އިނގިރޭސި ވިލާތުގައި އުޅޭ ލަންކާ މީހުން، ލަންކާގައި މުސްލިމުންގެ ގަބުރުތައް އަންދާތީ އެކަމާ ދެކޮޅަށް މުޒާހަރާކުރަނީ
16 ޑިސެމްބަރ 2020 - 06:39
ކޮވިޑް-19 ޖެހިގެން ސްރީ ލަންކާގައި މަރުވާ މީހުން އަންދާތީ އޮތް ކަންބޮޑުވުން ހައްލުކުރުމަށް އެ ގައުމުގެ ސަރުކާރުން އެދިގެން ލަންކާ މުސްލިމުންގެ ޖަނާޒާ ރާއްޖޭގައި ބާއްވައިދޭން ހުށަހަޅާފައި ވިޔަސް އެކަން އެގޮތަށް ނުކޮށްދިނުމަށް އެދި އިސްލާމީ 18 ޖަމާއަތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިލްތިމާސްކޮށްފި އެވެ.
އިނގިރޭސި ވިލާތުގައި ހިންގާ ސްރީ ލަންކާގެ އިސްލާމީ 18 ޖަމާއަތަކުން މިގޮތަށް އެދުނީ އިނގިރޭސި ވިލާތުގައި ހުންނަ ރާއްޖޭގެ ސަފީރު ފަރަހަނާޒް ފައިސަލް އަށް ފޮނުވި ސިޓީއެއްގަ އެވެ. އެ ޖަމާއަތްތަކުން ވަނީ ސޯޝަލް މީޑިއާގައި އެ ސިޓީ އާންމުކޮށްފަ އެވެ.
ކޮވިޑްގައި މަރުވާ މީހުންގެ ހަށިގަނޑުތައް، ދީނީ އުސޫލުތަކާ ހިލާފަށް އަދި އާއިލާގެ ވެސް ނުރުހުމުގައި ލަންކާގައި އަންދަމުން ގެންދަނީ ބަލީގެ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމުގެ ނަމުގަ އެވެ. މަރުވެފައިވާ ހަށިގަނޑެއް ވަޅުލުމުން އޭގައި ހުންނަ ވައިރަސް ފެނާ އެކުވެގެންދާނެ ކަމަށް ލަންކާ އިން ބުނި ނަމަވެސް ތަޖުރިބާކާރުން ގެންދަވަނީ ފުރާނަ ނެތް ހަށިގަނޑެއްގައި ވައިރަސްއަށް ދިރި ނޫޅެވޭނެ ކަމަށާއި ވަޅުލުމަކުން ނުރައްކަލެއް ނެތް ކަމަށް ވިދާޅުވަމުންނެވެ.
މަޖުބޫރުން ހަށިތައް އަންދާ މައްސަލާގައި، އިނގިރޭސި ވިލާތުގައި އުޅޭ ލަންކާ މީހުން މުޒާހަރާ ކުރުމަށް ފަހު ދިވެހި ސަފީރަށް އިއްޔެގެ ތާރީހުގައި ފޮނުވި ސިޓީގައި ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ.
ލަންކާގެ މުސްލިމުންނަށް ކުރިމަތިވެފައިވާ މި ހިތްދަތިކަމުގައި އެހީވާން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޝްވަރާކުރައްވާތީ އުފާކޮށް ޝުކުރު އަދާކުރަމުން އެ ސިޓީގައި ވަނީ މަރުވާ މީހުން ރާއްޖެ އަށް ފޮނުވުމަކީ އާންމު ރައްޔިތުންގެ ހާލަތަށް ބަލާއިރު މި ވަގުތު ކުރަން އެކަށީގެންވާ ކަމެއް ނޫން ކަމަށާއި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތައް ވެސް ހިމާޔަތްކޮށްދޭ ނިންމުމެއް ނޫން ކަމަށެވެ.
