09 މެއި 2021 - 14:42
ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ވަރަށް އަވަހަށް ނިންމައި، ދައުވާ ކުރަން ފޮނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދަވަމުން ގެންދަވާ ނަޝީދާ ބައްދަލު ކުރެއްވުމަށް ފަހު އެތަނުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ހަމަލާ އާ ގުޅޭ ތަހުގީގު ވަރަށް ބާރަށް އަދި ވަރަށް ރަނގަޅަށް ކުރިޔަށްދާ ކަމަށެވެ. އަދި މިއަދު ހެނދުނު ހައްޔަރު ކުރީ އެ މައްސަލާގައި ހިމެނޭ އެންމެ ޕްރައިމް ސަސްޕެކްޓް ކަމަށް ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑަށް ގަބޫލު ކުރެވެނީ ވަރަށް އަވަހަށް މި ތަހުގީގު ނިމި، ޕްރޮސެކިއުޓް ކުރުމަށްޓަކައި ޕީޖީ އޮފީހަށް މައްސަލަ ފޮނުވިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.
ނަޝީދަށް ދިން ހަމަލާގެ ފަހަތުގައި އެތައް ބަޔަކު އުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެކަންކަން ބެލުމަށްޓަކައި ތަހުގީގު ވަރަށް ފުޅާކޮށް ކުރިޔަށް ގެންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދަށް ހަމަލާ ދިން މައްސަލައާ ގުޅުން އޮތް ކަމަށް ޝައްކު ކުރެވޭ ހަތަރު މީހަކު ހުރި ކަމަށް ފުލުހުން ބުންޏެވެ. މިހާތަނަށް ފުލުހުން ވަނީ އެ މައްސަލާގައި ތިން މީހަކު ހައްޔަރު ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލު މައްސަލަބަލޭބަލަ
12 May 2021
މައްސަލަ ބަލައި ނިމޭ އިރު ހަރުކަށި ނިރުބަވެރި ފިކުރު ފަތުރަން އިސްލާމިކް މިނިސްޓްރީ އިން ހުއްދަ ދީފައި ބޮޑެތި މުއްލާއިން ރާއްޖެ ގެނެސް ހަރުކަށި ފިކުރަށް ދައުވަތު ދީފައިވާ މީހުންގެ އަތްދަށުގައި ފިކުރު ފެތުރުމުގެ ބާރު ދީ.. މައްސަލާގައި އަމަލީގޮތުން ބައިވެެރިވި މީހުންނަށް އަދަބު ދިނުމުން ފުރިހަމަ ތަހުގީގެއް ހިންގި ކަމަކަށް ވޭތޯ؟ އަމަލީ ގޮތުން ބައިވެރިވީ ގްރޫމް ކޮށްފައިވާ ބައެއް. ޓްރިގާ ފިތީ އެހެން ބައެއް.
ބޮޑުމީހާ
09 May 2021
ފްލެޓްތައްވެސް ވަރަށް އަވަހަށް ނިމޭނެ. މަނިކްފާނަކީ ފައިލިއަރއެއް. މިގައުމުގަ ބޮޑުއަކުރުން ފާހަގަކުރާނެ ބޭކާރު 5 އަހަރު 2018-2023
އެދުރުކަލޭގެފާނު
09 May 2021
އަވަސް ތަހްގީގެއް ފުރިހަމަކަމަކަށް ވާނީ މިފަދަ ކަމެއް ތަހްޤީގުގެ އަލީގައި ލިބޭ މަޢުލޫމާތުގެ ދުވަހަކުވެސް ނުހިނގާނެ ހެން ދައުލަތުގެ ސިޔާސަތުތަށް ބައްޓަންވެގެން ދިއުމެވެ. އެހެންނޫނީ ތިޔަ ތަހްޤީގު އަވަސް ވިޔަސް މަންފާއެއް ނެތެވެ. ހައްލު އޮތީ ދުރާލައި ވިސްނާލައިގެން ހަދޭ ސިޔާސަތާއި މިފަދަ ކަންކަމުން މުޖުތަމަޢު ސަލާމަތް ކުރުމަތް އެކުލަވައިލެވޭ ދެމެހެއްޓެނިވި އަސާސްތު ތަކުގެ މައްޗަށެވެ.
ކަތާވަ
09 May 2021
މަނިކުފާނަށް ތިޔައެނގެނީ ވަރަށް ކުޑަ މިންވަރެއްކަމަށް ްޤަބޫލު ކުރައްވާށެވެ.
