މާލެ: އޭޕްރިލް 10، 2021: ލޯކަލް ކައުންސިލް އިންތިހާބުގައި ޅ.ހިންނަވަރު ދާއިރާ އަށް ހާއްސަ ކުރެވިފައިވާ ވޯޓު ފޮއްޓަށް ވޯޓުލެއްވުމަށްފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު
09 މެއި 2021 - 14:08
ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުންގެ އިންޓެލިޖަންސަށް ނުލިބުނު ސަބަބު ހޯދަން އިންޓެލިޖަންސްގެ އޮޑިޓެއް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައިފި އެވެ.
ނަޝީދުގެ ފުރާނަފުޅަށް ގެއްލުން ދިނުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައި ނުވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން ފުލުހުންގެ މުއައްސަސާ އަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފަ އެވެ.
އޭޑީކޭ ހޮސްޕިޓަލުގައި ނަޝީދާ ބައްދަލު ކުރެއްވުމަށް ފަހު، ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިންޓެލިޖެންސް މިއަށް ވުރެ ވަރުގަދަ ވާން ޖެހޭ ކަމަށް އެމަނިކުފާނު ގަބޫލު ކުރައްވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެމްއެންޑީއެފާއި ފުލުހުންގެ އިންޓެލިޖެންސްގެ އޮޑިޓެއް ހެދުމަށް ރޭ ބޭއްވި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގައި އަންގާފައިވާނެ ކަމަށާއި އެވަރުގެ ބޮޑު ކަމެއް ހިންގި އިރު އިންޓެލިޖެންސަށް ނޭނގުނީ ކީއްވެގެންތޯ ބައްލަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އިންޓެލިޖެންސްގައި ހުރީ ކޮން ކަންތައްތަކެއްތޯ ރަނގަޅު ކުރަން ހުރީ ކޮން ކަމެއްތޯ އަދި މިވަރު ކަމެއް ވެގެން ދިޔަ އިރު އިންޓެލިޖެންސަށް ތިލަވެގެން ނައި ސަބަބާއި ނޭނގުނީ ކީއްވެގެންތޯ،" ރައީސް ވިދާޅުވި އެވެ.
ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ގޮތުގެ ތަފްސީލް ދިރާސާއެއް ހެދުމަށް ވެސް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވަރަށް އަވަހަށް އެ ދިރާސާތައް ނިންމަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އިންޓެލިޖެންސް މިއަށް ވުރެ ވަރުގަދަ ކުރަން ޖެހޭ. ސެކިއުރިޓީ ވެސް މިއަށް ވުރެ ރަނގަޅަށް އޮންނަން ޖެހޭ. މި ދެ ރިޕޯޓުގެ އަލީގައި ވަރަށް ގިނަ ކަންކަން އަޅުގަނޑު ބަދަލު ކުރާނަން،" ރައީސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
10 May 2021
އިންޓެލިޖެންސަށްވެސް ޤަވާޢިދުން ލިބޭ އެއްޗަކީ މުސާރަ!
ޙަބީބު
10 May 2021
ދެންރިސޯޓު މުވައްޒަފުންނައްވީ ވައުދު ފޭލިވެފަ އޮތްކަ މެއް އެނގޭތޯ
ކަބީލާލީ
09 May 2021
ރައީސް އިބޫ! މަނިކުފާނުގެ ކެބްނެޓްގައި ގިނައީ މަސައްކަތް ނުކުރާ، ނާގާބިލް މީހުން! މިކަންކަން ބަދަލުނުކޮށް ކިހިނެތް ކަންކަން ބަދަލު ކުރާނީ؟
އެދުރުކަލޭގެފާނު
09 May 2021
[ދެވަނަ ބައި] ސްޓެރެޓެޖިކް ޑެސިޝަން ސިޔާސީ ވިިސްނުމާއި އައިލީ ލޯބި ކިލަންބު ވެއްޖެނަމަ ދެން ދާނީ ގޯހުން ގޯހަށެވެ. ރައީސް ސާލިހް އެވެ! މަނިކުފާނާއި ކިތައްމެ ބޮޑޮ ތިމާގެ ކަމަކާއި ސިޔާސީ ގުޅުމެއް އޮތަސް އައިޖީއެމްއެޗްގެ ޑޮކްޓަރަކަށް މިދެންނެވި މީހުންގެ ތެރެއިން މީހަކު ލައިފިނަމަ ހެެއްދެވޭނީ ގޯހެވެ. ރައީސް މައުމޫނުގެ ދިގު 30 އަހަރުގައިވެސް ސަލާމަތީ ބާރުތަކުގެ ވެެރިންނަށް ޅިޔަން ފަހަރިން ނުވަައްދަވައެވެ.
