ސިނަމާލެ ބްރިޖުމަތީގައި ބަހަކާއި ސައިކަލެއް އެކްސިޑެންޓުވެފައި: މިރޭ ވެސް ވަނީ މި ފަދަ ދެ އެކްސިޑެންޓެއް ހިނގާފައި
29 ޑިސެމްބަރ 2020 - 21:49
ސިނަމާލެ ބްރިޖް މަތީގައި މިރޭ އެއްވަގުތެއްގައި، ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ބުނިގޮތުގައި މިރޭ 8:30 ހާއިރު، މާލެއިން ހުޅުމާލެ އަށް ދާން އޮންނަ ދެ ލޭން ހައިވޭގައި އެމްބިއުލާންސަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓްވި އިރު، އެ ސަރަހައްދާ 200 ފޫޓު ދުރުގައި، ތިން ކާރާއި ޕިކަޕެއް ޖެހި ވަނީ އެކްސިޑެންޓް ވެފަ އެވެ.
އެމްބިއުލާންސާއި ޕިކަޕް އެކްސިޑެންޓްވީ، ފުލުހުން ބުނިގޮތުގައި، ބާރަށް ދުއްވާފައި ދިޔަ އެމްބިއުލާންސް ޕިކަޕްގެ ފަހަތުގައި ޖެހިގެންނެވެ. އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް ދެ އުޅަނދަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.
ދެ ވަނަ އެކްސިޑެންޓް ހިނގީ، އެއްކޮޅަށް ދުއްވާފައި ދިޔަ ތިން ކާރާއި ޕިކަޕެއް ޖެހިގެންނެވެ. އެ އުޅަނދުތަކަށް ވެސް ގެއްލުންވި އިރު، މީހަކަށް އަނިޔާއެއް ނުވެ އެވެ.
"އެ ހުރިހާ އުޅަނދެއް ވެސް ދުއްވީ، އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހުންނެވެ." ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.
މި އެކްސިޑެންޓްތައް ފުލުހުން މިހާރު ތަހުގީގު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުވާލު
30 December 2020
ހަލިމަގުގަ ބާރަށް ދުއްވާ މީހުންނަށްވުރެ މަޑުން ދުއްވާ މީހުންގެ ނުރައްކާ މާބޮޑު.
ވަހީދު
30 December 2020
އެއްބަޔަކު ދުއްވަނީ 70 ނޫނީ 80 ކިލޯ މީޓަރުގައި، އަނެއް ބަޔަކު ދުއްވަނީ 40 ނޫނީ 50 ކިލޯ މީޓަރުގައި. ދެން ޖެހުނީމަ ޖެހުނީ. ކަންކަން ހަމައަކަށް އަޅުވާނެ ބަޔަކު ނެތްފަދަ.
ވަހީދު
30 December 2020
އެމްބިއުލާސްގެ އަޑު އިވި ލައިޓް ފެންނަން ހުއްޓާވެސް ދުއްވާ އެއްޗެހި މަގަށް ނުކުމޭ. ކުރިން އުޅުނު ގޮތަކަށް ނޫން މީހުން އުޅެން ދިމާ މިކުރަނީ، އެހާ ކޯޕަރޭޓިވް އެއްނޫން.
އެންބުއުލެންސް
30 December 2020
އެންބުއުލެންސް ސައިރަންނާޅަ ހަމައެކަނި ބީކަންޖައްސައިގެން ބާރުސްޕީޑެއްގައި ދުއްވަނީ ކީއްވެތޯ ވަރަށް ސުވާލުއުފެދޭ. ފަހަތުން އެސްޕީޑްގައި އަންނައިރު ވާނުވާވެސް ނޭންގޭ. ބައެއްފަހަރު މޭގަނޑު އަނގަޔަށްވެސްއާދޭ. މީގެ ހަގީގަތެއް އިނގޭ ސޮރަކުހުރީޔާ، މީކިހިނެއްވާކަމެއްކަން ހިއްސާކޮށްލުން އެދެން.