ސްރީ ލަންކާގެ މުސްލިމުންނަކީ، ދެ ހާސް އަހަރުގެ ތާރީހެއް އޮތް މި ގައުމުގެ އަސްލު ރަށްވެހިންގެ ތެރޭގައި ހިމެނޭ ބައެއް ކަމަށް ވިޔަސް، މުސްލިމުންނަކީ ލަންކާގައި އުޅޭ ބިދޭސީންގެ ބައެއް ކަމަށް ގަބޫލުކުރާ ހަރުކަށި ފިކުރަށް ދެވޭ ހިތްވަރަކަށް މިކަން ވާނެ
ލަންކާގެ އާދަކާދަ އާއި ސަގާފަތަށް ބަލާއިރު މީހަކު މަރުވުމަށް ފަހު، އެ މީހެއްގެ މަހާނަ ދޮށަށް އާއިލާ އިން ޒިޔާރަތްކުރުން ފަދަ ކަންތައް އޮންނަ ކަމަށާއި އެކަމަކު މައްޔިތުން ގައުމުން ބޭރަށް ގެންގޮސް ވަޅުލައިފި ނަމަ އެފަދަ ކަންކަން ކުރުމުގެ ފުރުސަތު ނިކަމެތިވެފައިވާ އާއިލާތަކަށް ނުލިބޭނެ ކަމަށް ވެސް ސިޓީގައިވެ އެވެ.
"މީގެ އިތުރުން، ސްރީ ލަންކާގެ މުސްލިމުންނަކީ، ދެ ހާސް އަހަރުގެ ތާރީހެއް އޮތް މި ގައުމުގެ އަސްލު ރަށްވެހިންގެ ތެރޭގައި ހިމެނޭ ބައެއް ކަމަށް ވިޔަސް، މުސްލިމުންނަކީ ލަންކާގައި އުޅޭ ބިދޭސީންގެ ބައެއް ކަމަށް ގަބޫލުކުރާ ހަރުކަށި ފިކުރަށް ދެވޭ ހިތްވަރަކަށް މިކަން ވާނެ އެވެ." މަރުވާ މުސްލިމުން ގައުމުން ބޭރުކުރުމުގައި ފޮރުވިފައިވާ އެޖެންޑާއެއް އޮތް ކަމަށް ތުހުމަތުކޮށް ބުނެފައިވެ އެވެ.
މުސްލިމުން ވަޅު ނުލައި އަންދާ މައްސަލަ ސުލްހަވެރިކަމާ އެކު ހައްލުކުރުމަށް ލަންކާގެ މުސްލިމުން މަސައްކަތްކުރަމުން އަންނަ ކަމަށާއި އެކަމަކު މިކަމުގައި އެއްވެސް އަލިމަގެއް އަދި ނެތްކަން ވެސް ޖަމާއަތްތަކުން ފާހަގަކޮށްފައިވެ އެވެ.
"މިކަމުގައި ލަންކާ ސަރުކާރުން އެދޭ ގޮތަށް، ކޮވިޑްގައި މަރުވާ މުސްލިމުންގެ ހަށިތައް އެހެން ގައުމަކަށް ފޮނުވަން ނިންމައިފި ނަމަ އެއީ ލަންކާގައި މުސްލިމުން ދެމި ތިބުމަށް ކުރަމުން އަންނަ މަސައްކަތަށް އެޅޭ ހުރަހަކަށް ވާނެ އެވެ." ލަންކާ ސަރުކާރުން އެދޭ ގޮތަށް ކަންތައް ކުރުން ނުރައްކާކަން ފާހަގަކޮށް ބުނެފައިވެ އެވެ.
ލަންކާ ސަރުކާރުން އުޅެނީ މުސްލިމުންނާ ދެކޮޅަށް ހިންގާ ސިޔާސީ އަދި އިޖުތިމާއީ އެޖެންޑާއެއް ފުރިހަމަކުރަން ކަމަށާއި މިކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިސްނާވަޑައިގެން ލަންކާ މުސްލިމުންގެ ކަންބޮޑުވުންތައް ވީ އެންމެން އަވަހަކަށް ހިއްސާކޮށްދެއްވުން ސިޓީގައިވަނީ އެދިފަ އެވެ.
