ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާމިދު އަބްދުލްޣަފޫރު ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލިސް
23 ފެބުރުއަރީ 2021 - 10:29
އަލަށް އަމަލުކުރަން ފެށި "ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު"ގެ ދަށުން އުފައްދާ ޕޮލިސް ބޯޑުގައި އާއްމުންގެ ފަރާތުން ތިއްބަވާ މެމްބަރުންގެ މަގާމަށް އައްޔަން ކުރަން އެމްޑީިޕީގެ ބައިނަލްއަގުވާމީ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު ހިމެނޭ ގޮތުން ފަސް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
އާއްމުންގެ ތެރެއިން ޕޮލިސް ބޯޑުގައި ތިއްބަވާ ދެ މެމްބަރުން އައްޔަންކުރުމުގެ ބާރު ގާނޫނުން ދީފައި އޮތީ ރައްޔިތުންގެ މަޖިލީހަށެވެ. އެހެންވެ، އެ މަގާމަށް ކުރިމަތިލާން މަޖިލީހުން އާއްމުކޮށް ހުޅުވައިލި އެވެ.
1- ލަބީގް މުހައްމަދު މާހިދު. މ. މަނަދޫ ވިއު
2- ޒުބައިރު އަހުމަދު މަނިކު. ގ.މަލްވިނަ
3- ޒީނަތު އަލީ . ދަފްތަރު. 2616
4- އަލީ މުހައްމަދު މަނިކު. ދަފްތަރު.1851
5- ހާމިދު އަބްދުލް ޣަފޫރު. ހ. ޝޭޑީ ކޯނަރު
ޕޮލިސް ބޯޑުގައި އާއްމުންގެ ފަރާތުން ތިއްބަވާ ދެ މެމްބަރުންގެ މަގާމަށް ކުރިމަތިލާން މަޖިލީހުން ހުޅުވައިލީ މި މަހުގެ އަށް ވަނަ ދުވަހު އެވެ. މަޖިލީހުގައި އެ ދުވަހު އޮތް ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ބޯޑަށް މެމްބަރުން ހޯދަން އިއުލާނު ކުރެވުމަކީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ. އެކަމަށް އިއުލާނުކުރި ދުވަހަކީ އިއްތިފާގުން، ފެބްރުއަރީ 8 އަށް ވުމުން އުފާކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދު އެ ދުވަހު އިޝާރާތްކުރެއްވީ އެ މަނިކުފާނުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ސިފައިންނާއި ފުލުހުންނާއި އާންމުންގެ މެދުގައި ހިނގި ބޮޑެތި ހަމަނުޖެހުންތަކަށް ފަހު ނިމުމަކަށް އައުމަށް ފަހު ޖެހިގެން އައި ދުވަހު އެމްޑީޕީން ކުރި މުޒާހަރާއަށެވެ. ބަޣާވާތަކުން ވެރިކަން ވައްޓާލިކަމަށް ބުނެ މުޒާހަރާއަށް ނުކުތުމާ އެކު ރާއްޖޭގެ އެކި ހިސާބުތަކުގައި ހަމަނުޖެހުން ހިނގައި ތަންތަނުގައި ރޯކޮށް ބޮޑެތި ގެއްލުންތަން ދިން އިރު އެމްޑީޕީގެ މެންބަރުންނަށް ފުލުހުންގެ ފަރާތުން ބޮޑެތި އަނިޔާތަކެއް އެ ދުވަހު ދިނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދޮނު
23 February 2021
ހޮނޑާފުށި ބޯޑަށްތަ؟
ދަރަނި ދަންތުރަ
23 February 2021
ދަހިކަމުން ކުޑަކަމުދާ އެއްޗެހިވެސް ދޭންނުކެރެނު މީހެއް ތިޔައީ
ފޮނިޓައްޕު އިބުރާހީމު
23 February 2021
މިގައުމުގާ މިހާރު އެއްޗެއް ލިބޭންއޮތީ "ވަކަރުގެވެން."
އޮސްކާ
23 February 2021
ވެރިކަން ލިބުނީމާ އޮތީ ޖެއްސުންކުރުން. ވެރިކަން ވެއްޓުމުން އޮތީ ރޯކުރުން. ވެރިކަމަށް އަޔަސް ނަޔަސް އޮތީ ފިތުނަ އުފެއްދުން. އެމްޑީޕީއަށް ސާަބަސް.
ނަޒާ
23 February 2021
ތިޔަ ހާމިދަކީ ތިޔަ މަގާމަަށް ކުފޫހަމަވާ މީހެއް ނޫން،. މި ގައުމަށްވެސް ހަޑި
ފާތުމަދ
23 February 2021
މި ދަރަޖައަށް ގައުމު ވެއްޓުނީމާ ދެން ކިޔާނީ ކީކޭތޭ
ނަޒާ
23 February 2021
ހާމިދުގެ އަހުލާގެއް އަހަރެމެންނަށް ނެތަކަށް ހާމިދުމެން އަދުރޭމެން ނިމާލުމެން ކަހަލަ މީހުންގެ އަގު ރައްޔިތުންގެ ތެރެއިން ބަޔަކު އެބަ ވަރަށް ގަދައަށް ޖައްސާ
މުރާދު މޫސާ
23 February 2021
މީނަ ދޯ އެއްކަލަ އިރުއަރާތަން ބަލަން އިނީ ޖާބިރު ބޭބެ އާއި އެކީގައި.ދެން މި ކަހަލަތަނަކަށް ލީމާ ވާނެގޮތް ތަޞައްވަރު ކޮށްލާށެވެ.
ހުދުމުހުތާރު
23 February 2021
ކޯލިށަނޭ ކިޔައިގެން އެރި ސަރުކާރު ކޯލިޝަން ގެ ބައިވެރިން ހަތަރެސްފައި ބަދެފަ ވެރިކަން އެމްޑީޕީ ކުރަނީ ގަދަ.
ތިކީ
23 February 2021
ހަހަ ހޮނޑައިދޫ ގަ ސަން ރައިޒް ބަލާފައި ފަސްބައި ކިލަނބު ހާމިދު މެން ކަހަލަ ކޮހުން
ޝޮކްތެރަޕީ
23 February 2021
އެމްޑީޕީ ވެރިކަމަ އެރީ ބޭރުގެ ޤައުމުތަކުގެ އެޖެންޑާ ފުރިހަމަ ކުރަން. ޤައުމު ފުނޑާލާފަވެސް