ރިޕޯޓް / ޕީޕީއެމް

ޕީޕީއެމަށް ބޮޑު އުފަލެއް، މިއީ މުޅި އިންތިހާބު ކާމިޔާވުން ފަދަ ކަމެއް

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްއަށް މާލެ ސިޓީން ލިބުނު ކާމިޔާބީ މިރޭ ފާހަގަ ކުރަނީ-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އިދިކޮޅު ޕީޕީއެމްގެ އޮފީސްތެރެއިން ރޭ ފެނުނު މަންޒަރުތަކުން ބޮޑަށް ސިފަވީ، އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެއްކޮށް އެ ޕާޓީ އަށް ލިބިގެން އުޅޭ ކަމެވެ. ފެނުނީ ބައެއް މީހުން އުފަލުން ރުއިތަނެވެ. އެކަކު އަނެކަކަށް ބައްދާލައި، މަރުހަބާ ކިޔުން ނޫން ކަމެއް ނެތެވެ.

"ކޮބާ މިއޮތީ ބޮޑު ތަނުން [އިންތިހާބު] ނަގާފައޭ، ހަމަ ބޮޑުތަނުން!" މާލޭ ސިޓީ ކައުންސިލްގެ ގޮނޑިއެއް ކާމިޔާބުކުރި ކެންޑިޑޭޓެއްގެ ގައިގައި ބައްދާލަމުން ސަޕޯޓަރަކު ބުންޏެވެ.

މިި ޝުއޫރުތަކާއެކު، އިދިކޮޅުން ފާޅުކުރީ މިހާތަނަށް މާލޭގައި ސުޕަ މެޖޯރިޓީ ދަމަހައްޓަމުން އައި އެމްޑީޕީ އަށް އިއްޔެގެ އިންތިހާބުގައި ބޮޑު ނާކާމިޔާބީއެއް ލިބުމުންނެވެ. މާލޭގެ މޭޔަރުކަން ނެގީ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރު ބަލިކޮށް، ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ވެސް އެމްޑީޕީ އަށް ގެއްލި ބާރުވެރިކަން ވޯޓުން "ދަމައިގަތީ" އިދިކޮޅުންނެވެ.

ވިދިވިދިގެން ދެ އިންތިހާބަކުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހި، އުންމީދު ގެއްލިފައިވާ ޕީޕީއެމަށް މިއީ އާދަޔާ ހިލާފު ކާމިޔާބަކަށް ނޫނީ ނުވާނެ އެވެ. ޚާއްސަކޮށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕާޓީއެއް، މާލެ ކަހަލަ އެމްޑީޕީގެ "ހާއްޔަކުން" ބަލިކޮށްލުމަކީ "ނިކަމެތި" އިދިކޮޅު ކޯލިޝަނަށް އާދައިގެ ކަމަކަށް ނުވާނެ އެވެ.

މާލޭގެ މޭޔަރުކަން ކާމިޔާބު ކުރެއްވި ޑރ. މުއިއްޒާއި މާލޭގެ އެހެން ގޮނޑިތައް ކާމިޔާބު ކުރެއްވި ޕީޕީއެމްގެ މެންބަރުންނަށް ލިބުނު ކާމިޔާބީ ޕީޕީއެމްގެ އޮފީހުގައި ފާހަގަކުރަމުން ދިޔައިރު އެންމެންގެ މޫނުމަތިން ފެނުނީ މުޅި އިންތިހާބުގެ މެޖޯރިޓީ ކާމިޔާބު ކުރި ކަހަލަ އިހުސާސްތަކެކެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްއަށް މާލެ ސިޓީން ލިބުނު ކާމިޔާބީ މިރޭ ފާހަގަ ކުރަނީ-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ޕީޕީއެމް އޮފީސް ހިންގާ، ހ. ހުރަފަ އަށް ޑރ. މުއިއްޒު ވަޑައިގަތުމާއެކު، އެ އޮފީހުގެ ބޭރުގައި ފިޔާތޮށި ކުލައިގެ ދިދަ ހިފައިގެން ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުންގެ އަޑު ގަދަވި އެވެ. މުއިއްޒަށް ތާއީދުކޮށް، ކާމިޔާބީ އަށް މަރުހަބާ ކިޔުމާއި ސަލާން ކުރުން ކުރިޔަށް ގެންދިޔަ އެވެ.

