ޚަބަރު / ގއ. ވިލިގިލި

ވިލިނގިލީ ފަޅުގައި ނުރައްކާތެެރި އެކްސިޑެންޓެއް، ހަތަރު މީހަކަށް ސީރިއަސް އަނިޔާތަކެއް

ވިލިނގިލީ ބަނދަރު ސަރަހައްދު: އެރަށު ފަޅު ތެރޭގައި ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގާފައި

ގއ. ވިލިނގިލީ ފަޅު ތެރޭގައި ލޯންޗަކާއި ދޯންޏެއް ޖެހި، ހަތަރު މީހަކަށް ސީރިއަސް އަނިިޔާތަކެއް ލިބިއްޖެ އެވެ.

ފުލުހުން ބުނީ ވިލިނގިލީ ފަޅުން ނިކުންނަން ދިޔަ ދޯންޏަކާއި ފަޅަށް ވަންނަން އައި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނީ ލޯންޗްގެ ދެ ފަޅުވެރިއަކާއި ދޯނީގެ ދެ ފަޅުވެރިއަކަށެވެ. އެ މީހުންނަށް އެރަށުގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ. އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން ބައެއް މީހުން އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ފުލުހުން ބުނީ އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

3 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 78%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 22%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަންދެލި

01 March 2021

ދިވެހިރާއްޖެ އަކީ ވަރަށް 'ލިޓަރަސީ ރޭޓް' މަތީ ގައުމެކޭ ލިޔެފާ ހުއްޓާ ފެނެއެވެ. މިތަނުގެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ދުނިޔަވީ އާދަކާދަތައް މިހިރީ ހަމަ އެފަދަ ބައެއްގެ ތެރޭ އެކަންކަން އޮންނާނެގޮތައް ބާވައެވެ؟

The name is already taken The name is available. Register?

މާއްޓޭ331

01 March 2021

"ވިލިނގިލީ ފަޅުތެރީ ނުރައް"... " ކޮން ވިލިންގިޔެއް" . "ގ.އ". ...އޯކޭ. ކުރިޔަށް..

The name is already taken The name is available. Register?

ސީޒަން ޖެކުހަން

28 February 2021

ހާދަ އެކްސިޑެންޓެކޭ މިހިނގަނީ: ފަޅުމަތީގަވެސް އަދި ބިންމަތީގަވެސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454