"ބޯރެޓް ސަބްސީކްއެންޓް މޫވީ ފިލްމު" ގެ ޕޯސްޓަރެއް.
22 މާޗް 2021 - 07:55
މި އަހަރު ބާއްވާ 93 ވަނަ އޮސްކާ އެވޯޑްސްގައި ވާދަކުރާ ފިލްމަކަށް، އެންމެ ދިގު ނަން ކިޔާ ފިލްމުގެ ރެކޯޑް ލިބިއްޖެ އެވެ.
އެންމެ ދިގު ނަން ކިޔާ ފިލްމުގެ ގިނިސް ވޯލްޑް ރެކޯޑް ލިބުނު އާ ފިލްމަކީ އަންނަ މަހުގެ 26 ގައި ބާއްވާ އޮސްކާގައި އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ އާއި އެންމެ މޮޅު ސަޕޯޓިން ބަތަލާ (މަރާޔާ ބަކަލޯވާ) އިން ނޮމިނޭޓްވެފައިވާ "ބޯރެޓް ސަބްސީކްއެންޓް މޫވީ ފިލްމު: ޑެލިވަރީ އޮފް ޕްރޮޑިޖަސް ބްރައިބް ޓު އެމެރިކަން ރެޖީމް ފޯ މޭކް ބެނެފިޓް ވަންސް ގްލޯރިއަސް ނޭޝަން އޮފް ކަޒަކާސްތާން" އެވެ.
ފިލްމުގައި ނަމުގައި ޖުމްލަ 110 އަކުރު ހިމެނޭ އިރު އެ ފިލްމަކީ 2006 ގެ "ބޯރެޓް: ކަލްޗްރަލް ލާނިން އޮފް އެމެރިކާ ފޯ މޭކް ބެނެފިޓް ގްލޯރިއަސް ނޭޝަން އޮފް ކަޒަކާސްތާން" ގެ ސީކްއެލްއެކެވެ.
The gigantic title of Sasha Baron Cohen's film has set an #Oscars record!
— Guinness World Records (@GWR) March 20, 2021
އެ ދެ ފިލްމުގައި ވެސް ޓައިޓްލް ރޯލު ކުޅެފައި ވަނީ ސާޗާ ބެރޮން ކޮއެން އެވެ. ކުރީގެ ފިލްމު ޑައިރެކްޓްކުރީ ލެރީ ޗާލްސް އެވެ. މިދިޔަ އަހަރު ރިލީޒްކުރި ސީކްއެލްގެ ޑައިރެކްޓަރަކީ ޖޭޒަން ވޮލިނާ އެވެ.
އެ ދެ ފިލްމަކީ ވެސް މޮކިއުމެންޓަރީ ކޮމެޑީ އެވެ.
ކުރިން އެންމެ ދިގު ނަން ކިޔާ ފިލްމުގެ ރެކޯޑް އޮތީ 1966 ގައި ބޭއްވި އޮސްކާގައި ވާދަކުރި 1965 ގެ ފިލްމު "ދޯޒް މެގްނިފިޝަންޓް މެން ދެއާ ފްލައިން މެޝިން އޯ ހައު އައި ފްލޫ ފްރޮމް ލަންޑަން ޓު ޕެރިސް އިން 25 އަވާޒް 11 މިނިޓްސް" އަށެވެ.
އެ ޓައިޓްލްގެ އަކުރުތަކުގެ އަދަދަކީ 85 އެވެ. އެ ފިލްމަކީ އޮސްކާގައި ބެސްޓް ރައިޓިން، ސްޓޯރީ އެންޑް ސްކްރީންޕްލޭ އަށް ނޮމިނޭޓްވި ފިލްމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy