މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ކޮވިޑްގެ އީޖާބީ މަސައްކަތް އަވަސްކުރަން ގޮވާލައްވައި އޭނާ ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން މިއަދު ފާހެއް ނުވި.
19 މެއި 2021 - 12:52
ރާއްޖޭގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވާތީ، އެ ބަލި ކޮންޓްރޯލްކުރުމުގެ މަސައްކަތް އަވަަސްކުރަން ސަރުކާރަށް ގޮވާލައި، މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް މިއަދު ހުށަހެޅުއްވި މައްސަލަ ބަލައިނުގަނެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ބަލައިގަންނަން ނުފެންނަ ކަމަށް 18 މެމްބަރަކު ވޯޓު ދެއްވިއިރު، އެ މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ 12 މެމްބަރެކެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވައި ތިން މެމްބަރަކު ތިއްބެވި އެވެ.
ރާއްޖޭގައި ކޮވިޑްގައި ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު މަރުވެ، އެ ބަލި ޖެހޭ މީހުންގެ އަދަދު ރެކޯޑް އަދަދަކަށް މައްޗަށް ގޮސް، މުޅި ސިއްހީ ނިޒާމު ބޮއްސުންލާފައި ވާތީ، އެކަމާ މެދު މަޖިލީހުގައި ބަހުސްކޮށް، ކަންކަން ރަނގަޅު ކުރަން ސަރުކާރަށް ގޮވައިލުމުގެ މައްސަލަ ބަލައިގަންނަން ފާސްނުވީ އެންމެ ހަތަރު ވޯޓު މަދުވެގެންނެވެ.
ރައްޔިތުންގެ މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތީ މިހާރު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް ކަމަށް ވާއިރު، އެ ބޭފުޅުންގެ ރުހުން ނެތި މިފަދަ އެއްވެސް ކަމެއް މަޖިލީހަކުން މިހާރު ފާހެއް ނުކުރެވެ އެވެ.
އިދިކޮޅު ކޯލިޝަންގެ އިސް އެއް މެމްބަރު އާދަމް ޝަރީފްގެ މައްސަލައިގައި ވިދާޅުވީ، އޭނާގެ ބޭނުމަކީ ކޮވިޑް ޖެހޭ މީހުންނާއި އެ ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރު ވެފައިވާއިރު، ބަލި ކޮންޓްރޯލް ކުރުމަށް ކުރަންޖެހޭ ގިނަ ކަންތައްތަކެއް ރަނގަޅަށް ނުހިނގާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުން ކަމަށެވެ. އެގޮތުން ފްރޮންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިން ވަރުބަލިވެ، ފަރުވާ ދިނުން ލަސްވެދާނެ ކަމުގެ ކަންބޮޑުވުން، ކަމާ ބެހޭ ފަންނީ ފަރާތްތަކުން ފާޅުކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
Covid19 jehigen 100 ah vure gina meehun niyaave, adhi dhuvaalaku 1000 ah vure ginain meehun positive vamundhaatheeve, mikankamuge kanboduvumaai adhi Covid19 control kurun harudhanaa kurumah sarukaarun samaalukan dhevvumah hushahelhi massala beyru kolleethee hithaama kuran. pic.twitter.com/p2pTKG4mZs
— Adam Shareef Umar (@Adamshareefz) May 19, 2021
އާދަމް ޝަރީފްގެ ޓުވީޓް
އަތޮޅުތަކުގައި ކޮވިޑަށް ޓެސްޓް ކުރެވެން ނެތުމާއި ކޮވިޑުން ދިފާއުވާން ޖަހާ ވެކްސިނުގެ ފުރަތަމަ ޑޯޒް ޖެހި އެތައް ބަޔަކަށް ދެވަނަ ޑޯޒް ނުލިބި ތިބުމުގެ ކަންބޮޑުވުން ވެސް މައްސަލައިގައި އޭނާ ފާޅުކުރެއްވި އެވެ. މި މައްސަލަތައް ހައްލުކުރަން ބޭނުންވާ އިންސާނީ އަދި ބޭސްފަރުވާގެ ވަސީލަތްތަކާއި ވެކްސިން ހޯދުން އަވަސްކުރަން އާދަމް ޝަރީފު ގޮވައިލެއްވި އެވެ.
އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން އެ މައްސަލަ ބަލައި ނުގަތުމުން، އާދަމް ޝަރީފް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހަށް މައްސަލަ ހުށަހެޅުއްވީ އެ ބަލީގައި މަރުވި މީހުންގެ އަދަދު 100 އަށް ވުރެ ގިނަވެ، ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު 1،000 އަށް ވުރެ ގިނަ ވެފައިވާތީ ކަމަށެވެ. އެކަމަކު، އެ މައްސަލަ މަޖިލީހުން ބޭރުކޮށްލުމުން ހިތާމަކުރައްވާ ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯނުއެދުރުން
20 May 2021
ކޮވިޑް ކޮންޓްރޯލުވިޔަނުދީ ކޮންމެ ރެޔަކު އެކިއެކި ބަހަނާ ދައްކައިގެން މާލެތެރެއަށް މީހުން އެއްކޮށްގެން އެޗް.ޕީ.އޭ ގެ ގަވައިދެއް ވިޔަސް ނުވަތަ ކަމާބެހޭ މުވައްސަސާއެއްގެވެސް ބަހެއް އެހުމެއްނެތި މަގުމަތީގައި އުޅުނު ބަޔަކު މިއަދު ސިފަބަދަލުކޮށްގެން މާރަނގަޅުބައެއްކަމަށް ދެއްކެން އުޅޭނެކަމެއްނެތް.
