ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވެކްސިން ޖައްސަވަނީ. ވެކްސިން ދިނުން އަވަސްކުރަން އެމަނިކުފާނު މިއަދު ގޮވައިލެއްވި-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު
02 ފެބުރުއަރީ 2021 - 10:17
ސިއްހީ އިދާރާތަކުން އިތުރު އިޖުރާތްތަކެއް ހެދުމަށް ވުރެ ބޮޑަށް، އަވަސް ކުރަން ވީ ކޮވިޑް-19ގެ ވެކްސިން ޖެހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑްގެ ކޭސްތައް އިތުރުވެ، 200 އިން މައްޗަށް ދިއުމުން މިއަދު ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ އަނެއްކާ ވެސް ސްކޫލްތައް ބަންދުކޮށް، ބޯޑަރުތައް ބަންދުކުރުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ކުރަންވީ ކަމަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި އަވަހަށް ވެކްސިން ޖަހައިގެން ކޮވިޑް ކޮންޓްރޯލްކުރުމެވެ.
"މިއީ އެޗްޕީއޭ އާއި މިނިސްޓްރީ އޮފް ހެލްތުން އިތުރު އިޖުރާއަތް އުފައްދަންވީ ވަގުތެއް ނޫން. ބުއްދި ބަހައްޓަވާ،" ނަޝީދު ވިދާޅުވި އެވެ.
Anekka school thah bandhukoh, boader bandhu kurumakee enme buhdhiveri gotheh noon. Avahah vaccine jahaa covid control kurun varah beynuntheri. Mi ee HPA aai MoH ithuru ijuraath ufahdhaanvee vagutheh noon. Buhdhi bahattava
— Mohamed Nasheed (@MohamedNasheed) February 2, 2021
ކޮވިޑްގެ ވެކްސިން ޖެހުން އަވަސްކުރަން ނަޝީދު ގޮވައިލެއްވި އިރު، ރާއްޖޭގައި އެ ބަލީގެ ވެކްސިން ޖަހަން ފެށީ އިއްޔެ އެވެ. އެ ވެކްސިން ޖެހުމަށް އިއްޔެ ފެށި ފުރަތަމަ ބުރުގައި ދައުލަތުގެ އެއް ބާރުގެ ވެރިއެއްގެ ހައިސިއްޔަތުން އެމަނިކުފާނު އިއްޔެ ވެކްސިން ޖެއްސެވި އެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް އިއްޔެ ދިނީ އެޗްޕީއޭއިން ބުނިގޮތުގައި 282 މީހުންނަށެެވެ.
ރާއްްޖޭގައި ވެކްސިން ދޭން ފެށީ އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" ވެކްސިންގެ އެއް ލައްކަ ޑޯޒް އިންޑިއާއިން ރާއްޖެ އަށް ހަދިޔާކުރުމުންނެވެ.
ރާއްޖޭގައި އެންމެ ހަލުވިކޮށް ކޮވިޑް ފެތުރުނީ މިދިޔަ އޮގަސްޓްމަހު އެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު އަލަށް ފެންނަ ކޭސްތަކުގެ އަދަދު ދަށްވަމުން އައިސް 100 އިން ދަށުގައި ހިފެހެއްޓިފައި ހުންނަތާ ގިނަދުވަސްތަކެއް ފަހުން މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން ރޭ ވަނީ އެ އަދަދު 200 އިން މައްޗަށް ގޮސްފަ އެވެ. އެޗްޕީއޭއިން ރޭ އާއްމުކުރި ހިސާބުތައް ދައްކާ ގޮތުގައި އާދީއްތަދުވަހުގެ ހަވީރު 6:00 އިން ފެށިގެން އިއްޔެ ހަވީރު 6:00 އާ ދެމެދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 215 އެވެ.
އޭގެ ތެރެއިން 159 މީހުންނަކީ މާލެ ސަރަހައްދުގައި ތިބި މީހުންނެވެ. ރިސޯޓްތަކުގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ރަށްތަކުގައި ތިބި 27 މީހަކާއި ރިސޯޓްތަކުގައި ތިބި 20 މީހުން ވެސް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެ އެވެ. މީހުން އުޅޭ ރަށްތަކުން އެ ބައްޔަށް ޕޮޒިޓިވްވީ އަށް މީހުންނެވެ.
