ޑްރަގް މައްސަލަ ހައްލުކުރަން ބައިވެރިވުން ހޯއްދަވަން ޖެންޑާ މިނިސްޓަރު އައިޝަތު ދީދީ އިދާރާތަކުގެ ވެރިންނާ މަޝްވަރާކުރައްވަނީ.
14 ޖެނުއަރީ 2021 - 21:07
މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށް ބާރު އެޅުއްވުމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ދައުލަތުގެ އިދާރާތަކަށާއި ކުންފުނިތަކަށް ޒިޔާރަތް ކުރައްވަން މިއަދު ފަށްޓަވައިފި އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ދައުލަތުގެ އޮފީސްތަކާއި ކުންފުނިތަކަށް މިނިސްޓަރު ޒިޔާރަތް ކުރައްވަން ފެއްޓެވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ކުރާ މަސައްކަތުގައި އެ ތަންތަނުގެ ވެރިންނަށް މުހިއްމު ދައުރެއް އަދާކުރެއްވޭނެ ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށެވެ.
މިިނިސްޓަރު އާއިޝާ އެ ތަންތަނަށް ޒިޔާރަތް ކުރެއްވުމުގެ ބޭނުމަކީ މުވައްޒަފުން ހޭލުންތެރި ކުރުމަށް، ހާއްސަކޮށް ސީނިއާ މެނޭޖްމަންޓުތަކަށް ބާރު އެޅުން ކަމަށް ވެސްް ބުންޏެވެ.
ޑްރަގް މައްސަލަ ހައްލުކުރަން ބައިވެރިވުން ހޯއްދަވަން ޖެންޑާ މިނިސްޓަރު އައިޝަތު ދީދީ އިދާރާތަކުގެ ވެރިންނާ މަޝްވަރާކުރައްވަނީ.
ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ޒިރާޔަތް ކުރައްވަން ފެއްޓެވުމުގެ ގޮތުން އާއިޝާ މިއަދު ވަޑައިގަތީ މޯލްޑިވްސް ކަސްޓަމްސް ސާވިސް، އެލައިޑް އިންޝުއަރެންސް، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް އަދި މޯލްޑިވްސް އިސްލާމިކް ބޭންކަށެވެ. އެ ތަންތަނުގެ އިސް ބޭފުޅުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި އެހީތެރިވެދެވޭނެ ގޮތްތަކާ ބެހޭގޮތުންނެވެ.
މިނިސްޓަރުގެ އިތުރުން ނެޝަނަލް ޑްރަގް އެޖެންސީގެ އިސް ބޭފުޅުން ވެސް ގެންދަވަނީ ސަރުކާރުގެ އިދާރާތަކަށް ޒިޔާރަތް ކުރައްވައި މަޝްވަރާތައް ކުރައްވަމުންނެވެ. އެގޮތުން މި މަހުގެ ތެރޭގައި 15 ތަނަކަށް ޒިޔާރަތް ކުރަން ހަމަޖެހިފައި ވެ އެވެ. އޭގެ ތެރެއިން ބައެއް ތަންތަނަށް މިނިސްޓަރު ވެސް ވަޑައިގަންނަވާނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޯސް
15 January 2021
އެންމެ ކުޑަމިނުން މަސްތުވާތަމެތީގެ ވިޔަފާރިކިރާމީހުންނަށް ކުރާ ހުކުމް ތަންފީޒުކޮށްބަލަ. މިވަރުވެސް ނުވޭ. ގެ އާޖެހިގެން މަސްތުވާތަކެތި ވިއްކަން އުޅޭ މީހާގެ އުނދަގޫ ބޮޑުވެގެންހުއްޓާ އޭނާ ބަންދުކުރިހަބަރު ލިބުމުން ވަރަށް އުފާވޭ. ޢަދި އުމުރުދުވަހުގެ ޖަލުހުކުމްއިއްވި ވާހަކަ އަޑުއިވުމުން ދެން ހިތަށް ފިނިކަންލިބި ހަމަޖެހިލާތާ ހައެއްކަމަސްނުވެ ހުއްޓާ އޭނާ ހުންނަނީ ކޮންމެވެސް ފުރުސަތެއްގެތެރޭން ދޫވެގެން އެނބުރިއައިސް. މިއީ ކޮންބަޔަކަށް ރަނގަޅަކަށް ކުރާކަމެއް. ސަރުކާރުން މިކަން ހުއްޓވަން ބޭނުންނުވާކަމުގެ އަލިގަދަ ހެކި. ޥަރަށްސަލާމް
ދެކުނުތަރި
14 January 2021
މަސްތުވާތަކެތި ލިބޭމަގުތައް ބަންދުކުރަން އެއްބާރުލުން ހޯދަން ދުވާނަމަ މާރަނގަޅުވީސް. ތިކިޔާ އެއްޗެއް ބޯންވެގެން މައިމީހާގެ ކަރުގައޮންނަ ފައްވެސް ވަގައްނަގައިގެން ވިއްކާލާ. މިޤައުމަށް ފަޓާސްގަނޑެއްވެސް އެތެރެނުކުރެވޭއިރު މަސްތުވާތަކެތި އެތެރެކުރަނީ ބޮޑުން.
