ވިޔަފާރި / ގެސްޓް ހައުސް

ގެސްޓްހައުސް ވިޔަފާރިއަށް ބޭރު މީހުން: އާ ކަންބޮޑުވުމެއް

މިހާރު އޮތް ގޮތުން މަދުވެގެން 250،000 ޑޮލަރު އިންވެސްޓްކުރަންޏާ ބޭރު މީހުންނަށް ގެސްޓްހައުސްގެ ވިޔަފާރިއަށް ރަސްމީކޮށް ވަދެވިދާނެ. ބައެއް ވިޔަފާރިވެރިންގެ ބިރަކީ ނަމެއްގައި ދިވެހިން ބައިތިއްބައިގެން ބޭރު މީހުން އެ ސިނާއަތު ކޮންޓްރޯލްކުރުމުގެ ފުރުސަތު އޮތުން.

ކ. ތުލުސްދޫގައި ގެސްޓްހައުސްތައް ހިންގާ ހިސާާބުގެ އަތިރިމަތި: މިހާރު ހަމަޖައްސާފައި އޮތް ގޮތުން ބޭރު މީހުންނަށް ގެސްޓްހައުސްތަކަށް އިންވެސްޓްކުރެވޭނެ

ރާއްޖޭގައި ގެސްޓްހައުސްތަކެއް ހިންގަމުން އަންނަ ވިޔަފާރިވެރިއެކެވެ. އެކަމަކު ގެސްޓްހައުސްއާ ބެހޭ ސިޔާސަތަށް ސަރުކާރުން ގެނައި އާ ބަދަލު މިއަދު އެނގުމުން "އަހަރެން ދިޔައީ ސިއްސައިގެންނޭ" ބުންޏެވެ.

"އަނެއްކާވެސް ދިވެހިންނަށް އޮތް ފުރުސަތެއް ބޭރު މީހުންނަށް ދޫކޮށްލަނީ،" މައްސަލައިގެ ގޮތުން ނަން ނުޖަހަން ޝަރުތުކޮށް ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.

އެ ބަދަލަކީ 49 ޕަސެންޓް ހިއްސާވެގެން ބޭރު މީހުންނަށް ރާއްޖޭގެ ގެސްޓްހައުސްގެ ވިޔަފާރިއަށް އިންވެސްޓްކުރަން ސަރުކާރުން ހަމަޖެއްސި ހަމަޖެއްސުމެވެ. އާ ސިޔާސަތުގައި ބޭރު މީހަކަށް މަދުވެގެން 250،000 ޑޮލަރު (3.8 މިލިއަން ރުފިޔާ) އިންވެސްޓްކޮށްގެން ގެސްޓްހައުސްގެ ވިޔަފާރީގައި ބައިވެރިވެވިދާނެ އެވެ. ކުރިން ނަމަ ގެސްޓްހައުސްގެ ޓުރިޒަމް ބަލާފައި އޮންނަނީ ހަމައެކަނި ދިވެހިން ބައިވެރިވާ، ދިވެހިންގެ ކަމެއްގެ ގޮތުގަ އެވެ.

އެކަމަކު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ގަބޫލުކުރައްވަނީ އެއީ ވަރަށް ރަނގަޅު ބަދަލެއްގެ ގޮތުގަ އެވެ. އަދި ބޭރު އިންވެސްޓަރުން ހޯދައިދޭން ޓޫރިޒަމް މިނިސްޓްރީގައި "ހާއްސަ ސެލްއެއް" ވެސް ހަދާފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. ބޭނުމަކީ ރަށެއްގައި ބިންކޮޅެއް އޮވެ، އެކަމަކު ފައިސާ ނެތުމުން ގެސްޓްހައުސް ނުހެދި ތިބި މީހުންނަށް އިންވެސްޓަރުން ހޯދައިދިނުމެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބޭރު މީހުންނަށް ރަސްމީކޮށް ކުރިން ފުރުސަތު ނެތަސް "އަޑީގައި ކޮންމެވެސް ބޭރު މީހަކު ހުރެގެން، ދިވެއްސަކު ކުރިމައްޗަށް ނެރެގެން" މިހާރު ވެސް ވަރަށް ގިނަ ގެސްޓްހައުސްތައް ހަދާފައިވެ އެވެ. އެކަމަކު "ވަރަށް ގިނައޭ" އެ ވިދާޅުވީ ކޮން ކަހަލަ އަދަދުތަކެއްގެ މައްޗަށް ބިނާކުރައްވާކަމެއް ވިދާޅެއް ނުވެ އެވެ.

