މުއިއްޒު ވިދާޅުވިގޮތުގައި، ހިޔާ ފްލެޓެއްގެ ދޮރު ހަރުކޮށް، މުށި ޖަހައި ނިންމުމަށް ފަހު، ފްލެޓެއްގެ މަހު ކުއްޔަކީ 5،600ރ. ކަމަށް ހެދޭނެ. އޭނާގެ ނަޒަރުގައި 25 އަހަރަށް ބަހާލާ ނަމަ ވެސް މަހު ކުއްޔަކީ 3،800ރ.
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
08 އެޕްރީލް 2021 - 12:20
ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ "ހިޔާ" ފްލެޓުތަކުގެ މަހު ކުއްޔަށް 7،500ރ. ހަމަޖެއްސުމަކީ ރައްޔިތުންނަށް ދެވުނު އިތުރު ހިތްދަތި ކަމެއްގެ ގޮތުގައި ސިފަކުރައްވައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރަތްކުރަން ފެށި ފްލެޓުތަކަށް ޑައުންޕޭމަންޓާ ނުލައި މަހު ކުއްޔަކީ 7،500ރ. ކަމަށް ސަރުކާރުން ވަނީ އިއްޔެ އިއުލާނުކޮށްފަ އެވެ. ރައީސް އޮފީހުގައި ބޭއްވި ޕްރެސް ބްރީފިންގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ޑައުންޕޭމަންޓް ދައްކާނަމަ ކުލި ކުޑަވާނެ ކަމަށެވެ.
އެކަމާ ގުޅިގެން، ހިޔާ ޕްރޮޖެކްޓް ފެށިއިރު މިނިސްޓަރަކަށް ހުންނެވި ޑރ. މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓުތަކަށް މަހަކު 5،600ރ. އަށްވުރެ ބޮޑު އަދަދެއް ދެއްކުމަކީ ރައްޔިތުންނަށް ދެވުނު އިތުރު ހިތްދަތިކަމެއް ކަމަށެވެ. ދޮރު ހަރުކޮށް މުށި ޖަހައި ނިންމުމަށްފަހު 5،600ރ. އަށް ދެވޭނެ ކަމަށް ވިދާޅުވި އެވެ.
Hiya mashroou ge flat thakah mahaku dhakkanjeheyvarakee Rf5600 ahvure bodu adhadheh kamah kandaelhumakee, rayyithunnah dhevunu ithuru hiydhathikameh. Dhoraa, tiles aaekkoh finish kohfa, Rf5600 ah dheveyne. Adhi 25 aharah bahaalanama, Rf3800 ah dheveyne. https://t.co/UsoOelAPqN
— Dr Mohamed Muizzu (@MMuizzu) April 8, 2021
"އަދި 25 އަހަރަށް ބަހާލާނަމަ 3،800ރ. އަށް [ފްލެޓު] ދެވޭނެ،" ޑރ. މުއިއްޒުގެ ޓްވީޓުގައި ވިދާޅުވި އެވެ.
ހިޔާ ފްލެޓަށް ދައްކަންޖެހޭ އެންމެ ބޮޑު އަގަކީ 7،500ރ. ކަމަށް ސަރުކާރުން ކަނޑައެޅި ނަމަވެސް އެއީ އެ ފްލެޓުގެ އަސްލު އަގާ ބަލާފައި ވަރަށް ކުޑަ އަގެއް ކަމަށާއި މި މަޝްރޫއުގެ އަނދަގޫ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ވަރަށް ބޮޑުވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ހިޔާ ފްލެޓުތައް އިމާރާތްކުރުމުގެ އަގާއި ލޯނުގެ ފައިނޭންޝަލް ކޮސްޓާއެކު ފްލެޓަކަށް އަސްލު ޖެހޭ އަގަކީ 11،000ރ. އެވެ.
އެޗްޑީސީން މިއަދު ވަނީ ފްލެޓު ލިބޭ މީހުންގެ ގުރުއަތުލުން މިއަދު ފަށައިފަ އެވެ. އެންމެ ފުރަތަމަ ގުރުއަތު ނަގަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީ (އެޗް10) ގެ ދަށުން ފްލެޓް ލިބުނު މީހުންގެ މެދުގަ އެވެ. އެއީ 188 ފްލެޓެވެ.
