ޓޫރިސްޓަކު ރާއްޖޭގެ ރިސޯޓެއްގައި: ޓޫރިޒަމް މި އަހަރު ފުޅާކޮށް، ގިނަ ވަޒީފާތަކެއް އުފެދޭނެ ކަމަށް ރައީސް ވިދާޅުވި.
04 ފެބުރުއަރީ 2021 - 12:04
ޓޫރިޒަމް ދާއިރާއިން މި އަހަރު އެކަނި 9،000 ވަޒީފާ އުފެދޭނެ ކަމަށް ލަފާކުރެވޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އަލަށް 18 ރިސޯޓް ހުޅުވައި 5،062 އެނދު މާކެޓަށް ނެރެވޭނެ ކަމަށެވެ. މިއީ އަލަށް އުފެދޭނެ ގިނަ އަދަދެއްގެ ވަޒީފާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ކޮވިޑް-19އާ އެކު ޓޫރިޒަމް ވެސް ހީނަރުވެފައި އޮތުމަށް ފަހު މި އަހަރަކީ އެ ދާއިރާ ކޮޅަށް ޖަހަން ގިނަ މަސައްކަތްތައް ރާވާފައިވާ އަހަރެކެވެ. އެއްކަމަކަށް އޮތީ މީހުން ބިނާކުރުން ކަަމަށް ވިދާޅުވި އެވެ.
އެކި ދާއިރާތަކުން އަހަރަކު މަދުވެގެން 1200 ޒުވާނުން ތަމްރީންކުރަން ނިންމާފައިވާ އިރު އޭގެތެރޭގައި ޓޫރިޒަމް ދާއިރާ ހިމެނޭނެ ކަަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޓޫރިޒަމް އަލުން ދިރުވާއިރު އޭގެ ފައިދާ ރާއްޖޭގެ އެންމެ އުތުރާއި ދެކުނަށް ވެސް ލިބޭނެ ގޮތް ހަމަޖެއްސުމަކީ އަމާޒެއް ކަަމަށެވެ. އެ އަމާޒަށް ވާސިލްވާން ރަށު ޓޫރިޒަމް ފުޅާކޮށް، ޓޫރިސްޓު ހޮޓަލާއި ގެސްޓް ހައުސް ހެދުމަށް ރަށްރަށުން ބިން ދޫކުރަން އޮތީ ނިންމައިފަ އެވެ.
ރިސޯޓްތަކުގެ ވަކިވަކި ވިލާތަކާއި ކޮޓަރިތައް ދިގު މުއްދަތަކަށް އެހެން ފަރާތަކަށް ކުއްޔަށް ދެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ. މިއީ، ޓޫރިޒަމްގެ ފުޅާކުރަން ކުރާ މުހިއްމު ކަމެއް ކަން ފާހަގަކުރެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Hasn Ahmed
04 February 2021
ދިވެހިންނަށްތަ؟
ހަމަހަމައެއް ނޫން
04 February 2021
ވަޒީފާދޭއިރު ދިވެހީންނަށް މިދެނީ 2000 ނޫނީ 3000 ވަޒީފާ. ބާކީ ބައި ބިދޭސީންނަށް. ބިދޭސީންނަށް ކެއުމުގެ އެލެވެންސްއާއި ހުންނަ ތަނުގެ އެލެވެންސްއާއި ހެލްތް އެލެވެންސް ދީފައި ދިވެހީންނަށް އެކައްޗެއްވެސް ނުދޭ. ބިދޭސީންނަށް ދޭ އެލެވެންސް މަދުކުރަންވީ. އެމީހުން ރާއްޖޭގައި އުޅެންޏާ އުޅެންވީ އަމިއްލަ ހަރަދުގައި. ނޫނީ ރާއްޖެ އަންނާނެ ކަމެއް ނެތް. ޒުވާނުން ޑްރަގުގައި ޖެހުމުގެ ކުރީން ރިސޯޓް ވަޒީފާވެސް ދޭންވީ.