ސަރުކާރުގެ ސިޔާސަތާ މެދު ހިތްހަމަނުޖެހޭ ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި ގެސްޓްހައުސްގެ ވިޔަފާރިއަށް ރަސްމީކޮށް ބޭރު މީހުންނަށް ވަދެވޭ މައްސަލަ "ބަލަން ޖެހޭނީ ތަންކޮޅެއް ބޮޑު ދުރުމިއަކުން"ނެވެ. އެ ދުރުމިން ބަލާ ނަމަ، އެއް ވިޔަފާރިވެރިޔަކު ބުނީ، ރާއްޖެއިން އަނެއްކާވެސް ޑޮލަރު ބޭރުވުމުގެ އާ ފުރުސަތެއް ހުޅުވުމުގެ އިތުރުން އެހެން މައްސަލަތަކެއް ވެސް ދިމާވާނެ ކަމަށެވެ. އެއް މައްސަލައެއްގެ ގޮތުގައި ނެގީ ބޭރުގެ ޓުއާ އޮޕަރޭޓަރުން ސީދާކޮށް ގެސްޓްހައުސްގެ ވިޔަފާރިއަށް ވަނުމެވެ.

"ޓުއަ އޮޕަރޭޓަރުން ހިތަށްއަރާފާނެ އަހަރެމެން އަމިއްލައަށް ވިއްސަކަށް ސާޅީހަކަށް ކޮޓަރި ހަދާލައިފައި، މީހުން ފޮނުވީމާ ނިމުނީ ނޫންހޭ. އެމީހުންނަށް 250،000 ޑޮލަރަކީ އެއްޗަކަށް ނުވާނެ،" މިހާރު ވެސް ގެސްޓްހައުސް ހިންގާ މީހަކަށް ވާތީ ސަރުކާރުގެ ސިޔާސަތަށް ފާޑުކިއުމުން ހުރަސްތަކެއް ދިމާވެދާނެ ކަމަށް ބަލައި، ނަން ނުޖަހަން ޝަރުތުކޮށް، އެކަކު ބުންޏެވެ.

"މިސާލަކަށް ރަޝިޔާ ނަގަމާ. ރަޝިޔާގެ ޓުއަ އޮޕަރޭޓަރެއް މިތަނުން ދެތިން ގެސްޓްހައުސް ހޯދައި، ކޮންޓްރޯލް ނަގާފާނެ. އޭނާއަށް ނުލާހިކު ފަސޭހަވާނެ އެއާލައިންތަކުން ޖާގަ ހޯދަން ވެސް. އެހިސާބުން ވަރަށް ބޮޑު ބާރެއް އޭނާގެ އަތަށް އެ ދިޔައީ."

ދިވެހިންނަކީ "ކަންފަސޭހަ" ބައެއް

ބައެއް ވިޔަފާރިވެރިިން ދެކޭ ގޮތުގައި 49 ޕަސެންޓް ކޮންޓްރޯލްކުރެވޭ ގޮތަށް އޮތަސް ދިވެހިންގެ ހުންނަ "ކަންފަސޭހަ" ގޮތް ބޮޑުކަމުން، ޖީބަށް ހާހެއްހާ ޑޮލަރު ވަންނަ އިރަށް ނުސީދާކޮށް ގެސްޓްހައުސްގެ 99 ޕަސެންޓްގެ ހިއްސާ ވެސް ބޭރު މީހާއަށް ދީފާނެ އެވެ.

