް މާލެއިން ބޭރު ރަށަކަށް ފޮނުވާން އުޅެފިނަމަ ނުދާނެ ކަމަށް ބުނެ ބޮޑާ ހާކާ. އަދި އެހެން ރަށަކަށް ފޮނުވިޔަސް ހަފުތާއެއްނުވެ އެބުރި މާލެދޭ. މިކަން ބަދަލު ވާނީ ސަރަހައްދީ ފެންވަރުގައި އޮފިސަރުން ދާއިމީކޮށް ބައިތިއްބައިގެން. ތިގޮތް ހަމަ ރަނގަޅު.
ތައްޔާރުވޭ
02 December 2020
ރާޖެތެރޭ ޕާޓި އުފެއްދުމުގެ މަސަޢްކަތް ވ ހަލުއިކޮށް ކުރިއަށްއެބަދޭ އިރާދަ ކުރެއްވިއްޔާ 2021 ގެ ރިޔާސީ އިންތިހާބަށް ތައްޔާރުވޭތޯ ބަލަނީ ހަމަގައިމުވެސް ދެންއަންނަ އިންތިހާބަކަށް ކެޑިޑޭޓަކު އިރާދަ ކުރެއްވިއްޔާ ވޭނެ.. އެއީ ޓާގެޓަކީވެސް.
ހަސަނު
02 December 2020
ކޮމިޝަންޑް އޮފިސާސް، ގޯހެއް ހަދާނަމަ ވަކިކޮށް އޭގެ ބަދަލުގާ އާ މީހުންނަށް ވަޒީފާ ދޭ ގޮތަށް ގާނޫނު ގާ އޮތް ނަމަ އެއީ ރަނަގަޅު ކަމެއް.. އެއީ ކަން ވާންޖެހޭނެ ގޮތަކީ.. ފުލުހެއްނަމަ ކިތަންމެ ބޮޑު ނުބައި ކަމެއް ކުރިއަސް ނުވަތަ ކޮށްފައި ވިއަސް ވަކި ނުކުރެވޭނެ ގޮތަކަށް ކަންކަން ރޭވިފައި އޮތް ނަމަ އެކަން މައްސަލައަކަށްވާނީ...