ސްރީލަންކާގެ ވެރިރަށް ކޮޮލަމްބޯގެ މަތިން ނަގާފައިވާ ފޮޓޯއެއް: ހާދިސާގެ ފަހުން އާއިލާއާ ގުޅޭ ގޮތް ވަނީ ނުވެފައި
16 ނޮވެމްބަރ 2016 - 13:49
ސްރީލަންކާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކާއި އޭނާގެ ތިން އަހަރުގެ ދަރިފުޅު ނިޔާވެއްޖެ އެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު ހިނގި އެ ހާދިސާގައި ނިޔާވީ ހދ. ކުޅުދުއްފުށީ ބަބޫގޭ އުމުރުން 29 އަހަރުގެ ހަސަން އަލީ އާއި އޭނާގެ ތިން އަހަރުގެ ދަރިފުޅެވެ. ހަސަން އާއި އޭނާގެ އާއިލާ ދިރިއުޅެނީ ލަންކާގަ އެވެ.
ހަސަންގެ ކޮއްކޮ ހުސައިން އަލީ ބުނީ ހަސަނާއި އޭނާގެ ދަރިފުޅު މަރުވީ އާއިލާއާ އެކު ޕިކަޕުގައި ދުއްވާލަން ނިކުމެ އުޅެނިކޮށް ހިނގި އެކްސިޑެންޓެއްގައި ކަމަށެވެ. ހަސަން އާއި އޭނާގެ ދަރިފުޅު މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަން އެނގިފައިވާ ކަމަށް އޭނާ ބުންޏެވެ. އެ ހާދިސާގައި ހަސަން އާއި އޭނާގެ ތިން އަހަރުގެ އަންހެން ދަރިފުޅު ނިޔާވިއިރު އެ އާއިލާގެ ދެން ތިބި މެމްބަރުންނަށް ލިބުނު ގެއްލުންތައް ސާފުނުވާ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެންނަށް އެ މައުލޫމާތު ލިބުނީ އާދިއްތަ ދުވަހު މެންދުރު ފަހު ފަހަރި (ހަސަން އަލީގެ އަނބިމީހާ) ގެ ފަރާތުން. އެކަމަކު ހާލަތު ހުރިގޮތުން އޭގެ މާ ބޮޑު ތަފްސީލު ލިބޭ ގޮތެއް ނުވި،" ހަސަން ބުންޏެވެ.
ހުސައިން ބުނި ގޮތުގައި އޭގެފަހުން ހަސަންގެ އަނބިމީހާއާ ގުޅަން މަސައްކަތް ކުރިޔަސް އޭނާއާ ގުޅޭ ގޮތެއް ނުވެއެވެ.
މީގެ ދެ އަހަރު ކުރިން އާއިލާއާ އެކު ލަންކާ އަށް ދިރިއުޅުން ބަދަލުކުރި ހަސަން އަންނަނީ އެ ގައުމުގައި ވަޒީފާ އަދާކުރަމުންނެވެ.
ހަސަން މަރުވިއިިރު އޭނާގެ އިތުރު އަންހެން ކުއްޖަކު ވެސް އެބަހުއްޓެވެ.
ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނީ އެފަދަ ހާދިސާއެއްގެ މައުލޫމާތު އަދި ނުލިބޭ ކަމަށާއި އެކަން ބަލަމުންދާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިންތިލީ ވޫމް
16 November 2016
ބޭރު ގައުމުތަކުގައި ހުންނަ ރާއްޖޭގެ އެމްބަސީންތަކައް ދުވަހަކުވެސް ދިވހިންގެ ހާދިސާއެއްގެ މައުލޫމާތެއް އަދި ވާނުވާ އެއްވެސް ނޭގޭނެ! އެވެރިންގެ ކަމަކީ (ބާގާރ ކައިގެން ޝޮޕިންކުރުމާއި ޓޮވީޓްކުރުރުން)
މުސްތޮ
16 November 2016
އޭގެ ފަހުަން ހަބަރެއް ނުވެޔޭ ގުޅޭގޮތެއްެއްވެސް ނުވެޔޭ އޮތީމާ ދޭހަވަނީ އެހެން މާނައެއް. ލަންކާގެ ނޫހަކުން މިހަބަރު ނުފެނުން. ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް މިކަމާބެހޭ އެއްވެސް ހަބަރެއް ނުލިބޭ. ހީވަނީ ދޮގެއް ހަދާފާ ފުރައިގެން ސީރިޔާައަށް ހަނގުރާމައަށް ދިޔައީހެން
އަހްމަދު
16 November 2016
ލަންކާގައި ހިނގި ހާދިސާއެއް ނަމަ މަުލޫމާތު ކޮންމެވެސް ދިވެއްސެއްގެ ފަރާތުން ނުވަތަ ލަންކާމީހެއްގެ ފަރާތުން ލިބުނީސް. ޕިކަޕް ދުއްވަން ވަޒީފާގަ ލަންކާގަ ދިވެއްސަކު އުޅެދާނެތަ؟ إنا لله وإنا إليه راجعون.