"ބިމެއް އޮތް މީހަކު ދެން ހަމަ ބޭރު މީހާއަށް ދޭންވީ، މަހަކު ރުފިޔާކޮޅެއް ލިބެންޏާ. ނަމަކަށް އޮންނާނީ 51 ޕަސެންޓް. މިކަހަލަ ކިތައްމެ ގޯހެއް މިކަމުން އުފެދޭނެ،" ކުރިން ވާހަކަ ދެއްކި ވިޔަފާރިވެރިޔާ ބުންޏެވެ.

ރާއްޖޭގައި ބަންގްލަދޭޝް މީހުން މިހާރު ވެސް އެތައް ވިޔަފާރިއެއް ހިންގާކަމުގެ ޝަކުވާ ބޮޑެވެ. އެކަމަކު ގާނޫނީ ގޮތުން ފިޔަވަޅެއް އެޅެން ނޯންނަނީ އެ ވިޔަފާރިތަކުގެ އަސްލު ވެރިންގެ ގޮތުގައި ތިބެނީ ދިވެހިން ކަމަށް ވާތީ އެވެ. އެ "ވެރިޔާ"އަށް މަހަކު 5،000ރ ލިބުނަސް ފުދެ އެވެ.

އެހެންކަމުން ދިވެހިންގެ އެ "ކަންފަސޭހަކަން" ގެސްޓްހައުސް ވިޔަފާރީގެ ސަގާފަތަކަށް ވެސް ބަދަލުވެ، ބޭރު މީހުން ކޮންޓްރޯލްކުރާ ދާއިރާއަކަށް މުޅި ސިނާއަތު ބަދަލުވުމުގެ ކަންބޮޑުވުން، "މިހާރު"އާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ފާޅުކުރި އެވެ.

"ރާއްޖޭގެ ރިސޯޓް ޓޫރިޒަމަށް ބެއްޔަސް މިހާރު ފެންނާނީ އެ މަންޒަރު. ގިނަވާނީ ސީދާ ބޭރު މީހުން ހިންގާ ރިސޯޓްތައް. ރިސޯޓް އެކަންޏެއް ނޫން، އެތަންތަނުގައި ގިނައިން އުޅޭނީ ވެސް ބޭރު މުވައްޒަފުން،" ރާއްޖޭގެ އިގުތިސާދު ދިރާސާކުރައްވާ ބޭފުޅަކު، ނަން ނުޖަހަން ޝަރުތުކުރައްވާ، ވިދާޅުވި އެވެ.

"އެކަހަލަ ގޮތަކަށް ގެސްޓްހައުސްތައް ވެސް ހިނގައިދާނެ."

އެކަމަކު "މިހާރު"އާ ވާހަކަ ދެއްކި ވިޔަފާރިވެރިޔަކު ދެކޭ ގޮތުގައި މި ބަދަލުގައި އެޑްވާންޓޭޖްތަކެއް ވެސް ހުންނާނެ އެވެ. އެ އެޑްވާންޓޭޖްތަައް ނެގޭނީ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުން ރަނގަޅުވެގެންކަން އޭނާ ފާހަގަކުރެއްވި އެވެ.

"ބޭރު އިންވެސްޓަރުން ތަނެއް ހެދީމާ އެތަނަށް މުވައްޒަފުން ބޭނުންވާނެ. އެއީ ދިވެހިން ކަމަށް ހަދަން މަޖުބޫރުކުރެވިދާނެ. އެކަހަލަ އެޑްވާންޓޭޖްތަކެއް އެބަ ހުރި ލިބޭނެ،" އަލަށް ގެނައި ބަދަލާ ބެހޭ ގޮތުން، ދިވެހި އިންވެސްޓަރަކު ބުންޏެވެ.

"ލާރި ނެތިގެން ނުހެދި ހުރި ތަންތަނަށް މާލީ އެހީއެއް ލިބުން ވާނީ އެޑްވާންޓޭޖަކަށް. އެހެންވީމާ ހީވަނީ ގެސްޓްހައުސްތައް އިތުރުވެދާނެހެން."