ހުސެެން
30 December 2020
އަޅުގަޑު ވެސް ރޭގަ އެހެން ދިޔަ އިރު ކާރެއް އޮތް މަޑޫކޮއްގެން ސައިޑް ލައިޓް ވަރަ ފަޑުކޮއް ދިއްލެނީ ހަމަ އޭގެ އަނެއް ފަޅީ ލޭން ގަ އޮތް ދެ ސައިކް މަޑު ކޮއްގެން ސައިޑް ލައިޓެއް ނެއް ޖައްސާފަކާ އެއް. ކިރިޔާ ހަމަ ނޭރީ
ޙަބީބު
30 December 2020
ހާދަމޮޅެތި ފިލޯސަފަރުންނޭ ކޮމަންޓު ކޮއްފަ މިހުންނަނީ ރޯނުއެދުރުވިޔަސް ބޮޑުވަރުތީ ފުރަތަމަ ތިމާ އިސްލާހުވެފަ ކޮމަންޓު ލިޔެބަލަ ތިޔައީ ދިވެހިން އަދި ކޮމަންޓެއް ކުރަން އެނގުނީމަ ޒިންމާ އަދާ ކުރެވުނީކީނޫން ތިޔާގެން ކިތަން މީހުންތޯ ރޭގަ ފަތިސް ނަމާދު ޖަމާއަތުގަ ކޮއްލީ މީދުނިޔެ އިސްލާހު ކުރަން ނިކުންނަ މީހަކާ ކޮއްލަންބޭނުންވާ ފުރަތަމަސުވާލު މިކަން ނުކުރާ ނަމަ ދެން ދައްކާނެ ވާހަކައެއްނެތް
ޅަބޭ
30 December 2020
ތިޔައްވެސް ތަރައްގީ ކިޔާއުޅޭ. އަދިވެސް ނަންވާނީ ރާއްޖޭތެރޭ މީހުން، އައްޑޫ ލިންކުރޯޑު، ލާމު ލިންކު ރޯޑު.
2222
30 December 2020
މާލެ މާލެއަކަށް ވަނީ ރާއްޖެތެރޭ މީހުން ހިމަނައިގެން.
އަހުމަދުބޭ
30 December 2020
އެއްބަޔަކަށް ބުރިޖް މަގު ސިފަވަނީ މާލޭގެ މަގެއްގެ ސިފާގައި އަނެއްބަޔަކަށް ބުރިޖް މަގުސިފަވަނީ ހައިވޭއެއްހެން،
ލޮލްތަ
30 December 2020
ހައިވޭ ބްރިޖަށް ވީ ގޮތެއް ނޭނގޭ. ހައިވޭގަ އެކްސިރެންޓް ވިޔަސް ބްރިޖް ނަންވަނީ!
ފޫހި
30 December 2020
އަސުލު ވެސް ވަރަށް ނުރައްކާތެރިކޮށް ބައެއްމީހުން ދުއްވަނީ. މިފަހަރު ސައިކަލެއްގައި ނުޖެހުމުން މީހަކަށް ކަމެއްނުވީ. ބައެއް ސައިކަލު ދުއްވާ މީހުންނާއި ފާޑުފާޑުގެ އަމިއްލަ ކާޜުތަކުގައި އުޅޭ މީހުންނަށް ހީވާކަހަލަ ތިމަންނާ ނޫންމީހެއް މި ދުނިޔޭގައި ނޫޅެއޭ. ފަހަތުން އަންނަ އަޑުއިވުމުން ވެސް ބިރުން ގޮސް ހަލާކުވާވަރުވޭ. ދެން އަނެއްމައްސަލައަކީ ކެތްތެރިކަން ނެތުމާއި އަނެކާއަށް ޖާގަދޭ ވިސްނުންނެތި މީޓިންބާއްވައިގެން ސައިކަލްތަކުގައި ދުއްވުން. އެހާމަގުހަނި