ސުވާލު
09 May 2021
ތިކަމާއިމެދު އުފެދެނީ ސުވާލު! އެމްއެމްޕީއާރުސީގެކަންތައްވެސް ވާނުވާގައި. މަރުޙޫމް ޑރ. އަފްރާޝީމްގެ ޤަތުލުގެ ތަޙުޤީޤަށް އަދިވެސް ގައުފުރޮޅަނީ. ނޫސްވެރިޔާ ރިޟުވާނުގެ ގެއްލުން ވާނުވާގަ. މިކަމަށް ތިހާއަވަސް ނިމުމެއް އަތުވެދާނެތޯ؟
ކޮސްވާހަކަ ނުދައްކާ
09 May 2021
ތިމައްސަލަ ގަރުނަކުންވެސް ނުނިމޭނެ. އަދިވެސް މަރުގެ މައްސަލަތަކުގައި ކުއްވެރިންގެ ކުށް ސާބިތުވެގެންވެސް މައްސަލަތައް ނުނިމޭ. ނިމެންވެސް ބޭނުމެއް ނޫން. ދެން ކިހިނެއްތޯ މިމައްސަލަ ނިމޭނީ. މިފަދަ މައްސަލަތައް ދިގުދެމިގެންދާވަރަކަށް ކޯޓުތަކަށާއި ކޮރަޕްޓް ލޯޔަރުންނަށް އިތުރަށް މުސާރަލިބޭ. ދުވަހަކުވެސް ނުނިމޭނެ މައްސަލައަކަށް މިމައްސަލަވާނީ. ނޫނީ ކަމާއި ނުގުޅޭ މީހެއްގެ ބޮލުގައި އަޅުވާ އެމީހާ ޖަލަށް ލައިފާނެ.
އެދުރުކަލޭގެފާނު
09 May 2021
ތަހުޤީގު ނިމި ދަޢުވާކުރާ ހިސާބުން ފުލުހުންނާއި ސިފައިންގެ ދައުރު ނިންމާ ނުލައްވާށެވެ. ތިޔަ ކަމުގެ ވަށައިގެންވާ ހުރިހާ ސަބަބުތަަކެއް ހޯއްދަވައި ތިފަދަ ނުރައްކާތެރި ކަމަކަށް މަގުފަހިވާނެ ހުރިހާ ދޮރެއްވެސް ބަންދު ކޮށްގެން ނޫންނަމަ ތިޔަކަމަކަށް ހައްލެއް ނެތެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ހޭލުންތެރިކަން ހިންގާ ގޮތަށް ހަރުކަށި ކަމާއި ރައްޔިތުންގެ ރައްކަލަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ބާއްވާށެވެ. ބަތްކައްކާ ކުޅޭ އުސޫލުން ކަން ކުރީމައި ވާނީ ގޯހެވެ.
ރިފާގް
09 May 2021
އަވަހަށް ނިންމާ ހުކުމް ކުރިޔަސް ދެން އަންނަ ސަރުކާރަކުން އެމީހުން ދޫކުރާނެ..ޔާމީންއަށް ހަމަލާ ދިން މީހުންވެސް ތިބީ ދޫވެފައި..ބަގާވަތްކުރަން އުޅުން މީހުން ދޫކުރި..
ކެތަރީންޕްރީސްޓް
09 May 2021
ނެޝަނަލް ސެކިއުރިޓީ މީހެއް އިންނަވާ ދެއްތޯ ރައީސް އޮފީހުގަ. ތަނެއް ދޮރެއް އެގޭބާ އޭނައަށް؟
އޯލްއޯވަ
09 May 2021
މިވެސް ދެންރާއްޖޭގަ ބަދަލުވާންވެއްޖެކަމެއްދޯ. 1. މަޖިލިހުންވެސް، ޕާޓީއިންވެސް، ޕީޖީވެސް، ރައީސްވެސް، ހޯމް މިނިސްޓަރވެސް ތަހިގީގުކުރޭ. މިކަންކުރަން ތަހުގީގީ އިދާރާއަށް ދޫކޮއްލަންވެޖެނުން. 2- ރަޢީސް، ޕާޓީ މަބްރޫކް އަދި ޕީޖީ މިއިން ކޮންމެ މީހަކުވެސް ދައުވާއުފުލާގޮތް ހާމަކޮށްދޭންޖެހޭ. މިކަންކުރަން ޕީޖީއަށް ދޫކޮށްލަންވެއްޖެނުން. މިގައުމުގަ އެންމެން ޢޯލްއޯވަ ދަ ޕްލޭސް. އެހެންވީމަ ކަމެއް ރަގަޅުނުވަނީ