އެދުރުކަލޭގެފާނު
09 May 2021
އިންޓެލިޖެންސް ފެއިލް ޅިޔަން ފަހަރިން ކަމިޝަނަރުންނަށް ލައްވައިގެން ނޫންތޯ؟ މަނިކުފާނާއި އެކު ވިލިގީއްޔަށް ކެމްޕޭނަށް ދިއުމާއި ފުލުސް އޮފީސް ހިންގުމާއި މިއީ ވަރަށް ތަފާތު ދެކަމަކެވެ. ފުލުހުންގެ ތެރޭގައި އޮތް އަނިޔާވެރިކަމަގެ ސަޤާފަތް އަދިވެސް ހަމަ އޮތީއެވެ. ހަމީދުގެ އެއްވެސް ޤާބިލުކަމެއް ދެއްކިފައެއް ނެތެވެ. ދެން މަނިކުފާނު ހޯމް މިނިސްޓަރަކަށް ލައްވައިގެން ތިޔަ އުޅުއްވަނީ ދީން ކުރިއަރުވަން ހެދި ޕާރޓީއެއްގެ ރައީސްކެވެ. [ފުރަތަމަ ބައި]
ބޮޑުމީހާ
09 May 2021
ފެއިލްވީ މަނިކްފާނު. މިގައުމުގަ ރަގަޅަށް ހިގަނީ ބަދަލުދިނުން އެކަނި
ލޯޔަރު
09 May 2021
މުޅި ޕޮލިސް ވަނީ ފެއިލް ވެފައި، އެއްވެސް ކަމެއް ކުރާ ބައެއް ނޫން، ފުލުހުންގެ އޮޑިޓެއް ހަދައިފިނަމަ މުޅިތަންވަނީ ބޮއްސުންލާފައިކަން ރަނގަޅަށް އެނގޭނެ،
ހާދީ
09 May 2021
އިންޓެލިޖެންސް ފެއިލްވީ އިންޓެލިޖެންޓު ނުވާތީ.
އިންޓެލް
09 May 2021
އެތަނުގަ އުޅޭ ކުދިން ބުރަކޮށް ކުރާ މަސައްކަތަކީ ދެލޯބިވެރިން ދައްކާ ވާހަކަތައް އަޑު އެހުން އެކަމުގަ ބިޒީކަމުން އެހެން ކަމެއްކުރާކަށް ވަގުތެއްނޯވޭ އަނެއްކާ މުސާ އެހާކުޑަ ކެއުން އެހާ ކަޑަ
ޖޮލީ
09 May 2021
ގައުމެއްމެ ހޯމްމިނީސްޓަރުގެ މަގާމަކީ، ވަރަށް މުހިންމު ވަރަށް ވަރުގަދަ އެކަމުގެ ފަންނުވެރި ކޮލިޓީ މީހަކު ހުންނަންޖެހެހޭ މަގާމެއް. ރާއްޖޭގެ މިނިސްޓަރުކަން މީހުންނަށް ދީފައި ހުރިގޮތުން ހީވަނީ މީކުރާ ސަމާސާއެއްހެން.