ކޮވިޑްގައި މަރުވާ ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލުމުގެ އިންތިޒާމް ހަމަޖައްސައިދޭން އެދުމާ އެކު އެކަން އަވަސްކުރުމަށް ރާއްޖޭގެ ބައެއް އިލްމުވެރިންނާއި އާންމުން ގޮވާލަމުން ދިޔަ ނަމަވެސް މިއީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށް ބުނާ މީހުން ވެސް ގިނަ އެވެ. މިކަމުގައި ރާއްޖޭގައި ވެސް ހިޔާލު ތަފާތުވުން އުފެދި، ލަންކާ ސަރުކާރުގެ ހުށަހެޅުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ. އަނެއްކޮޅުން، ލަންކާ އިން މިހާރު ވަނީ ހަށިތައް އެންދުމުގެ އުސޫލާ މެދު އަލުން ވިސްނަން ކަމަށް ބުނެ އެންދުން މެދުކަނޑާލައިފަ އެވެ. އަދި ލަންކާ ސަރުކާރުގެ މި އަމަލުތައް ވަނީ ދުނިޔޭގެ ސަމާލުކަމަށް ވެސް އައިސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒީރޯ ފޮޑި
18 December 2020
މިކަމުން ވެސް ޝޭހުން މުއްސަނދި ވެއްޖެ ޓުވީޓަކަށް މިލިޔަނަކުން
ކީކޭ
17 December 2020
ތިޔަހެން ބުނަނީ ލަންކާގަ އުޅޭ ސެކިއުލަރ މުސްލިމުން. ދީނަށް ލޯބި ކުރާ މުސްލިމުން ބޭނުމެއް ނޫން އަނދާލާކަށް! ރާއްޖޭގައި ވަޅުލުމުގެ ފުރުސަތު ނުލިބިއްޖާ، ދެން އެންމެ ގާތީ އަންދާލުން! ކާކު ބޭނުންވާނީ މުސްލިމް އަހެއް އަންދާލަން!
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
16 December 2020
ތިޔަހެން އުޅެނިކޮށް ލަންކާ މީހުން ތިޔަ ޒިޔާރަތްތަކށް ނަަދުރުބުނެ އަންނަން ފަށައިފިއްޔާއޯ. އހެންނޫނީ ކޮވިޑް ދިޔައިމާ ތިޔަ ގަބުރުތަށް ަބުރާ ލަންކާއަށް ފޮނުވަން އަންގައި ފިއްޔާއޯ. ނުފޮނުވިއްޔާ ބަދަލް ހޯދަން ކޯޓަށް ގޮއްސިްޔާ އޯ.
ައަފުރާސިޔާބު
16 December 2020
ތިޔަކަމެއް ތިޔަ އެދޭގޮތަށް ހިނގުމަކީ ނާދިރުކަމެއް. ސަބަބަކީ މިގައުމު ސުންނާފަތި ކުރުމުގެ ވިސްނުމެއްގެ ބަޔަކު އިސް ބަސް ކިޔަން ތިބޭތީ.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
16 December 2020
ރައްޔިތުން ގެ މުސްލިމް މުޖުތަމައަ ނާންދާށޭ ގޮވަ ގޮވަ އޮށްވާނޫންތޯ އަންދަނީ. ދެން މާ ބޮޑެތި ބަލިތަކުގައި ލަންކާގައި ނިޔާވާ މުސްލިމުން ލަންކާގައި ވަޅުލާއިރު ހާލަތަކީ މުސްލިމް ގަބުރު އަންދާ ހާލަތަށްވާއިރު ނޭގެ ތިޔަ ގޮވާ ގޮވެއްޔެއް.
ވިސްނާލުމަށް އެދެމޭ
16 December 2020
އާދަނު މާގިނަދުވަހު އަރުވާލާފަހުރީ މަ އާދަނަށް ނޭގެނީ ދިވެހިރާއްޖެއިން ދިވެހިންގެ ގަބުރެ ލަންކާއަށް ނުގެންދާކަށް...ކަނޑު މަތީގަ މަރުވިޔަސް މުސްލި މުން ކަންކުރާގޮތް އާދަނަށްނޭގޭތަ..ދީނީކާޑު އެކޮޅުކޮޅުން ޖެހިފަތިއޮތީ..