ޕީޕީއެމްގެ އޮފީހަށް މުއިއްޒު ވަދެވަޑައިގަތުމާއެކު، އެ ޕާޓީގެ ކައުންސިލް މެންބަރުންނާއި ލީޑަޝިޕްގެ ހުރިހާ ބޭފުޅުން އޭނާއާ އެކު ފޮޓޯ ނަންގަވައި، އުފާފާޅު ކުރައްވަމުން ގެންދެވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްއަށް މާލެ ސިޓީން ލިބުނު ކާމިޔާބީ މިރޭ ފާހަގަ ކުރަނީ-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ކާމިޔާބީއަށް ފަހު ޕީޕީއެމުން ދިން ފުރަތަމަ ޕްރެސް ސްޓޭޓްމަންޓުގައި އިދިކޮޅު ކޯލިޝަންގައި އެންމެ އިސްކޮށް އުޅުއްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ ރާގު ވެސް ހުރީ މުޅި އިންތިހާބު ކާމިޔާބު ކުރެވުނު ކަހަަ ގޮތަކަށެވެ. މުޅި ރާއްޖޭގެ ރައްޔިތުން ދެއްކި ސާބިތުކަމަށްޓަކައި ހުރިހާ އެންމެންނަށް ކާމިޔާބީއަށް އެދޭ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ ކަމަކަށް މި ސަރުކާރަށް، މިރެއިން މިރެއަށް، މިހާރުން މިހާރަށް ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށް ދޫކޮށްލަން ގޮވާލަން،" ކުރީގެ ރައީސް ޔާމީން މިނިވަންކުރަން ސަރުކާރަށް ޑިމާންޑު ކުރައްވާ ރާގަކުން އަދުރޭ ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްއަށް މާލެ ސިޓީން ލިބުނު ކާމިޔާބީ މިރޭ ފާހަގަ ކުރަނީ-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ކައުންސިލް އިންތިހާބުގެ ޖުމުލަ ނަތީޖާ އަށް ބަލާއިރު ޕީޕީއެމްއަށް މާ ބޮޑު ކާމިޔާބީއެއް ލިބުނު ކަމަކަށް ނުބެލެވެ އެވެ. ޖުމުލަ ނަތީޖާ އަދިވެސް ބުރަވަނީ އެމްޑީޕީ އަށެވެ. ނަމަވެސް މިފަހަރުގެ މުޅި އިންތިހާބާއި ކެމްޕެއިން އަދި ސަރުކާރުގެ ވައުދުތައް އެނބުރުނީ މާލޭގެ ދާއިރާގަ އެވެ. ވެރިކަމާއި ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ހޯދާފައިވާ އެމްޑީޕީން ވެސް އެންމެ ބޮޑަށް އުންމީދު ކުރީ މާލެ ކަހަލަ ބޮޑު ތަނަކުން ބޮޑު ކާމިޔާބީއެއް ހޯދުމަށެވެ.

އެހެންވެ، މާލެއަށް މުއިއްޒު ހޮވުމާ އެއް ފަދައިން އެމްޑީޕީ އެންމެ ބޭނުންވި ދާއިރާއިން ބޮޑު ތަނުން ބަލި ކޮށްލެވުމަކީ ވެސް ޕީޕީއެމަށް މުޅި އިންތިހާބު ކާމިޔާބުވުން ކަހަލަ ކަމެކެވެ.

19 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 81%
icon sad icon sad 0%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެންޓި ލާމަރުކަޒީ

11 April 2021

މާލޭގެ ގިނަމީހުން ބޭނުމެއްނުޗޭ މާލެއަށް ޖަމާކޮށްގެން ތިބި ބާރުތައް ދޫކޮށް ލާމަރުކަޒީ އުސޫލުން ދައުލަތް ހިންގާކަށް. އެއީ މާލޭ މީހުން އެމްޑީޕީއަށް ވޯޓް ނުދިން ސަބަބަކީ.

The name is already taken The name is available. Register?

ކުޑަހުސެން

11 April 2021

މާލޭ މީހުންނެއް މިއިންތިހަބަކު ވޯޓެއް ނުލާ ... ވޯޓުލީ ޕޕމ އިން ވެރިކަން ކުރިއިރު ދަފްތަރަށް އިތުރުކޮށް 7000 ފްލެޓް ބެހި މީހުން ...

The name is already taken The name is available. Register?

ނިކް

11 April 2021

މާލޭ މީހުންގެ ވޯޓަކުން ނޫނެއްނު ރައީސުލްޖުމްހޫރިއްޔާ ހޮވަނީ.. މުޅި ރާއްޖޭގެ މެޖޯރިއާ ގިނަ ގޮނޑިތައް ނެގީ އެމްޑީޕީއިން..ފުލެޓުތަކުގެ ފައިޓު ވެސް މާލެއިން ފެނުނު ދަފުތަރު މީހުން ބާކީ ކޮށްލީމަ އެމީހުންވެސް ހަސަދަ ފިލުވި

The name is already taken The name is available. Register?