ފްލެޓު ލިބުނު މީހުން އެއްބަސްވުމުގައި ސޮއިކުރުމާއި ތަޅުދަނޑި ހަވާލުކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު، އެ ތަނުގެ ތަޅުދަނޑި އަންނަ މަހުގެ ތެރޭގައި ހަވާލުކުރެވޭ ވަރުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މީގެ ކުރިން ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Ahmed Mohamed
09 April 2021
މޭޔަރު ކަންބޭނުން ވިޔަސް ތީބޮޑުވަރު ، ރައޔިތުންގެ ހިއްދަތިކަން ފިލުވަންތަ ރައްޔިތުންގެ ފައިސާއިން އެޅިބުރިޖުން ދަތުރުކުރާ މީހުނާ ވެހިކަލުން ފައިސާނަގަން ހަމަޖެއްސީވެސް އެވެސް ނުނަގާގޮތަށް ހެދީ މިހާރު މިއޮއި ސަރުކާރުންކަން ރައްޔިތުން ހަނދާނެއް ނުނެތެ
އަލީރާޖާ
08 April 2021
ގާކޮށި ފްލެޓް ލިބުނު މީހުންނަށް 35000 ދަށްކަން ޖެއްސި މީހާ ތިހެން ބުނީމަ އެހާ ރީއްޗެއް ނޫންދޯ؟
ގޯތިއާދަނު
08 April 2021
ކަލޯ މިވެރިކަމާއި ހަވާލުވިއިރު ފުލެޓްތަކުގެ 20 ޕަސެންޓުވެސް ނުނިމޭ.....ކޮންޓްރެކްޓަރުން ކުރިމަސތްކަތައް ފައިސާވެސް ނުދީހުރީ
ހެޔޮ ނިޔަތް
08 April 2021
ތިޔަ ފްލެޓް ތަކުން އެކަނި ވެސް އަޅުގަނޑު މުއިއްޒުއަސް އޭ+++ ދޭން ޖެހޭ ކަމަށް ޤަބޫލު ކުރަމެވެ. ތިޔައީ އެހެން ދެވަނަ މީހަކަށް ފަސް އަހަރުތެރޭ ނުކުރެވޭ ވަރުގެ ކަމެއް ކަމާމެދު ޝައްކެއް ނެތެވެ.
އަލީގާ
08 April 2021
މަހަކު އެންމެ ރުފިޔާއެއް ދައްކަން ނުޖެހޭގޮތައްވެސް ފްލެޓްތައް ދެވިދާނެ އެކަމަކު އޭރުން އެފްލެޓްތަކައްނެގި ލޯނު ދައްކަންޖެހޭނީ ހުރިހާރައްޔިތުން. ލޯނައްނެގި އަދަދާ އެލޯނުގެ ފައިނޭޝަލްކޯސްޓު މުއިއްޒަން ނޭގެންޏާ ކިޔެވި އެއްޗަކާމެދުވެސް އެހެންމީހުންގެ ހިތުގަ ސުވާލުއުފެދޭނެ.
ދިރާސަތުލް
08 April 2021
މުއިއްޒުގެ ކުޅަދާނަ ކަމާއި ޤާބިލު ކަން ސާފުކޮށް ހަމަލޮލަށް ފެންނަނީ ތިޔަފަދަ ބޮޑެތި މަޝްރޫޢުތަކުން، އަސްލަންޓެއަށް ތިން އަހަރު ތެރޭގައި 5% ހަމަޔަށްވެސް ނާދެވޭ،
ފިތްރޯނު
08 April 2021
މާލޭގައި އެޅި ފްލެޓްތަކާ ހިޔާ މަޝްރޫޢުގެ ފްލެޓްތަކާ ވަރަށް ތަފާތު، އެހެންވީމާ މުހިއްޒު އެވިދާލުވާ ވާހަކައެއް ތާއިދުކުރެވޭ
ހބލވދނ
08 April 2021
ހާދަ މޮޅު ވާހަކައެކޭ. ތި މަނިކުފާނުގެ ވިސްފުޅުކަމާ ހެޔޮފުޅުކަމުގެ ތެރެއިން ނޫންތޯ ޓާ.ޓާ ފްލެޓް ތަކުން ފެށިފަހި ޕރޮގްރާމުން ފްލެޓް ލިބުނު މީހުން މަހަކު 33 ހާސް ރުފިޔާ ދައްކަން މަޖްބޫރުކުރީ. މިހާރުވެސް އެ މަޖްބޫރުގެ ނަތީޖާއެއްގެ ގޮތުން އެތައް ބަޔަކު މަހަކު 22 ހާސް ރުފިޔާ ބޭންކަށް ދައްކަންވަނީ ޖެހިފަ. ހިތްދައްޗެއް ނުވާނެތޯ
އޮނަރަބްލް އަފީފު ދީދީ
08 April 2021
ދުނިޔޭގައި އިޤްތިސޯދު ހިގާގޮތް އެއްވެސް މިންވަރަކަށް ނޭގޭ މިފަދަ މީހަކު ކޮންމެވެސް ގޮތަކުން ބާރުވެރި މަގާމަކަށް އައިސް "ގޯސް ހަދާފާނެ ކަމަށްޓަކާ" އެފަދަ ކަންކަމުން ދައުލަތާއި ރައްޔަށް ސަލާމަތް ކުރުމަށް ހަދާންޖެހޭ ޤާނޫނު ހެދުން އަވަސްކުރާންވެއްޖެ. # މިގޮތުން ރިއަލްއެސްޓޭޓް ވިޔަފާރިއާއި ސޯޝަލް ހައުސިންގ ސްކީމް ގެ ފުރިހަމަ ޒަމާނީ ޤާނޫނެއްގެ އިތުރުން އަމިއްލަ ފަރުދުންގެ ތަަންތަން ކުއްޔަށް ދެވޭނެ އުސޫލުތައްވެސް ތަފުސީލީ ޤާނޫނަކުން ކަޑައަޅާންވެއްޖެ.
ކޮލަމާފުށި
08 April 2021
ފްލެޓޭ ކިޔައިގެން މުއިއްޒު ވާހަކަ ނުދެއްކެވުން އެދެން..އެއައްވުރެ މާ ހަޑިކޮށް މުއިއްޒު ކަންތައްކުރީ