ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލިހަށް މިއަދު ރިޔާސީ ބަޔާން އިއްވަވަނީ.---ފޮޓޯ: މަޖިލިސް
04 ފެބުރުއަރީ 2021 - 09:40
މާލެ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ، ބޯހިޔާވަހިކަމަށް ހައްލު ހޯދަން މަދުވެގެން 5،000 ފްލެޓު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވުމުގެ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި، ރައީސް މިއަދު ވެސް ތަކުރާރު ކުރެއްވީ މާލެ އާއި ރަށްރަށުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް އަވަސް ހައްލެއް ހޯދައިދޭން ޚާއްސަ ސަމާލުކަމެއް ދީގެން ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ވާހަކަ އެވެ. ޅ. ނައިފަރާއި ބ. ތުޅާދު އާއި ތ. ތިމަރަފުށީގައި ހައުސިން ޔުނިޓުތަކުގެ މަސައްކަތް ކުރިއަށް ދާއިރު މ. ކޮޅުފުށީގައި މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަަމަށް ވެސް ވިދާޅުވި އެވެ.
އެއިން ކޮންމެ ރަށެއްގައި އަޅަން ނިންމާފައި ވަނީ 100 ހައުސިން ޔުނިޓެވެ.
ރައީސް ވިދާޅުވީ މާލެއަށް އަމާޒުކޮށް ރޭވި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ދިމާވި ސަބަބުތަކާ ހެދި މަޑުޖެހުނީ ކަމަށެވެ.
"އެ މަޝްރޫއުތަކުގެ މަސައްކަތް މިހާރު ކުރިއަށް އެބަ ދޭ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އޭގެ ތެރެއިން 1،000 ފްލެޓުގެ މަސައްކަތް މިހާރު ވެސް ފަށައިފި އެވެ. އަދި ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖުގެ 2،000 ފްލެޓް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި މި ހަފުތާގައި ސޮއިކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މި ފްލެޓްތަކުގެ މަސައްކަތް ފަށަން ނިންމާފައި އޮތީ މެއި މަހު އެވެ.
"މި ހައުސިން ޔުނިޓްތަކަކީ ކުރިން ތަރައްގީކޮށްފައިވާ ގިންތީގެ ހައުސިން ޔުނިޓްތަކާ އަޅާބަލާއިރު ސައިޒުގެ ގޮތުން ވެސް ތަނަވަސް އަދި ނިސްބަތުން ވެސް އަގު ހެޔޮ ޔުނިޓްތަކަކަށް ވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިތުރު 2،000 ފްލެޓާ އެކު މި އަހަރު ނިމުމުގެ ކުރިން 5،000 ފްލެޓު އިމާރާތް ކުރަން ފަށާނެ އެވެ.
"އޭގެ އިތުރުން މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އިތުރު މަޝްރޫއެއް ފެށުމަށް މި އަންނަނީ ޕްލޭންކުރަމުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވައުދަކީ ފަސް އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ ފްލެޓްތަކާ އެކު ބޯހިޔާވަހިކަމަށް ބޮޑު ހައްލެއް ހޯދައި ދެއްވުމެވެ،
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗަކޮއި
04 February 2021
ޜާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަށް ފަޅުކޮށް ރައްތިތުން ކުލީ އަޅުންނަށް ހެދުމަށް ހިންގާ މަކަރުވެރި ނުބާ ސިޔާސަތު. ދިވެހި ރައްތިތުންގެ މުސްތަޤުބަލު އަނދަވަޅަކަށް ވެއްޓި އައިލާތަށް ބައިބައިވެ. ޢިޖުތިމާއި ބަލިމަޑުކަމެއްގެ ތެރޭގައި ހަފުސް ވެގެންދާފަދަ ސިޔާސަތެއް. ދިވެހިން ދިވެހިގައުމުގައި ރެފިއުޖީންނަށް ބަދަލުވެ ކުލީ އަޅުންނަށް ހެދުން. ދިވެހި ރައްޔިތުންގެ ގޯތިގެދޮރުގެ ހައްޤުވެސް ނިގުޅައިގަންނަން ޖަހަމުންދާ ނުބާ މަޅިފަތި މި ފުލެޓް ނިޒާމު ސިޔާސަތަކީ