އޯނޯ
04 February 2021
އުފައްދަނީތަ ނޫނީ އޮޅިގެން ނުވަތަ ނޭންގިހުއްޓާ އުފެދެނީތޯ؟
އެސްކޮބާރ
04 February 2021
ޓޫރިޒަމުން އެކަނި 9000 ވަޒީފާ އުފެދޭ ވާހަކަ ރައީސް ވިދާޅުވިއިރު އޭގެ ބައިކުޅަބައެއް ވެސް ދިވެހިންނަށް ނުލިބޭނެކަން އެއީ ކަށަވަރުކަމެއް. އެހެން ނޫނަސް ޓޫރިޒަމަށް އެކަނި ބަރޯސާވެގެން އޮއްވާ ކޮވިޑުގެ ސަބަބުން ރާއްޖެއަށް މިލިބުނު ގެއްލުންތަކުން އިބްރަތެއް ހާސިލުކޮށް ޓޫރިޒަމް ނޫން އެހެން ސިނާއަތްތައް ފުޅާކުރަން ޖެހޭ. އަދިވެސް ސަރުކާރުގެ އިސްވެރިންނަށް ވިސްނެނީ ހަމައެކަނި ރިސޯޓު ހުޅުވަން. ޓޫރިޒަމުން ގިނަ ދިވެހިންނަށް ވަޒީފާ ލިބުމަކީވެސް ބިރުވެރިކަމެއް
އޮނަރަބްލް އަފީފު ދީދީ
04 February 2021
ކިތަންމެ ގިނަ ރިސޯޓް ހުޅުވާ އެތަންތަނުގައި ކިތަންމެ ގިނަ ވަޒީފާ އުފެދުނު ކަމުގައިވިޔަސް އެ ވަޒީފާތަކަކީ ދިވެހިންނަށް ހުޅުވޭ ފުރުސަތު ތަކެއްނޫން. # މީގެ 50 ހަކަށް އަހަރު ކުރިން ހަދާފައިވާ ޓްއަރިޒަމް ޤަވާއިދުތަށް ޒަމާނާއި އެއްގޮތަށް ބަދަލުކޮށް ރިސޯޓް ތަކުގައި ބިދޭސިން ގެންގުޅެންގުޅެން އޮތް ރޭޝިއޯގެ ބަދަލުގައި ރިސޯޓް މުވައްޒަފުންގެ ވޭޖަރސްގެ %80 ދޭންޖެހޭނީ ދިވެހި މުވައްޒަފުންނަށް ކަމުގައި ޤަވާއިދުގައި ކަޑައަޅުއްވާ ގެޒަޓްކޮށްގެން ތިވާހަކަ ދައްކަވާ.
ހށނ
04 February 2021
ކުރަން ރޭވިކަންތަކާއި،ކުރެވެމުންދާ ކަންތަކާއި، ކުރެވުނުކަންތައް، ތަފްސީލާއި ތާރީހުތަކާއިއެކީ، އަބަދު އެންމެނައް ފެންނަ ގޮތައް ހަދާ.
އޮނަރަބްލް އަފީފު ދީދީ
04 February 2021
ބިދޭސިންނަށް ވާކްވީސާ ދޫކުރުމުގެ އުސޫލަށް އަދި ޓްއަރިޒަމް ސެކްޓަރގެ ޖީއެސްޓީއާއި، ޓީޖީއެސްޓީގެ އިތުރުން ޕެންޝަން ސްކީމް އާއި މުވައްޒަފުންގެ މުސާރައާއި އެންމެހާ އެލަވަންސްސްތައް (ސޭވިސް ޗާޖެސް ހިމަނައި) ފަދަ ކަންކަން ހަރުދަނާކޮށް ޓެކްސް ނިޒާމްގައިވެސް ގެންގުޅޭ މުވައްޒަފުންގެ ސާފު މައުލޫމާތު އިގޭގޮތަށް ރިކޯޑް ބެލެހެއްޓުން ލާޒިމްކޮށް ވަޒީފާގެ ބާޒާރުގައި ދިވެހިންނަށް ފުރުސަތު ބޮޑުކުރާންޖެހޭ. މިފަދަ ބަދަލު ތަކަކުން ނޫނީ ތިކަން ޙާސިލް ނުކުރެވޭނެ.
އަރުވާލި ބާގިރުގެ ސިޔާސީ ކޮސް
04 February 2021
ތިކަމުގެ އުފާ އޮތީ ބަނގުލަދޭޝީންނާ، ފިލިޕީނުންނާ، ނޭޕާލީންނަށް.
ދިވެހި ރާއްޖެ
04 February 2021
އަދި ލަންކާ މީހުންނާ އިންޑިޔާ މީހުންނަށްވެސް.
ދިވެއްސެއް545
04 February 2021
ދިވެހިންނައްތަ؟ ނޫނީ ބޭރުމީހުންނައްތަ؟ އަހަރުމެންގެ ބިންތައްބޭނުންކޮށްގެން ރެފިއުޖީންގެ ހާލުގައި ގިނަ ރައްޔިތުން އުޅެނީ.. ދެންވެސް ޅޮސްއުދޯޔައްނާރުވާ ކަންކަން ކޮއްބަލަ!
ޕުރެސިޑެންޓްއޮފްދިބެކްޔާރޑް
04 February 2021
އަވައްޓެރި ގައުމުތަކުގެ މިހުންނަށް ވަރަށް އުފާވެރި ހަބަރެއް މާޝާﷲ