22 މާޗް 2021 - 08:05
މިހާރު އެއްގޮތަކަށް ވެސް ފިލްމަކުން ނުފެންނަ ބޮލީވުޑްގެ ކުރީގެ ބަތަލާ ބިޕާޝާ ބާސޫ އާއި ރަންބީރް ކަޕޫރް އެކީގައި ކުޅެފައިވާ ޓީވީ އިޝްތިހާރެއް އާންމުކޮށްފި އެވެ.
މިއީ ޕޮޓޭޓޯ ޗިޕްސްގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ލޭޒް" ގެ އިޝްތިހާރެކެވެ. މަޝްހޫރު ތަރިއަކާ އެކު އޭނާ މިގޮތަށް ފެނިފައި މި ވަނީ މި ވަނީ އެކްޓިންއާ ވަރަށް ދުރުގައި އުޅެނިކޮށެވެ.
ފިރިމީހާ އެކްޓަރު ކަރަން ސިންގް ގްރޯވާއާ އެކު މިދިޔަ މަހު ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކުރި ބިޕާޝާ އަކީ ރަންބީރާ އެކު ފިލްމެއް ވެސް ކުޅެފައިވާ ބަތަލާއެކެވެ. އެއީ 2008 ގެ "ބަޗްނާ އޭ ހަސީނޯ" އެވެ. ދީޕިކާ ޕަދްކޯނާއި މިނިޝާ ލާމްބާ ވެސް ކާސްޓްގައި ހިމެނުނު އެ ފިލްމުގައި ރަންބީރް ފެނިފައި ވަނީ ބިޕާޝާ ހިތުހުރި ގޮތަކަށް ގެންގުޅޭ ލޯބިވެރިއެއްގެ ރޯލުންނެވެ.
"ބަޗްނާ އޭ ހަސީނޯ" ގައި ރަންބީރާއި ބިޕާޝާ އެކީގައި ފެންނަ ލަވަ "ސްމޯލް ޓައުން ގާލް" އަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަޝްހޫރުވި ލަވައެކެވެ.
ދެ ތަރިންގެ ޓީވީ އިޝްތިހާރަކީ މިހާރު ކޮވިޑަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދަން ފެށުމުގެ ކުރިން ރަންބީރު، ބިޕާޝާއާ އެކު ކުޅެފައިވާ އެއްޗެކެވެ.
ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބިޕާޝާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު އެމްއެކްސް ޕްލެޔާ ގެނެސްދިން ވެބް ސީރީޒް "ޑޭންޖަރަސް" އިންނެވެ. އޭގެ ބަތަލަކީ އޭނާގެ ފިރިމީހާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިލްވަރބީރު އެންޑް އާނސޫ
22 March 2021
މޮޅު ލިޔުމެއް. ވަރައް މުނާސަބު މިދުވަސްވަރަށް.