އެސްބީ މާޓު ފަޅާލައި ވައްކަން ކުރަން އުޅުނު ތިން މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްގެން ގެންދަނީ--
24 ޖެނުއަރީ 2021 - 12:14
މާލޭގެ ބުރުޒު މަގުގައި ހުރި ފިހާރައެއް ފަޅާލައި ވައްކަންކުރަން ވަދެ ތިއްބާ ރޭ ފަތިހު ބަޔަކު އަތުލައިގެންފި އެވެ.
ގަލޮޅުން ޑރ. ޑީޑީ ޑެންޓަލް ކްލިނިކް ކައިރީގައި ހުންނަ އެސްބީ މާޓަށް ރޭ ފަތިހު 4:30 ހާއިރު ވަދެ ތިއްބާ ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ފިހާރަ އިން ވާހަކަ ދެއްކި މީހަކު ބުނީ އެ ތަން ފަޅައިލީ ދަގަނޑުގަނޑެއް ބޭނުންކޮށްގެން، ދޮރު ހަލާކުކޮށްލައިގެން ކަމަށެވެ.
ވަގުން އަތުލައިގަތީ ފިހާރައިގެ ވަތްގަނޑުގައި ހުރި ފައިސާ އާއި ކެމެރާ ސިސްޓަމް ވަގަށް ގެންދަން އުޅެނިކޮށް ކަމަށް ފިހާރައިން ވާހަކަ ދެއްކި މީހާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ވަތްގަނޑުގައި ހުންނާނީ ދެ ހާހެއްހާ ރުފިޔާ އެވެ.
"ފައިސާ އާއި ކެމެރާ ސިސްޓަމްގެ ބައިތައް އެ މީހުންގެ ޖީބަށް ޖަހާފައި ހުއްޓާ ފުލުހުންނަށް ފެނުނީ،" އޭނާ ބުންޏެވެ.
ވަގުން ފިލައިގެން ދިއުމުގެ ކުރިން އަތުލައިގަނެވުނީ ބަޔަކަށް ފެނިގެން ފުލުހުންނަށް ރިޕޯޓު ކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭ ފުލުހުން އެތަނަށް ދިއުމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައިބުރޭ
26 January 2021
ދާދި ފަހުން ފިހާރައަކުން ވައްކަން ކުރި މީހެއްގެ ފުޓޭޖް ޕޮލިހައް ހަވާލުކުރެވިތާ 24 ގަޑިއިރު ނުވަނީސް އެހެން ފިހާރައަކުން ވައްކަންކޮއްގެން ހައްޔަރުކުރެވުނު. ޕޮލިހުންގެ މެދުގައިވެސް މަގުބޫލްކަން ހޯދައިފަވާ މިމީހާ 90 އެތައް ފަހަރަކު މިކަމުގައި ހައްޔަރުވެފައިވޭ. މިނމީހާ ކުރާ ވައްކަމުން ހޯދާފައިވާ ރުފިޔާއާއި މީހުންގެ އަގުބޮޑު މުދާ އަނބުރާ ވެރިފަރާއި ތަކަށް ނުލިބެއެވެ. އެކަމު މި މީހާ ހާ މިނިވަންމީހަކުވެސް ނެތްނޫތޯއެވެ.
އިބްރާހިމްބެ
24 January 2021
ހުރިހާ އެންމެންވެސް ޑީވީއާރު/އެންވީއާރު ފެންނަ ގޮތަށް/ފަސޭހައިން ގެންދެވޭގޮތަށް ނުބެހެއްޓުން އެއީ ވަރަށް މުހިއްމު ކަމެއް. އާންމުކޮށް އަޅުގަނޑުމެންނަށް މިފެންނަނީ ޑީވީއާރު/އެންވީއާރު ހާމައަށް ފެންނަން ހުއްޓައި.
ދޫނުކުރޭ
24 January 2021
ޕިންކީ ނުވަތަ ރީނދޫ ޕާޓީއަށް އަވަހަށް ސޮއިކޮށްލާ،،، އޭރަށް ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް ދޫކޮށްލާނެ..
މޯސް
24 January 2021
ހިނަގާށޭ ހިނގާށޭ އަތް ކަނޑަން
ޓްރަންޕްބެ
24 January 2021
މިމީހުންގެ ޝަރީއަތް ލައިވް ކުރާނެ ނަމަ. ސާބިތު ނުވާ ސަބަބު ވެސް އެބަ ޖެހޭ ބަލަން
އޯކޭ
24 January 2021
ނޯ ޕުރުބްލަމް މި ރިލީސް ކޮއްލަނީ
ޢަލީއ
24 January 2021
ކޯޓު އަމުރެއްނެތި ވަނީމަ އިޖުރާއަތް ފުރިހަމައެއްނުވޭ.
ފައްަރ
24 January 2021
ކޯޓުން ކިހިނެތް ހަދާނެބާ
ޅަބޭ
24 January 2021
ހެއްކެއް ނެތް. ދޫކޮއްލާ
ފުލުސް
24 January 2021
ފުލުހުން އެކަށީގެންވާ ހެކި ނުދައްކާނެ. ކޯޓުގައި ތިބި ބަޔަކަށް ކަޓު ދޭންޖެހޭ ހިސާބަށް ވެސް ތިކަން ދާނެހެން ހިއެއް ނުވޭ.
ފޮނިޓައްޕު ހަސަނު
24 January 2021
އަވަހަށް ދޫކޮށްލާ އެއިރުން އެމީހުންނަށް މާދަން ރޭ އަނެއް ވައްކަން ކޮށްލެވޭނީ. ތިމީހުންގެ ވައްކަމުގެ މައްސަލަ ފުނިވަރެއް އޮންނާނެ ފުލުސް އޮފީހާއި ޕީޖީއޮފީހުގައި ކީއްކުރާނީ ގާނޫނު ނުހިންގޭތީ ވައްކަން ކޮންޓުރޯލް ނުވެގެން މިއުޅެނީ.