ހަބީބު
16 November 2016
އެއީ އަޅުގަނޑުދަންނަ ވަރައް ހިތްހެޔޮ ބޭފުޅެއް ދާއިމީ ބައްޔަކައް ބޭސްކުރަންޖެހިފަވާތީ ލަންކާޔައް ދިރިއުޅުން ބަދަލު ކޮއްގެން ދިރިއުޅޭ ކުޑަކުޑަ އާއިލާއެއް ބަދަލުވީއިރު ކުޑަމީހާޔައް ވާނީ މަހެއްވަރު ވަޒީފާއަކީ ޑްރައިވަރެއްގެ ވަޒީފާ ކޮންމެ ދުވަހަކުވެސް އާދައިގެ މަތިން ޕިކަޕު ދުއްވަންދޭ .ﷲ އެމަރުހޫމައް ސުވަރުގޭގެ ދާއިމީ ނިޔުމަތް ދެއްވާށި ހުވަފަތް އަނބިމީހާޔަށާއާއިލާޔައް ކެތްތެރިކަން ދެއްވާށި އާމީން
ސޮފްވާން މަހްމޫދު - މާމިގިލި
16 November 2016
إنا لله وإنا إليه راجعون
ސައީދު
16 November 2016
إنا لله وإنا إليه راجعون
ޗިކުސް
16 November 2016
إنا لله وإنا إليه راجعون.
ރަދީފް
16 November 2016
ހިތާމަވެރި ހާދިސާއެއް.މިހިތާމަވެރި ވަގުތުގަ އާއިލާގެ ހިތާމައިގަ ބައިވެރިވަން.
ސޯޓު
16 November 2016
ކީއްކުރާ އެމްބަސީއެއްތަ އެއީ ، ބޭކާރުގޮތުގައި މީހުންބައިތިއްބާފައި ބޮޑެތި މުސާރަދީގެން އަރާމުގައި ގެންގުޅޭބައެއް ، މީހެއްގެ ފަރާތުންނަމަވެސް އެހަބަރު ލިބުމާއިއެކު އެކަމުގެ މައުލޫމާތު ހޯދާ އެއާއިލާއަށް އެހީތެރިކަން ދިނުމަށް އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރަންޖެހޭނެތާ... މީހަކު އަންނަންދެން ތިބޭނީއަކީއެއްނޫން... ފަރުވާކުޑަ މީހުން އިސްމަގާމުތަކުގައި ތިބުމަކީ މިހާރު އާއްމުކަމަކަށް ވެއްޖެ...
ރޯޒް
16 November 2016
ކޮންމެ ކަމެއް ސިޔާސީ ނުކުރޭ.. އެބޭފުޅުން އެބުނީ އެތަނަށް އެއްވެސް މީހަކު އެމައުލޫމާތު ހިއްސާނުކުރާވާހަކަ؛ އެހެން ނަމަވެސް އެކަން ބަލަމުން ދާ ވާހަކަ.
އެނޮނީމާ
16 November 2016
ކަލޯ ސޯޓު ހޭބަލިނުވެބަލަ. އިހަށް ހަމަނޭވާއެއްލާބަލަ. މީހަކު ހަމަ މަރުވާއިރަށް އެމްބަސީއަށް ކިހިނެއްތަ އެނގޭނީ. ބަލަ އެތަނަށްވެސް އެގޭނީ ހަދިސާ ހިނގިކަން އެނގޭމީހަކު އެންގީމަޔެއްނުން. ދެން އެނގޭނެ ގޮތަކީ ލަންކާގެ ކަމާބެހޭ އޮފިސަލުން އެންގީމަ އެކަން ވަނީ ފަހުން. ހެންމަށަށްހީވަނީ. ވިސްނަވާ ލަންކާޔަކީ މާލެވަރުގެ ދެފައި ދެގޯޅި ވަރުގެ ތަނެއްވެސްނޫންކަން. މިއުޅެނީ މި ކުޑަތަންކޮޅުގަވާކަންތަށްތަށްވެސް ވީނުވީޔެއް ސާފްނުވެގެން އެހެންނެއްނުދޯ.
ހުސައިން
16 November 2016
إنا لله وإنا إليه راجعون