މުޒުނީ

11 April 2021

ކުޑަހުސެން...މާލޭ މީހުން ވޯޓުނުލީ ވެސް އަންނިގެ ޑިމޮކްރެސީދެކެވީ ފޫހިން. އެހެންކަމަށްވުމުން، ނިޒާމު ވޯޓުގައި ބަރުލަމާނީ ފިކުރަށްވެސް ހަމަ ޖެހޭނީ މިޙާލު. ރައީސް އިބޫ އެއޮތީ މިކަން ވަރަށް ރީއްޗަށް ދައްކަވާދެއްވާފަ.

The name is already taken The name is available. Register?

ވިސްނާލުމަށް އެދެމޭ

11 April 2021

މިފަހަރުގެ އިންތިޙާބު ފެށުނީއްސުރެ ކަވަރުކުރުކޮށް ދިރާސާކުރިނަމަ މޫސާރަޝީދަށްވެސް ބުނެވޭނީ ޕޕމަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެއޭ..ރާއްޖޭގެ ޖުމްހޫރީ ވެރިކަމެކުރަން ފެށިފަހުން މިވެރިކަމުގަ މިއޮތް ޙުދުމުޙުތާރު ވެރިކަމެކުރިކަމުގެ ވާހަކައެއް ލިޔެކިޔުމަކުން ފެންނާކަށްނެތް. އިދިކޮޅުޕާޓީ ފައިސާތަކާ ލީޑަރު ހައްޔަރުވެފަ.އިދިކޮޅު ކެންޑިޑޭޓުންނަ ގެއިންނުކުތުންމަނާވެފަ މޑޕ ފުރިހަމަ ކެންޕޭނުގަ ހަދިޔާބަދިޔާ ބެހުމުގަ.އެހެންވީމަ ނިކަމެތި ޕޕމއަށް ބޮޑުކާމިޔާބަކަށްވީ

The name is already taken The name is available. Register?

ސޭނޯޓު ކެރަފާ، ސޭނޯޓުކާމިނީ

11 April 2021

ރަށްވެހި ފަތިހަށް މާލެ ރައްޔިތުން ނޫނެކޭ ބުނެފިއެވެ. މާލޭގެ ވޯޓުދޭ އާބާދީގެ 90 އިން ސައްތަ މީހުން ވޯޓުދޭންވެސް ބޭނުންނުވިއެވެ. ރައްޔިތުން ބޭނުންވަނީ އާއިލީ ސަރުކާރެއްނޫނެވެ. ރައްޔިތުންގެ ސަރުކާރެކެވެ. އެކަމަކު މިފެންނަނީ ކެރަފާ އާއިލާއަށް ބާރުތައް ޖަމާކުރާ ތަނެވެ. މިނިސްޓަރުން ވަކިކޮށްފައިވެސް މިނިސްޓަރުކަން ދެނީ ކެރަފާ ނަސީމު ކަހަލަ ދެއުޅިއެއް ނުވާ މީހުންނަށެވެ. މިކަން މާލޭ ރައްޔިތުން ބަލައިނުގަތީއެވެ.

The name is already taken The name is available. Register?

ދަފުތަރުވޯޓު

11 April 2021

މާލޭގެ ރައްޔިތުންގެ ބަސް ވަރަށް ސާފު! ލާމަރިކަޒީ ކޮށް، މާލޭގެ މަރުކަޒީ ސަރުކާރުގެ ބާރުތަކުން ބައިކުޅަ ބައި ރަށްރަށުގެ ކައުންސިލަރުންނަށް ދޭން ބާއްވާ އިންތިޚާބު ބަލައިގަނެވެން ނެތް! މާލޭ ރައްޔިތުން އެފަދަ އިންތިޚާބެއްގައި ވޯޓުދޭން ނުނުކުންނާނެ!

The name is already taken The name is available. Register?