ދަތްދޮަޅި
19 May 2021
ހެންވޭރު ކޮޅުގަ ކޮރޯނާ ގޯ ކިޔާފަ މުޒާހިރާ ކަލޭމެނައް ކުރެވޭނެ އެއްނު.
ސަޖޯ
19 May 2021
ކޮވިޑްގެ ވާހަކަ އަޑުއިވުނީމާ އެންމެ ފުރަތަމަ ތިޔަ މަޖިލިހުގަ ކުރި ކަމަކީ އެޔަށް މަލާމާތްކޮށް ހަޖޫޖެހީ. އެވަރު ބަޔަކަށް ކޮން ބަހުސެއް ކުރެވޭނީ.
ކެމްޕޭން
19 May 2021
ލާމަރުކަޒޭ ކިޔައިގެން މުޅި ރާއްޖެއިން ކޮވިޑް ބެހި މީހުން ތިޔަ ކަމާ އެއްބަހެއް ނުވާނެ. އެއީ ދުވާލުގެ އިރުފަދައިން އެނގޭ ކަމެއް.
ކުރަންޖެހޭ ކަ މެއް ނޫން!
19 May 2021
ރާއްޖޭގެ ރައްޔިތުން ކޮވިޑްގެ ބަލި މަޑުކަން ތަހަން މަލް ކުރާތާ ދޮޅު އަހަރު ވެއްޖެއެވެ. އެހެންކަ މުން މިހާރު ތިއީކީ ބަހުސެއް ކުރަންވެސް ޖެހޭނެ ކަ މެއް ނޫނެވެ. ދާއިރާގެ ރައްޔިތުން ގުނބޯ ހައްދަންވެސް އޮއްޓަރެއް ހުރި ކަ މެއް ކުރުން ބުއްދިވެރި އެވެ.
ޑައިރީ
19 May 2021
މުސޫރަ އާއި އިނާޔެއްތަކާމެދު ވާހަކަ ދައްކާލައް ތިހުރިހާ ޕާޓީތަކުންވެސް ވަރަށް ފޯރިހުންނާނެ. ޓުރެކް ރިކޯޑު ބަލާ. ޕޕއެމް ކޮންޓްރޯލް ކުރިއިރު މައްޗައް ދިޔައީ. ޢެމްޑީޕީ ހަމަ ސޭމް. ޢެހެންވެ މަ ވޯޓެއްނުލަން. މިނޫން ބަޔަކު މިގައުމައްބޭނުން.
ކޮވިޑު19
19 May 2021
ކޮވިޑާގުޅޭ ބަހުސްކުރީމަ ކޮވިޑު މަދުވޭތަ؟
ކޮރޯނާވައިރަސް
19 May 2021
ކޮވިޑުވެސް މިހާރު ބޭނުންކުރަނީ ސިޔާސީ ހަތިޔާރަކަށް! ބަހުސެއް ކޮށްގެން ކޮވިޑަށް ކަމެއް ކުރެވޭނެތަ؟
ކެމްޕޭން
19 May 2021
ތިޔަ މަޖިލީހުގައި ބަހުސްކުރަނީ ކުރެވޭ ކަންކަމާތަ! ކަމެއް ނުވިޔަސް އެމީހެއްގެ ދުލަށް އައި އެއްޗެއް ގޮވަން އެކަމަށްވެސް ބަހުސްކުރެވޭނެނު!
ޖާބެ
19 May 2021
ތިޔައީ މިހަރު ކޮރަޕްޓް ޤާނޫނީ އަސާސް ގެއްލިފަވާ ތަނެއް
ތްވީޓަރ
19 May 2021
. މަޖިލީހަކީ މިހާރު އާއިލީ އެއްޗަކައްވެނިމިއްޖެ. އެތާ އޮތީ އާއިލާ މީހުންނަށް ރައްޔިތުންގެ ފައިސާއިން ބައިއެޅެނެގޮތްތައް ރާވާ، މަގާ މުގެ ފައިދާނަގާ ރައްޔިތުންބިކަކުރުން. މަޖިލީސް ރައިސް އަދި ނައިބު އިސްތިއުފާދޭންޖެހޭ. ޜައްޔިތުން ނިކަމެތި ކަމުގަ ތިއްބަ ފުރަފަުރާގެންގޮސް އެވަރުން ނުވެގެން ބަލިމަޑުކަމާ ދޭތެރޭ ބަހުސްކުރަން ދެކޮޅުހެދީތީވެ. ޓްވީޓަރުގަ އެކަނި ތިބެންވީ ބައެއް މަޖިލީހައް ހޮވާފަ މިތިބީ.
ނާރަޔަން
19 May 2021
ވަކި މީހަކު މަޝްހޫރުކޮށް މަގްބޫލުކުރުވުމަށް ހިންގާ ހަންފެތުރުން މަޖުލީހުގައި އޮންނަނީ. އެމްޑީޕީއަކީ ވަކިމީހެއް ވަށައިގެން އެނބުރޭ ބައިގަނޑެކޭ ކިޔަނީ މިހެންވީމަ.