ޔާމީން: އިތުރު މައްސަލައެއްގައި އަނެއްކާވެސް އެމަނިކުފާނު ފުލުހަށް ހާޒިރު ކުރަން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
31 ޖެނުއަރީ 2021 - 20:14
ކުރީގެ ރަައީސް އަބްދުﷲ ޔާމީން އިތުރު މައްސަލައެއްގައި އަންނަ އަންގާރަ ދުވަހު ފުލުހަށް ހާޒިރުކުރަން ނިންމައިފި އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން އަންނަ އަންގާރަ ދުވަހު މެންދުރު ފުލުހަށް ހާޒިރުކުރަނީ އެ މަނިކުފާނަށް ތުހުމަތުކުރާ އިތުރު މައްސަލައަކާ ގުޅިގެންނެވެ. ޔާމީންގެ ވަކީލުންގެ ޓީމުން އެކަން ކަށަވަރުކޮށްދެ އެވެ. އެކަމަކު އެއީ ކޮން މައްސަލައެއްގައި ކަމެއް އަދި ސާފެއް ނުވެ އެވެ.
ޔާމީން އަނެއްކާވެސް ފުލުހަށް ހާޒިރުކުރާއިރު އިތުރު ދެ ދައުވާއެއް ވެސް ދައުލަތުން އުފުލައި، ޝަރީއަތް މިހާރު ދަނީ ކުރިއަށެވެ. އެއީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރާ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތުގެ ދައުވާ އެކެވެ.
ޔާމީން ފަސް އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ދާދިފަހުން ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިކުނޑި
01 February 2021
ޔާމީނަކަސް ކާސިމަކަސް ކުށެއް ކޮށްފިއްޔާ އަދަބު ދެވެންޖެހޭނެ! އެކަމަކު މި ވެރިކަމުގެ ކަންކަން، ވަކީން ޚާއްސަކޮށް ޝަރުޢީ ދާއިރާގެ ކަންކަން މިދަނީ އުންމީދުކުރި ގޮތަކަށްނޫން!
އެލެކްސްމޯހޮދު
01 February 2021
އެލެކްސް ކުރީދުވަހު އަދީބުގެއަށް ތިދިޔައީ ތިކަމުގައި! މުޅީއޮޑީގައި އެލެކްސްގެ ދެފައި!
އައްޗެބާ
01 February 2021
ކެޔޮ ކޭޥަރު އެނގޭނީ ބިތު ފަންގި ނެގީމަ އެވެ އެކަން ހިންގަން އެބަ ޖެހެއެވެ ރާއްޖޭގެ އަލްޗަބޯއެވެ
ފިނރުޓޭ
01 February 2021
މި ފުށްގިރި ރަށަކީ މޯލްޑިވްސް ދޯނި ސާވިސަސް އަލީ މޫސާ އަށް ދޭން ނިންމާފަ އޮތް ރަށެއް! އެއީ، އޭނާ ކާމިޔާބު ކުރި ފެރީގެ ޚިދްމަތް ދިނުމުގެ ޕްރޮޖެކްޓްގެ ދަށުން ލިބެން ޖެހޭ ރަށަކަށް ވާތީވެ! އިންވެސްޓަރުން އައިސް ހަމަ ހުރިހާ ކަމެއް ނިމިފަ އޮއްވާ، އަނދީބު މެދުވެރިގެން ވަކި ބަޔަކަށް ރަށް ދޭންވެގެން އަލީ މޫސާ އަތުން ރަށް ވަކި ކުރީ! ރަށް ވަކި ކޮށްލާފަ ތި މަނީ ލޯންޑަރިންގ ގެ މުއާމަލާތް ހިންގާލި ކަމަށް ބެެލެވެނީ!
އުމަރުބެ
01 February 2021
ތި ކަލޭގެ މުދާތައް ސަރުކާރައް ނެގުން އަވަސްކުރޭ އެއީ ރައްޔިތުންގެ މާލއްޔާ ގެ މުދާ
ޔާނު
01 February 2021
މަޖިލިސް ޗުއްޓީއަށް ފޮނުވާލާފަ ޔޫ.ކޭ އަށް ގޮސް ފައިޒާ ވެކްސިން ދެ ފުޅި ހިފައިގެން އައިސް ވެކްސިން ޖަހާތަން ފޮޓޯނަގަން ތައްޔާރުވާވާހަކަ އަޑުއެހިން. ތަންކޮޅެއް ބޮޑުވަރު ދެއްތޯ ތީ.
އަރުތަ
01 February 2021
އެއީކީ އަދި ބޮޑުވަރެއް ނޫން، ބާރަފުޅި ގެނެސްގެން ޖެހިއަސް އެއީ އެއްވެސް މައްސަލައެއް ނޫން، އެކަމަކު ރައްޔިތުންގެ ތިޖޫރި ފެންފޮދަކާނުލާ ދިރުވާލީމަ އެއީ ބޮޑުވަރު ދެއްތޮ.
އާރީ
01 February 2021
އަދުރޭގެ ގާނޫނީ ޓީމް މާ ވަރުގަދަ
ޢިހްސާސް
01 February 2021
ޔާމީނު އެކަނިމާ އެކަނިތަ ތިހުރިހާ ކަމެއް ކުރީ. ކޮބާ ދެންތިބި މީހުން.
ފޮނިޓައްޕު ހަސަނު
01 February 2021
ބަލަގަ އޭނަ އޭ މުގުލުގައި ހުރީ، އޭނައޭ އެކުދިން ލައްވައް ނިވާފަށްގަޑުގައި ހުރެ އެހުރީހައި ކަމެއް ހިންގީ.
އަރުތަ
01 February 2021
މާނައަކީ ޖަރީމާ ހިންގިއޭ، ދައުލަތުގެ ފައިސާގަ ޖެހުނޭ، ސަރުކާރުގެ ބޭތުލްމާލަށް ޚިޔާނާތްތެރިވިއޭ އެކަމަކު ޔާމީނު އެކަންޏެއް ނޫނޭ، އެހެންވެސް ބައިވަރު މީހުން ގުޅިގެނޭ، އެމީހުންކޮބާހޭ ދެއްތޮ.
އަސްލު
31 January 2021
މިހާރު ހުސް ޔާމީނަށް ފަހަރަކު މައްސަލައެއް އެބަކުރިމަތިކުރިމަތިވޭ.
އަލީ
31 January 2021
ވޮށުއަލިވާ ހިސާބައްވެސް ނެއްލަން ވާވަރުގެ މީހެއްނޫންތީކީ.