ޚަބަރު / މުހުތާޒް މުހުސިން

އުމަރު ހެއްދެވީ އިތުރުފުޅެއް، ދައުވާތަކާ ގުޅޭ ވާހަކައެއް ނުދައްކަވާ: މުހުތާޒު

މުހްތާޒަށް 17 އަހަރުގެ ޖަލު ހުކުމް އިއްވުމަށް ފަހު ކޯޓުން ނެރެނީ: އޭނާގެ ޝަރީއަތް ކުރިއަށް ގެންދިޔައީ އިންސާފުން ބޭރުން ކަމަށް އެމްޑީޕީން ތުހުމަތުކުރޭ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ދެ ޑިފެންސް މިނިސްޓަރުން ކަމަށްވާ މުހައްމަދު ނާޒިމާއި ތޮލްހަތު އިބްރާހިމް ކަލޭފާނުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާތައް ގޯސް ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނަށް ދެންނެވި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވިޔަސް އެއީ ދޮގު ވާހަކައެއް ކަމަށް މުހްތާޒް ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަން ސާބިތުވެ 17 އަހަރަށް ޖަލަށް ލާފައިވާ މުހްތާޒް ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ދައުވާތަކާ ގުޅޭގޮތުން އޭނާ އަށް ނިސްބަތްވާ ގޮތަށް އުމަރު ދެއްކެވީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. މުހުތާޒު ވިދާޅުވި ގޮތުގައި އުމަރުގެ ބޭނުމަކީ ސިޔާސީ މަންފާ ހޯއްދެވުމެވެ.

އުމަރު ވިދާޅުވެފައި ވަނީ މިނިސްޓަރަކަށް ހުންނެވި އިރު ޕީޖީ އަށް ލަފާ ދިނުމުގެ ހައިސިއްޔަތެއް ނެތް ކަން އެނގިވަޑައިގެން ހުންނަވައި ވެސް، ސިޔާސީ ބޭފުޅުން ކުރެއްވި ކުށާއި އެ ބޭފުޅުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ނުގުޅޭ ވާހަކަ އޭރުގެ ޕްރޮސެކިއުޓަ ޖެނެރަލަށް ދެންނެވި ކަމަށެވެ. ފޯނުން އެ ގޮތަށް ވިދާޅުވުމަށް ފަހު، ލިޔުމުން ނޯޓެއްގެ ސިފައިގައި ވެސް އެންގެވި ކަމަށް އުމަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު ކަމުގައި ހުންނެވި އިރު އުމަރު (މ) ހޯރަފުށީގެ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމަށް އެރަށަށް ވަޑައިގެން ފުލުހުންގެ އިސް ބައެއް ބޭފުޅުންނާ އެކު. --ފޮޓޯ:ޕޮލިސް

މި ވާހަކަތަކަށް ރައްދު ދެއްވަމުން މުހްތާޒު ވިދާޅުވީ ނަޝީދާއި ނާޒިމް އަދި ސިޔާސީ އެހެން ފަރާތްތަކަށް ދައުވާކުރީ، އެ ބޭފުޅުން ކުށްތަކަށް އަރައިގަނެފައިވާ ކަމަށް، އޭރު އުމަރު ނަސީރުގެ ބާރުގެ ދަށުގައިވާ ފުލުހުންގެ މުއައްސަސާގެ ތަހުގީގަށް ފާހަގަކުރެވިގެން ކަމަށެވެ. މިއިން، އެއްވެސް ދައުވާއަކާ ގުޅިގެން ފޯނުންނާއި އަނގަބަހުން އަދި ލިއުމުން ވެސް އުމަރު ނަސީރު އެއްވެސް މުއާމަލާތެއް ކުރައްވާފައި ނުވާ ކަމަށް މުހުތާޒު ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑު މަގާމުގައި ހުރިއިރު ކުރީގެ ހޯމް މިނިސްޓަރާ ބައްދަލުކޮށްފައި ވާނީ ހަމައެކަނި ރަސްމީ ދެ ބޭނުމެއްގަ އެވެ. އެ ދެ ބައްދަލުވުމަކީ ވެސް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގެ އެދުމަށް ބޭއްވުނު ބައްދަލުވުންތަކެވެ،" ބަޔާނުގައިވެ އެވެ.