ފޫހި
14 January 2021
މާގޮތް ނުދައްކާ އެތެރެކުރާމީހުންނަށް މަރުގެ އަދަބުދީބަލަ.
މައިސ
14 January 2021
މަސްތިވާ ތަކެއްޗާ ވައްކަން ހޭލުންތެރި ކޮށްގެން ހުއްޓުވޭ ވަރަށްވުރެ މާ ފުޅާކޮށް ފާޅުކަން ބޮޑުކޮށް ހިންގަމުން އަންނަ ކަންތައްތައް. ޢެކަންކަން ހުއްތުވޭނީ އެއީ ކުށެއްކަން ސަރުކާރުން ގަބޫލުކޮށް އެކަން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅު އަޅައިގެން. ތިކަންތައް ހުއްޓުވުމުގެ ޒިބްމާ ރައްޔިތުން ހަވާލުކޮށްފަ ހުރީ ރައީސުލްޖުމުހޫރީއްޔާ އާ. ވީ ރައީސް ކާރިއަޢް ވަޑައިގެން އެވާހަކަ ނަންގަނޭ. ކެބިނެޓާ މިނިސްޓްރީ ތައްވެސް ކުންފުނި ތައްވެސް އޮތީ އެބޭފުޅާގެ ދަށުގައި.
ހަސަދު
14 January 2021
ބައްލަވާ ތިޔަކަމެއް ނުވާނެ. ގުޅުން ހުންނަނީ ވެރިންނާ. ވީމާ ވަޒީރުވެސް ރަނގަޅު ވާނީ ވަޒީރު ކަން ދޫކޮށްލާ އިލްމީ މަސައްކަތެއް ކުރައްވަން އުޅުއްވިއްޔާ.
ނަސީރުބެ
14 January 2021
ތި ދޭބަލަ ތަނަކަށް ވާ ކަހަލަ ތަންތަނަށް. ފެނަކަ ނެގީމަ ގިނަ އިންޖީނުގެތަށް ނެގުނީ، އެލްޖީއޭ ނެގީމަ ކައުންސިލްތަށް ނެގުނީ، ޑިޖޭއޭ ނެގީމަ ކޯޓްތަށް ނެގުނީ، އެޑިޔުކޭޝަން ނެގީމަ ސްކޫލްތަށް ނެގުނީ،
ޢަބްދޫ
14 January 2021
މަސްތުވާތަކެތި ބޭނުންކުރާމީހުން މަދުވެ އިތުރުކުރަންތޯ؟ބަލަގަ ނުބައިކަންކަމަށް ހޭލުންތެރި ކުރުމެއް ނޯވޭ.ޙޭލުންތެރި ކުރެވޭނީ ރަނގަޅު ކަންކަމަށް.ނުބައިކަމެއްގެ ވާހަކަ ގިނައިންދެކެވޭނަމަ އެކަމެއް މުޖްތަމައުގަ އިތުރުވާނެ.ޢެހެންވެ މިއޮންންނީ ނުބައިކަމެއް ކޮށްފަ އެވާހަކަ އެހެން މީހުންގެ ކައިރީދައްކާމީހާގެ ފާފަ ނުފުއްސެވުނާއެކު ދެގުނަ އަޒާބު ދެއަވާނެ ކަމުގެ ވަހީ ކީރިތި ގުރްއާނުގަ.
ޙީސަމސާ އިބޫ
14 January 2021
ނާގާބިލް މިނިސްޓަރެއް މައުމޫން އިރުގައި ރައީސް އޮފީހުން އަތުގައި ހިފައިން ހިންގީމާ ކިރިޔާ ކަމެއް ކުރެވުނީ މިބޭފުޅާ ވިސްނާނީ ނޭފަތު ކުރިޔާއި ހަމަޔަށް އެއްވުރެން ދުރައްވިސްނާކަށް ނޭންގޭ!
ބަބުރަންޖީ ހާޖީ
14 January 2021
ދެން މިވާގޮތުން ހީވަނީ ދެން އޮފީސްތަކުން ވަޒީފާވެސް ލިބޭނީ އުމުރުގެ ކޮންމެސްހިސާބެއްގާ މިބާވަތެއްގެ އެއްޗެއް ބޭނުންކުރީމާހެން.