ރާއްޖޭން ކޮވިޑް ޖެހުުނު މީހުންގެ އަދަދަކީ މިހާރު 16،056 އެވެ. އެ ބަލީގައި މަރުވި މީހުންގެ އަދަދަކީ 52 އެވެ. ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1,814 އެވެ. އަދި އެބައްޔަށް ފަރުވާކުރަން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދަކީ 184 އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
02 February 2021
އެމްޑީީޕީ މިގައުމުން ފުހެވިގެން ނުދާހާދުވަހަކު ބުއްދި ޖެހޭނީ ރައްޔިތުމީހާ ފަލަރޯނުން ބޮލުގަ ބަންނާށެވެ. ވެކްސިން ޖެހިޔަސް ނުޖެހިޔަސް މަޙްޝަރުގެ މައިޒާނުގަ އެކަނި ހުރެ ޖަވާބުދާރީ ނުކުރުވާނެ އެކަކުވެސް މިފަސްގަނޑުން ވަޅުލެވިގެން ނުދާނެއެވެ.
ދިއްދޫމީހާ
02 February 2021
އަހުން ރަށު މީހުން މިކަހަލަ ވާހަކަ ދައްކާ މީހުންނަ ކިޔަނީ ދަންނަ މުގިރި މުންތާޒް،،
ހަސަނު
02 February 2021
ރަނގަޅު ވާހަކައެއް.. ސިފައިން ނެރެގެން ވެސް ހުރި ވެކްސިންކޮޅު ޖަހާ ހުސްކޮށްލަންފެނޭ އަވަހަށް..
ކޮލަމާފުށި
02 February 2021
ރަނގަޅު ވާހަކައެއް..ވެކްސިން ދިނުން އަވަސްކުރަންވީ.
އެހެންޏާ
02 February 2021
މިގައުމުގެ އަސްލު ރައީސް އެބުނީ ސްކޫލްތައް ބަންދުނުކުރެވޭނެއޭ. ދެން ބަންދެއްނުކުރެވޭނެ. އެބޭފުޅާއަށް ވެކްސިންޖެހިއްޖެ. ދެން އަމުދުން ބައްޔާމެދު އަޅާލުން ކުޑަވުމުގެ ބަސްތައް ބޭރުކުރާލެއް މާ ގިނަވާނެ.
އިން
02 February 2021
ވެކްސިންޖަހާ ނިމެންދެން އޮންލައިންކޮށް ކިޔަވަދިނުމުގެ ގާބިލްކަން މިސަރުކާރުގަ ނެތް. ބަލިޖެހި ރަގަޅުވެފައިވާ ގައުމުގެ އާބާދީން ހާރޑްއިމިއުނިޓީ ލިބިފައިއޮތުމަކީ އެޗްޕީއޭއަށް ލިބޭނެ ހުތުރެއް. އެކަމާބެހޭ ގޮތުން ފަހުން ހެދި ސްޓަޑީގެ ނަތީޖާއެއް ނުނެރޭ. އެންމެ ފުރަތަމަ ހެދި އެންޓިބޮޑީ ޓެސްޓްތަކުން އެނގޭ އެތައް ބަޔަކަށް ބަލިޖެހި ރަގަޅުވެފައި ތިބިކަން. ނޭނގި ބަލިޖެހި ރަގަޅުވެފައި ތިބިތޯ ނުބަލާ ވެކްސިނުން ހާރޑް އިމިއުނިޓީ ގެންނަކަން ދައްކުވަން އުޅޭފަދަ.
ހުންގާނު
02 February 2021
މި އޮތް ކުޑަކުޑަ ގައުމު މެނޭޖްނުކުރެވިގެން އުޅޭތަން މިފެންނަނީ. ދެ ރައީސުންނަށް ވެކްސިން ދީފީ. ދެން އެންމެނަށް ނިކަން ދީ އަވަހަށް މިކަމަކަމަކުން ސަލާމަތްވާ ފުރަތަމަ ގައުމަކަށް މިގައުމު ހަދަންވީނު.
ފުންއަސަރު
02 February 2021
ރައްޔިތުންނަށް ތަކުލީފުތަކެއް ނުޖައްސާ ވީހާ އަވަހަކަށް ވެކްސިން ދިނުމީ އެދޭއެދުން. ވެކްސިން ޖަހަންދާމީހާއަތަށް އެއްސޮފުހާގެ މަޒުމޫނެއް ލިޔަންދިނީމާ އެއީކީ ވާވަރުގެ ކަމަކަށް ނުވާނެ. ލުއި ފަސޭހަވުމާ ގިނަވަގުތު ކިއުގާ ނުޖެހި އެކަން ނިންމާފާ ގެޔަށް އާދެވޭވަރުވީމާ އެކަންކުރަންދާމީހުން ގިނަވާނެ. އަދި ކުރާހިތުން ކުރާނެ.
ބޮކިފުރާޅު އައްޔަ
02 February 2021
އިޖުރާތޭކިޔާން މީފަހެ ކާކު؟
ގުމްރީ ބަނބޫ
02 February 2021
ހުސްއަނގަތަޅާންދޭ އިންޑިޔާއާ. މިތާ މޮޅުވާހަކަދައްކާންހަދާނެކަމެއްނެތް.