ފަހުދު
04 February 2021
ރައީސް ޔާމީން މާލެއާއި ހުޅުމާލެއާއި ދޭތެރޭ ބްރިޖް އަޅަންނެގީ 2 އަހަރު. މޑޕ ސަރުކާރުން ޕާކު ތެރޭގައި 20 ފޫޓުގެ ބޮޑު ބްރިޖެއް އަޅަންނެގީ އެންމެ 2 އަހަރާއި ބައި. މިއީ ވަރައް ވާހަކަ
ފަޅުވެރިޔާ
04 February 2021
ރައިސް ޔާމިން ކުރިކަންތައް ފެންނަން ހުރީ. އަދި
އަލްޖަބްރާ
05 February 2021
ނުވާނެ ތިހެނެއް. 2019 ގަ އެޅި 20000 ފްލެޓާއި 2020 ގަ އެޅި 10000 ފްލެޓް އެހެރީ ދުނިޔޭން ބޭރުގަ ފެންނަން. މިއަހަރު 5000 ފްލެޓް އަޅަން އެއުޅެނީ. ތަރައްގީ ފެނި ހަޖަމު ނުވެގެންތަ ތިއުޅެނީ؟
އަހުމަދުބޭ
04 February 2021
ގަނޑުގަ ލިޔެވިދާނެ ކޮންމެފަދަ އެއްޗެކޭވެސް، އެކަމަކު ތިޔައިން އެއްވެސް ކަމެއް ނުކުރެވޭނެ، ހެޔޮނުވާނެ މިމާލެ ސަރަހައްދަށް މީހުން ޖަމާކުރުމުގެ ބަދަލްގައި ރާއްޖެ 10 ސަރަހައްދަކަށް ބަހައިލައި މާލެގެ އުތުރުން 5 ރަށް ދެކުނަށް 5 ރަށަށް ރާއްޖޭގެ ހުރިހައި އެންމެން ގެނެސްގެން ނޫންގޮތަކަށް އަޅުގަނޑުމެން މިދެކެން ބޭނުންވާ ތަރައްގީއެއް ނުގެނެވޭނެ، ކިހިނެތްތޯ ކޮންމެ ރަށަކަށް ހޮސްޕިޓަލެއް ކޮލެޖެއް ލެބެއް ބަނދަރެއް ހަދައިނީ ދަތުރުފަތުރު ކުރާނީ
ނަޝީދު
04 February 2021
މިހާރު ނޫހުގެ ކުދިން މި ތާރީޚާއި ކޮމެންޓް ފޮރުވާފަ ބާއްވާ، ވަރަށް ސާބިތު ކަމާއިއެކު މި ބުނަނީ މި އަހަރު ތެރޭ 5000 ފްލެޓް އަޅާކަށް ނުފެށޭނެ، ބްރިޖް އަޅާކަށް ނުފެށޭނެ، ފޭސް 2 ގައި ނިމެން ކައިރިވެފަހުރި ފްލެޓް ތަކުގެ މަސައްކަތް ނިންމާ މީހުން ވައްދާކަށް ނުފެށޭނެ، ދެން ދައުރު ނިމެންވާއިރަށް ރައްޔިތުން ގޮތެއް ނިންމާނީ،،
ޖޫބެ
04 February 2021
ރަށްރަށުގަ މާލެ މީހުން ގޮސްލަން އަތްފޯރާ ފަށުގަ ގެސްޓް ހައުސް ލިބޭނެތަ؟ ތިއިން ފްލެޓެއް ލިބެނީ ކޮން ބަޔަކަށް ކަން އެނގޭ
ރާއްޖެތޭރޭ ޓެކްސް
04 February 2021
ރަށްރަށުގައާ ހުޅުމާލެއާ މާލޭގަ ހިންގާ ގެސްޓހައުސްއަކީ ވިޔަފާރި އުސޫލުން ހިންގާ ތަންތަން. އެއީ އަސާސީ ޚިދުމަތެއްނޫން. ސަރުކާރުން އެއަޅަނީ ރައްޔިތުންގެ ބޯހިޔާވަހި. ސޯޝަލް ހައުސިންގ ގެނަމުގައި. ކޮންމެ ތަނެއްގައި އެފްލެޓްތަށް އެޅިއަސް ގެދޮރުނެތް މީހުންނަށް ހަމަހަމަކަމާއެކު އެސްކީމަށް ފުރުސަތު އޮންނަންވާނެ. މާލެއަށް އުފަންމީހާއަށްވެސް ރާއްޖެތެރެއަށް އުފަން މީހާއަށްވެސް.
މަރީޔަ
04 February 2021
ކުރިން ވައުދުވި ވިހިހާސް ފްލެޓާ ތިރިސްހާސް ފްލެޓް ކޮން އިސްތައްޓަކައްލާފަ މިފަހަރު ފަސްހާން ތިޔަނެރުނީ މަބުރޫކު ލިޔެފަދިނީމަ ބުރާންތިވެގެން ކިޔާނަގަނީ
ފޭކު ރައިސް
04 February 2021
ކޯޗެކޭ ކިޔާ ރައިސްސެއްތަ މީ
ޝޮކްތެެރަޕީ
04 February 2021
މިދިޔަ އަހަރުވެސް ތިހެން ބުނި މިހަރުވެސް ތިހެން ތިބުނަނީ.
ރާއްޖެރައްޔިތު
04 February 2021
ރަށްރަށް ތަރައްޤީނުކޮށް، ގޯތިނުދީ މާލޭގެ ރަށްވެހިންނަށް މާލެ ސަރަހައްދުން ބިން/ފްލެޓް ހާއްސަކުރުން އިންސާފެއް ނޫން
މާލޭ މީހާ..
04 February 2021
ކަލޭމެން ރާއްޖެ ތެ ރޭ މީހުންނަށް ހު ރިހާ މޮޅޭޢް. މާލޭ މީހާ އަށް ހަމަ ދޭން ޖެހޭނެ...