އިލްޔާސް އާއި ޒާހިރަށް
16 December 2020
ލަންކާގެ މުސްލިމުންގެ ނުރުހުމުގައި، ލަންކާގެ މުސްލިމް މައްޔިތުން ރާއްޖެެގެނެސް ހާމަދުރުންގެ އެދުމާއި އެއްގޮތަށް ވަޅުލުމުން ލިބޭނީ ސަވާބުތޯއެވެ؟ ނުވަތަ ޢަޒާބުތޯއެވެ! ނ
ކީކޭ
17 December 2020
ލަންކާގެ ކޮން މުސްލިމެއްތަ ބޭނުން ނުވެގެން އުޅެނީ؟ އެތާނގަ އުޅޭ ސެކިއުލަރ މުސްލިމުންގެ ވާހަކަތަ ތިޔަ ބުނަނީ؟
އޮނަރަބަލް ބޮޑު މުހަންމަދު
16 December 2020
މީގައި ކޮންމެހެން ލަންކާ މުސްލިމުންގެ ރައުޔު ހޯދާކަށް ނުޖެހޭ. ދިވެހި އިލްމުވެރިން އެވިދާޅުވަނީ މިއީ ވަރަށް ސަވާބު ލިބޭނެ ކަމެކޭ. އެހިސާބުން އެނިމުނީ. ސަވާބު ލިބޭނެ. ހުޅުމާލެ ފޭސް 2 ގައި ހަދަންވީ ބޮޑު ގަބުރުސްތާނެއް.
ޖަޒީރާމަނިކު
16 December 2020
މިސަރުކާރުން މިހާރު މިބަލަނީ މިސަރުކާރުގެ ބޮޑުޝޭޚު ސޭކުއިލްޔާސްގެ ބަހަކަށް. އޭނާ އަދި މިކަމާބެހޭގޮތުން އެއްޗެއް ނުބުނޭ.
ކިޔާލަބަލަ
16 December 2020
އެއޮތީނު ޓްވީޓްކޮށްފަ.
އާކުރު
16 December 2020
ދީނީކަންކަމަށް ފަތުވާނެރެ ހުކުމްތައްނެރެވޭނީ "ޝެއިޚް" މިލަޤަބަށްވުރެ މަތިން އަދި އިތުރު ލަޤަބެއްވެސް ލިބިފައި ތިއްބެވި ދީނުގެ ޢިލްމުވެރިންނަށް މިސާލަކަށް ފަޞީލަތުއްޝެއިޚް. އައްޝައިޚް އަލް އުސްތާޛު. މިފެންވަރު ހުރެގެން: އައްޝެއިޚްއަކީ ހަމައެކަނި އަރަބިބަހުން ލިޔެފައި ހުންނަ އެއްޗެއް ކިޔާލަން އެނގުނީމާ ލިބޭ ލަޤަބުގެ މިންވަރު: މަތިހަށިނަގާފައި ފުއްޕާފައިމިތިބޭ ޝޭޚުންނަކަށް ހަމަބުއްދި ބޭނުންކޮށްގެން ކަމެއްގެޙުކުމް ނެރޭކަށް ނޭންގޭ. އެއީރޯނު އެދުރުން.
އަބްދުއްالله
16 December 2020
"މީގެ އިތުރުން، ސްރީ ލަންކާގެ މުސްލިމުންނަކީ، ދެ ހާސް އަހަރުގެ ތާރީހެއް އޮތް މި ގައުމުގެ އަސްލު ރަށްވެހިންގެ ތެރޭގައި ހިމެނޭ ބައެއް ކަމަށް ވިޔަސް". އިސްލާން ދީނަށް ވުރެން 600 އަހަރު ކުރިން އިސްލާމުން އުޅޭތަ؟ ކޮސް ނުގޮވާ.
ބޯހަލާކު
17 December 2020
އިސްލާމް ދީނަކީ އިންސާނުން ދުނިޔޭގައި އުޅެން ފެށި އިރުއްސުރެ އޮތް ދީން. އާދަމް އަލައިހިއްސަލާމް އިން ފެށިގެން. އެހެންވީމަ 2000 އަހަރުގެ އިސްލާމީ ތާރީހެއް އޮތުމަކީ ވެދާނެ ވުން ގާތް ކަމެއް. ކަލޯ ތިޔަ ކިޔަނީ ހިޖުރީ ތާރީހް. 2000 އޭ 600 ކަ އޭ ތިޔަ ކިޔަނީ އެހެންވެ. މި ވަރުގެ އިސްލާމުން އުޅެންޔާ ޤައުމު ވިއްކާ ޝޭހުންނަށް ކިހާ ފަސޭހައިން މި ޤައުމުގަ އުޅެވޭނެ.