ކޮވިޑުގައި މީގެ ކުރިން މަރުވި މީހެއް ވަޅުލުމަށް ތައްޔާރުވެފައި.
20 މެއި 2021 - 00:10
މި މޭ މަސް ދެބައިވިއިރު، ކޮވިޑު-19 ގައި ރާއްޖޭގައި މަރުވި 39 މީހުންގެ ތެރެއިން 64 ޕަސެންޓް މީހުން ވެކްސިން ނުޖަހާ ކަމަށް އެ ބައްޔާ ގުޅޭ ކަންކަމުގައި ހެލްތު މިނިސްޓަރަށް ލަފާދޭ، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ރޭ ބުނެފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި މީޑީއާ ބްރީފިންގައި، ރާއްޖޭގައި ހުންނެވި ހަމައެކަނި ޕީޑިއޮޓްރިކް އިންފެކްޝަސް ކޮންޓްރޯލްގެ އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ވެކްސިން ޖެހި ކަމަށް ބަލަނީ އެ ޑޯޒެއް ޖަހާތާ 14 ދުވަސް ފަހުން ކަމަށެވެ.
އޭގެ ތެރެއިން މި މަހު މަރުވި މީހުންގެ ތެރެއިން 64 ޕަސެންޓް މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާއިރު 20 ޕަސެންޓް މީހުންނަކީ ވެކްސިންގެ އެއް ޑޯޒަށް ފަހު 14 ދުވަސް ވެފައިވާ މީހުންނެވެ. ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވަނީ މަރުވި މީހުންގެ ތެރެއިން 12 ޕަސެންޓް މީހުން އެކަންޏެވެ.
ރާއްޖޭގައި ކޮވިޑު ފެތުރެން ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އިއްޔެ އަކީ އެ ބަލީގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އިއްޔެ ރޭގެ ދަންވަރު 12:00 އިން ފެށިގެން އިއްޔެ ހަތް މީހަކު މަރުވެފައި ވެ އެވެ.
މަރުވި މީހުންގެ 80 ޕަސެންޓަކީ އުމުރުން 60 އަހަރުން މަތީގެ މީހުންނެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން 17 ޕަސެންޓަކީ އެ އަށް ވުރެ ހަގު މީހުންނެވެ.
ޑރ. ނަޒްލާ ވިދާޅުވީ އައިސީޔޫގައި އެޑްމިޓުކޮށްގެން މި ވަގުތު ވެސް އުމުރުން 40 އަހަރުން ދަށުގެ 35 ޕަސެންޓް މީހުންނަށް ފަރުވާދޭ ކަމަށެވެ.
"...ޒުވާނަކަށް ވިޔަސް ބޮޑަށް ބަލިވެއްޖިއްޔާ އެ ތަކުލީފު ހަމަ ވަރަށް ގިނަ ދުވަހަށް އުފުލަން ޖެހިދާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލޭގެ އާބާދީގެ 60 ޕަސެންޓް މީހުން ވެކްސިން ޖަހާފައިވާ ކަމަށެވެ. މިހާތަނަށް 304،394 މީހުން ވެކްސިނންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު ދެ ޑޯޒް ފުރިހަމަކޮށްފައިވަނީ 149،435 މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަމާލުއްދީން ބާޝާ
20 May 2021
ސުރުހީއަޅާފައިވަނީ އޮޅުންބޮޅުންއަރާގޮތަށް.
ބޯހަލާކުވެދާނެ
20 May 2021
ބަލަ ވެކްސިންގެ ދެޑޯޒު ހަމަކުރެވޭނީ ވެކްސިންހުރެގެން. މޮޅުވާހަކަތައް ދައްކާއިރު ނޭނގޭތަ އެކަމެއް؟ އަނެއްކާ ކޮވިޝީލްޑްގެ އިފެކްޓިވްނެސް ދަށްކަމަށްވަނީ. އެސްޓްރަޒެންކާ ގަންނަކަމަށްވެސް އެއްފަހަރު އަޑުއެރުވި، އެކަންވެސް ވީ ވެންޓިލޭޓަރަށް ވީހެން.
އަބުދުބެއްޔާ
20 May 2021
ކޮވި ޝީލްޑް/އެސްޓްރާޒެނެކާގެ ތަފާތަކީ ހަމަ އެކަނި ނަން ކަން އެގޭތޯ؟
މައުލޫމާތު ރަނގަޅު ކޮށްލާ
20 May 2021
ކޮވިޝީލްޑަކީ އެސްޓްރަޒެނެކާ އިންޑިއާގައި އުފައްދާ ވެކްސިން ބްރޭންޑް ކުރި ނަން. ދެ ނަމެއްގައި އިނަސް ދެ ބްރޭންޑްގެ ވެކްސިނަކީ އެކައްޗެއް. ނުރަނގަޅު މައުލޫމާތު ފޯރުކޮށް ދިނީމާ ފިތުނަ އުފެދޭނެ
ސަކީނާ
20 May 2021
ވެކްސިން ވާހަކަ ދައްކައިގެން ހާލަތުގެ ނާޒުކަން ފޮރުވަން އުޅުމަކީ ޒިންމާދާރު ގޮތެއްނޫން. ފެންނަމުންދަނީ ހާލަތު އޮޅުވާލަން މަސައްކަތް ކުރާތަން. ޕޮޒިޓިވްވާ އަދަދު މަދުކަން ދެއްކުމަށް ބެކްލޮގެއްގެ ވާހަކަ ދެއްކުމަކީވެސް އޮޅުވާލުމެއް. އަޅުގަނޑަށް ހީވަނީ މުޖުތަމައުގައި ގިނައީ ތަންދޮރު ދަންނަމީހުންހެން. އަމިއްލަ އަށް ފައިން އެރުން ވަރަށް ހުތުރު.