ސަރުކާރުގެ އާ ސިޔާސަތު އެނގުމުން "ސިހުން" ލިބުނު ވިޔަފާރިވެރިޔާ ބުނި ގޮތުގައި "މިކަން މި އައީ" ރިސޯޓްތައް ބޭރު މީހުންގެ އަތް ދަށަށް ދާދިއުމާ މެދު ޝަކުވާކޮށްކޮށް ހުއްޓަ އެވެ.

"ހިއެއްނުވޭ ބޭރު މީހުންނަށް މި ގޮތަށް ކަންކަން ފަސޭހަ ގައުމެއް އޮންނާނެހެންނެއް،" އޭނާ އެންމެ ފަހުން ބުންޏެވެ.

21 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 4%
icon angry icon angry 92%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލީމާ

19 March 2021

ބޮޑު ރޭވުމަކުން އިންޑިޔާ ތި ސިނާޔަތް ކޮންޓްރޯލް ކުރަން ދޫކޮށްލެވުނީ ތި

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

19 March 2021

ކޮންކަމަކާ ކަންބޮޑުވަނީ ރަށުގައި އޮތް އަމިއްލަގޯތި އަދި މައިންބަފައިންގެ ގޯތި ގެސްޓްހައުސް އަޅަން ކުއްޔަށް ދީފައި މާލެއައިސް ދަފުތަރު ނުވަތަ ކޮންމެވެސް މީހެއްގެ ގޯތީގެ ރަޖިސްޓްރީގައި ޖެހި މާލެ އިން ކުޑަ އެއްކޮޓަރީގެ ކޮޓަރިއެއް ކުއްޔަށްހިފައިގެން ދަތިހާލުގައި އުޅޭކަމަށް ހެދިގެން ހުޅުމާލެ އިން ފުލެޓް ހޯދީ މާ ނިމުނީ އަހަރުމެން ހަދަނީ އެހެން! މައުލޫމާތު ހޯދަން ހައުސިން އިންގުޅީމާ ކައުންސިލްގަހުންނަ ދައްތަ ކައިރީގައި ބުނާށޭބުނަނީ ގޯއްޗެއްނެތޭބުނާށޭ.

The name is already taken The name is available. Register?

ޢެލާމް

19 March 2021

ގެސްޓް ހައުސްވިޔަފާރީ ގަ ބޭރު މީ ހުނާ ގެ 49 % އޭ ކިޔައި އެހެން މަންޒަރެއް ދައްކާފައި އަސްލު މިހާރު ކުރާ ކަމަކީ 100 % ހިއްސާ ބޭރު މީ ހުނަށް އޮންން ގޮތައް ބޮޑެތި ހޮޓާ ގެސްޓު ހައުސް ހުންނަ ރައްރަށުގައި އަޅަނީ.

The name is already taken The name is available. Register?

އަލި

18 March 2021

އެމްޑީޕީ ދެވެެރިކަމުގައިވެސް ފެންނަނީ ދިވެހިން ނިކަމެތިވާގޮތަށް ބޭރުމީހުން ބާރުވެރިކުރުވާގޮތަށް އެގްރީމެންޓް ތަކާއި އެއްބަސްވުންތަކާއި އުސޫލުތައް ހަދަމުންދާތަން. މިކަންކަމާއި ބަޔަކު ކިތަންމެ ކަންބޮޑުވިއަސް ރައްޔިތުންގެ ވޯޓުން ފެންނަނީ އެމްޑީޕީއަށް ތާއީދު އޮތްތަން.

The name is already taken The name is available. Register?

އަހުމަދުބޭ

18 March 2021

މިކަމުގެ ހައްލަކީ ދިވެހި ރާއްޖޭގައި ކުރާ ހުރިހައި މުއާމަލާތެއްގެ ލާރި ދިވެހިރާއްޖެއަށް ގެނެވޭނެ ގާނޫނީ އޮނިގަނޑެއް އޮންނަންވީ އަދި ޑޮލަރުން ދިވެހިރާއްޖޭގައި މުއާމަލާތް ކުރުން ހުއްޓައިލަންވީ ޑޮލަރުގެ މައްސަލަ ހައްލުވީ ކިތައްމެ ބޮޑު އޮޕަރޭޓަރ އެއް އަޔަސް ވަންނަ ޑޮލަރ އެއްވަންނާނީ ދިވެހިރާއްޖެއަށް އެއަށް ފަހުން ވަކި އުސޫލެއްގެ ތެރެއިން ޑޮލަރ ބޭރުކުރަންވީ

The name is already taken The name is available. Register?

