ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަަޝީދު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް. ކޮރަޕްޝަނާ ބެހޭ ބަހުސަކަށް ޓީވީއަށް އަރުއްވަން ދެބޭފުޅުން އެއްބަސްވެވަޑައިގެންނެވި.
28 މާޗް 2021 - 23:41
ކޮރަޕްޝަނުގެ މައްސަލަތައް ރަނގަޅަށް ނުބެލޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅުކުރެއްވުމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އެމަނިކުފާނަށް ރައްދު ދެއްވައި، އާއްމުން ކުރިމަތީގައި ދެ ބޭފުޅުން އެކުގައި އެ ވާހަކަ "ރަނގަޅަށް ދައްކައިލަން" އެދިވަޑައިގެންފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރަކު "މިހާރު" އަށް މިރޭ ވިދާޅުވީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ނަޝީދު ލިއުއްވި ވާހަކަފުޅުތަކަކާ ގުޅިގެން ފަައްޔާޒު އެހެން ވިދާޅުވުމުން ނަޝީދު އެކަން ގަބޫލުކުރައްވައި، މާދަމާ ލައިވް ޓީވީގައި އެ ބަހުސް ކުރައްވަން ފައްޔާޒަށް ދައުވަަތު ދެއްވި ކަމަށެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަން މެނޭޖްކުރުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދަން ދުބާއީގެ ކުންފުންޏަކަށް 30 މިލިޔަން ރުފިޔާ ދިން ނަމަވެސް ވެންޓިލޭޓަރު ނުލިިބި އޮތް މައްސަލަގަނޑު ނަޝީދު ސިފަކުރައްވަނީ ސަރުކާރުން ބައިވެރިވެގެން ކޮށްފައިވާ ވައްކަމެއްގެ ގޮތުގަ އެވެ. އެމަނިކުފާނު އިއްޔެ ވަނީ ސޯޝަލް މީޑިއާގައި ވެސް އެގޮތަށް އެ ވާހަކަ ދައްކަވައިފަ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އެކަމާ މަޝްވަރާކުރަން ބައްދަލުވުމެއް ބޭއްވި ނަމަވެސް އެ ބައްދަލުވުން ނިމުނީ ވަކި ގޮތަކަށް ނުނިމި އެވެ. ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕުގައި ނަޝީދު ނުރުހުން ފާޅުކުރެއްވީ ޕީޖީ ގްރޫޕުގެ އެ ބައްދަލުވުމުގެ ނަތީޖާ ނިމުނު ގޮތުން ހިތްޕުޅުހަމަޖެހި ވަޑައިނުގެން ކަަމަށް މައުލޫމާތު ދެއްވި މެމްބަރު ވިދާޅުވި އެވެ.
"އެ ވާހަަކަ ދައްކަވަނިކޮށް ފައްޔާޒު އެ ވާހަކައިގެ ތެރެއަށް ވެދެވަޑައިގެން ވިދާޅުވީ ހިނގާށޭ ވައްކަމުގެ ވާހަކަ ރަނގަޅަށް ދައްކައިލަން، އާއްމުންގެ ކުރިމަތީގައި،" ނަން ހާމަކުރަން އެދިވަޑައިނުގަންނަވާ މެމްބަރު ވިދާާޅުވި އެވެ.
އެ ޗެލެންޖް ވަގުތުން ގަބޫލުުކުރައްވައި ނަޝީދު އެދިވަޑައިގެންނެވީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ލައިވް ޕްރޮގްރާމަކަށް ދެ ބޭފުޅުން މާދަމާ އެރުއްވުމަށެވެ.
ސަރުކާރުގެ ނުފޫޒު ގަދަ މިނިސްޓަރު ފައްޔާޒާ ދޭތެރޭ މީގެ ކުރިން ވެސް ކޮރަޕްޝަނުގެ އެކި ތުހުމަތުތައް ނަޝީދު ކުރައްވައިފައި ވެ އެވެ. އަދި އެމަނިކުފާނު އިސްވެ ހުންނަވައި ފައްޔާޒު މަގާމުން ދުރުކުރުމުގެ މަސައްކަތްޕުޅުތަކެއް ވެސް ކުރެއްވި އެވެ. އެކަމަކު ފަހުން އެކަން ހުއްޓުނީ އޭގެ ތެރެއަށް ރައީސް ފާޅުގައި ވެދެވަޑައިގެންނެވެ.
ފައްޔާޒާއި ނަޝީދު ލައިވް ޓީވީގައި އެފަދަ ބަހުސެއް ކުރެއްވުމުގެ އިންތިޒާމް މާދަމާ އަށް ހަމަޖެހުނުކަމެއް ނުވަތަ ނޫންކަމެެއް އަދި ނޭނގެ އެވެ.
ވެންޓިލޭޓަރުތައް ގެންނަން ދުބާއީގެ ކުންފުންޏާ ހަވާލުކުރި މައްސަލައިގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެ އެވެ. ކޮވިޑް މެނޭޖްކުރަން ސަރުކާރުން ފައިސާ ހަރަދުކުރާ ގޮތް ބަލަން މަޖިލީހުން އެދިގެން ކުރި އެ އޮޑިޓްގައި ފާހަަގަވި މައްސަލަތައް ބަލަން ސަރުކާރުން އޭސީސީ އަށް ހުށަހެޅި އެވެ. އޭސީސީން އެ މައްސަލަ ތަހުގީގުކޮށް ކުރީގެ ހެލްތު މިނިސްޓަރާއި އެހެން ބައެއް ބޭފުޅުންނަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި އެވެ.