މުހްތާޒު ވިދާޅުވީ ފުރަތަމަ ބައްދަލުވުން ބޭއްވީ ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ މުއައްސަސާތަކާ ބައްދަލުކުރިއިރު ކަމަށެވެ. ދެ ވަނަ ބައްދަލުވުމަކީ ގާނޫނުލް އުގޫބާތު ތަސްދީގުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވާންޖެހޭ ތައްޔާރީތަކާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ހަފުލާތަކަށް، ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އަރުވާ ދައުވަތުތަކުގެ އިތުރުން ނޯޓެއް ނުވަތަ ރަސްމީ ސިފައެއްގައި ފޮނުވީ، މުހްތާޒު ވިދާޅުވި ގޮތުގައި، އެންމެ ސިޓީއެކެވެ. އެއީ، ކުޑަކުދިންނާ މެދުގައި ކުރާ ޖިންސީ ކުށާއި ކުޑަކުދިން ޖިންސީ ކުށްތަކަށް އަރައިގަތުމަށް އިތުރުވާ މައިގަނޑު ސަބަބެއްގެ ގޮތުގައި އޮރިޔާން މަންޒަރު ދައްކުވައިދޭ ވެބްސައިޓުތަކަށް ފަސޭހަ އިން ވަދެވޭ ގޮތަށް ހުރުން ކަން ފެނި އެކަން ހުއްޓުވަން ކުރި އަމުރާ ގުޅިގެން "އުމަރު ދެއްވި ތާކުންތާކު ނުޖެހޭ ޖަވާބާ ގުޅޭ ސިޓީއެއް" ކަމަށް ބަޔާނުގައިވެ އެވެ.

"ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފޯނު މެދުވެރިކޮށް އަޅުގަނޑާއި ކުރައްވާފައި ވަނީ އެންމެ މުއާމަލާތެކެވެ. އެއީ، އަޅުގަނޑު މަގާމާ ހަވާލުވިތާ މާ ގިނަ ދުވަސްތަކެއް ނުވެ އަޅުގަނޑަށް ފޮނުވާފައިވާ ޓެކްސްޓް މެސެޖެކެވެ. އެއީ އެމަނިކުފާނުގެ އަމިއްލަ ކަމަކާ ބެހޭގޮތުން ކުރައްވަވާފައިވާ މެސެޖެއް ކަމުން އޭގެ ތަފްސީލް ކޮންމެހެން ހާމަކުރުން މުހިއްމު ކަމެއް ކަމުގައި އަޅުގަނޑު ނުދެކެމެވެ،" މުހްތާޒް ވިދާޅުވި އެވެ.

އޭގެ ފަހުން ދެން ދެއްކެވީ، މުހްތާޒް ވިދާޅުވި ގޮތުގައި، ތަހުގީގު އޮފިސަރުންތަކެއްގެ ހިއްސާކުރި ކަންބޮޑުވުންތަކެއްގެ ވާހަކަ އެވެ. އެއީ، މަރުގެ މައްސަލަތަކުގައި، ކްރިމިނަލް ކޯޓުން މީހުން ދޫކުރަމުންދާ ކަމުގެ ޝަކުވާއާ ގުޅިގެން، އެކަމުގައި ފިޔަވަޅު އަޅައިދޭން އެދި ކަމަށް ބަޔާނުގައިވެ އެވެ.

އޭނާ ވިދާޅުވީ މިގޮތަށް ކަން ހިނގާފައިވާއިރު، ދައުވާތަކާ ގުޅިގެން އުމަރު ވާހަކަ ދެއްކެވީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ އަގު ވައްޓާލައި އަމިއްލަ މަންފާއެއް ހާސިލްކުރަން ކަމަށެވެ. ކުރިން ކޮށްފައިވާ ވިޔާނުދާ ކަންކަމާއި ބުނެފައިވާ ބަސްތައް ފޮރުވަން، ޖަވާބުދާރީ ނުވެވޭ ފަދަ ހާލަތުގައި ތިބޭ ފަރާތްތަކާ ބެހޭ ގޮތުން މީޑީއާގެ ވަސީލަތްތައް ބޭނުންކޮށްގެން ހަބަރު ފަތުރާތީ ކަންބޮޑުވާ ކަމަށް ވިދާޅުވެ މުހްތާޒް ވަނީ އެކަން ކުށްވެރި ކުރައްވައިފަ އެވެ.

އިމްރާނާއި ނަޝީދު އަދި ނާޒިމް: މި ބޭފުޅުންގެ ދައުވާތަކާ މެދު އުމަރު ވަނީ ފާޑުވިދާޅުވެފައި.

އުމަރު ވިދާޅުވެފައި ވަނީ، ނަޝީދަށް ޓެރަރިޒަމްގެ ދައުވާ ނުކުރެވޭނެ ކަމަށާއި އެ މަނިކުފާނުގެ މައްޗަށް ކުރެވޭނީ މީހަކު ގާނޫނާ ހިލާފަށް ހިފެހެއްޓި ކަމުގެ ދައުވާ ކަމަށެވެ. އޭގެ އަދަބަކީ ބޮޑުވެގެން 2-3 އަހަރުގެ ޖަލު ހުކުމެއް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. ދިރިއުޅުއްވާ ކޮޓަރިން ފިސްތޯލައެއް ފެނުނު ކަމުގެ ކުށުގައި ކުރީގެ ޑިފެންސް މިނިސްޓަރަށް ވަނީ 11 އަހަރުގެ ހުކުމެއް އިއްވައިފަ އެވެ. ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޑީއެންއޭ އެ ފިސްތޯލަ އިން ފެނިފައިވާއިރު ވެސް އެ ދައުވާގެ އަދުލުވެރިކަމާ ގުޅޭ ގޮތުން އުމަރު ވަނީ ސުވާލު އުފައްދައިވައިފަ އެވެ. އަދާލަތު ޕާޓީގެ ރައީސް އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވީ ނަމަވެސް އަދުލުވެރި ވެރިކަމެއްގައި އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް ނުކުރެވޭނެ ކަމަށް އުމަރު ވިދާޅުވި އެވެ. ސަބަބަކީ، އުމަރު ވިދާޅުވި ގޮތުގައި، އިމްރާނަކީ އެއްވުމެއްގެ ތެރެއިން މަސްލަހަތު ނަގައިލި ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށާއި އެއީ ޓެރަރިޒަމްގެ އަމަލެއް ނޫން ކަމަށެވެ. އުމަރު ވިދާޅުވީ މި ހުރިހާ ގޯސްތަކުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އެއީ ދައުލަތް ހިންގަވަނީ ރައީސް ޔާމީން ކަަމަށްވެފައި މަޖިލިސް މެޖޯރިޓީ ޕީޕީއެމްގެ އަތުގައި އޮތުމުން ހުރިހާ ކަމެއް ހަމަޖެއްސުމުގެ ބާރު ލިިބިވަޑައިގެންފައިވާތީ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

11 ކޮމެންޓް, 77 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 6%
icon angry icon angry 64%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަދިއްޔު

10 November 2016

މީނާ މިނިވަން ވާނެ ވަރަށް އަވަހަށް! ޝުކުރިއްޔާ ރައިސް ޔާމީން

The name is already taken The name is available. Register?

އައްޔަ

10 November 2016

ނަޝީދުއައް އަދި އިމްރާނައް ކުރިދައުވާގޯސްކަމައް އެއްވެސް މީހެއްކައިރީ އުމަރުނުބުނާނެކަން ހަމަ ޔަގީން އުމަރުގެ ވާހަކަތައް އޭރުހުރިގޮތުން. އަބަދުވެސް ދައްކާފަހުރީ ވަކިބަޔަކު އުމުރައް ޖަލައްލާނެވާހަކަ އެހެންނެއްނޫން ފަހަރެއްގަ ނާޒިމާގުޅޭގޮތުން ތިބާވަތުގެ ވާހަކައެއް ބުނެފައޮވެދާނެ.

The name is already taken The name is available. Register?

ބާސްމަތީ ރައީސް

10 November 2016

މުޅި ދުނިޔެ ޤަބޫލުކުރޭ، ތިޔަ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއްކަމަށް، ޚުދު ތިބޭފުޅާވެސް ޤަބޫލުކުރައްވާނެ! އުމަރު ބުނީމަކައެއްނޫން އެގެންޖެހެނީ، އެކަމަކު އަޅުގަނޑައް ޔަގީން ކިތައްމެބައެއް ބުނެފަ އޮންނާނެ ތިކަން، އަދި ތިބޭފުޅާ ބޭނުންނަމަ އެދައުވާތައް އަބުރާ ގެންދަންވެސް ގެންދެވުނީސް! ތިކަމަކަށް އަޅުގަނޑުމެން މާފްނުކުރާންނަން!

The name is already taken The name is available. Register?

ޒަމީ

10 November 2016

ބުނަން. މިހާރު ތިއުޅެނީ އުމަރާ ޔާމީނާ ދެކޮޅުވެއްޖެކަން އެނގުމުން އުމަރޭ ކިޔައިގެން ބަޔާން ނެރިގެން ހުކުމަށް ކިރިޔާވެސް ލުޔެއް ލިބޭ ގޮތެއް ވޭތޯ. ބަލަ އުމަރު ނުބުނިއްޔާ ކަލެއަކަށް ނޭނގޭތަ ޓެރަރިޒަމްގެ ދައުވާ ނުކުރެވޭނެކަން. ކަލޭގެ ކިރިޔާވެސް އިޚްލާޞްތެރިކަމެއް ހުރިނަމަ މީހަކު ބަންދުކުރުމަކީ އަދި ކިޑްނެޕްކުރުން ނޫންކަން އެނގޭނެ. އެހެންނޫންނަމަ ފުލުހުން ޤާނޫނާ ޚިލާފަށް މީހަކު ބަންދުކުރާ ކޮންމެ ފަހަރަކު ފުލުހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެތާ. ކޮންމެއަކަސް މިހާރު ތިލިބެނީ ނުހައްގުން މަގާމުގެ ބާރާ ނުފޫޒުގެ ނާޖާއިޒު ބޭނުންކޮށްގެން މީހަކަށް/ބަޔަކށް ދިން އަނިޔާގެ ބަދަލު. ނަމަވެސް ތިބޭފުޅާގެ މައްޗަށްވެސް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. އެކަމަކު ކީއްކުރާނީދޯ، އެއީ އޭރު ތިބޭފުޅާ ކަންކުރައްވަމުން ގެންދެވި ގޮތް މަތިން ދޭ އޯޑަރަށް.

The name is already taken The name is available. Register?

މަހޭ

10 November 2016

އުމަރު ބުންޔަސް ނުބުންޔަސް ދައުވާތަށް ގޯސް ކަމަށް ދިވެހި ގިނަބަޔަކު ގަބޫލުކުރޭ.

The name is already taken The name is available. Register?

ފަޒްނާ

10 November 2016

އުމަރު ނުދެއްކެވިއަސް. ތި ދައުވާތައް ނުރަގަޅު ކަމަށް މަނިކުފާނުގެ އުސްތާޛެއް ކަމުގައިގައިވާ ޝެއިޚް އިމްރާން އަބްދުﷲ ޕީޖީ އޮފީހުގައި މަނިކުފާނާ ބައްދަލުކުރައްވައި ވާހަކަ ދެއްކެވިއެއް ނޫންތޯ؟ މިކަން ދޮގުކޮށްފަ ނުކެރޭނެ ބަޔާން ނެރޭކަށް

The name is already taken The name is available. Register?

އިބްރާހީމް

10 November 2016

މަތީގައިވާ ފޮޓޯ ބަލައިލުމުން ވިސްނައި ފިކުރުކުރާ ބަޔަކަށް އިބްރަތަކަށް ވާނޭކަން ހަމަ ޔަގީނެވެ. ދުނިޔެ ދައުރުކުރާ ބީދައިން އާރާއި ބާރު ލިބި އަދި އެބާރުތަށް ނެތި ނިކަމެތިވެދެއެވެ. މާތްﷲ އަށް ހަމްދު ކުރަން.

The name is already taken The name is available. Register?

ޒިންދަގީ

10 November 2016

މުހުތާޒުވެސް، އަދީބުވެސް، އުމަރުވެސް އަދި ޔާމީނުވެސް މަރުވާނެ. މިދުނިޔޭގައި ނުވަތަ އަނެއް ދުނިޔޭގައިވިޔަސް ޖަޒާލިބޭނެ.

The name is already taken The name is available. Register?

އާމިނަތު/ ގއ ދާންދޫ

10 November 2016

ޖަލުގައިވެސް އެއްގަުގައިވެސް ބިރު... ތިޔަ ބަޔާން މިއަދު އެކަކަުވެސް އަޑެއްނައަހާނެދެއްތޯ... މަޖުބޫރުކުރުވައިގެން ތިޔަ ބަޔާންނެރުނީ ދެއްތޯ....

The name is already taken The name is available. Register?

ބުރުމާ

10 November 2016

ބުމަރަކީވެސް ބޭނުން ކޮޅަކަށް އެނބުރިދާނެ އެއްޗެކެވެ. ހަމަ އެކަނި ބޭނުންވާ ކޮޅަކަށް އަނބުރާލެވޭނީ ބުރުމާގެ ބޯ އެކަންޏެއްވެސް ނޫނެވެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454