އަފުރާސިޔާބު

18 March 2021

ދިވެހިންނަކީ ވަރަށް ކުޑަ ލާރިކޮޅެއް ދީފައި ގަނެލެވޭވަރުގެ އުރައްޕެއްނެތް ނާތަހުޒީބު ބައެއް. އަހަރެން ކައިރީ ބަންގާޅު މީހަކު ބުނީ ބޭބެގެ ނަމުގައި ރެސްޓޯރެންޓެއް ހިންގަން ތިމަންނަބޭނުމޭ. މަ ބުނިން ކީއްކުރަންހޭ މަގޭ ނަމުގައި ހިންގަންވީ. ބުނީމާ އެކަލޭގެ ބުނީ ބޭބެ އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނޭ ތަނުގެ ކުއްޔާއި މީހުންގެ މުސާރައާއި ހުރިހާ ޚަރަދެއް ކުރާނީ ތިމަންނައޭ ބޭބެއަށް 10000ރުފިޔާ މަހަކު ދޭނަމޭ މައްސަލަ ނެތެއްނޫންހޭ. މަބުނިން ތިކަމެއްނެތޭވާކަށް

The name is already taken The name is available. Register?

ފޫހި

18 March 2021

ހެޔޮނުވާނެ ދިވެހިންނަށްވެސް މި ގައުމުގައި ކޮންމެވެސް ތަނެއް ހާއްސަވެފަ އޮންނަންވާނެ. މިއީ އެބުނާ ރަށްވެހި ފަތިހަކީ. ޢޭގެ މާނައަކީ ބިދޭސީން ރަށްވެހިކުރުމާ ރަށްތަކުގައި އެމީހުން އާބާދުކޮށް އެހެން ދީންތަކަށް ހުޅުވާލުން. މިދާ ވަރުންދާނަމަ މަންމަގެ މަހާނައާއި ގާވެސް ބިދޭސީންނަށް ދޭނެ.

The name is already taken The name is available. Register?

ސަލޒިމް

18 March 2021

ދިވެހި ވިޔަފާރިވެރިން ތީ ދިވެހިންނަ މާ ހެޔޮބައެއްތަ ބާޒާރުގެ މުދާ މިހާރު އިންތިހާޔަށް އަގުބޮޑުވަނީ ކޮން ޑޮލަރެއް އަގުބޮޑުވެގެންތަ ޥެލާ ރިސޯޓުގެ ސާވިސްޗާޖު 50000 ވިލާ ރިސޯޓުގެ ސާވިސްޗާޖު 200 ރުފިޔާ. ދިވެހި ވިޔަފާރިވެރިންނަކީ މިގައުމަށް މިގައުމުގެ މަސައްކަތްތެރިންނަ އެންމެ ނިކަމެތިކޮށް ކަންތަކުރާމީހުން

The name is already taken The name is available. Register?

ހުތްއާދަނު

18 March 2021

މިތާ ގަވާޢިދާ ޚިލާފަށް އުޅެ ބަންގަާޅަމީހުން ނުފޮނުވޭއިރު އެހެން ބަޔަކު ނެރެވޭނެތަ ؟ ކަމެއްވާބައެއް ނޫން

The name is already taken The name is available. Register?

ދިވެހީން

18 March 2021

މިސަރުކާރާ އެކު އަންނަމުންދަނީ މުޅިންވެސް ދިވެހިންނަށް ކަންބޮޑުވުން......ބޮޑަށް ވައްތަރީ ބޭރުބަޔަކަށް ވެރިކަންކޮށްދޭ ސަރުކާރަކާ. ދެރަވެ ހިތާމަކުރަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454