ފުލުހުންގެ މައި އިދާރާ: ގިނަ ބައެއްގެ ކުށުގެ ރެކޯޑު ސާފުކޮށްދޭ ގޮތަށް ގަވައިދު ވަނީ އިސްލާހުކޮށްފައި-- މިހާރު ފޮޓޯ
22 ފެބުރުއަރީ 2021 - 23:20
ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޗުޕީއޭ އިން އެކުލަވާލާފައިވާ އުސޫލުތަކާ ޚިލާފަށް މާލޭގައި މިރޭ ބޭއްވި އުފަން ދުވަހުގެ ހަފުލާއެއް ވެސް ހުއްޓުވައި، އެ ހަފުލާ އޮތް ރެސްޓޯރަންޓު ވެސް 5،000ރ. އިން ފުލުހުން ޖޫރިމަނާކޮށްފި އެވެ.
ފުލުހުން ބުނީ، އެޗުޕީއޭގެ ގައިޑްލައިނާ ޚިލާފަށް ގްރޭންޑް ވިއު ރެސްޓޯރަންޓުގައި މިރޭ ބޭއްވި އުފަން ދުވަހުގެ ޕާޓީއެއް ހުއްޓުވާފައިވާ ކަމަށެވެ.
މާލޭގައި މިއަދު ހަވީރު ބޭއްވި ކައިވެނި ޕާޓީއެއް ވެސް ފުލުހުން ވަނީ ހުއްޓުވައިފަ އެވެ. އެ ޕާޓީ ބޭއްވި ސޯލްޓު ކެފޭ ވެސް 5،000 ރުފިޔާ އިން ޖޫރިމަނާ ކުރި އެވެ. އެއީ ވެސް އެޗުޕީއޭގެ އުސޫލުތަކާ ޚިލާފުވުމުންނެވެ. ނަމަވެސް ސޯލްޓު ކެފޭގައި އޮތް ހަފުލާ ހުއްޓުވީ، ފުރަތަމަ ފަހަރު ފުލުހުންގެ އެންގުމަށް ތަބާނުވުމުން، ދެވަނަ ފަހަރަށް ފުލުހުން ގޮސްގެން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވަމުންދާތީ އެޗްޕީއޭ އިން ވަނީ ފިޔަވަޅުތައް ހަރުކަށިކޮށް، ކައިވެނި ހަފުލާތަކާއި ޕާޓީތަކުގެ އިތުރުން އެއް ތަނެއްގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނައިން އެއްވުން މަނާކޮށްފަ އެވެ.
ރާއްޖޭގައި މިހާރު ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އުޅެނީ ދުވާލަކަށް 100 އިން މަތީގަ އެވެ. އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު 2،000 އިން މަތީގައި އުޅޭއިރު ހޮސްޕިޓަލުގައި 150 އަށް ވުރެ ގިނަ މީހުން ވަނީ އެޑްމިޓް ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންދާން އަހަންމަދު
22 February 2021
ޕާޓީނުކުރާށޭ. މިވަރަށް ކިޔާއިރުވެސް އަޑުއިވޭކަމަކަށްނުވޭވިއްޔަ. ކަންފަތުގާ ހިފާފައި ބުނިއްޔާބާ އިވޭކަމަށްވާނީ.