އެކަމަކު ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނިންމެވީ އެކަމުގައި އެއްވެސް މީހަކަށް ދައުވާކުރެވޭ ވަަރަށް ހެކި ނެތް ކަމަށެވެ. ނަޝީދު ގެންދަވަނީ އެ ނިންމެވުމާއި މެދު ނުރުހުން ފާޅުކުރައްވަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަގުހިފާ
29 March 2021
ރައީސް ނަޝީދު ބަރާބަރު! ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ސަރުކާރު ޒިންމާދާރުކުރުވަން ކުރައްވާ މަސައްކަތައް ޝުކުރިއްޔާ! އަމިއްލަ ދަރި ދޮންފުތުވާ އުސޫލުން ކަންކަންކަން ނުކުރައްވާތީ ރުޅިއަރާބަޔަކު ރުޅިއަޔަސް ވައްކަން ހުއްޓުވާ، ޒިންމާދާރުކުރުވާ
ޑޮކްޓާރ. ބަނާނާ
29 March 2021
"މަހުވެއި ބިއްލާހި " ތިޔާ ދެބޭފޫޅުން ޓިވީއަށްއަރާ ތިބާވަތުގެ އެއްވެސް ވާހަކައެއް ނުދައްކަވާނެ. ސަރުކާރަށް މިހާރު ތާއިދު ނުލިބިދާނެތީވެ މީހުން ވާވައްދަން ވޯޓްކައިރި ވީމާ ބައިސިކޯފްގޭގައި ދެބޭފުޅުން ކުޅުއްވާ ޑްރާމާ އެއް! " ފްރެންޑާ ބެނާހެން އަރައި ކާއި ހުސްކުރަނީ "
ދަރަނި ދަންތުރަ
29 March 2021
ކެނެރީގޭ ނަސީދުގެ ހިއްވަރެއްހުރިއްޔާ އިބޫ ފައިސަލްގެ އިތުބާރުނެއްކަމުގެ ވޯޓެއްނަގާބަލަ އޭރުން ރައްޔިތުން ގަބޫލުކުރާނެ ނަސީދަކީ ވަށްކަމާ ދެކޮޅު މީހެއްކަން...
ލިރާޤު
29 March 2021
އޭ ކޮމްބޯ މާ ސަޅިވާނެ!
ސާމިޔާ
29 March 2021
ބޮޑު އިންތިހާބެއް ބޯމަތިވެފަ އޮއްވާ ކޮންހާ ޑްރާމާއެއްތަ މި ކުޅެނީ. ވަރަށް ސާފުކޮށް މިބުނަނީ ވޯޓެއް ނުދޭނަން އެންޑީޕީއަކަށް
ރަހީމާ
29 March 2021
އައްނި މިހުރިހާ ފިލްމު ނުކުޅެ ބަރުލަމާނީ ނިޒާމެއް ބޭނުމޭ ބުނެ ރައްޔިތުންގެ ވޯޓަކައް އެހީމަ ނިމުނީނު އިބޫ އައް ޕުރެސަރ ނުކޮއް ބަރުލަމާނީ އަކައް އެއްބަސްވާން ކޮންމެ ގޮތެއްވިޔަސް ނިޒާމް ނިންމާނީ ރައްޔިތުން އިބޫކިޔަން ނުކެރިގެން ފައްޔާޒޭ ވެސް ކިޔަނީ
އަންނި ނަޝީދު
29 March 2021
"އެބޭޅުންނާ އެބޭޅުންގެ ނަގޫ ގޮށްޖެހޭނީ" - ރ.ނަޝީދު
ޒީރޯ ޓޮލަރެންސް
29 March 2021
ފައްޔާޒު ވަނީ ބްރޯއަކަށް ބަދަލުވެފައި، ރައީސް ސޯލިހު އެފުރުސަތު ފައްޔާޒަށް ހުޅުވާދީފަ އޮތީ. އެކޮނޮމިކް މިނިްސްޓްރީ އެއްވެސް ނުހިންގޭ، ވާނުވާ އެއް އނގޭ ތަނެއް ނޫން އެއީ އާދައިގެ ދިވެއްސަކަށް.
އަހުމަދުބޭ
29 March 2021
މިވަގުތުގެ ބޭނުން ހިފައިގެން އަންނި މިކުޅޭ ޑުރާމާ ރައްޔިތުންނަށް ވަރަށް ސާފް، މިއީ 2006 ވަނަ އަހަރެއްނޫން، މިއީ 2021 ނަސީދު ވަރަށް ރަގަނޅަށް ރައްޔިތުންނަށް އެގިއްޖެ، ނަސީދުވެސް ބޭނުންވަނީ ބާރާ އިއްޒަތް ފައިސާ، މަޖާ، ހިތާމައަކީ މިލިބުނަސް ރީއްޗަށް އުޅެން ނޭގޭ މީހަކަށް އުޅޭކަން ނޭގޭނެ
ހަހަ
29 March 2021
ޓީވީއަށް އަރައި ތިއިން އެކަކުވެސް ނުދައްކާނެ ތިޔަ ކަހަލަ ވާހަކައެއް.