އަބުދުބެއްޔާ
20 May 2021
މުޖުތަމައުގަ ގިނައީ ތަންދޮރު ނޭގޭ މީހުން، ޕޮޒިޓިވް ކޭސްތަށް އިތުރުވަނީ ތަންދޮރުނޭގޭ މީހުން ގިނަވީމަ.
އިންގިލާބު
20 May 2021
ވެކްސިން ޖައްސަން ކުރީ ކީއް. ކައުންސިލްތަކުން ވެސް އެހެން އިދާރާތަކުން ވެސް އެކަމަށް މަސައްކަތްކޮށް ފިޔަވަޅު އަޅާތަނެއް ނުފެނޭ.
މަޒް
20 May 2021
ވެކްސިން ޑޯޒް ނުޖަހައޭ ކިޔާފަ އަނގަ ހުޅުވާތީ ދެރައީ.. އަހަރުމެން މި ތިބީ 2 ވަނަ ޑޯޒް ޖެހޭނެ ގޮތެއް ނެތިފައި.. ކޮވިޝީލްޑް 1 ޑޯޒް ޖަހާ 2 ވަނަ ޑޯޒް ޖަހަން މުއްދަތު ހަމަވިއިރު ވެކްސިނެއް ނެތް.. ކިހާ ދެރަ.. ހާލަތު މެނޭޖް ކުރަން ނޭންގޭ ބަޔަކު ތިބެގެން މުޅިން ބޮއްސުން ލެއްވީ.. ހުރިހާ ދެރައެއް އާއްމު ރައްޔިތު މީހާއަށް
އިޔެ1
20 May 2021
ހަމައެކަނި ތިލަފަޅެއް ވިއްކާލައިގެން ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފައިޒާ ކޮމިރްނާޓީ ނުވަތަ މޮޑާނާ ޖެހޭނެ. އެކަމަކު ޝޯޓުކަޓަަކުން ހުރިހާ ކަމެއްކުރީ. ސިނޯ ފާރމް ވެކްސިންޖެހި މީހުނަށް އީޔޫގެ ގައުމުތަކަށް އަދިވެސް ހުއްދަނުދޭ. ބޮޑު ދޯކާއެއް ސަރުކާރަށް އަދި ރައްޔިތުންނަށް ދީފި.
ސްޕްރޭ
20 May 2021
ދެވަނަ ޑޯޒް ނުޖެހިފަ މިހުރީ މަށަށް ފަރުދީ ޒިންމާ އަދާނުކުރެވިގެން. އެއްވެސް ގޮތަކަށް އެމިތަނުން ހުސް ވެގެނެއްނޫން
ހަސަނު
20 May 2021
ކުރިން ބުނާއަޑު އެހިން، ވެކްސިން ޖަހައިފި ނަމަ ބަލި ޖެހުނަސް ބަލީގަ ބޮޑު ވަރު ނުވާނެ ކަމާ، އަމުދުން މަރު ނުވާނެ ކަމުގެ 100 ޕަސަންޓު ޔަގީންކަން އޮންނަ ކަމަށް.. މިހާރު މި ވަނީ އެއާ ހިލާފަށް... ވެކްސިން ގެ މައްސަލައެއްބާ؟
އިޔެ1
20 May 2021
އިންޑިޔާގެ ވެކްސިން އެންމެ ގިނައިން ޖެހި ސޭޝެލްސްގައިވެސް ދެޑޯޒުޖެހި އެތައް ބަޔަކު މަރުވެއްޖެ. 60% އެފިކަސީ ހުރިއެއްޗެއް ދީގެން ފުއްދާލަން އުޅުނީ. ވެރިންގެ އާއިލާތަކަށް ފައިޒާ.
؟؟؟؟؟
20 May 2021
އަސްލުވެސް ޖަވާބުބޭނުންވާ ކަމެއްތީ
ޢިހްސާސް
20 May 2021
109 ޕަސެންޓު މަރުނުވާނެ ހަމަ އެކަކުވެސް ނުހުންނާނެ.
ށަވިޔަނި
20 May 2021
މިއީ ވެކްސިން ތަޖުރިބާ ކުރަމުންދާ މަރުހަލާއެއް. އަހަރުމެން އަޑުއެހިން 5 އަހަރާ 8 އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެޔޭ. ޑަބްލިއޫ އެޗް އޯ އިންވަނީ މިކަމުން އަރައިގަނެވޭނީ 5 އަހަރުންކަމަށްބުނެފަ. އެހެންވެ ބަލައިގެން އުޅެންޖެހޭ. ތަޖުރިބާގެ މަރުހަލާގައި އެކަކަށްވެސް އެއްވެސް ކަމެއްގެ ގެރެންޓީ ނުދެވޭނެ. ހުރިހާކަމަކަށް ބަލައިގެން އުޅުނީމަ ރަނގަޅުވާނެ.