ސުވޭސްޗެނަލް

11 April 2021

މުޅި އޮޑީގައި އަންނިގެ ދެފައި އޮވެގެން ވާނެކަމެއް ނެތް، އޭސީސީން ތަހުޤީޤުކުރަންވީގޮތް ކިޔައިދެނީ އަންނި، ދަޢުވާކުރަންވީ މީހުން ޕީޖީއަށްބުނެދެނެީ އަންނި، ފަނޑިޔާރުންނަށް ނަގަންވީ މީހުން ބުނެދެނީ އަންނި، ވެރިކަން ކުރަންވީ ގޮތް އިބޫއަށް އަންގަނީ އަންނި، ހުރިހާ ކަމެއް އަންނި ބޭނުންވާ ގޮތަށް އެކަނި، ވީމާ މާލޭގެ ރައްޔިތުން ބުނީ ކަލޭ އެކަނި ނުކުމެ ނިކަން އިންތިހާބު ކާމިޔާބު ކޮށްބަލާށޭ،

The name is already taken The name is available. Register?

ސުޕުނަން

11 April 2021

ތިޔަ ހެން ވީމަ އޭ މިސަރުކާރުން އެއުޅެނީ ޔާމީން ޖަލުގަ ބަހައްޓާ އިގެން ،

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

11 April 2021

ނޫސްވެރިޔާގެ އަސްލު މަގްސަދަކީ ކޮބާ؟/ ޕީޕީއެމަށް މަލާމާތްކުރުންކަމުގަ ވާނަމަ އެއީ ދެރަކަމެއް.ޕީޕީއެމް ހޯދި ކާމިޔާބީއެއް ހޯދީ މުޅި ސަރުކާރު އަދި ދައުލަތާ ވާދަކޮށްކަން ނޫސްވެރިޔާއަށް ނޭނގުން އެއީ ލަދުވެތިކަމެއް.އެހެންވީމަ ފުރަތަމަ ވާނުވާ ދަނެގަތުން ބުއްދިވެރި.ގަލަމެއް ލިބުނީމަ ކޮންމެ އެއްޗެއް ވެސް ލިޔެވިދާނެ.މަރުހަބާ ޕީޕީއެމް.މަރުހަބާ ''މިހާރުއޮންލައިން''ވ.ވެެދުން

The name is already taken The name is available. Register?

އދރނ

11 April 2021

ބޮޑާ ނުވޭ. އަހަރެމެން މާލެއިން ވޯޓު ނުދިނީ ކީއްވެ؟ ޔާމީނާއެކު ވައްކަންކުރި އެންމެން ޖަލަށް ނުލީމާ. މިއީ ފަހަރެއްގައި ވެސް ޔާމީނު މިނިވަންކުރަން ދިން ވޯޓެއް ނޫން. އެމްޑީޕީ ވޯޓަށް ނުނިކުތީ. ދިޔަނަމަ ތިލަފަތަށް ލާނީ!

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

11 April 2021

ކަލޭ އޮވެބަލަ ޖަލުގަ.ނޫނީ ކަލޭގެ ގޭގަ އުޅޭ އެންމެން ގޮވައިގެން ގޮސް ޖަލުގަ އޮވެބަލަ.އޮވެބަލަ. ވ.ވެދުން

The name is already taken The name is available. Register?

އެވޯޓު

11 April 2021

ކައުންސިލް އިންތިޚާބުގައި ގިނައިން ވޯޓުދޭނީ އާއިލީ ބޭފުޅުންނަށް. ބޮޑު އާއިލާއެއްއޮންނަ ބޭފުޅެއް ކުރިމަތިލައިފިނަމަ އިންތިޚާބު ކާމިޔާބުކުރުމުގެ ފުރުޞަތު ބޮޑުކޮށް އަބަދުވެސް އޮންނަނީ.

The name is already taken The name is available. Register?

ލޮރެންކޮ ކަބީލާ

11 April 2021

މިފަދަ ބަލިމަޑުކަމެއްގެތެރޭގާ ބެއްދުން އެއްގޮތަކަށްވެސް ބަލައެއްނިގަނެވޭ. ނުބައްދައިވެސް އުފާފާޅުކުރެވިދާނެ.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

11 April 2021

ކަލޯ ދޭބަލަ ކޮންގޯގަ ހުދުމުހްތާރު ވެރިކަމެެއް ކުރެވޭތޯ ބަލަން.ލަދު ކޮބާ؟؟

The name is already taken The name is available. Register?

ހޫގޯސް

11 April 2021

ބަލިމަޑުކަމުގެ ތެރޭގަ އެމްޑީޕީ މީހުން ގްރޫޕްހަދައިގެން ކެ މމްޕެއިން ކުރުން އޯކޭ ވޯޓްލާން ޕްސިޓިވް މިހުން ގެންދަންވެސް އޯކޭ އުފާ ފާޅުކުރަންވީމަ ގޯސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454